ސަރުކާރުގެ އޮފީސްތައް އިތުރު އެއް ހަފްތާ އަށް ބަންދު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނިންމަވައިފިއެވެ.

އޮފީސްތައް ކުރިއަށް އޮތް ހަފްތާގައި ބަންދު ކުރަން ނިންމެވިކަން އެމަނިކުފާނު އިއުލާން ކުރެއްވީ ދަރުބާރުގޭގައި ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުނަ ނުދިނުމަށް ސަރުކާރުން އެންމެ ފުރަތަމަ އޮފީސްތައް ބަންދު ކުރަން ނިންމީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން، މި ހަފްތާގެ ބުރާސްފައްޗާ ހަމައަށެވެ. އެކަމަކު، އަލަށް ސަރުކާރުން ނިންމި ނިންމުމުގެ ސަބަބުން އަންނަ މަހުގެ ދެ ވަނަ ދުވަހާ ހަމައަށް އޮފީސްތައް ބަންދުވާނެއެވެ.

ދަރުބާރުގޭގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ޗައިނާގައި ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ސަރުކާރުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ގެންދިޔަ ކަމަށެވެ. އަދި ހާލަތާ ގުޅޭ ގޮތަށް ކަންކަން ބަދަލު ކުރަނީ ސިއްހީ ތަޖުރިބާކާރުންގެ ލަފައާ އެއްގޮތަށް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެގޮތުގެ މަތިން އަމަލު ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން އަޅާ މިފަދަ ފިޔަވަޅުތަކުން އާއްމު ދިރިއުޅުމުގެ ވަރަށް ގިނަ ކަަންކަމަށް ހުރަސް އެޅޭކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ހާލަތާއި ގުޅޭގޮތަށް އިތުރު ފިޔަވަޅުތައް އަޅަން ނިންމާފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ މުވައްޒަފުން ގެއިން ބޭރަށް ނުނިކުތުމަށް އަންގައިފި

"އެގޮތުން އަންނަ އާދީއްތަ ދުވަހުން ފެށިގެން އިތުރު އެއް ހަފްތާގެ މުއްދަތަކަށް ސަރުކާރުގެ އޮފީސްތައް ބަންދު ކުރުމަށް އަޅުގަނޑު ނިންމައިފިން،" ރައީސް ވިދާޅުވިއެވެ.

ރައީސް އޮފީހުން ކުރިން ބުނީ ސަރުކާރު ބަންދު ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ އިޖުތިމާއީ ގައިދުރުކަން ނުވަތަ ސޯޝަލް ޑިސްޓެންސިން ތަންފީޒު ކުރުމަށްޓަކައި ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުން، ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށް އަންގާ ކަމަށެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ އެ ބަލި ފެތުރުން ކުޑަކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވީ ނަމަވެސް ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޚިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރު ކުރުމަށް ރައީސް އޮފީހުން ވަނީ މުއައްސަސާތަކަށް އަންގައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ފިހާރައިގަ މަސައްކަތް ކުރާ ކުއްޖާ

    އަލެ ފިހާރަތައްވެސް ރޭގަނޑަށް ބަންދު ކޮއްލަ ދިން ނަމަ .....

    27
    5
  2. ހުއްބުލް ވަތަން

    އަދި އެންމެން ގޭގަ ތިބޭއިރު އަޑުގަދަ ގަރާޖު ތަކާއި އިމާރާތް ތެޅުމާއި ގުންގުރޭޓު މަސައްކަތް ހުއްޓުވާލައިގެން ނޫނީ ގޭގައި ތިބެވޭ ވަރެއްނޫން! ޕްލީޒް

    20
    6
  3. މޫސަ

    އަހަރުމެން ގޭދޮށުގައި ރޭގަނޑެއް ދުވާލެއް ނުބަލާ އެހެރަ ތޮރުފާ ތަޅާބާލާ މަގުމަތީ އެއްޗިހި ރިޕެއަރ ކުރާ ގަރާޖާ ހެދި ގޭގައި މަޑުން ތިބެ އާއިލާ މީހުންނާ ވާހަކަދައްކާލެވޭވަރުވެސް ނުވޭ! އެކަން ހުއްޓުވާލަ ދީބަލަ!

    15
    4
  4. ނމގހފ

    އަހަރުމެން ގޭދޮށުގައި ރޭގަނޑެއް ދުވާލެއް ނުބަލާ އެހެރަ ތޮރުފާ ތަޅާބާލާ މަގުމަތީ އެއްޗިހި ރިޕެއަރ ކުރާ ގަރާޖާ ހެދި ގޭގައި މަޑުން ތިބެ އާއިލާ މީހުންނާ ވާހަކަދައްކާލެވޭވަރުވެސް ނުވޭ! އެކަން ހުއްޓުވާލަ ދީބަލަ!

    6
    3
  5. އަދާލަތު

    ކޮވިޑް 19 އާއި ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކައުތެ ރިކަމަށްޓަކައި، ދައުލަތުން އެކަށީގެންވާ ފިޔަވަޅުތައް އަޅުއްވައި، ޤާނޫނީ އިލްތިމާސްތައް ކު ރައްވަމުން ގެންދަވާއި ރު، ބީ ރު ކަންފަތުގެ އަހުލުވެ ރީން ވަ ރަށް ގިނައެވެ. ވުމާއެކު 24 ގަޑިއި ރަށް ނަމަވެސް ކާފިއު ހިންގުމަކީ ކު ރަންޖެހިއްޖެ ކަމެއްކަމުގައި އަޅުގަނޑު ދެކެން.

    26
    3
  6. މުހައްމަދު

    ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކަށް ޝުކުރުވެރިވަން.

    10
    1
  7. Anonymous

    އަޑުގަދަކޮށް ލަވަ ޖެހުމާއި ޕާޓީކުރުމާއި ތަންތަން ތެޅުމާއި އެނޫންވެސް ޢާންމު އުނދަގޫވާ ކަންކަންކުރުން

  8. އެކުވެރިޔާ

    މި ހިސާބުގައި ދަގަޑު ތަޅާ އަޑާ ގުދަންތަކުގެ އުދަނގުލާ ގަރާޖުތަކުގެ އުނދަގު އެހާ ބޮޑޫ. އަޑުގަދަކަމުން ބަލިމީހުންނަށް ކުޑަކުދިންނަށް އުނދަގުވޭ. އަދި މަގުމަތީ ތޮއްޖެހިފައި އެތިބި ކޮފީތަށިތައް ހިފައިގެން ތިބޭ މީހުންގެ އުނދަގުވެސް އެހާ ބޮޑު ސިގުރޭޓުތައް ޖަހައިގެން ސޯޝާލް ސެންޓަރ ފާރުބުރިމަތީ ތިބި މީހުންނާއި ހިރިއްޔާ ކައިރީ އިންނަ ކޮފީ ވިއްކާ ކެފޭ ނިކަން ޗެކުކޮށްލަބަލަ ޤަބޫލު ނުކުރެވެންނާ. ތޮއްޖެހިފައި އަބަދު މީހުން. މިކަންވެސް ހުއްޓުވާދެވިދާނެތޯ! ކޮބާ ގޭގައި ބަސްއަހަގެން ތިބޭ މީހުންގެ ހައްޤުތައް! ކޮބާ އެ ތުއްތު ކުޑަކުދިންނާއި ބަލި ދުވަސްވީ މީހުންގެ ހައްޤުތައް؟؟؟؟؟؟؟؟؟

  9. މަންދީ

    ސަޅި ޗުއްޓީ ވީ...

    3
    1
  10. ދަރަނި ދަންތުރަ

    އިމާތްކުރުމާއި ވޯކުސޮޕުތަކާއި ގަރާޖު ފިހާރަތަށްވެސް ހުޅުވާފަ ހުއްނަވަގުތު ކުޑަކުރަންޖެހޭ އެބަ އެކަނި ސަރުކާރު ބަންދު ލުރިޔަކަސް ނުފުދޭ މިހާލަތުގައި 24 ގަޑިއިރު ހުޅުވާ ފިހާރަޔަށް ވެސް ވަގުތު ކުޑަކުރަން ސަރުކާރަށް ގޮވާލަން ކޮންޓުރަކުސަން ސައިޓުތަށްވެސް ހަމައެކަނި ދުވާލު މަސައްކަތް ކުރާގޮތަށް ހަދަންޖެހޭ ބޮދޭސީން ވެސް ގޭގައި މައިތިރިކޮންގެން މިކަން ކާމިޔާބު ވާނީ އެމީހުން ކޮންމެ އެދެއްގައި 6 މީހުން ނިދާފައި ބޭރުރުގައި އުޅެގެން މިކަމުން ދިވެހިން ރައްކާތެރި ނުކުރެވޭނެ ، ރައީސް އިބޫ ވިސްނާ ވިސްނާ...

  11. ހައިތަމް

    ވަޑާންކުރާ ތަން ވެސް ބަންދު ކޮށް ދެއްވަބަލަ.... ބަންގްލަދޭޝް، އިންޑިއާ މީހުންނަށް ނަސޭހަތް ދޭން ޖެހޭ... ވިސްނައިދޭން ޖެހޭ

  12. ގަމު ކުޑަކުއްޖާ

    ސަރުކާރުން އެބަޖެހޭ ހުރިހާ ރައްޔިތުންގެ ހައްގުގައި މީހުން އެއްވެ ގައިގޯޅިވުން ދުރުކުރުމަށްޓަކައި މިވަގުތު ހުރިހާ ރަށެއްގެ ހޮޓާ އަދި ރެސްޓޯރަންޓްތަކުން ހަމައެކަނި ޑެލިވަރީ އަދި ޓޭކްއަވޭގެ ހިދުމަތް އެކަނި ދިނުމަށް އަންގަން

  13. އަލްޖިބްރާ

    ޕްރައިވަޓް އޮފީސްތަކުގައި މަސައްކަތް ކުރަނީ މާގަދަފަދަ ބައެއްތަ ؟

    1
    1
  14. ޝަޢުބާން

    މިއީ ޝަޢުބާން މަސް. މިއާ ވިދިގެން އޮތީ ރަމަޟާންމަސް. ރަމަޟާންމަހުގެ ހަނދާން އެބަހުރިބާ؟ މިހެން މިއަހާލީ މިހުރިހާ ކަމެއް މިހެން ކުރާއިރު ރަމަޟާންމަހުގައި އެކި ފަރާތްތަކުން ތަފާތު ކުޅިވަރުތައް ރާވައިގެން ކުޅޭތީ. މިއަހަރުވެސް ރަމަޟާންމަސް ކުރިޔަށް އޮތުމާއެކު ޒުވާނުން ފޯރި ނަގާފައި މި ލިބުނު ޗުއްޓީގައި ރަމަޟާންމަހުގައި ކުޅޭ ކުޅިވަރުތަކަށް ފަރިތަކުރަން ފަށައިފިނަމަ އެކަހެރިވެ ނުތިވެވޭނެ ނޫންތޯ؟ ކުޅިވަރާބެހޭ މިނިސްޓަރުވެސް އަދި ކުޅިވަރު އެސޯސިއޭޝަނަކުން މިއިން ކަމަކަށް ބަހެއް ބުނެގެން މިއިން ނޫހެއްގައި މިއިން ވާހަކައެއް ލިޔެފައި އޮތްވައި ނުދެކޭތީ ހަމަ އަހާލެވުނީ. ދުނިޔޭގެ ބައެއް ގައުމުތަކުގައި ބާއްވާ މުބާރާތްތައް އަހަރަކަށް ފަސްކުރަމުންދާއިރު މިއަހަރު ރަމަޟާންމަހު ބާއްވާ މުބާރާތްތައް ބާއްވާނަންތޯ؟ މި ސުވާލު ނުކުރާނަންތޯ؟ މިކަން ނޫސްވެރިންވެސް ހަނދުމަފުޅު ނެތުނީތޯ؟