ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރުން މަޑުޖައްސާލާފައިވާކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ރައީސް ސޯލިހް ވިދާޅުވީ ސިޔާސީ އިތުރު މަގާމުތަކަށް އައްޔަން ކުރަންވެފައި ތިބި މީހުން އަދިވެސް އެބަތިބި ކަމަށެވެ. އެކަމަކު، މިވަގުތަށް އެކަން މަޑުޖައްސާލާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ތި ވިދާޅުވާހެން އިތުރު ބުރައެއް މިގަޑީގައި އުފުލުމަކީ ބަޖެޓަށް ބުރަ ބޮޑު ވެގެންދާނެ ކަމަކަށް، ވާތީ އަޅުގަނޑު އިހަށް މަޑުކޮށްލައިގެން މިހިރީ،" ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުގައި ސިޔާސީ މަގާމުތައް ބޮޑުތަނުން އިތުރުވެފައިވާތީ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އެގޮތުން ކޮވިޑް-19 ފަތުރެން ފެށިފަހުންވެސް ސިޔާސީ މަގާމަކަށް ބޭފުޅަކު އައްޔަން ކުރީތީ ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ސިޔާސީ މުވައްޒަފުންގެ މުސާރަތައް ކުޑަ ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ސަރުކާރުން ނިންމާފައި ވަނީ، ސަރުކާރުގެ އެކިއެކި ސިޔާސީ މަގާމުތަކުގެ ތިއްބެވި ބޭފުޅުންގެ މުސާރަތައް 20 ޕަސަންޓު ކުޑަ ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ފަރަަަަހަ

  ރަގަލު

  1
  3
 2. ހުސޭނުބޭ

  އެހެންވިއްޔާ މިކަމުން އަރާގަތުމުން ޖެހޭނެ ދައްވި ތަންކޮޅު ނަގަން! ހަތަރުގުނަ އިތުރަށް ޖެހޭނެ އަދި ފަހުން މީހުން އައްޔަންކުރަން!

 3. ޗާލު

  މިކޮވިޑް19ގެ ކަންތަކުގައި އުޅެމުންވެސް ސިޔާސީ މީހުން އައްޔަންކުރި. ލާނެ މީހަކު މިވަގުތަށް ނެތީތޯއްޗެ.