އެކުވެރި މެންބަރުން ސަލާމަތް ނުކުރެވުނީތީ އެކަމާ ދެރަވެ، ހިތާމާކުރާ ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން ރޭ މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ އެންޓި ޑިފެކްޝަން ޤާނޫނުގެ ބޭނުމަކީ ރައީސް ޔާމީން އާއެއްކޮށް ތިއްބެވި ރައްޔިތުން މަޖިލީހުގެ މެމްބަރުން ބަނދެ ހައްޔަރުކުރުން ކަމަށެވެ.

"އަހުންކަމުގައި ތިއްބެވި ބޭފުޅުން ސަލާމަތް ނުކުރެވުނީތީ އަޅުގަނޑު އެކަމާ ދެރަވަން، ހިތާމާކުރަން އެހެންނަމަވެސް މައާފުކުރައްވާށޭ، "ސޮރީ" އޭ ދަންނަވަން ޖެހޭނީ އެކަމެއް އަޅުގަނޑުމެންނަކަށް ނުކުރެވުން" އަލީ ހުސެއިން ވިދާޅުވިއެވެ.

އަލީ ހުސެއިން އިތުރަށް ވިދާޅުވީ އިއްޔެ ސުޕްރީމް ކޯޓުން ކުރި ހުކުމުން ވަރަށް ސާފުކޮށް ކަމެއް ކަނޑައަޅާފައިވާ ކަމަށެވެ.

" އެއީ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކޮންމެ ގާނޫނެއް ފާސްކުރަން ޖެހޭނީ 43 މެމްބަރުން މަޖިލީހުގެ ތަޅުމުގައި ތިއްބަވައިގެން ކަން, އެކަމުގައި ބަހުސް ކުރެވޭނެ ޖާގައެއް ނެތް" އަލީ ހުސެއިން ވިދާޅުވިއެވެ.

އަދިވެސް އިދިކޮޅު ފަރާތްތަށް ގޮތް ހުސްނުވާކަން ކަމަށް ވިދާޅުވެ އަލީ ހުސެއިން ވިދާޅުވީ ކަނޑުމަތީގައި ދަތުރުކުރަމުންދާއިރު ކޮޅުން އަޅާލުމުން އެފަރާތްތަކުން ނަގިލި ވައްޓާލައިގެން ކަނޑުމެދުގައި މަޑު ނުކުރާ ކަމަށެވެ.

"އަންނަނީ އާދަޔާ ހިލާފު ހިތްވަރެއް. އަޅުގަނޑު އެއްގޮތަކަށްވެސް މި ދެއްކީކީ އަޅުގަނޑުމެންގެ އޮޑި ކޮޅުން އަޅާލި ވާހަކައެއް ނޫން. ހަމައެގޮތަށް ހުނޅަގުގެ ބާރު ވިލާގަނޑެއް އަންނަން ފެށީމަ އަޅުގަނޑުމެން ގޮތެއް ހުހެއް ނުވޭ. ބޮޑު ރިޔާ ކުޑަކޮށް ކުޑަ ރިޔަލަށް އަޅުގަނޑުމެން ބަދަލުކޮށްލަނީ" އަލީ ހުސެއިން ވިދާޅުވިއެވެ.

އަލީ ހުސެއިން ވިދާޅުވީ ވެރިކަމެއް ލިބުމުން އެ ވެރިކަން ރަނގަޅު ގޮތަށް ރައްޔިތުންގެ މަސްލަހަތު ހިމެނޭ ގޮތަށް ވެރިކަން ހިންގަން ނޭނގުމުން ކަންތައްތައްވަމުންދާ ގޮތް ވަރަށް ރަނގަޅަށް ފެންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ލ.ނ

    ފިލާ ހުރެފަ އެމީހުންނަށް ލަނޑުދީފަ ދެން ކޮން ވާހަކައެއް ދައްކާކަށް. އެމީހުންގެ ގޮނޑި ގެއްލުނީ..... ކަލޭމެން ހެވި ދިލިފަ. ލޮލް

  2. ހުސޭނުބޭ

    ކަލެޔަކީވެސް އީޔޫގެ ހުށައެޅުން ކަމުދިޔަ މީހެއް! ކޮންހާ ގިނަ ވާހަކައެއް ދައްކާކަށް.

  3. ވަކަރުބޭ

    ހެހހެހެހެެހެހެހެހެހެހެހެހެހެހެހެހެހެހެހެހ ހަމަގަދައަށް ހިނިއަންނަނީ. ކޮޅުންއަޅާލައި ކުޑަރިޔަލަށް ބަދަލުކޮށް ކަނޑުމެދުގަ ގޮތްހުސްވެފަތިތިބީ. މާލިމީ ކަނޑަށް ވެއްޓި ގެއްލިއްޖެ. ދެން މާލިމީއަކަށް އަރާނެ މީހެއްނެތް. އެކުވެރި ފަޅުވެރިން ގެއްލުމުން ސޮއރީއޭ ސަލާމަތްނުކުރެވުނީތީ ހިތާކުރުމުން ތިމީހުންގެ ކަންކަން ރަނގަޅަށް ސާފުވެއްޖެ.

  4. ަިިިަްއިއްބެ

    ބުރޯ ކޭ ހަމަ ރަނގަޅީ މަސްކަޑަން

  5. ދޮން ޢަލިފުޅު

    ސަލާމަތް ކުރާކަށްބޭނުމެއް ނުވާނެ ،، އެމީހުން ކައިރީގަ ބުނާގޮތާ އެހެން މީހުންކައިރީގަ ބުނާގޮތް ތަފާތުވާނެ ޕޯޑިއަމްގަ ތިގޮތަށް ބުންޏަސް އެތެރެ ހިތްވަރަށް ވަރށްހަސަދަވެރިވެ ދެކޮޅުވެރިވާނެ .......

  6. ޑޮންޑޮންފުޅި

    މަޖުލިސް މެމްބަރެއް އަދި ވަކީލެއް، ނަމަވެސް ކުރާ މަސައްކަތަކީ ޓީވީ ޕްރެސެންޓަރެއްގެ މަސައްކަތް. ދުވާލު ދެދަޅަޔަށް ޓީވީތަކަށް އަރާ ފޮނިކެނޑުން %10 މަދުކޮށްލިޔަސް މީނާ އަތުން ފައިން ހާދަ މަސައްކަތެއްކުރެވޭނެޔޭ

  7. ދިވެއްސެއް

    ސޭޓުގެ މިލްކިޔާތުގައި ހިމެނޭ އެކަތި. ސޭޓު ފިތާލީ ގޮވާލީ. ތިމާ މީހާ ފުރަތަމަ ސޭޓު ކައިރިން މިނިވަންވެ ބަލަ

  8. މަސްކަނޑާ

    އަލީ ހުސެންއެވެ! އެކުވެރިންނާ ރައްޓެހިރަހްމަތްތެރިން ސަލާމަތްކުރަން އުޅުމަކީ ތީކީނޫންދޯ! އެކުވެރިޔަކަސް ބަތްކައްކާ އުސޫލުން ގޮނޑި ވިއްކަންފެށުމުން ދައުލަތުގެ އެންމެ އިސްފަރާތްތަކުން އެކަންހުއްޓުވާނެކަން އަލީީ ހުސެންއަށްވެސް އެންގޭނެ.އަދި އެކުވެރިން ސަލާމަތްކުރުމުގަ އަލީ ހުސެން ތި ދައްކަމުންދާ ވާހަކަތަކުން ދޭހަވަނީ ދެއްކުންތެރިކަން. އެހެނީ ހެޔޮއެދޭއެކުވެރިންނަމަ ކުށްކުރުމުގެ ކުރިން ތިކަންނުކުރާށޭ ބުނާނެ. އަލީހުސެން ތި އަމަލުކުރީ އޭގެ އިިދިކޮޅަށް! ކުށްކުރީމާ ކުއްވެރިވެގެން ގޮނޑި ގެއްލޭ ހިސާބައް ދިއުމުން ދެންތި އުޅެންފެށީ އެކުވެރިންނޭކިޔާފަ! ހެޔޮއެދޭ އެކުވެރިންނަކީ ހެޔޮނަސޭހަތްދޭން ތިބި ބަޔެއް~!

    • ގުޑްލަކް

      ސަރުކާރު ހިނގާ ފަރާތުން ގަނެފަ ހުރި ގޮބޑި މަދުތަ އަލީ އެބުނަނީ ސަރުކާރު ހިންގާ ފަރާތުގައި ތިބި ރައްޓެހިން ސަލާމަތް ނުކުރެވުނީތީ ދެރަވާވާހަކަ ބަލަ ސަރުކާރު ހިންގާ ފަރާތުން ކުޅޭކުޅޭގޮތަށް ގޮނޑި ބަދަލުކުރަން ފެށީމާ ގާނޫނުން އެކަން ހުއްޓުވަން ދިމާކުރިއިރު ސރުކާރަށް ކުޅޭކުޅޭގޮތަށް ގަނެފަވާ ގޮނޑި މަދުތަ އިލާސްތެރިކަމެއް ހުރިނަމަ ސަރުކާރަށް ކުލޭ ކުޅޭގޮތަށް ބަދަލުވި މިހާރު ސަރުކާރުފަޅީގަ ތިބި މެމްބަރުން ވަކިކުރުވާބަލަ އޭރުން މަވެސް ގަބޫލުކުރާނެ އިހުލާސްތެރިކަމަށް އަދި އެނިންމުން ނިންމައިފިނަމަ ޔާމީނަށް މަގޭ އާއިލާގެ ވޯތުވެސް ހޯދާ ކެމްޕޭންވެސް ކޮށްދޭނަން ކުޅޭކުޅޭ ގޮތަށް ގޮނޑި ބަދަލުކުރި ބައެއް މެމަބަރުން ބުރިޖްމަތިން ޔާމީނު ޕްރޮމޯޓް ކޮށްދޭގޮތަށް އެކަންވެސް ކޮށްދޭނަން އެނގިދާނެތާ މިކޮމެންޓަށް ވާގޮތެއް

  9. މަހަށްދޭބަލަ

    އެންޓިޑިފެކްޝަން ގާނޫނުގެ ސަބަބުން ކުރާނީ ފައިދާ ރާއްޖޭގެ ސިޔާސީ މައިދާނަށް. ފުރަތަމަ ކަމަކީ އެއީ ދެން ޕާރޓީ ނަމުގައި މަޖްލީހަށް ހޮވޭ އެމްޕީން ނަކީ އެއީ ވޯޓް ވިއްކާ ބަޔަކަށް ވެގެން ނުދާނެ ކަން. ދެވަނަ ކަމަކީ މަމެންނަށް ލަފާ ކުރެވޭ ގޮތުގައި މަޖްލީހުގެ އިންތިޚާބާއި ބެހޭ ގާނޫނަށް އިލެކްޝަން ކަމިޝަނުން އެދިގެން އޭޖީ އޮފީހުން މަޖްލީހަށް ވަރަށް އަވަހަށް ބިލެއް ހުށައަޅާނެއެވެ. އެބިލް ގައިވާ ގޮތުން ނަމަ ޕާރޓީ ތަކުގެ ޕްރައިމަރީ ބާއްވާނީ އެއީ އިލެކްޝަންސް ކަމިޝަން ގެ ބެލުމުގެ ދަށުުންނެވެ. ދެން އަމިއްލަ ގޮތުން ވާދަ ކުރާ ކެންޑިޑޭޓުން ވެސް ކޮލިފައިވާނީ މިހާރަށް ވުރެން ވަރުގަދަ ކްރައިޓީީރިއަރ އެއްގެ ތެރޭން ނެވެ. ނަތީޖާ އަކީ ދެން އަމިއްލަ ގޮތުން ވާދަ ކުރާނެ ކެންޑިޑޭޓުން މަޖްލީހުގެ އިންތިޚާބުގައި ނެތުމެވެ. ދެން ކުރިމަތިލާނީ ޕާރޓީ ތަކުންނެވެ. ޖޭޕީ އަކީ އެއީ ޕާރޓީ އެއް ނޫން އަދާލަތު އެއީ ޕާރޓީ އެއް ނޫން އެއީ މައުލޫދު ޕާރޓީ ތައް ދޯ. ތަމެން ރަންރީނޫ ޓްވިޓަރޭ މަހަށް ދޭބަލަ މަަހަށް މަހަށް މަަހަށް ދޭބަލަ..

  10. ނަފުރަތު

    އާނ..ޕީޕީއެމްގެ މީހަކު ޕީޕީއެމްއާ ދެކޮޅައް

    އެއްޗެކޭބުނާއިރަށް އޮޓަމެތިކުން އެމްޑީޕީއަށް

    އެބައިގަނޑުގެ އަހަކަށްވޭ މީ ހައިރާންވާވަރުގެކަމއް

  11. ސޮނީ

    ދެރަނުވޭ އައްޔާ..... އިރާދަކުރެއްވިއްޔާ ކަނޑުވިޔަކަ ނުދޭނަން... އަހަރުމެންގެ ގައުމީ ސަލާމަތީ ބާރުތަކުގެ އެހީ ތެރިކަމާއިއެކު އައްޔާ ސަލާމަތުގެ އައްސޭރިއަށް ގެންގޮސް ދޭނެ. އެތަނުގަ ހުންނާނެ ކޮމްޕްލިމެންޓަރީކޮށް ނިދުމާއި ކެއިން ބުއިމާ އަދި ބޭސް ފަރުވާގެ ކަންތައްވެސް.... ނޯނީޑް ޓް ވޮރީ ސޯމަޗް ބްރޯ......

  12. ގ

    ހުސް އަނގަ ވައި އަނގަ ސަޅިބައިސާ ފޮނިއަނގަ މަބޮޑޭ އަކުން ކުރާނެ ފައިދާއެއް ނެތެވެ

  13. ވެންއިޓް

    ތިޔާ އަލީ ހުސެއިން އަކީ އެއީ ދަ ރާއްޖެތެރެއަން އެކޭ. އަނެއްކާ ކުޑަ އާބާދީ އަކުން އައިސްފައި ހުރި އެއްޗަކަށްވާތީވެ ހުންނާނީ އީގޯ ސިންޑްރޯމް ބަލި ޖެހިފައި ކަން އެއީ ކަށަވަރުވެ ޔަގީން ވާ ކަމެކޭ. ދަ ރާއްޖެތެރެއަންސް އަށް ވިސްނޭނީ ފައިގެ ބޮޑު ވާއިނގިއްޔާއި ހަމައަށޭ އެހެންވެ އޭ ދިމާވާ ކޮންމެ މީހަކާއި އިނދެ ދަރިން ލިބުމުން ވަރިކުރަމުން އެދަނީ ވެސް އެމެންގެ އީގޯ ސިންޑްރޯމް ގެ ބައި ބޮޑު ކަމުން ނޭ ކަން މިހެން ހުރުމުން ތިޔާ އަލީ ހުސެއިން ފަދަ ކުދި އާބާދީ ތަކުން އަންނަ އާލާތުން ނަކީ އެއީ ދޮގު ހެދުމުގައި އަރާހުރި ބަޔެކޭ. ވެން އިޓް ކަމްސް ޓު ދަ ރާެއްޖެތެރެއަންސް ނޯ ލިމިޓް ޓު ޓެލް ލައިސް އޯނޯ ޓްރޫ ލައިސް ވޮންޓް ޔޫ ނޯ އިޓް ވޮންޓް ޔޫ ނޯ އިޓް ވޮންޓް ޔޫ ވޮންޓް ޔޫ ޑާންސް ޑާންސް ޑާންސް ޑާންސް..

  14. ޙުސައިންބެ

    ކަނޑައެޅިގެން ކަލޭމެން ޤަޞްދުގައި ދިން ލަނޑެއްތީ ކޮންމެހެން މަތިއޮމާންކުރަން އުޅޭނެކަމެއްނެތް

  15. މޫސާ

    ތިމާ ސަލާމަތް ނުވެހުރެ އެހެން ބަޔަކު ސަލާމަތް ކުރެވޭނެތަ؟ ސޭޓްބެ ކައިރީ ބުނެގެން ލާރިކޮޅެއް ޖަހާލިނަމަ ސަލާމަތް ކުރެވުނީހެއްނު!