ދުނިޔޭގައި ހަލުވިކަމާ އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަސް ރާއްޖެއިން ވެސް މިހާރު ފެނިފައިވުމާ ގުޅިގެން ޖެންޑާ މިނިސްޓްރީން ފަށާފައިވާ، އުމުރުން 65 އަހަރުން މަތީގެ މީހުންގެ މައުލޫމާތު އެއް ކުރުމުގެ މަސައްކަތް ހުއްޓާލައިފިއެވެ.

ޖެންޑާ މިނިސްޓްރީން އިއްޔެ ބުނީ ކޮވިޑް-19 އާ ގުޅިގެން އެ މިނިސްޓްރީން 65 އަހަރުން މަތީގެ ހުރިހާ މީހުންގެ މައުލޫމާތުތައް އެއް ކުރުމަށް ގޫގުލް ފޯމެއް ފުރުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެ ފޯމުގައި އެމީހާގެ އުމުރާއި ދިރިއުޅޭ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރުގެ އިތުރުން ދިރިއުޅުމުގެ ހާލަތާއި ބައްޔެއް ހުންނަ ނަމަ އެ ކަމެއް ހިއްސާ ކުރުމަށް ވަނީ ބުނެފައެވެ.

ޖެންޑާ މިނިސްޓްރީން މިގޮތަށް 65 އަހަރުން މަތީ މީހުންގެ މައުލޫމާތު ހޯދުމަށް ހާއްސަ ޕޯޓަލް އެއް ހުޅުވައި ފޯމެއް އެކުލަވާލާފައިވާއިރު، މި އުމުރުގެ މީހުންނަށް ދައުލަތުން އަންނަނީ ކޮންމެ މަހަކު އިނާޔަތް ދެމުންނެވެ. އަދި އެމީހުންނާ ބެހޭ ހުރިހާ މައުލޫމާތެއް ޕެންޝަން އޮފީހުގައި ވެސް ހުރެއެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ބުނެނީ އެ މިނިސްޓްރީން ފަށާފައިވާ އެ މަސައްކަތް ހުއްޓާލާފައިވާ ކަމަށާއި އެ މީހުންގެ މައުލޫމާތު އެކަމާ ގުޅުން ހުރި ސަރުކާރުގެ އިދާރާތަކުގެ އެހީތެރިކަމާއެކު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 އަށް 13 މީހަކު ފައްސިވެފައިވާއިރު، މިބަލީގެ ނުރައްކާ އެންމެ ބޮޑު ވަނީ އުމުރުން ދުވަސްވީ މީހުންގެ އިތުރުން ދާއިމަށް އެކި ބަލި ތަކަށް ބޭސްކާ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އެހެންވެ މަބުނަނީ ސަރުކާރުން ކުޅެނީ ޑްރާމާއޭ!! ރައްޔިތުން ގުނބޯ ހައްދައި މާރަނގަޅު ސަރުކާރެއްކަން ދައްކަނީއޭ!! ސަރުކާރުން ރިސޯސަސް ބޭނުންކުރަނީ އިސްރާފު ކުރާގޮތަށް. އަލީވަހީދު ފޮނިކަނޑަށް ރިސޯޓްްތަށް ކަރަންޓީން ފެސިލިޓީއަށް ހެދީ. އެތަންތަނަށް ކުރާ ޚަރަދަކީ ދިވެހި ގައުމަށް އެކަށީގެންވާ ވަަށްވުރެ ބޮޑު އަގެއް. ގޭގެއަށް ހިލޭ ތަކެތި ދިނުމުގެ ބަދަލުގައި ޑްރިލް ޖެއްޖުމާ މުއްސަނދިންގެ އަތުން ނަގާ ފައިސާ އުނިކުރުން. އެކަމަކު އާދައިގެ ރައްޔިތަކަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާތަނެއް ނުފެނޭ!

  2. Anonymous

    މިއަދުގެ ޝޯ "މަބްރޫކް ދަ އެމްޑީއެން ބްރޭވް މޭން" ކިތަށް ފަހަރު ގެނެސްދިނުން އޮންނާނެތަ؟

  3. Anonymous

    ސަރުކާރުން ކުޅޭ ޑްރާމާތައް. ﷲ އިރާދަކުރެއްވިޔާ ތި ހުރިހާ ޑްރާމާއެއްވެސް ފްލޮޕްވާނީ. މި ބަލިމަޑުކަމަކީވެސް ﷲ ގެ ދީނަށް ނަސްރެއް ކަމުގައި ލައްވާށި. އާމީން.