ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން ހުޅުމާލޭގައި އަމިއްލަ ފަރާތަކުން އިމާރާތް ކޮށްފައިވާ ޓްރީޓޮޕް ހޮސްޕިޓަލާއި އެތަނުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނާއި ވަސީލަތްތައް ސަރުކާރަށް ދިނުމަށް ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހޮސްޕިޓަލާއި އެތަނުގެ މުވައްޒަފުންނާއި ވަސީލަތްތައް ދިނުމަށް ނިންމީ ކޮވިޑް-19 އާ ގުޅިގެން ކުރަމުން ގެންދާ ހަރަދުތައް އެ ކުންފުނިން ކުރަމުން ގެންދާ ގޮތަށެވެ. ސަރުކާރުން މިހާރު ވަނީ ކޮވިޑް-19 އާ ގުޅިގެން ގާއިމް ކުރުމަށް ނިންމާފައިވާ 200 އެނދުގެ އައިސީޔޫ ފެސިލިޓީތައް އެ ހޮސްޕިޓަލުގައި ގާއިމް ކުރުމަށް ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޓްރީޓޮޕް ހޮސްޕިޓަލުން ހަރަދު ކުރާނީ އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ވަސީލަތްތަކާއި މުވައްޒަފުންނަށެވެ. ނަމަވެސް ސަރުކާރުން ހޮސްޕިޓަލްގައި މަސައްކަތް ކުރަން ގެންނަ އިތުރު ޑޮކްޓަރުންތަކެއް ގެންނައިރު އެމީހުންގެ ހަރަދުތައް ބަލަހައްޓާނީ ސަރުކާރުން ކަމަށް މައުލޫމާތު ލިބެއެވެ.

ކޮވިޑް-19 އާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލާއި އެތަނުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނާއި ވަސީލަތްތައް ސަރުކާރަށް ދިނުމަށް ނިންމާފައި މިވަނީ ކޮވިޑް-19 އާއި ގުޅިގެން 200 އެނދުގެ އިންޓެންސިވް ކެއަރ ޔުނިޓެއްގެ ގޮތުގައި އިމަޖެންސީ ހާލަތުގައި ޓްރީޓޮޕް ހޮސްޕިޓަލްގެ އިމާރާތް ބޭނުންކުރުމަށް އެކުންފުނީގެ އެއްހިއްސާދާރުކަމަށްވާ ރައީސް ނަޝީދުގެ ބޮޑު ބޭބެ ކެރަފާ ޢަބްދުލްޣަނީ ދެކޮޅު ހެއްދެވި ހައްދަވާފައި ވަނިކޮށެވެ.

މިކަމަށް އޭނާ ދެކޮޅު ހައްދަވާކަން ހާމަކުރެއްވީ ޓްރީޓޮޕް ހޮސްޕިޓަލް އިމަޖެންސީކޮށް ދިވެހި ރައްޔިތުންނަށް ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ބޭނުންކުރުމުގެ މަޝްވަރާތައް ޓްރީޓޮޕް ހޮސްޕިޓަލާއި ސަރުކާރާއި ދެމެދު ހިންގަމުން ދަނިކޮށް، ކުންފުނީގެ އެހެން ހިއްސާދަރުންނަށާއި ޓްރީޓޮޕަށާއި އަދި ބައެއް އެހެން ފަރާތްތަކަށް އޭނާ ފޮނުއްވާފައިވާ އީމެއިލަކުންނެވެ.

ޓްރީޓޮޕް ހޮސްޕިޓަލަކީ ކްރައުން ކޮމްޕެނީގެ 25 އިންސައްތަ ހިއްސާއާއި ޗަމްޕާ ބްރަދާސްއާއި ކުރެއްދޫ ހޯލްޑިންގ އަދި ކާސާ ހޯލްޑިންގގެ 75 އިންސައްތަ ހިއްސާ އޮންނަ ޓްރީޓޮޕް އިންވެސްޓްމަންޓުން ބިނާކޮށް ހިންގާ އެންމެ މިޒަމާނުގެ ހޮސްޕިޓަލެކެވެ. ރައީސް ނަޝީދުގެ ބޮޑުބޭބޭފުޅު ކަމަށްވާ ކެރަފާ ޢަބްދުޣަނީ އަކީ ކްރައުން ކޮމްޕެނީގެ ހިއްސާދާރެކެވެ. ޓްރީޓޮޕް ހިންގާ ކުންފުނީގެ ބޯޑުގައި ރައީސް ނަޝީދުގެ ބޮޑުބޭބޭފުޅު ކެރަފާ ޢަބްދުޣަނީ އިންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޞސ

    ތި ތަނަ ކީ ޒަމާނީ ފެންވަރަށް ހަދާފަވާ އިމާރާތެއް..ތިޔަ ވިދާޅުވާ ވަރުގެ ޑޮ ކްޓަރުންގެ ހިދުމަތް ލިބޭބާ؟

  2. ދަރަނި ދަންތުރަ

    އައްނިގެ ބޮޑުބޭބެ ބޮޑާހޭކުން ހުއްޓާލީތާ ރަނގަޅުތިޔަސޮރު ގޮތްދޫކުރިކަން ތިޔަވީ ވަރަށް ނުވާވަރުކަމެއް އަލަހަމްދު ލިއްލާހި...

    10
    3
  3. ޚެރަފާ

    މިތަނަށް ތިޔަ ވައިރަސް ގެނައީވެސް ތިޔަބުނާ ކުރެއްދޫއަކުން ނުންތަ؟ ދެންކޮން ބޮޑާހޭކުމެއްމީ

  4. ެެސ

    ސްޓާފުންނަށް ކޮންމެ ގޮތެއް ވިޔަސް އޯކޭ ދޯ؟

  5. ޝައްފަ

    އައްނި ގެ ބޮޑުބޭބެ އަކީ ފަޒުނާ ގެ ވެސް ބޮޑުބޭބެ އޭ. ފަޒުނާ ގެ މަންމަ ޔާ އައްނި ގެ ބައްޕަ ޔާ އެއްބަނޑު އެއްބަފާ. އީވާ ގެ ބައްޕަ އަކީ އިބޫ ގެ ބޮޑުބޭބެ.

  6. ކޮތަރު

    ބޮޑާހޭކުން ހުއްޓާލީއެއްނޫން. %75 ހިއްސާއޮތް މީހުންނާއި %25 ހިއްސާ އޮތް މީހުންގެ ތެރޭގައިހުރި އެކަކު ފިޔަވައި އެންމެން އެކައްޗެއް ކީމާ މިސޮރު ކުރާނެ ކަމެއް ނެތުނީ. ގަދަ ދައްކަންޏާ ދެން ޖެހޭނީ އަތުގައޮތް ހިއްސާބޮނޑި ހިފައިގެން އެއްފަރާތަކަށް ޖެހިލަން.

  7. ސޭން

    ޗަންޕާގެ މައްސްލަ އޮއްބާލަދޭތޯ.

  8. ޝައްފ/އިތުރުތަފްސީލް

    އީވާ ގެ މަންމަ އަކީ އައްނި ގެ ބައްޕަ އާއި އެއްބަނޑު އެއް ބަފާ އަންހެނެއް. އީވާ ގެ ބައްޕަ "ދޭލިއާ" އަކީ އިބޫ ގެ ބޮޑުބޭބެ. ވީމާ އީވާ އާއި ފަޒުނާ އަކީ ދެބެންގެ ދެދަރި ދެބެން. އަދި ފަޒުނާ އަކީ އީވާ ގެ ފަހަރިވެސް މެ. ފަޒުނާ ގެ މަންމަ އަކީ ކެރަފާ އާއިލާ ގެ މީހެއް.