ޝަހީދުންގެ ދުވަސް ހަނދާންކޮށް ދެނީ، ހަމައެކަނި ވެރިކަން ކުރާ ފަރާތުން ކުރާ މަސައްކަތަކުން ހާސިލްވާނެ އެއްޗެއް ނޯންނާނެކަން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝަހީދުންގެ ދުވަހާއި ގުޅިގެން މިނިސްޓަރު އިމްރާން ދެއްވި ހިތާބުގައި ވިދާޅުވީ ޝަހީދު އަލިރަސްގެފާނުގެ ޒިކުރާއިން އެނގޭ އެންމެ މުހިއްމު ކަމަކީ ކިތަންމެ މަދު ބައެއް ތިބިކަމުގައިވީ ނަމަވެސް، ޤައުމަށް ޚިދުމަތް ކުރުންމަތީ ދެމި ހުރުމާއި، ތިމާ އާއި ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުގެ ޒިންމާ އޭގެ އެންމެ ފުރިހަމައަށް އަދާކުރަން ޖެހޭކަމަށެވެ، ޝަހީދުންގެ ދުވަހަކީ ރާއްޖޭގެ ސުލްހަ މަސަލަސްކަމާއި، އަމަންކަމާއި، ރައްޔިތުންގެ މަސްލަހަތު ހަމައެކަނި ވެރިކަން ކުރާ ފަރާތުން ކުރާ މަސައްކަތަކުން ނުހިފެެއްޓޭނެކަން ހަނދާންކޮށްދޭ ދުވަހެއްކަމަށް ވެސް މިނިސްޓަރު އިމްރާންގެ ހިތާބުގައި ވިދާޅުވިއެވެ. އެކަންކަމަކީ މިއަދުގެ ޖީލުން ފިލާވަޅު ލިބިގަނެ، އެއަށް ބިނާކޮށް އަމަލުތައް ބައްޓަން ކުރަން ޖެހޭ ކަންތައްތަކެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ދިވެހި ލޮބުވެތި ރައްޔިތުން، އަޅުގަނޑުމެން ދިވެހިންނަކީ ކިތަންމެ ބައި މަދު ބައެއްކަމުގައި ވިޔަސް، އަޅުގަނޑުމެންގެ މި ލޮބުވެތި ޤައުމުގެ މިނިވަންކަމާއި، އަމިއްލަވެރިކަމާއި، މި ރާއްޖޭގައި ޤަރާރުވެފައި އޮތް ހަމަޖެހުމާއި، ސުލްހަ މަސަލަސްކަމާއި، އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އަދި ޒަމާނުއްސުރެ ދިވެހިން ތަބާވެގެން މިތިބަ އިސްލާމް ދީނުގެ މަތިވެރި ރިސާލަތުގެ މުހިންމުކަމަކީ ޝަހީދުންގެ ދުވަސް އަޅުގަނޑުމެންނަށް ދަސްކޮށްދޭ އެންމެ އަގު ހުރި ފިލާވަޅު،" އިމްރާން ވިދާޅުވިއެވެ.

ދިވެހިން ވާންވީ ޝަހީދު އަލި ރަސްގެފާނު ފަދައިން ދިވެހިންގެ ސަލާމަތަށްޓަކާއި އަދާކުރަން ޖެހޭ ޒިންމާތައް އަދާކުރާނެ ބަޔަކަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން ވަނީ ވިދާޅުވެފައެވެ. މި ދަނޑިވަޅުގައި އާއްމުންގެ ރައްކަލަކަށް އަޅާ ފިޔަވަޅުތަކަށް ބޯ ލެނބުމުގައި ފަރުދީ ޒިންމާ އަދާކުރަން، ސަރުކާރާއި ގުޅިގެން، ސަރުކާރާއި އެއްކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ނޮވެލް ކޮރޯނާގެ ސަބަބުން، ދިވެހިންގެ އާންމު ސިއްހަތަށް ބޮޑު ނުރައްކަލަކަށް ވެފައިވީ ހިނދު މި ދެންނެވި ޤައުމީ ޖިހާދުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ސިއްހީ ޚިދުމަތްތެރިންނާއި، ސަލާމަތީ ޚިދުމަތްތަކާއި، ދަރުމަވެރިންނާއި، އެހެންވެސް ފަރާތްތަކުން ވަމުން އަންނަ ޤުރުބާނީއަކީ ޝުކުރާއި ތައުރީފް ހައްގު ގުރުބާނީއެއް." މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

ކޮންމެ އަހަރަކުވެސް ޝައުބާން މަހުގެ އެއްވަނަ ދުވަސް ފާހަގަ ކުރަމުން ދަނީ، ދިވެހިރާއްގެ ޝަހީދުންގެ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ޝަހީދުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ، ހިޖުރައިން 965 ވަނަ އަހަރުގެ ޝައުބާން މަހުގެ އެއް ވަނަ ދުވަހު، އޭރު ރާއްޖޭގެ ތަހުތުގައި އިންނެވި އައްސުލްޠާން ޢަލީ (6ވަނަ) ސިރީ އައުދަ ސިޔާސަ ކައްތިރި ބަވަނަ މަހާރަދުން (އަލިރަސްގެފާނު) ރާއްޖޭގެ މިނިވަން ކަމުގެ ހައްގުގައި ޕޯޗުގީޒުންނާއި ހަނގުރާމަ ކުރައްވާ ޝަހީދު ވެވަޑައިގެންފައި ވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޑަބިޔަަ

    އަދިވެސް ދިވެހި ރައީތުން ދޯގޯސްވެގެން މިއުޅެނީ. ކަލޭމެންގެ ބޮޑުން ދައްކާވާހަކަ މާގޯސް. ކަމެއް ދިމާވީމައެއްނޫން ﷲ މަތިން ހަދާންވާންވީ ކުފުރުނުވާންވީ. އިސްލާމީ ސަރިއަތް މިތާހިންގަންވީ ކިޔަވާގެންހުރެ ދެއަތައްކިރެންވީކީނޫން

    41
    2
    • ސޭކު

      ޢަދުތޯވިސްނުނީ ތިހެންބުނަން.ބަލަ މޭޑޭގަ މި ސޭކު ދައުލަތާދެކޮޅައް ނުކުތީ އެނގި ހުރެ ސުލްހަ އާ އެއް ބައިވަންތަކަން ނަގާލަން ނޫންތޯ؟؟އެނގި ހުރެ ލާދީނީ ބައެއް ފަހަތައްލައިގެން ނުކުތީ ހަމަ އެއްބައި ވަންތަކަން ދައްކަންތޯ؟؟؟ ޓެރަރިސްޓުން ޖަލުން ނިކުތްގޮތައް ނިކުތް މީހެއް މީވެސް.

      23
      1
  2. ލަދު

    ކަލޭމެން މިޔަދު ތިވާހަކަދައްކަން ލަދުގަންނަންޖެހޭނެ ކަލޭތިހުންނަނީނު އެއްބާރުލުންދީގެން ދީނައް ޖޯކުޖެހިއިރުވެސް

    44
    2
  3. ގައުމު

    މިބޭ ފުޅާ ވެސް މިހާރު ދައްކަނީ ރަނގަޅު ވާހަކައެއް

    5
    31
  4. Anonymous

    ޢޮނަރަބްލް ޝައިޚު އިމްރާން، ޢަދުލު އިންސާފު ގާއިމުނުކުރެވޭ ގައުމެއްގައި ކޮން ސުލްޙަ މަސަލަސްއެއްތޯ ގާއިމުކުރާނީ ؟؟ސުލްހަ މަސަލަސް ގާއިމުކުރުމުގެ ހަތިޔާރުވެސްވަނީ ތިބޭފުޅުންގެ އަތްމަތީގައި ނޫންތޯ؟؟ މައިސޯބު އެނބުރޭގޮތަކަށް ކުޑަ ސޯބް އެނބުރޭނީ ދޮތެ؟؟ އެމްއެމްޕީއާރސީގެ ކޮރަޕްޝަން ފައިސާ 200އަށްވުރެގިނަ ކުރީސަރުކާރާއި މިސަރުކާރުގެ އިސްބޭފުޅުން (ރ.އިބޫ ސާލިޙާއި އެމްޑީޕީގެ މަޖިލިސް މެމްބަރުން) ހިމެނޭގޮތަށް ބޭނުންކޮށްފައިވާއިރު މިހުރިހާމީހުން ސާފު ހުދު ކާފޫރައް ހަދާފަ އެހުރިހާ ޚިޔާނާތް އެވަނީ ކުރީގެ ރ.ޔާމީން ބޮލުގައަޅުވާ ޒީރޯ ޝަރީއަތް ނިންމާފަ ހުކުމްކޮށްކޮށްފައި އެވަނީ، މިއަށްވުރެ ހައި ސްޕީޑީ ޒީރޯ ޓޮލެރެންސަކާއި މިފަދަ އިންސާފުވެރި ޝަރީއަތް ހިންގާ ޙުކުމްއިއްވި ފަނޑިއާރާއި ޝަރީއަތް ހިންގުވި ސަރުކާރުގެ އިސްވެރިންނަށް ﷲ ހަނދުމަވެ ހަމަަނިދި ނިދޭބާއޭ ހިތަށްއަރާ؟؟؟

    11
    1
  5. ސޭޙް

    ކަލޭ ހާދަ ލަދު ކުޑަ އޭ ދޯ.

    21
    1
  6. ހުސޭނުބޭ

    'މުޙައްމަދު ނަޝީދާއި އޭބާއަށް އެހީތެރިވާ ކޮންމެ މީހަކީ އިސްލާމްދީނުގެ ޢަދުއްވުން" ޝައިޚް އިމްރާން 2012
    އޭތެދެއް އިމްރާން...... މިއީ ތެދު ވާހަކައެއްތަ؟

    21
    1
  7. ނަޖީ

    މިއަދުދެން އެއްޗެކޭކިޔާނެކަމެނެއް ކަލޭދައްކާވާހަކައެއް އަހަރުމެން އަޑެނާހާނަން ވަގުތު ފާއިތުވެއްޖެ

    12
    1
  8. ބްރޯ

    ވެރިކަން ކުރަން ހަވާލުވެ ތިބޭ ފަރާތްތަކުން ފުރިހަމަ ވަގުތުގަ އަލަން ޖެހޭ ފިޔަވަޅު ނާލައިފި ނަމަ ބޮޑެތި ގެއްލުން ލިބި ކުރަން ނުޖެހޭ ހަރަދު ދަވްލަތުން ހިގާނެ ކަން އިޓަލީން މީހުންއައުން ހުއްޓުވުން ލަސް ވުން ނުހިމެނޭތަ ؟ބިދޭސީންނަށް ދަވްލަތުން ބޭސްފަރުވާ ކޮށް ހަދަންޖެހުންއެއީ ވެސް ކުޑަހަރަދެއްތަ؟ވައިރަސް މިގައުމަށް އިޓަލީން އައުމަކީ ކުޑަކަމެއްތަ؟

    7
    1
  9. ކަނޑުކޮސް

    މުހައްމަދު ނަށީދައް އެހީތެރިވާ ކޮންމެމީހަކީ އިސްލާމް ދީނުގެ އަދުއްވެއް ދެންމިހިރަ އަދުއްވު ތިކިޔަނީ ކީކޭ މިހާރު ބިރުގަތީ އުތަ؟

    14
    1