ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ކޮޅެއް ނުފެންނަ ކަމަށާއި މި ބަލި ނިމޭނެ ދުވަހެއް ނޭނގޭ ކަމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ދަރުބާރުގޭގައި ރޭ ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ރައްޔިތުން ގެއިން ބޭރުގައި އުޅުން މަދުކުުރުމަށް ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުންް ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތައް ބަންދުކޮށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި ހިދުމަތް ދިނުން ވަނީ މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލައިފައެވެ. އަދި ޕާކްތަކާއި މައިޒާންތައް ބަންދުކޮށް، ގިނަ އަދަދެއްގެ ގައުމުތަކުން ފަތުރުވެރިން ރާއްޖެ އަށް އައުން ވަނީ މުއްދަތެއް ނެތް ގޮތަށް މަނާކޮށްފައެވެ.

ކޮވިޑް-19 އާ ގުޅޭ މައުލޫމާތު ހާމަކުރުމަށް ސަރުކާރުން ހަމަޖައްސާފައިވާ ތަރުޖަމާނު މަބްރޫކް ވިދާޅުވީ މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަލާ އިރު، ސަރުކާރުގެ ވިސްނުމަކީ އެއްވެސް މައުލޫމާތެއް ނުފޮރުވާ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުން ކަމަށެވެ. މިއީ ޑިމޮކްރަޓިކް ގައުމެއް ކަން ދަނެގެން އެންމެން އެކައްޗެއް ކިޔަން ޖެހޭ ވަގުތު ކަމަށާއި އިތުރު ފިޔަވަޅުތައް އަޅަން ޖެހޭ ހާލަތެއް އޮތް ނަމަ، އެ ފިޔަވަޅުތައް ރާއްޖޭގައި އަޅަމުންދާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއަކީ ކާބޯތަކެތި އުފައްދާ ގައުމަކަށް ނުވާ އިރު، ހުރިހާ އެއްޗެއް ވެސް ރާއްޖެ އެތެރެކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގެ ރަށްރަށް ވަކިވަކިން ހުރުމުން ކޮންމެ ކަމެއް ވެސް ކުރަމުން ގެންދަނީ ވަކިވަކިން ކަން މަބްރޫކް ފާހަގަކުރެއްވިއެވެ. އެގޮތުން ކަރަންޓް ވެސް ދެނީ ވަކިވަކި ރަށްރަށުގައި ޖަނަރޭޓަރުތައް ބަހައްޓައިގެން ކަމާއި ފެން ވެސް އުފައްދާ ތަންތަން ހުޅުވަން ޖެހޭ ކަން މަބްރޫކް ވިދާޅުވިއެވެ.

"ކަންމަތީ ފިހާރަތަކާއި ސްޕަލާކެޓްތައް ބަންދުކޮށްފިއްޔާ ވާނެ ދަތިތައް ތިބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ." މަބްރޫކް ވިދާޅުވިއެވެ.

"މިގޮތަށް އޮތް ގައުމެއްގައި އަޅުގަނޑުމެން އަޅާ ފިޔަވަޅާއި ހާލަތާ ގުޅުވާފައި އަޅާ އިރު، ކިހާ ހިސާބަކަށްތޯ ދާނީ ގާނޫނު ބޭނުންކޮށްގެން، ކިހާ ހިސާބަކަށްތޯ ދާނީ ރައްޔިތުންނާ މި ވާހަކަ ދައްކައިގެން ރައްޔިތުންނާ އެކީގައި. އަޅުގަނޑަށް ހީވަނީ މި ފިޔަވަޅުތައް އެޅެމުން އަންނަ ޕޭސް ރަނގަޅުހެން،"

މަބްރޫކް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އިތުރު ބިރުވެރިކަންތަކެއް ފެންނަން ހުރި ނަމަ، އެ ކަންކަމަށް ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް 18,907 މީހުން ވަނީ މަރުވެފައެވެ. މި ބަލި ޖެހުނު މީހުންގެ އަދަދު 422,959 އަށް އަރާފައިވާ އިރު، ބަލި ޖެހުނު މީހުންގެ ތެރެއިން 109,143 މީހަކު ވަނީ ރަނގަޅުވެފައެވެ. މި ބަލި ޖެހިފައިވާ 13,095 މީހަކު އޮތީ ސީރިއަސް ހާލަތުގައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖެ އިން ބޭރުގައި ތިބި އެތައް ދިވެހިންނެއް އެނބުރި ގައުމަށް އައުމަށް އަންނަން ތިބީ ބޭނުންވެފައެވެ. ނަމަވެސް ދިވެހިން ތިބި ގައުމުތައް ލޮކްޑައުން ކުރުމާއި ކާފިއު އިއުލާން ކުރުމާއި ބައިނަލްއަގުވާމީ ދަތުރުތައް ކުރުން މެދުކަނޑާލުމާ ގުޅިގެން ދިވެހިން ތިބީ އެ ގައުމުތަކުގައި ތާށިވެފައެވެ.

ބޭރު ގައުމުތަކުގައި ތިބި ދިވެހިން ރާއްޖެ އަންނަން ބޭނުންވި ކަމުގައިވިޔަސް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ޑޮކްޓަރުންނާއި ސިއްހީ މާހިރުން އިރުޝާދު ދީފައިވާ ގޮތުގައި މިވަގުތު އެންމެ ރަނގަޅު ގޮތަކީ ބޭރު ގައުމުތަކުގައި ތިބި ދިވެހިން ރާއްޖެ ނައިސް މަޑު ކުރުމެވެ.

އެކަމާ ގުޅިގެން މަބްރޫކް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އެއްވެސް ގައުމެއްގައި ހުރި ދިވެއްސަކު އެ ގައުމުން ނިކުންނަން ޖެހޭ ހާލަތެއް އައިސްފި ނަމަ، ދިވެހި ސަރުކާރުން ރެސްކިއު ފުލައިޓެއް ބާއްވައިގެން ނަމަވެސް އެ މީހަކު އަނބުރާ ގައުމަށް ގެންނާނެ ކަމަށެވެ.

މިވަގުތުގެ ހާލަތަށް ބަލައި ދަތުރުކުރުމަށް އެއާޕޯޓަށް ދިއުމަކީ އެންމެ ރައްކާތެރި ގޮތް ނޫން ކަމަށާއި ދިވެހިން މިހާރު ތިބި ގައުމަތުގައި ތިބުން ބުއްދިވެރި ކަމަށް އޭނާ ވިދާޅުވިއެވެ. ނޭޕާލް އިން ރާއްޖެ ގެންނަން މަސައްކަތް ކުރި، މެޑިސިން ކިޔަވާ 17 ދަރިވަރުން މިވަގުތު ތިބީ އެއާޕޯޓު ކައިރީގެ ހޮޓަލެއްގައި ކަމަށާއި އެ ކުދިންގެ ރައްކާތެރިކަން ދިވެހި ސަރުކާރުން ކަށަވަރު ކުރަމުން އަންނަ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވި ގޮތުގައި ސަރުކާރުން ބޭނުންވެގެން ރާއްޖެ ގެންނަން އުޅުނު 17 ދަރިވަރުން ރާއްޖެއަށް ނުގެނެވުނީ އެ ދަރިވަރުން ރާއްޖެ އައުމަށް ހަމަޖެހިފައި އޮތް ފްލައިޓް ކެންސަލްވުމުން ކަމަށެވެ.

"ކެންސަލްވުމާއެކު އެއާޕޯޓުގައި މަޑުކުރަން ޖެހުނު ސަބަބަކީ އަނބުރާ ދާން އޮތް ސިޓީއަށް ދެވެން ނެތީ އެގައުމުގެ ހާލަތަށް އައި ބަދަލާ ގުޅިގެން. މި ކުދިން މިހާރު ތިބީ އެއާޕޯޓް ކައިރީގައި ހުންނަ ހޮޓަލެއްގައި އެކުދިންގެ ހާލު ސަރުކާރުން ބަލަމުން އެބަދޭ. އެކުދިންގެ ހާލު ރަނގަޅު،" މަބްރޫކް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގައުމހ

    ޓުއަރިޒަމަށް ބަރޯސާ ވުމުގެ ބަދަލުގައި އަމިއްލަ އުފެންދުންތެރި ކަމާ ދަނޑުވެރިކަން އިސްކުރަން ޖެހޭކަން ދެންވެސް ވިސްނިއްޖެއްޔާ ކިތަންމެހާ ވެސް ރަނގަޅު.

    • ނޫނޭ!

      ނޫނޭ! ކަލޯ މިއުޅެނީ ރަންބިސް އަޅާ ކުކުޅެއް ލިބިގެނެއްނު. އެމީހުން ހިތަކަށް ނާރައޭ އެ ރަންބިސް އަޅާ ކުކުޅަށް ވެސް ބިސް އެޅޭނީ ކިހާ ދުވަހެއްވަންދެންކަމެއް. އެ ކުކުޅު މަރުވެދާނެކަމެއް ހިތަކަށް ނާރައޭ. މިއޮށް ދޫނި ރޯގާތަކާއެއްޗިހި އުޅޭއިރުގަވެސް ... ޕަކާސް

  2. އިބްރާ

    ރައީސް މަބްރޫކްގެ ބަސްއަހައިގެން އެންމެން ގޭގައި މަޑުކޮށްގެން މިކަންވާންއޮތީ. ޝުކްރިއްޔާ ރައީސް މަބްރޫކް. އަޅުގަނޑުމެން މިތިބީ މަނިކުފާނުގެ ފަހަތުގައި

    6
    3
  3. މނ

    ނޯ ކޮމެންޓް

    1
    4
  4. ާިިއީފަ

    މަބޫ ... އައި ލަބް ޔޫ ބެރީ މަޗް ??

    1
    4
  5. ފަންސުރު

    މަބުރޫކް ވަރެއް ނެތް ހަމަ

    2
    5