ކޮވިޑް-19 އާއި ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުންނެވީ ރައްޔިތުންނާއި އެކު ވާ ގޮތެއް ވާން އެމަނިކުފާނު ވިދާޅުވެއްޖެއެެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ނިންމާފައިވާ ނިންމުންތައް ހާމަކުރުމަށް ދަރުބާރުގޭގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހުގެ ސަލާމަތަށް އަޅާ ފިޔަވަޅުތަކާއި މެދު ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސަލާމަތަށް އަޅުއްވާ ފިޔަވަޅުތަކަކީ ރައްޔިތުންގެ ސަލާމަތަށްޓަކާއި އަޅަމުން ގެންދާ ފިޔަވަޅުތައް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ސިއްހީ ހާލު އަދި ރަނގަޅު. ދެން އަޅުގަނޑު ހުންނާނީ ރައްޔިތުންނާއި އެކީގައި. ރައްޔިތުންނަށް ވާގޮތެއް ވާން. ދެން އަޅުގަނޑުގެ ސަލާމަތާ ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅު ހަމަ. އެއީ އަޅުގަނޑު މިކަމުގައި މަސައްކަތްކުރަމުން މި އަންނަ ގޮތަކީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ފަރާތުންވެސް ވަރަށް ރަނގަޅު އެއްބާރުލުމެެއް ލިބޭ ކަމަށް ފާހަގަކުރައްވާ، އެކަމަށްޓަކާއި އާއްމުންނަށް ޝުކުރު އަދާކުރައްވާފައެވެ.

"ރައްޔިތުން މިހާތަނަށް ދަތި އުނދަނގޫ ދަނޑިވަޅުގައި، ކެތްތެރިކަމާއި އެކުގައި އެ އުފުއްލަވަމުން ގެންދަވާ ދަތިތަކާއި އެކުގައި ދެއްވަމުންދާ އެއްބާރުލުމަށް އަޅުގަނޑު ހަމަ ފަށްފަށުން ޝުކުރު ދަންނަވަން. ވަކި ރަށެއް ވަކި އަޅުގަނޑު ކުރިންވެސް ދެންނެވިހެން ވަކި ޕާޓީއެއް ވަކި ކުލައެއް ނެތި މިކަމުގައި އެހީތެރިކަން ލިބެމުން އެބަދޭ. އަޅުގަނޑު އެކަމަށްޓަކާއި އިޚުލާސްތެރިކަމާއި އެކު އަޅުގަނޑު ޝުކުރު އަދާކުރަން." ރައީސް ވިދާޅުވިއެެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި (ޕޮޒިޓިވް) 13 މީހުންނަކީވެސް ބިދޭސީންނެވެ. އޭގެ ތެރެއިން 8 މީހުން ވަނީ މިހާރު ބަލިން ފަސޭހަވެފައެވެ. އަދި މިހާރު ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާ ދެމުންދަނީ ޖުމްލަ ފަސް މީހަކަށެވެ.

ކޮވިޑް-19 އަށް ނައްސިވި (ނެގެޓިވް) ކަމަށް ނިންމަނީ ދެ ފަހަރު ޓެސްޓް ކުރުމަށް ފަހު ދެ ޓެސްޓް ވެސް ނައްސިވުމުންނެވެ. އެހެންނަމަވެސް ބަލިން ރަނގަޅުވާ ފަރާތްތައް އިތުރު އެއް މަސް ދުވަހަށް މޮނިޓާ ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެއީ އެ ބަލި ދެވަނަ ފަހަރަށް ޖެހުމުގެ ފުރުސަތު ކޮންމެވެސް ވަރަކަށް އޮތުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. އައި ސޭ

    ރައްޔިތުންނާއެކުހުރޭ ކެނެރީގޭ ލާދީނީ ސޮރާ ދުރުވޭ ، ފުއްސެވުމާ ދިންނެވުން މިންޖުކުރެއްވުން ރައްކާތެރިކަން ލާދީނީ މީހުއްނާއެކުނުވޭ ރައީސް ގަބޫލުކުރައްވާ....

    48
    3
    • Anonymous

      މަިނަމަި އެ ލާދީނީބސޮރައްވުރެވެސް ނުބައިކަމުން އަރާހުރި އިންސާނެއް. ދޮގުހެދުން އިންތިހާ. އެވަރަށް ދޮގުހަދާނީ ދައްޖާލުކަން އެނގެނީ ކިތައް މީހުނަށްބާއޭ ހިތައްއަރާ.

      10
      1
  2. ދިވެހި ގައުމު

    ރައްޔިތުންނަށް އޯގާތެރި ވެލައްވާ ، ލޯބި ލިބޭނެ!، ރައްޔިތުންނަށް ފައިސާއިންނާއި އެނޫން ގޮތް ގޮތުން ތަފާތު ކުރުމެއްނެތި މިދަޑިވަޅުގައި އެހީތެރި ވެލައްވާ! އެއީ ގެއްލިގެންދާނެ އެއްޗެއްނޫން!

    22
    3
  3. ާއަލީ

    ކަލޭ އޮންނަނީ ފިލާ އިދިކޮޅު މީހުން ހަޅޭއްލަވާތީ ތި ނިކުންނަނީވެސް ފޫޅުުނުވެއްޓޭ ސޮރަކުއަރުވާފަ ދެދަޅަޔައް ވާހަކަ ދައްކުވަނީ

    31
    13
  4. ޗާލު

    ތިކަން އެނގޭނީ މިވަބާނިމިގެން ދައުލަތުގެ ޚަޒާނާ ބަލާލީމާ. ޕާޓީގެ ކުދިންނަށް ބަހާ ހުސްނުކޮށްފިއްޔާ ނަސީބެއް. މިއޮތީ ވައްކަން ކުރާމީޙުންނަށް ފުރުޞަތެއް. އެކުވެރި ދައުލަތްތަކުން ލިބޭ ހިލޭ އެހީއަށް ވާނުވާނޭގޭނެ. ރައްޔިތުންނާއެކު ހުރިތޯ ބަލަންމިތިބީ؟

    28
    5
  5. ރައްޔިތުމީހާ

    ހެއް ހޭ. އަޅުގަނޑު ހުންނާނީ ރައްޔިތުންނާއި އެކު ރައްޔިތުންނަށް ވާގޮތެއް ވާށޭ ވިދާޅުވާއިރު 12 ބޮޑިގާޑުންނާއެކު، ކަޅުބިއްލޫރި ޖެހި ކާރުގައި، އާރަށުގައި 5 ސްޓަރ ފެންވަރު ގައި އުޅުއްވާއިރު ވިދާޅުވާ ވާހަކައކާއި ޢަމަލަކާ ދިމަލެއްނުވޭ. ބުރޯ.

    33
    6
  6. އާދޭސް

    ބަޔަކު ޖަހާހާ ބެރަކަށް ނުނަށާ ރަށްޔަތުންގެ ދިފާއުގައި މަނިކުފާނު ހުންނެވުމަކީ މި5އަރު މަނިކުފާނުގެ ޒިއްމާއެއް މިހާރު އެބަރަނގަޅުވޭ ގިނަގިނައިން ކޮންމެ ވެސް ބަސްފުޅެއް ވިދާޅުވުމަކީ ރަށްޔަތުން އެދޭކަމެއް އިދިކޮޅުމީހުނަށް ހިތްވަރެއް ލިބޭނެ މަގެއް ﷲގެ ވާގިފުޅާއިއެކު ފަހިކޮށްދެއްވުމަކީ މައިކުފާނަށް ކޮއްދެވޭ ހެޔޮކަމެއް ކަމުގަނޫނީ ނުވާނެ ހިތްމަރުވެފައި ވާހިތްތަކަން ދިރުމެއް ހޯދަވާދެއްވާ މަނިކުފާނަށް އިންތިހާދަރަޖައަށް ޝުކުރުވެރިވާނަން މަނިކުފާނަށް ﷲހެޔޮ ގޮތްތައް އަބަދުވެސް މެދުވެރިކުރެއް ވުމަށް އެދޭނަން ހިތާމަޔާއި ހިތްދަތިކަމާއެކު ގިސްލާރޮމުން އާދޭހާއި އެކު މަނިކުފާނަށް ދަންނަވަން އޮތީ މަނިކުފާނު ހިތުގައި ރަށްޔަތުންތަކަ ކަށް ޓަކައި ޓަކައި ކުޑަވެސް ރަހުމަތް ހަމްދަރުދީއެއް ވާނަމަ ރާއީސްޔާމީން ދޫކޮށްލަ ދެއްވާށޭ ނޫނީ ގެއަށް ބަދަލުކޮށްދެއް ވައިފިނަމަ މަނިކުފާނަ ނިހާޔަތަށް ޝުކުރުވެރި ވާނަން އާދޭސް!

    16
    3
  7. ރއސ

    ތިއީ މުޅި ދިވެހި ރަށްޔަތުން ގެރައީސް ކޮންމެ ގޮތަކަށް ވެރިކަމަށް އައިނަމަވެސް ހިތާދެކޮޅަށް ނަމަވެސް މިއަދު ރައީސެއްކަމަށް ރައްޔަތުން ބަލައި ގަންނަން ޖެހިފަ ވާތީ!

    12
    2
  8. ދދދދދ

    ހުވާ؟ އިނގިރޭސިވިލާތުން ވަޑައިގެންނެވި ގޮތަށް 14 ދުވަހުގެ ކަރަންޓީނުގަ ހުންނަވާފަތޯ ތިނުކުންނެވީ؟

    20
  9. ޑައެލޯގް

    ކީކޭ ރައްޔިތުންނަށް ވާނެގޮތެއްވާން ދޫކޮށްލާނީއޭތަ

    26
    4
  10. ބޯހަލަކު

    މިހަރަ މީހާ ކަލޭ ހޯރަ އިބުރާހިމް ކުޑަކުއްޖަކަ އެކު ޒިނޭ ކުރަން އޮއްވާ ފުލުހުން ގޮސް ރެޑްކޮށް ހިފާ 10 އަހަރަށް ޖަލަށްލީމަ އޭނަ މިނިވަންކުރީ ކަލޭގެ ކޮން ހައސިއްޔތަކުން ކެނަރީގެ ވަގު ބުއްޅަބެ 12އަހަުގެ ޖަލު ހުކުމުން ނެރުނީ ލަދެއްވެސްބނުގަނޭ ހީނުކުރާތި ހަމަ އެތޭރިތަށް މަރުހަބާ ކިޔާނެ ކޮންމެ މިހަކަށްވެސް ގާނޫނު އަރާ ހަމަ ކުރާނެ މަނިކުފާނަވެސް ބާކީ ގިނަވެގެން 3އަހަރު ލަންކާނމިސާލަކަށް ބަލާ

    10
  11. ާަަްއޫޕްސް

    އަަޅުގަޑު ހުންނާނީ ރައްޔިތުންނަށް ވާ ގޮތެއް ބަލަން!!! ހުއް!

  12. Anonymous

    އެންމެ ފަހަރަކުވެސް ހިތަށް އަރާތަ މި ބަލިމަޑުކަމަކީ ނުލަފާ ދެފުއްދއގޮތް އަދުލު އިންސާފުން ބޭެުވެ ތިބި ސަދޫމުގައި ޝަރީއަތްކުރާ އުސޫލުން ޝަރީއަތް ކުރާބަޔަކަށްވިމުން އެމީހުން ނެތިކުރައްވާނެ ބަލިމަޑުކަމެކޭ؟

  13. ޢަފޫރުބެ

    މަސްވެރިން ނަށްއޮތީ ނިކަމެތިކަން .ރޯދަ އިނާޔަތްވެސް އޮތީ މުއައްޒަފުންނަށް.

  14. Anonymous

    އަޅުގަނޑަ ކީވެސް ދިވެހި ރައްޔިތެއް.އަޅުގަނޑު ބޭނުން ވާގޮތަ ކީ މަނި ކުފާނު އިސްތިއުފާ ދެއްވުން.
    އަޅުގަނޑަކަށް ކަމަ ނުދޭ ވަލިއްޔުލް އަމްރަކ ކަށް މަނި ކުފާނު. އެއީ ބަހާއި ޢަމަލު ދިމާނުވާތީ. ލާދީނީ ރިޕޯޓް ނެރުނު މީހުން ނަށް އަދިވެސް އަދަބެއް ނުދެވޭ . ރައްޔިތުން ބޭނުންވާ ގޮތް މިދެންނެވީ

  15. ކައްބެ

    އަނހަ އަނެއްކާވެސް ދޮގުތިޔަބުނީ އެހެންވިއްޔާ ރައީސް ޔާމީން ވަގުތުންދޫކޮށްލާ މިފަހަރަކު ތިޔަބޭފުޅާ އަށް ސަލާމަތެއް ނެތް .

  16. ބީރު

    ޢެހެންވެތާ ރިސޯޓް ބޯއީސް ބަންދުކޮށް އެމީހުންގެ އަނބިދަރިންނަށް އަނިޔާ ދެނީ .
    އަނެއްކާ އަނެއް14 ދުވަސް ޖެހީ .

  17. ޢިޔާބު

    ތީކީ އެއްގޮތަކަށްވެސް މަ ބޭނުން މީހެއް ނޫން.

    15
  18. ނާހަމަތެދެއްތަ؟

    "އަޅުގަނޑު ހުންނާނީ މޑނ އެކު ރައްޔިތުންނަށް ވާނެގޮތެއް ވާން ދޫކޮއްލައިގެން."
    ބަލަ އަޅުގަނޑުމެން ވޯޓުދިނީ ތިޔަހެންނަކުންނެތް ނޫން އިނގޭތޯ!

  19. ސަމީރު

    ބުނަން ވާހަކައެއް އަހަރުމެންނަށް އިންގޭ ކަލޭ ތި އަހަރުމެން ވައްޓާލާ ވަޅުގަޑު އިންޑިޔާއާއި ގުޅިގެން އެކަމަކު އަހަރުމެން އޭގެކުރިން ކަލޭ އާއި ކުރިމަތިލާނަން ވައްސަލާން

  20. ސަޓޯ

    ވާގޮތް ނުވެ ކޮންތާކަށް ދާނީ... ބަސްއަހައިގެން ގޭގަ މިއޮންނަނީ..އެކަމަކު ޕާރޓޭންނާއި ބަންގާޅިންތަކާ ގޮޅިޖެހި ގަމީސް ގޭންގު ކުދިންތައް މަގުމަތީ ހޭބަލިވެގެން ދުވަނީ ސަރުކާރައް ވާވެސް ކަމެއް ނޫން... އެމީހިން އެހެން ދޫކޮއްލާފަ ތިއްބަ އަހަރެމެން ބަލި ވެއްޖެ ނަމަ ނިމުނީ، އިބުރާހިމް ލޯލިހު ކޮންމެތަނަކުން ފެނުނަސް ހެޔޮ ގަޔައް ކުޅުވެސް ޖަހާނަން

  21. Anonymous

    ކަލޯގަޔާ ދިވެހިންނަށް ހެޔޮ ކަމެއް ކޮށްދޭން ބޭނުންނަމަ ރ ޔާމީން ދޫކޮށްލާ ލާރި ކެއުމަކީ ކޮންމެ ރައީސް އަކު ކުރާ ކަމެއް ތިބޭ ފުޅާ ގެ ޓީމުންވެސް އެކަން ކުރޭ ނޫންތޯ އެހެންވީމަ ގުދޯ ގުދޯ ނުގޮވާ

  22. ނިޒާމްބެ

    އަޅުގަޑު ހުންނާނީ ރައްޔިތުންނާއި އެ ކު އެ ކަމަ ކު ރައްޔިތުން ނަށް އެއްވެސް ކަމެއް ނުކޮއްދޭނަން.

  23. ހަސަންކޮއި

    ނޫސްވެރިންމަނިކުފާނުުއާކުރިމަތިކުރުވި
    ސުއާލުތަކައްމަނިކުފާނުދެއްވިޖަވާބުއަޑު
    އިވުމުން މަނިކުފާނުގެނާގާބިލުކަމާ
    ތަފާތުކުރުންހުރިވަރުއެގިއްޖެ