މާލޭގެ އެކި ހިސާބުތަކުގައި އެމަރޖަންސީ އެކްސަޒައިސްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.

އެ އޮތޯރިޓީއިން މީގެ ކުޑަ ވަގުތުކޮޅެއް ކުރިން ކުރި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް 19 އާއި ގުޅުންހުރި ހާލަތްތަކަސް އިޖާބަ ދިނުމަށް ކުރާ މަސައްކަތް ހަރުދަނާކުރުމަށްޓަކާ، އެމަރޖެންސީ އެކްސަރސައިޒްތަކެއް މިއަދު މުޅި މާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ދާނެ ކަމަށެވެ.

އެ ހަރަކާތްތައް ކުރިއަށް ގެންދާނީ މިއަދު މެންދުރު 12:30އިން ފެށިގެން މެންދުރު ފަހު 03:30ގެ ނިޔަލަށް ކަމަށް ވެސް އެޗްޕީއޭއިން ހަމަކުރައްވައެވެ.

"ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން، މިއަދު ވަނީ ފަރިތަކުރުމެއް (ޑްރިލް) ބާއްވަން ހަމަޖެހިފައި. މި ހަރަކާތް ކުރިއަށްދަނީ މާލޭގެ 3 ސަރަހައްދެއްގައި 12:30 އިން 3:30އަށް އަދި މިހަރަކާތް ކުރިއަށް ދާއިރު މިހިސާބުތަކަށް ވަދެ ނުކުތުން ވަގުތީ ގޮތުން ހުއްޓުވުން އެކަށީގެންވޭ." އެޗްޕީއޭ އިން ވިދާޅުވިއެވެ.

ކޮވިޑް 19 އަށްް ތައްޔާރުވުމަށް ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އައިސީޔޫގެ ފަރުވާ ދެވޭނެ 200 އެނދުގެ ޚިދުމަތް ޤާއިމްކުރުމާއި، ސިއްހީ މަސައްކަތްތެރިން ހޯދުމުގެ އިތުރުން ދަރުމަވެރިން ހޯދުމުގެ މަސައްކަތާއި، އައިސޮލޭޝަން ވަސީލަތްތައް އިތުރުކުރުން ހިމެނެއެވެ.

މީގެ އުތުރުން ރާއްޖެއިވެސް މިހާރު ފެނިފައިވާ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި މިހާރު ޔެލޯ އެލަރޓް ނެރެފައިވުމާއެކު، ރޯގާޖެހިފައިވާ މީހުންގެ ނިސްބަތް އިތުރުވަމުންދާނަމަ ކަންތައް ކުރާނެ ގޮތަކާއި މެދު ކަމާބެހޭ ފަރާތްތަކުން ކޮންމެ ދުވަހަކު ވެސް މަޝްވަރާތައް ކުރިއަށް ގެންދެއެވެ.

ކޮވިޑް-19 ގުޅިގެން މިހާރު ރާއްޖޭގައި އިޢުލާންކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި މިހާރުކުރަމުންދާ ކަންކަމަށް ހޭދަކުރުމަށް ކޮންޓިންޖެންސީ ބަޖެޓުން 212 މިލިޔަން ރުފިޔާ ޚަރަދުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޣހހ

    1 ދުވަހަށް ލޮކްޑައުންކޮށް މިހާރު ރާވާފައިވާ ގޮތަށް ކަންތައްތައް ކުރިއަށް ގެންދެވޭތޯ ބަލަން އެބަޖެހޭ. ސަރުކާރަށް ހަމަ ސާބަސް. ވަރަށް އުފާވެއްޖެ. މިއީ ރަނގަޅު ބަދަލަކީ. އަދިވެސް ފަރުވާކުޑަނުކޮށް ބުނާ ގޮތަށް ހަދަންޖެހޭ.

    • Anonymous

      ހިންދީ ޑްރާމާއާ އިނގިރޭސި ޑްރާމާ ބަލާބަލާ ފޫހިވެފަދޯ!! ރިއަލް ޝޯއެއްދޯ ބަލާލަން ބޭނުމީ. މަބުރޫކް ޝޯވެސް ފޫހިވެދާނެތީ މިހާރު މިފެށީ ރިއަލް ޝޯތައް. ބަދަލަކަށް ރަނގަޅުވާނެ.

  2. ޜުޅި

    ބުނަންތަ ސަރުކާރއް ވާހަކަ އެއް..
    ސުކޫލް ތައް ވެސް ހުޅުވާ
    އޮފީސްތައްވެސް ހުޅުވާ
    ކެފޭތައްވެސް ހުޅުވާ
    ޕާކުތައްވެސް ހުޅުވާ
    ރިސޯޓް ތަކައްދެވޭނެ ގޮތްވެސް ހަދާ
    އާ ނުބުނާ ވަރެއް ނޫނޭ ކިޔާ އެކައްޗެއްވެސް ގަބޫލް ނުކޮއްބޭރުގަ އެބަ އުޅޭޔޭ
    ތިތަންތަން ބަންދު ކުރީވެސް މީހުން ގޭގައި ބައިތިއްބަން އެކަމަކު ދިވެހިން ނައް އެގޮތެއްވެސް ނުވެ ރަނގަޅެއް
    ޙީވާ ކަހަލަ އީދެއް އައިސްގެން އުޅޭހެން
    ތިމާ އަމިއްލަޔައް ނުވި ރައްކަލެއް އެހެންމީހަކައް ނުކޮއްދެވޭނެ
    މަށަކައް ނުޖެހޭނެޔޭ މިރަށަކު ނެތޭ މަ ހަމަ ބޭރައްދާއިރަް މަށައްޖެހޭހޭ މީމުޅިންވެސް ބަހުރުވަހުއްނަގޮތް
    ނުވިތާކައް ފިހާރަ ތައް ކައިރީ ބަހައްޓާފަ އެ ހުންނަ އަތްދޮއްނަ އެއްޗެހި ހުއްނާތީ މަލާމާތް ކުރާ މީހުންވެސް މަދެއްނޫން
    ދުނިޔޭގެ ހުރިހާ ގައުމެއްގަ ވެސް އަންގަމުން އެދަނީ ގޭގަ ތިބެން
    ޢެއީ ކާކުގެ ރައްކަލަކައްތޯ؟
    އަހަރެމެން ދާން އޮތް ތަން ( މިސްކިތް ތައް ) މި ތަނައް ނުދެވެންޔާ ވަކި އަހރެމެން ދާން އޮތީ ކޮންތަނެއްތޯ ؟
    އެންމެ މާތް ބިން( މައްކާ )މި ބިމައް ނުދެވެންޔާ ދެން އޮތީ ކޮންތަނެއްތޯ؟
    އުމުރާގެ އަޅުކަންގެއްލިޖެ .. މަތި ވެރި މާތްވެގެންވާ ހައްޖުގެއަޅުކަން ކުރޭވެނެ ކަމާ މެދުވެސް ސައްކު..
    މީ ބިރު ގައްނަންޖެހޭ ކަންކަމެއްނޫންތޯ؟
    ރައްތެހިވެގެން އުޅޭ ނޫނީ ރައްޓެއްސަކު އެއްޗެކޭ ބުނެފާނެތީ ބިރުގަނޭ
    ޢެކަމު ބިރުގައްނަން ޖެހޭ ކަންކަން ހުއްނަނީ ނޫންތޯ ؟
    ތިމާ އައްއެނގޭތޯ ކާކައް ކަމެއް ޖެހިފަ ހުރީ ނޫނީ ނުޖެހި ހުރީ
    ތިމާއައް ނޭންގި ތިމާގެ އެންމެ ކައިރީ އުޅޭ މީހާގައިންވެސް ޖެހިދާނެ
    ޢޭރު އޮއްނާނީ ވަގުތު ފާއިތު ވެފަ ތިމާގެ ފަރާތުން ތިމާގެ މައިންބަފައިން ނައް ދަރިންނައް އަނބިންނައް ފިރިންނައް އޮއްނާނީ ޖެހި ނިމިފަ
    ޢެ ދުވަހުން ތިމާ ބުނާނީ ކީކޭ ތޯ ؟ ހިތައް އަރާނީ ކީކޭ ތޯ ؟
    ވަގުތު ފާއިތުވުމުގެ ކުރިން ބުނާ ބަހުގަ ހިފާށެ

    • Anonymous

      ވަގުތު ފާއިތުވުމުގެ ކުރިން މިގައުމު ލޮކްޑައުން ނުކުރީ ކީއްވެތޯ ސަރުކާރުގައި އަހާބަލަ؟ ޓޫރިޒަމުން ލިބޭ ފައިދާގަނޑު މަދުވެދާނެތީ؟ ރައްޔިތުން ނުރައްކަލަށް ވައްޓާލީ ސަރުކާރުން އެނގިތިބެ. އޭރު ކުރިކަމަކީ ޓޫރިސްޓް ބުކިންއާއި އެރައިވަލް ގުނުން. އެހެން ގައުމުތަކަށް ބަލިފެތުރޭތީ ގިނަ ޓޫރިސްޓުން ގެންނަން އުޅުނީ! މިއަދު ކޮން ޑްރަމާ އެކުޅެނީ. ﷲ ތަޢާލާ ދެނެވޮޑިގެންވޭ މިސަރުކާރުގެ ވެރިންގެ ދެފުއްދެގޮތް ނުބައިނުލަފަކަން. މިގައުމުގެ ރައްޔިތުންނަކީ ހެއްދި ވަރަކަށް ހެދޭނެ ވިސްނުން ކޮށި ބައެއް.

  3. މުޝީރު

    ރާއްޖެ ފުރަބަދުކުރުންތޯ ރަނގަޅީ ނުވަތަ ގޭބަންދުގައި މަސައްކަތެއް ނުކޮށް ތިބުންތޯ ރަނގަޅީ . މިވަގުތު ކުރަންވީކަމަކީ ގައުމު ހަލާކުވުމުގެ ކުރިން ، މުޅީރާއްޖެ ފުރަބަންދުކޮށް ދަނޑުވެރިކަމާއި ، މަސްވެރިކަމާއި ދެންވެސް އިގްތިސާދީގޮތުން ކުރެވެންހުރިކަމެއް ކޮށް އެތެރޭގެ އިގްތިސާދު ރަނގަޅޫކޮށް މިނިވަންކަމާއި އެކު ހަރަކާތްތެރިވެވޭނެ މާހައުލަކަށް އައުން ، އެއީ ރާއްޖެޔަށް އެއްވެސް ބަޔަކަށް ބޭރުން އެތެރެނުވެވޭގޮތް ހެދުން. އެއީ ދިވެހިންނަށް އޮތް އެއްމެ ބޮޑު ރައްކާތެރިކަމަކީ .. އަވަސްކުރޭ ފުރަބަންދުކުރަންް ނޫންނަމަ ރާއްޖެވަނީ ފަހަތަށް 50 އަހަރު ޖެހުން .

  4. Anonymous

    މީ ކޮން ޑްރާމާއެއް! ކާކަށްތަ ނޭނގޭނީ ކަރވިއު ހިންގީމަ ގޭގަތިބެން. ބޯހަލާކު. ރައްޔިތުން ގަޅި ހެއްދުމަށްވެސް ތި ބޭކާރު ކުރަ ފައިސާ ބޭކާރު ކުރުމާ އެނަރޖީ ވޭސްޓް ކުރުން ހުއްޓާލަން އެބަޖެހޭ

  5. Anonymous

    ދަ ހީމޭން މަބްރޫކް ޝޯގައި ކިޔައިދިނުމުގެ ބަދަލުގައި މިހާރު ދެން ތިދަނީ މާމައްޗަށް. ތިވަރުން ދަންޏާ ބަލީގައި މަރުވާ މީހުން ހިނެއުމާ ވަޅުލުމާގުޅޭ ޕްރެކްޓިސް ސެޝަނެއްވެސް މިސަރުކާރުން ޖައްސާނެ. ލޮކްޑައުން ކުރަން ނުކެރުނު. އެކަމަކުވެސް ލޯކަލް ކައުންސިލްގެ ކެމްޕޭނަށް ޑްރާމާ ކުޅުން ކުރިއަށް ގެންދޭ. ރައްޔިތުންނަށް މިތިބީ އޮޅިފައި. ސަރުކާރުން ޖަހާހާ ލަނގިރިއަކަށް ޘަނާ ކިޔަނީ. ވިސްނުން ބޭނުން ކުރުމަކީ ދިވެހިންގެ ނެތިގޮސްފައިވާ ސިފައެއް.