ސްކޫލްތަކާއި ކޮލެޖްތަކާއި ޔުނިވާސިޓީތައް ހުޅުވުން ހަފްތާއަކަށް ފަސް ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

ކޮލެޖްތަކާއި ސްކޫލްތަކާއި ޔުނިވާސިޓީތައް ކުރިއަށް އޮތް ހަފްތާގައި ބަންދުވާނެ ކަން އެމަނިކުފާނު އިއުލާން ކުރެއްވީ ދަރުބާރުގޭގައި ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރައީސް ސާލިހު ވިދާޅުވީ، ޗައިނާގައި ބަލި ފެތުރެން ފެށުމާ އެކު، ޖެނުއަރީން ފެށިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންމުން ގެންދިޔަ ކަމަށެވެ. އަދި ހާލަތާ ގުޅޭ ގޮތަށް ކަންކަން ބަދަލު ކުރަނީ ސިއްހީ ތަޖުރިބާކާރުންގެ ލަފައާ އެއްގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ސްކޫލްތަކާއި ކޮލެޖްތައް އިތުރު އެއް ހަފްތާއަށް ބަންދުކޮށްފައިވާއިރު، އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ގޭގައި ތިބެގެން ދަރިވަރުންނަށް ކިޔަވާ ދެވޭނެ ގޮތްތަކެއް ހޯދާފައެެވެ.

އެގޮތުން ގްރޭޑް 10 އަދި 11 ގެ ދަރިވަރުންނަށް ހާއްސަކޮށްގެން "ޔެސް ޓީވި" މެދުވެރިކޮށް ކްލާސްތައް ގެނެސް ދިނުމަށާއި އޮންލައިން އެހެން ވަސީލަތްތައް މެދުވެރިކޮށް ދަރިވަރުންނަށް އުނގަންނައި ދޭން މިހާރު ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފިތޤ

    އަދި އެންމެން ގޭގަ ތިބޭއިރު އަޑުގަދަ ގަރާޖު ތަކާއި އިމާރާތް ތެޅުމާއި ގުންގުރޭޓު މަސައްކަތް ހުއްޓުވާލައިގެން ނޫނީ ގޭގައި ތިބެވޭ ވަރެއްނޫން! ޕްލީޒް

    22
    4
  2. ??

    ހުސް ރިސޯޓު ތިބޭ މީހުން އަނެއްކާ ބަންދު ކުރަން އެނގުނީ 14 ދުވަހަށް... އެމީހުންގެވެސް އާއިލާއެށް އޮވޭ?

    11
    2
  3. މުދިންބެ

    ދަރިންނޭ މީކެއްތެރިވާންވީވަގުތު