ދެކުނުގެ ރަށެއްގައި ކާފަ ދަރިއަކަށް ޖިންސީ ގޯނާކޮށްގެން ހައްޔަރު ކުރި ޒިންމާދާރުވެރިޔާ އެހެން ބަޔަކަށް ޖިންސީ ގޯނާ ކުރި މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވާކަން "ވަގުތަށް" އެނގިއްޖެއެވެ.
އެމީހާ ދިރިއުޅޭ ރަށުން "ވަގުތަށް" މައުލޫމާތު ދިން ބައެއް މީހުން ކިޔައި ދިން ގޮތުގައި މީގެ ކުރިން ވެސް ކުޑަ ދެ އަންހެން ކުއްޖަކަށް ޒިންމާދާރުވެރިޔާގެ ފަރާތުން ޖިންސީ ގޯނާ އާއި ކުރިމަތިވި މައްސަލަތަކެއް ފެންމަތިވިއެވެ. އެކަމަކު، އެއްވެސް މައްސަލައެއް ކަމަބާހޭ ފަރާތަކަށް ހުށަހަޅާފައި ނުވާ ކަމަށްވެއެވެ.
އޭގެތެރެއިން އެއް ކުއްޖަކީ ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މީހާގެ ގާތް ރަހުމަތްތެރިއެއްގެ ދަރިފުޅު ކަމަށާއި އެ ކުއްޖާގެ ގައިގައި އުނދަގޫވާ ގޮތަށް އަތްލުމުން އެކަން އެކުއްޖާގެ މައިންބަފައިންގެ ސަމާލުކަމަށް އެ ކުޑަކުއްޖާ ގެނެސްފައިވާ ކަމަށް އެމީހާ ބުންޏެވެ. އަދި އިތުރު އެހެން ކުއްޖަކަށް ވެސް މިފަދަ ގޯނާތަކެއް އެ މީހާގެ ފަރާތުން ކުރިމަތިވިކަން އެ ރަށުން މައުލޫމާތު ދިން މީހުން ބުންޏެވެ.
"އަނެއްހެން ވަރަށް އިހްތިރާމް ކުރާ މީހެއް އެ މީހާ އަކީ. މިބުނާ ކަންތައް ހިނގީ މިދިޔަ އަހަރު. އެއްވެސް މީހަކު ރިޕޯޓެއް ނުކުރޭ. ޕޮލިހަކަށް ވެސް ނޭނގޭނެ." މައުލޫމާތު ދިން މީހާ ބުންޏެވެ.
އަމިއްލަ ކާފަ ދަރިއަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ކުރެވިފައިވާ މީހާއަށް، އެ ރަށުގެ ރެސްޓޯރެންޓެއްގައި މަސައްކަތް ކުރި ބިދޭސީ ފިރިހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުވެސް ކުރެވުނެވެ. މީގެ މަހެއްހާ ދުވަސް ކުރިން އެ މައްސަލަ ފެންމަތިވި އިރު، އެ ބިދޭސީ މީހާ އާއި ހަވާލާދީ "ވަގުތަށް" އެ ރަށު މީހަކު ކިޔާދިން ގޮތުގައި އޭނާގެ ޖިންސީ ގުނަވަނުގައި އަތްލާ އޭނާއަށް ޖިންސީ ގޯނާ ކުރަން މަސައްކަތް ކުރުމުން އޭނާ ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލާފައެވެ.
ނަމަވެސް މި މައްސަލަ ވެސް ކަމާއި ބެހޭ އެއްވެސް ފަރާތަކަށް ރިޕޯޓެއް ނުކުރެއެވެ.
"އަސްލު އެއްވެސް މީހަކަށް ނުކެރެނީ އޭނާ އަކީ ނަން މަޝްހޫރު މީހެއްވީމަ. މިއީ އަދި އެނގޭ ކަންތައް. ނޭނގޭ ކިތައް ކަމެއް ހުންނާނެ. އެ ބިދޭސީ މީހާ އަށް ވެސް ނުކެރޭ އެ ވާހަކަ ދައްކާކަށް. ވަރަށް ދެރަވަރު ކަމެއް މިއީ." އެ ރަށު މީހަކު ބުންޏެވެ.
ޖިންސީ ގޯނާގެ މައްސަލަތައް އަވަހަށް ރިޕޯޓް ނުކުރުމަކީ އިތުރު މީހުން ނުރައްކަލަށް ހުށަހެޅުމުގެ އިތުރުން، މައްސަލަތައް ބަލަން ވެސް ދިމާވާ ހުރަހެކެވެ.
ކާފަ ދަރިއަކާއި ބެހުނު ކައުންސިލް އިދާރާއެއްގެ ޒިންމާދާރު ވެރިޔަކު ހައްޔަރު ކުރީ ރޭގެ ވަގުތެއްގައެވެ.
އޭނާ ހައްޔަރު ކުރީ އޭނާގެ 16 އަހަރުގެ ކާފަ ދަރިއަކަށް ޖިންސީ ގޯނާކޮށްގެންނެވެ.
ޕީޕީއެމްގެ ބޮޑެއްވީމަ ކުރީ ސަރުކާރުން އޮއްބާލީ އެޣެ ކުރިން ހުސައިންމަނިކު ދޮންމަނިކުގެ ޅިޔަނެއްވީމަ އޭނަގެ ބާރުގެ އޮއްބާލީ
ދެކުނު ރަށްތަކުގެ މީހުން އުޅޭ ގޮތެއް ދޯ؟؟؟
ކިހާދެރަކަމެއް. އެހެން އުޅޭ މީހުނަށް ކޯވިޑު19 ޖައްސަބަލަ
ރޮބޮޓް ތިބުނީ ތެދެއް ދެކުނުގެ ފިރިހެން ވެރިންނާ ބެހޭ ދިރާސާއެއް ކުރަން އެބަޖެހޭ!
މިމީހުން އުޅެނީ ކޯވިޑު 19 ހެދި މުޅި ދުނިޔެ ހަނާވާ އިރު ވެސް މިހުޝީ ކަންކަމުގަ، ހުރިޖިތާމައެއްގެ ބޮޑުކަމާ!
ޜޯޅި ތި ބުނީ ތެދެއް. ޥ ދުވަސް ވެެއްޖެ މި މީހާ މި ކަމެއް ކުރާތާ.