ވޯލްޑް ބޭންކުން ރާއްޖެއަށް 10 މިލިއަން ޑޮލަރު ދީފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މި ހާލަތުގައި ރާއްޖެ އަށް އެހީތެރިވުމަށް މާލީ އިދާރާތަކުން ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާ ކަމަށެވެ. އެގޮތުން ވޯލްޑް ބޭންކުން ރާއްޖެ އަށް 10 މިލިއަން ޑޮލަރު ދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ހާލަތުގައި ރާއްޖެއަށް އެހީތެރިވެދިނުމަށް ބައިނަލްއަގްވާމީމާލީ އިދާރާތަކުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް އެބަ ދެއްވާ،" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން އޭޑީބީ އާއި އޯޕެކް، އައިޑީބީ، އޭއައިއައިބީ ފަދަ ބޭންކުތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މި ހާލަތުގައި ދޭ އިގްތިސޯދީ ޕެކޭޖު ނެގުމަށް ރާއްޖެއިން ވިސްނާފައި ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެބޭފުޅުން ފައިސާ ދެންޔާ ހުރޭ ޝަރުތުތަކެއް. މުވައްޒަފުން މަދުކުރުން މުސާރަ ކުޑަކުރުން. އެކަމަކު އަޅުގަނޑުމެން އެކަމެއް ނުކުރާނަން. އެ ޕެކޭޖަކަށް އަޅުގަނޑުމެން ނުދާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެކުވެރި ގައުމުތަކުންނާއި ބޭރުގެ ބޭންކްތަކާއި ޖަމިއްޔާތަކުން ދޭ އެހީތައް ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު ދަންނަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދައްތަ

    މައްސަލައަކީ މި ސަ ރުކާ ރުން ހޯދާކަމަށް ބުނާ ހިލޭ،އެހީއާ ލޯނުގެ ގޮތުގައި ލިބިފައިވާކަމަށް ބުނާ ފައިސާއަށް ވާގޮތެއް ހަދާގޮތެއް ރައްޔިތުނަނަށް ނުފެންނާތީ. އެ ފައިސާތައް ހު ރީ، ބޮޑުފޮށީ އަޑީގައިބާ؟????????

  2. މުދިންބެ

    ދެން ނުތޮޅި ނަޝީދުއާ ދެކުދިން ބަހާލަ.