ފްރާންސްގެ އަސްކަރީ ދެ މަނަވަރަކާއި، ހެލިކޮޕްޓަރުތަކެއް ރާއްޖެ އަތުވެއްޖެއެވެ.

މި ދެ މަނަވަރާއި ހެލިކަޕްޓަރުތައް ރާއްޖެ އައީ ކޮން އިރަކުކަން ސާފް ނުވިނަމަވެސް އެއީ ކަމާއި ބެހޭ ފަރާތްތަކުގެ ހުއްދައާއެކު ރާއްޖެ އައި އަސްކަރީ އުޅަނދުތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ ތެރެއިން ދެ މަނަވަރު މިއަދު ހެނދުނު ވަނީ މާލޭ ބޭރުގައި ބަނދަރުކޮށްފައެވެ. އަދި ހަތަރު ހެލިކޮޕްޓަރެއް މިއަދު އއ. ތޮއްޑޫ މަތިން ދަތުރުކޮށްފައިވާކަމަށް އެ ރަށު މީހުން ބުނެއެވެ.

މިކަމާއި ގުޅޭގޮތުން އެމްއެންޑީއެފްގެ ބަހެއް އަދި ނުލިބެއެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ، އެކަމާއި ގުޅޭ މައުލޫމާތުތައް ސާފް ކުރުމަށްފަހު އަންގާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޙެހެ

    ތި ދޯ އެބުނަ ރެސްކިޔު އުޅަނދަކި ތިޔަގެ ތެރެން އެކަތި ރަށެއްގަ ޖައްސަފަވެސް އޮތް ވިޑިއޯއެއް ފެނުން

    15
  2. ޜިފާ ސައީދު

    ކޮރޯނާ ، ކައިރިނުވާތި 3 ފޫޓު،

    15
    1
  3. Anonymous

    ވަޓް ދަ؟ މިގައުމު ނީލަމުން ނެގީ ފްރާންސްއިންތަ؟ މަހީކުރީ އިންޑިޔާއިން ކަމަށް. މީހުންކޮޅު މަރާލާފަ މިތަނަަށް އެރިއަސް ކަހާތަން ހިރުވާލާނެ ބަޔަކުވެސް ދުނިޔޭގައި ނުތިބޭނެ. ޑިސްކަނެޓްވީ ޗައިނާއާ ރަޝާއާ. އެކަމަކު މިހާރު މި ހިންގަން އުޅެނީ ކޮންފަދަ ޖަރީމާއެއްކަމެއްްވެސް ނޭނގޭ!! ސަރުކާރުގެ ކަމާބެހޭ ފަރާތަށްވެސް ނޭނގޭ!! އިންޑިޔާއިންބާ ހުއްދަދިނީ!!

    17
    2
  4. Anonymous

    ދިވެހިންގެ ޤާފިލް ކަމުގެ ފައިދާ ނަގަންވީ ހަމަ. ކޮންމެ ކަމެއްވެސް މިދުވަސް ކޮޅު އޯކޭވާނެ. ސަރުކާރުން ޖަހާ ސަކަރާތަށް އެއްޗެއް ބުނާ މީހާ އެއީ ފިތުނަވެރިއެއް. ގާފިލް ދިވެހިން ނުދަނޭ ދޮގުވެރި ޝައިޠާނީ ބައިގަނޑަކު ރައްޔިތުންނަށް އިހްލާޞްތެރި ނުވާނެކަމެއް. ދިވެހިންނަކީ ހަނދާންނެތުން އަވަސް ވިސްނުން ކޮށި ބުއްދި ފަސް ބައެއް.

    24
    1
  5. މުޝީރު

    ރާއްޖެ ފުރަބަދުކުރުންތޯ ރަނގަޅީ ނުވަތަ ގޭބަންދުގައި މަސައްކަތެއް ނުކޮށް ތިބުންތޯ ރަނގަޅީ . މިވަގުތު ކުރަންވީކަމަކީ ގައުމު ހަލާކުވުމުގެ ކުރިން ، މުޅީރާއްޖެ ފުރަބަންދުކޮށް ދަނޑުވެރިކަމާއި ، މަސްވެރިކަމާއި ދެންވެސް އިގްތިސާދީގޮތުން ކުރެވެންހުރިކަމެއް ކޮށް އެތެރޭގެ އިގްތިސާދު ރަނގަޅޫކޮށް މިނިވަންކަމާއި އެކު ހަރަކާތްތެރިވެވޭނެ މާހައުލަކަށް އައުން ، އެއީ އެއްވެސް ބަޔަކަށް ބޭރުން އެތެރެނުވެވޭގޮތް ހެދުން. .. އަފަހަތަށް 50 އަހަރު ޖެހެންބޭނުމެއްނޫން

    24
    • އާދިލް

      ތިއީ މަދު ދިވެހިން އެދޭގޮތް. ޑިމޮކްރަސީގައި އޮންނަނީ މެޖޯރިޓީ. މެޖޯރިޓީއަކީ ޣާފިލުން. ބަލަނީ، ދިވެހި ފިލްމް، "މަބްރޫކް އޮން ޓީވީ" ރައްކާތެރިވުމުގެ ގޮތުން ކުރާކަމަކީ ހަބަރު ކިޔުމާއި ނޫސްވެރިންގެ ބައްދަލުވުން ބެލުން. ސަރުކާރުން ވަގުތުގެ ނާޖާއިޒު ފައިދާ ނަގާ އަދިވެސް އިތުރަށް އިންޑިޔާއަށް ޑިޕެންޑްވާ ގައުމަކަށް މިގައުމު ހަދަނީ. ދިވެހިން ތިބެނީ ސަރުކާރުން ޖަހާހާ ސަކަރާތަކީ ބަލީގެ ފަރުވާ އަދި ވެކްސިންކަމަށް ގަބޫލުކޮށްގެން.

  6. ޢަހުމަދު އަލީ

    Russia ah February 2020 in feshigen Thoddoo in falho export kuraanamey Karam bunefa otheema, France helicopter Thoddoo mathin udhuhunee falho dhan'du balaafa photo nagan. E ee Russia ah falhoa beyru koffa France ah beyru kurevey varah falhoa hutithoa yageen kuran

  7. ޥަރީޒާއަލީ

    ތަނެއްދޮރެއްނުބަލަ ދުއްވާނަގަނީ ފަޅުރަށް ރަށަށް ޖައްސަމުން.

    12
  8. ސޮނިފުހޭ

    އަނެއްކާ ވައިރަސް ސަޕްލައި ކުރަނީތަ އެކަމަކު ދޮން ކުދިންނަށޯލަ އެންމެ ވިސްނެނީ ހޫ މަރުމޯލު