ރާއްޖެއިން ކޮވިޑް-19 ޖެހުނު އިތުރު ތިން މީހަކު ރަނގަޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ކޮވިޑް-19 ޖެހުނު 13 މީހުންގެ ތެރެއިން އަށް މީހުން މިހާތަނަށް ރަނގަޅުވެފައިވާ ކަމަށެވެ. އަދި މިވަގުތު ބަލި ޖެހިގެން ފަރުވާދެމުން ދަނީ ފަސް މީހުންނަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން މާތްﷲ ގެ ރަހުމަތްފުޅާއެކު އަށް މީހަކު މިހާރު ވަނީ ރަނގަޅުވެފައި. މިވަގުތު ފަރުވާދެމުން ދަނީ ފަސް މީހަކަށް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ފަރުވާދެމުންދާ އެ ފަސް މީހުންވެސް ރަނގަޅުވަމުން އަންނަ ކަމަށެވެ.
"އެކަމަކު ވެސް މި ބަލި އަޅުގަނޑުމެންގެ ތެރޭގައި ނުފެތުރޭނެ ކަމަށް ނިންމަންވީ ވަގުތެއް ނޫން. އެނގިވަޑައިގަންނަވާނެ، ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ބަލި މި އަންނަނީ ހަލުވިކަމާއެކު ފެތުރެމުން،" ރައީސް ވިދާޅުވިއެވެ.
އެހެންކަމުން ރާއްޖެއަށް މި ބަލި ނާންނާނެ ކަމަށް ދެންނެވޭކަށް ނެތް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި މިކަމުގައި ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ނަތީޖާ ވަަރަށް ރަނގަޅުކަމަަށްވެސް ރައީސް ވިދާޅުވިއެވެ.
މި ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެއް ކަމަށް ވުމުން ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރިން ވަނީ އެއްވެ ނޫޅުމަށާއި ޒަރޫރީ ބޭނުމެއް ނެތި ބޭރަށް ނުދިޔުމަށް ވަނީ ލަފާ ދީފައެވެ. އަދި ކެއްސާ ކިނބިހި އަޅާ ނަމަ އަންގަ އާއި ނޭފަތް ރަނގަޅަށް ނިވާކުރުމަށް ފަހު ޓިޝޫ ނުވަތަ އަތުގެ އުޅަނބޮށި ބޭނުން ކުރުމަށާއި ބަލީގެ އަލާމަތެއް ފެނިއްޖެނަމަ ފުލޫ ކުލިނިކްތައް މެދުވެރިކޮށް ކަމާބެހޭ ފަރާތްތަކުގެ އިރުޝާދަށް އަމަލު ކުރުމަށް އެޗްޕީއޭ އިން ވަނީ ލަފާދީފައެވެ.
ދުނިޔޭގެ 190 އަށް ވުރެ ގިނަ ގައުމުން ކޮވިޑް-19 ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 440,318 އަށް އަރައިފައެވެ. މި ބަލި ޖެހިގެން މިހާތަނަށް 19,752 މީހަކު މަރުވެފައިވާ އިރު، މި ބަލިން ރަނގަޅު ކުރެވިފައި ވަނީ 111,942 މީހުންނެވެ.
ދުނިޔޭގެ ގައުމުތަކުގެ ތެރެއިން މިހާރު އެންމެ ބޮޑަށް މި ބަލި ފެތުރެނީ އެމެރިކާ، ސްޕެއިން، އިޓަލީ، އިރާން، ޖަރުމަނު އަދި އުތުރު ކޮރެއާ ފަދަ ގައުމުތަކުގައެވެ. ކޮވިޑް-19 ޖެހިގެން މިވަގުތު ސީރިއަސް ހާލަތުގައި 13,425 މީހަކު ތިބި ކަމަށް ތަފާސް ހިސާބުތައް ދައްކައެވެ.
މި ބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާގައި ބަލި ޖެހޭ މީހުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑު ތަން ދަށްވެފައެވެ.
الحمد لله
الحمدالله
الحمدالله.
ޙަމްދާއި ޝުކުރު ޙައްޤު ވެގެންވަނީ ނިޢްމަތް ތަކުގެވެރި މާތްﷲ ސުބްޙާނަހޫ ވަތަޢާލާ އަށެވެ.
الحمدالله
الحمد لله
الحمدالله
الحمد لله