ރާއްޖެއަށް ކާޑުގެ ބާވަތްތައް މެދުނުކެނޑި ލިބޭނެކަމުގެ ޔަގީންކަން އިންޑިއާ ސަރުކާރުން ދީފިއެވެ.

އިންޑިއާ ސަރުކާރުން މިޔަގީންކަންދިން ކަން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ވަނީ ޔަގީން ކޮށްދީފައެވެ.

އިންޑިއާ ހައިކޮމިޝަނުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ދުނިޔޭގައި ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ލޮޖިސްޓިކަލް ދަތިތަށް ދިމާވި ނަމަވެސް ހަނޑޫ، ފުއް އަދި ހަކުރު ފަދަ ކާޑުގެ ބާވަތްތަށް މެދުނުކެނޑި އިންޑިއާއިން ލިބިލިބި ހުންނާނެ ކަމު ގެ ޔަގީންކަން އަރުވާ ކަމަށެވެ.

ހަނޑުލާއި ހަކުރުގެ 20 ދުވަހުގެ ސަޕްލައި މިހާރު ވަނީ އިންޑިއާއިން ޝިޕް ކުރެވި، ވަރަށް އަވަހަށް ރާއްޖެ އައުމުގެ މަގުމަތީގައި ކަމަށް ވެސް ހައިކޮމިޝަނުން ވިދާޅުވިއެވެ. އިތުރު 1500 މެޓްރިކް ޓަނުގެ ހަނޑުލާއި 500 މެޓްރިކް ޓަނުގެ ހަކުރުގެ ޝިޕްމެންޓެއް ޓުޓިކޯރިން ޕޯޓުގައި ދަނީ ލޯޑު ކުރެވެމުން ކަމަށް ވެސް ހައިކޮމިޝަނުން މައުލޫމާތު ދެއްވައެވެ.

"ހާސްކަންމަތީގައި ތިއްބަވައިގެން ގަނޑުކޮށް ކާޑުގެ ބާވަތްތަށް ބައްލަވައި ނުގަންނަވާ." ހައިކޮމިޝަނުން މިއަދު ވިދާޅުވިއެވެ.

ރާއްޖެ އަށް ކާބޯތަކެތީގެ ގިނަ ބާވަތްތައް އިންޑިއާ އިން އެތެރެ ކުރެއެވެ. އިންޑިއާ އިއްޔެ އިން ފެށިގެން ފުރަބަންދު (ލޮކްޑައުން) ކުރުމުން ބައެއް މީހުން ގެންދަނީ ރާއްޖެ އަށް ބައެއް ތަކެތި އެތެރެ ކުރުމުގައި ދަތިތަކެއް ދިމާވެދާނެ ކަމަށް ބުނަމުންނެވެ.

ނަމަވެސް ރާއްޖެއަށް ކާބޯތަކެތި އެތެރެ ކުރާ ސަރުކާރުގެ ކުންފުނި އެސްޓީއޯ އިން ވެސް ވަނީ ހުރިހާ ބާވަތެއްގެ ކާބޯތަކެއްޗެއް ވެސް ދަތިކަމެއް ނެތި ރާއްޖެ އިން ލިބޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ާއަލީ

    މިހާރު ގެ ހާލަތު ދިރާސާ ކުރާ ފަރާތްތައް ބުނާ ގޮތުން ކުރިއަށް މިއޮތް ދުވަސް ތަކުގައި އިންޑިއާގެ ހާލަތު ވަރަށް ބޮޑަށް ގޯސް ވެގެން ދާނެ. އެފަދަ ހާލަތެއްގައި މުޅި އިންޑިއާ ހުއްޓިގެން ދާނެ. މި ކަމުން އަޅަމެން ސަލާމަތް ކުރައްވާށި

    28
    1
  2. ހހހހ

    އިންޑިޔާއަށް މިގައުމުގެ ބޯޑަރުތައް ބަންދުކުރެވޭ ވަރުގެ ބާރުވެރިކަމެއްނެތް ސަރުކާރެއް މިތާ އޮތްކަން އެނގޭ! ކިހާބޮޑު ނޮހޮރުއްޕާނެއް މި ސަރުކާރުގެ އުނދަގުލާހުރެ. މިނިވަންކަން އިހުސާސްވޭތަ؟

    30
    8
    • Anonymous

      ނުވޭ. މިގައުމަށް ބަލިފޮނުވާ ގައުމަަކަށް ތިއިންޑިޔާވާނެ. އަދި މިސަރުކާރަށް މިކަމާމެދު ބުނެވޭނެ އެއްޗެއްވެސް ނޯންނާނެ. މިސަރުކާރަކީ މޯދީގެ އަޅެއް.

      30
      3
  3. ބާރީ

    ދެން ފުރަބަންދުގެ މާނަ އޮޅިއްޖެ މިހާރު...

    15
    2
    • އެބޭ

      މިތާ މިއޮތް ސަރުކާރުން ދިވެހިގައުމު އިންޑިޔާއަށް ވިއްކާލާފަ އޮތީ. ދެންއޮތީ ރައްޔިތުން އެމީހުންނަށް ޘަނާ ކިޔުން ބާކީގަ. އެކަން ކުރެވޭތޯ މިބަލަނީ.

      22
      3
  4. ލކލކ

    ދިވެހިރާއްޖޭގެ އެެއަރޕޯޓާ ބަނދަރުތައް އިންޑިޔާއަށް ބަންދެއްނުކުރެވޭނެ ދޯ!ި ގެރިއެއްގެ ތައްޕާހަށް މިވެއްޓިގަންނަނީ އެއީ މުސްލިމުންގެ ދުޝްމަނު އިންސާނެއްކަން؟ ދިވެހިގައުމަށް އަތްގަދަކުރަން ދަނޑިވަޅެއް ނުލިބިފަ މި މޯދީއަށް ހުންނަނީ. އަމިއްލަ ގައުމުގެ މީހުނަށް ކާންދީބަލަ. އަހަރެމެން ބޭނުމެއްނޫން މުސްލިމުންގެ ލެއިން ތަތްތެޅިފައޮތް އަތަކުން ދޭ އެކައްޗެއްވެސް. ﷲ އަށް އީމާންވާ މުސްލިމަކު މި މޯދޯއާ ގުޅުމެއް ނުބާއްވާނެ.

    29
    1
  5. ބޮންދު

    ހެއުނުވާނެ އިންޑިއާއައްް ބަރޯސާނުވޭ

    19
    1
    • ފފފ

      ބަރޯސާ އެއްނޫން އެވަނީ. އިންޑިޔާއިން އަންގާ އެންގުންތައް ތަންފީޒު ކުރުން ލާޒިމްވީމަ މިސަރުކާރުން ކުރާނެ ކަމއް އޮންނާނެތަ. ވެރިކަމަށް އައީ ގައުމު ވިއްކާލާފަ. އޭގެ އަގު އަދާކުރަންޖެހޭނީ ރައްޔިތުން. އަގަކީ މިނިވަންކަން ގެއްލި ދީނަށް ނޫޅެވުން. ގެރިއަށް އަޅުކަންކުރާ ޝައިޠާނާގެ ބައިވެރިއެއްގެ އަޅުންނަށް ދިވެހިން މިތިބީ ނޭނގިނަމަވެސް ވެފައި.

  6. ދީދީދީ

    ބަލަ އެކަލޭގެ ރައްޔިތުންނައް ކާންދޭޖެހޭނެދޯ ދުރުގަތިއްބަސް މިއީ މިހާރު އެކެއްގެ ބާރުގެދަށުގަ އޮތްތަނެއް

  7. އަލީ

    އަޅުގަނޑު ގެ އާދޭހަކީ އިންޑިޔާމީހުން އަހަރުމެން ދިވެހިންގެ މައްޗައް ގަދަވިޔަނުދިނުމައް .
    އަހަރުމެން ބޭނުންވަނީ މިގައުމުގައި މިނިވަން ކަމުގައި އުޅެން . މިހާރުވެސް ރިސޯޓް ތަކުގައި އެމީހުން ގެ ދީނީ ޝިޔާރު ތައްދަނީ ފާޅުކުރަމުން ފާޅުގައި އެވެރިން ދާނީ ދިވެހިންނާއި ޖަދަލުކުރަމުން ގިނަ މެނޭޖުމެންޓް ތަކުން މިކަން ނުބަލާ

  8. ޑައެލޯގް

    މިއީ އިންޑީޔާގެ އަވަށެއް ވީމަ އިންޑިޔާއަށް ކާޑުހަމަވެ ބާކީއޮތިއްޔާ ރާއްޖެއަށްދޭނެ މިހެންގޮސް އިންޑިޔާއަށް މިބަލި ކުޑަކޮށް ގަދަވިއަސް ނުލިބޭނެ