ރާއްޖެ އިން ކޮވިޑް-19 ފެނިފައިވާތީ އައްޑޫ ސިޓީގެ އަވަށްތަށް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފެށުމަށް ނިންމައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނުގައި ބުނީ އަންނަ ހުކުރު ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން ކަނޑައެޅޭ ދުވަސްތަކުގައި އައްޑޫގެ އަވަށްތައް ޑިސްއިންފެކްޓް ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޑިސްއިންފެކްޓް ކުރުމަށް ތައްޔާރު ވަމުން އަންނައިރު އާންމު ސަރަޙައްދުތަކުގައި އައިސް ފޮށި ބަހައްޓައިގެން މަސް ވިއްކުމާއި، ހުއްދަ ނެތި ކާބޯތަކެތި ވިއްކުން ވަކި ގޮތަކަށް އަންގަންދެން ހުއްޓާލުމަށް ވެސް ކައުންސިލުން ވަނީ އަންގާފައެވެ.

އަދި މި އެންގުމާ ހިލާފުވާ ފަރާތްތަކަށް ގާނޫނުގައި ކަނޑައެޅިފައިވާ ފިޔަވަޅު އަޅާނެ ކަމަށް ކައުންސިލުން ބުނެއެވެ.

ކޮވިޑް-19 ރާއްޖެއިން ފެނިފައިވާތީ މާލެ ސިޓީ ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން ވަނީ މާލެ އާއި ހުޅުމާލޭގެ މަގުތައް ޑިސްއިންފެކްޓް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރެއްކާ

    އައްޑޫ އަވަށްތަށް ޑިސްއިންފެކްޓްކުރަނީ. އަވަހަށް ތިކަން ކުރޭ. ތިއީ މަގުތާރު އަޅައި ހުރިހާ ކަމެއް ފުރިހަމަވެފައި އިނގިރޭސި ވިލާތުގެ ލަންޑަން ކަހަލަ ތަނެއް. އެހެންވީމައި ޑިސްއިންފެކްޓް ކުރުން ލަސްވެސް ވެއްޖެމިހާރު. ދެން އަވަހަށް ގޮސް އަތުގައި ހުރިވިއްޔާ ހުރި ހުރިހާ އެއްޗެ ގޭގޭ ފާރުތަކަށާއި މަގުމައްޗަށް ޖަހައި ހުސްކޮށްލާ. އެއިރުންތާ ކަމެދިމާވެއްޖެ ހާލަތެއްގައިވެސް ބޭނުންކުރާކަށް އެއްޗެއްނުހުންނާނީ.
    އައްޑޫ ބަހުން ބުނަންޏާމު މިއީ "ހަޖާމު ހެދޭ ބައެއް"