ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް އައިސް ތިބި ޔޫރަޕުގެ ފަތުރުވެރިން އެމީހުންގެ ގައުމުތަކަށް އަނބުރާ ގެންގޮސްފައިވާ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނެފިއެވެ.
އީޔޫ އެކްސްޓާނަލް އެކްޝަން އިން ބުނެފައިވަނީ އެކަމަކީ އީޔޫއާ ގައުމުތަކާއި ދެމެދުގައި އޮތް ގުޅުން އަންގައިދޭ ކަމެއް ކަމަށެވެ. އީޔޫ އެކްސްޓާނަލް އެކްޝަން އިން ބުނެފައިވަނީ އެ ޖަމިއްޔާއާ ރާއްޖެއާ އޮތް ގުޅުން ރަނގަޅު ކަމަށެވެ. އަދި ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ޔޫރަޕްގެ ގައުމުތަކުގެ ފަތުރުވެރިން އަނބުރާ ގައުމުތަކަށް ފޮނުވާލުމުގައި ރާއްޖެއިން ދިން އެއްބާރުލުން ފާހަގަކުރާ ކަމަށެވެ. އެގޮތުން އީޔޫގެ އެއްވެސް ބަޔަކު ނުވަތަ އީޔޫގެ އެއްވެސް އޮފީހެއް ރާއްޖޭގައި ނެތް އިރުވެސް ގައުމުތަކުން ރާއްޖެއާ މުއާސަލާތު ކޮށްފައިވާ ގޮތް ރަނގަޅު ކަމަށް އީޔޫގެ އެކްސްޓާނަލް އެކްޝަންގައި ބުނެފައިވެއެވެ.
އީޔޫގެ ބަޔާނުގައި ބުނީ ކޮވިޑް19 އާ ގުޅިގެން ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކަމަށެވެ. ކޮވިޑް19 ރާއްޖެއިން ފެނުނުއިރު 34،000 ބިދޭސީން ތިއްބެވެ. އޭގެތެރެއިން ގިނަ ފަތުރުވެރިންނަކީ ޔޫރަޕްގެ ފަތުރުވެރިންނެވެ.
އީޔޫއިން ބުނީ ފަތުރުވެރިން އަނބުރާ ގައުމުތަކަށް ގެންދިއުމުގައި ރާއްޖޭގައި ހުންނަ ޔޫކޭގެ ހައި ކޮމިޝަނުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެން ގޮސްފައިވާ ކަމަށެވެ. މީގެއިތުރުން ރާއްޖެއާއި ޔޫރަޕާ ދެމެދުގައި ކޮމާޝަލް ފްލައިޓުތައް ބޭއްވުމަކީ ބޮޑު މަސައްކަތެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ރާއްޖެއިން ކޮވިޑް19 އަށް 13 މީހަކު ފައްސި (ޕޮޒިޓިވް) ވެފައިވާއިރު އޭގެތެރެއިން ބައެއް މީހުންނަކީ ޔޫރަޕުގެ ގައުމުތަކަށް ނިސްބަތްވާ ބައެއް ފަތުރުވެރިންނެވެ. މީގެއިތުރުން ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންވެސް ވަނީ ކޮވިޑް19 އަށް ފައްސިވެފައެވެ. މީގެތެރެއިން ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
ކަނޑައެޅިގެން ބޮޑުދޮގެއް ޔޫރަޕްމީހުން މިކަލަސް ރާއްޖެ ތެތިބިބި ވާ!
ޔޫރަޕިއަން ޔޫނިއަންއިން ބުނެފިއެއްނު އެވާނީ ތެދަކަށް.
މިވަގުތުވެސް މިރާއްޖޭގެ އެކި ރިސޯޓްތަކުގައި ގެސްޓުންގެ ގޮތުގައި އައިސްތިބި ޔޫރަޕްމީހުން އެބަތިބި.