ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން 6 މަސް ދުވަހަށް ލަސްކުރިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިޢުލާންކުރައްވައިފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ މުޅި އިގްތިސާދަށް އަންނަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނަ ކަމަށާއި ސަރުކާރުން މިދަނޑިވަޅުގައި ވެސް މަސައްކަތް ކުރަނީ އާއްމު ރައްޔިތުންނަށް އެކަމުން ކުރާ އަސަރު ވީހާވެސް ކުޑަކުރުމަށް ކަމަށެވެ.

ބީއެމްއެލްގެ ލޯނުތައް އަނބުރާ ދެއްކުން 6 މަސް ދުވަހަށް ލަސްކޮށްދިނުމުގެ އިތުރުން، ލޯން އަނބުރާ ދެއްކުމުގެ މުއްދަތަށް 6 މަސް ދުވަސް އިތުރުކޮށްދޭން ބީއެމްއެލްއިން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މާނައަކީ 3 އަހަރަށް ދޫކޮށްފަ އޮތް ލޯނެއް ކަމަށް ވަޏްނާ އިތުރު 6 މަސް ދުވަސް ލޯނު އަނބުރާ ދެއްކުމަށް އިތުރުކޮށްދެވޭނެ. އަދި މިދެންނެވިހެން ފުރަތަމަ 6 މަސް ދުވަހުގަ ލޯނަށް ދައްކަން ޖެހޭ ފައިސާ ދައްކާކަށް ނުޖެހޭނެ. އަދި ފުރަތަމަ 6 މަސް ދުވަސް ފަހު ލޯނަށް ފައިސާ ދައްކަން ފަށާއިރު، މަހުން މަހަށް ދައްކަން ޖެހޭ ފައިސާ އިތުރު 6 މަސް ދުވަހަށް 20 ޕަސެންޓަށް ކުޑަކޮށްދިނުމަށް ވެސް ބޭންކުން ވަނީ ނިންމާފައި." ރައީސް ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ޕާސަނަލް، ހައުސިން އަދި ބިޒްނަސް ލޯނުތަކަށް ފައިސާ ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްފައި ވާއިރު ސްޓޫޑެންޓް ލޯންތައް ދެއްކުންވެސް 6 މަސް ދުވަހަށް ވަނީ ފަސްކޮށްދީފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަޙްމަދު

    ޝުކުރިއްޔާ ރައީސް

    19
    8
  2. އައި ސޭ

    މީގެތެރޭގައި ފަގީރުން ނަގާފައިވާ ލުއި ލޯނުތަށް ހިމެނޭބާ ނޭގޭތީ އަހާލީ

    21
    1
  3. އަހްމަދު

    ރައީސްމީހާގެ ވާހަކައިންނަމަ ބޭންކުންނަގާފައިވާ ލުއިލޯނެއް ބަރުލޯނެއް އިސްތިސްނާއެއްނުވޭ އޭގެމާނަޔަކީ ހުރިހާލޯނެއް

    14
    2
  4. އައްޑޫ ލެއި

    އިބޫ ސާލިޚު އައް އަދި ދަންނަވަން މިއުދަގޫ ދަންޑިވަޅުގަ ލުއިލޯންތައް ފަސޭހައިން އާންމު ނިކަމެތި ރައްޔިތުންނައް ލިބޭނެ ގޮތްތައް ހައްދަވާ ދެއްވުމައް. މިހާރު ބޭންކުން ލުއިލޯނެއް ހޯދަން އެދުނަސް ވިދާޅުވަނީ ހަމަސްދުވަހު ބޭންކް އެކައުންޓައް ފައިސާ ވަދެފަ ހުރިވަރަކުންނޭ ލޯން ހަމަޖެހޭނީ. އަޅުގަންޑައް އެބަ ފެނޭ މިހާރުވެސް .ކުރިޔައް އޮއް ރޯދަމަހު ނިކަމެތި ރައްޔިތުން ރައްޔިތުން އުޅޭނެ ބިކަހާލު.

    12
    4
  5. ޝީޒާ

    ރައީސައް ދަންނަވަން ވަރައް އާދޭޭހާއެކު މިވަގުތު ލުއިލޯންތައް ފަސޭހައިން ލިބޭނެ ގޮތްތައް ހަމަޖައްސަވައި ދެއްވުމައް. ޚާސަކޮއް ރަމަޒާންމަހު ވަރައް ބކަހާލުގަ މީހުން އުޅޭނީ

    6
    2
  6. ޢަލްނާ

    އަނެއްކާވެސް ނިކަމެތި މީހާ ނަގާފައިވާ ލޯން ނޫނީ ކުރެޑިޓް ކާޑް އަށް ގަވާއިދުން ނުދެކި ތިބޭ ރައްޔިތުން ޖަލަށް، އެ ނުދެކެނީ ފައިސާ ނެތިގެން، ހީވާ ކަހަލަ މި ދަނޑިވަޅުގައި ނިކަމެތި މީހާ އަށް ލޯން ދައްކަން ފައިސާ އޮހެނިޔޭ، ދެން އަނެއްކޮޅުން ގަވައިދުން ދައްކާ މީހާ އަށް ލުއިފަސޭހަގޮތް، ކޮންމެ ކަމަކުންވެސް ތަފާތު ކުރުން. ރައީސް މިކަމާ ވިސްނާލަ ދެއްވުން އެދެން!

    4
    6
  7. ޗައިވާލޭ

    އަޅެ، އަދިވެސް މޯލްޑިވްސް އިސްލާމިކް ބޭންކުން އެއްވެސް އެއްޗެއް ނުބުނެ ތިއްބަވާތީ ކަންބޮޑުވޭ.

  8. އައްޑޫ މީހާ

    ހަމަސް ފަހުން ދެން ކަނޑާ ފަހަރަކުން ހީނުވޭ މުސާރަކޮޅުވެސް އަތައް ލިބޭނެ ހެނެއް އޭރުން އުޅެން ޖެހޭނީ ބިލުތަކާ ދަރަނި ނުދެއްކިގެން އެހެންވީމަ އެމަހެއްގެ ކޮރަޕްޓް ބިލްތަކާއި އެހެނިހެން ބިލުތައް މާފްކުރަން ފެނޭ

  9. އޮޅިއްޖެ

    އޯވަރ ޑްރާފްޓް މީގެތެރޭގައި ނުހިމެނީ ކީއްވެބާ؟ މިކަމަށް ލުޔެއްނުދީފިނަމަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިނދަޖެހޭނެ

  10. ނާރު

    އިސްލާމްދީންުގައި އަންގަވާފައުވާގިރައް އުޅޭ ލޯން އިންޓަރެސްޓްއަރާގޮތައް ނަގާއެއްޗެއް އެއީ ރިބާތެރެއަށްވަންައެއްޗެއް ކޮބާ އިލްމުވެރިން މިކަމާބަހެއްބުނެބަލަ