ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ގައުމު ދެކެ ލޯބިވަންޏާ މިހިނދުން މިހިނދަށް އިސްތިއުފާ ދެއްވާފައި "ނަރަކައަށް ވަޑައިގެންނެވުމަށް ގޮވާލަން" ކަމަށް ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

މުސްތަފާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ކުދިންނޭ! އިންޑިއާގެ އާމީ، ނޭވީ، އެއާ ފޯސް، ކޯސްޓްގާޑް ސީދާ ހަރަކާތަކަށް ނިކުމެއްޖެ. މިއީ ރައީސް ޔާމީނަށް އިލްހާމް ނުވާ ގޮތައް ފެއްޓި ހަރަކާތެއް. ރައީސް ޔާމީން ގައުމު ދެކެ ލޯބިވަންޏާ މިހިނދުން މިހިނދަށް އިސްތިއުފާ ދެއްވާފައި، ނަރަކައަށް ވަޑައިގެންނެވުމަށް ގޮވާލަން" ކަމަށެވެ.

އިންޑިއާ ސިފައިން ސީދާ ހަރަކާތެއް ފަށައިފި ކަމަށް މުސްތަފާ ވިދާޅުވެފައި މިވަނީ އިންޑިއާ ސިފައިން ރާއްޖެ އަންނަން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިންޑިއާގެ ބައެއް ސިޔާސީ ބޭފުޅުން ގޮވާލަމުން ގެންދަވަނިކޮށް އެގޮވާލުންތަކަށް ޗައިނާ އިން ރައްދު ދިނުމުން އެގޮވާލުންތަކުގެ އަޑު މަޑުވެފައި އޮތުމަށް ފަހުއެވެ.

ރާއްޖެ އާއި ދެކޮޅަށް އިންޑިއާ އަށް އަސްކަރީ ބާރު ބޭނުން ނުކުރެވޭނެ ކަމަށާއި އެފަދަ ކަމެއް ކުރަން އުޅެފިނަމަ އެކަމުގެ ތެރެއަށް ޗައިނާ އިން ވަންނާނެ ކަމަށް ޗައިނާ އިން ބުނުމުން ރާއްޖެ އަށް އިންޑިއާ ސިފައިން އައުމަށް ގޮވާލަމުންދާ ގޮވާލުންތަކުގެ އަޑު ފާއިތުވި ދެތިން ދުވަހު އޮތީ މަޑުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

 1. ތިމަރަ

  އަމިއްލައަށްގޮސްވަދެވޭތަ ، ނޫނީ ނުވަދެހުރެވޭތަ . ތިމަރަ

 2. ފާއިޒް

  ބީތާޔާ ކަލެއަށް ކުފުރުވާއިރުވެސް ނޭނގެ ދޯ ގަމާރު ތިކަހަލަ ތަންދޮރު ނުދަންނަ ބީތާއެއް މަޖްލިސް އަށް ހޮވީ ހާދަ ގަމާރު ބައެކޭ ދޯ...

 3. ހިދުކޮޅު

  މުސްތަފާވީދަންޖައްސަން މީހަމަމުސީބާތެއް

 4. ބޯގޯސް

  މާތްކަލާކޯ،،، މި ޖާހިލުމީހާގެ ގޭގެ ފުރަގަހުގަ އޮތް ތަނެއްތަ ނަރަކަ އަކީ،،، ވެރިކަމާ ހުރެމުރުތަށްދުވިޔަސްތީ ބޮޑުވަރު،،،، ތިޖާހިލު ބައިގަޑަކަށް އަރާދަކުރަށްވައިގެން ކާމިޔާބެއްނުވާނެ ދެނެށް... އިންޑިއާ ސިފައިންގޮވައިގެން ފަރަށްދޭބަލަ ކަލޭމެން،،،

 5. ފާ

  މުސްތަފާ ކަލޭތި ތެޅެނި
  ކިހިނެއްވެގެންތަ ! ކަލޭތި މާ މޮޅު މީހަކައްވެގެން މާފާޑުފާޑަށް ތި ވާހަކަ ދައްކަނި ކިއްމެފުއްޕިޔަސް 2019 ގަ ތިމަރަފުށީ ރައްޔިތުން ކަލޭމަޖިލިއްހަކަ ނުހޮވާނެ ތިކާކުތަ ?????

 6. ސާރާ

  ބަލަ ލަނޑާބައިގަނޑުމީހުން މިހާރު ހާދަގަޅިއޭ
  ސުވަރުގެއަށް ދާމީހުންނާއި ނަރަކައަށްދާމީހުން ކަނޑައަޅަނީ މާހުޅުބު ލަނޑާބައިގަނޑުގެ މީހުންތަ

 7. ޕޮގުބާ

  ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ މިނުބައި ނުލަފާ މުސްތޮފާ ކުފުރުވެއްޖެ ނަރަކައިގެ އަޒާބް އަވަސްކޮއްދެއްވާންދޭވެ އާމީން

 8. ދަލޭކާ ދިޔެ

  އެމްޑީޕީގަ ނެތޭ މިނޫން ފެންވަރެއްގެ ހަމަ އެކަކުވެސް..

 9. Anonymous

  ނަރަކައަށް ދާމީހުންނާ ސުވަރުގެއަށް ދާމީހުން އިޚްތިޔާރު ކުރާކަށް މުސްތޮފާއަކަށް ނޭނގޭނެ، އެއީ މުސްތޮފާއަށް ކުރެވޭނެ ކަމެއްވެސްނޫން. މީހާ ތިހިރަ ކުފުރުވަނީ، ތަންކޮޅެއް ތިރިއަށް ފައިބަން ފެނޭ

 10. ތުއްތަފާ

  އިލްހާމެއް މަކުލޫފެއް ކިޔާނެ ކަމެއް ނެތް. އޭގެން ގެއްލުން ލިބޭނީ ހުސްއެކަނި ޔާމީން އަކަށް ނޫން. ކަލޭގެ އަނބިންނާ ދަރިންވެސް އުޅޭ އެބަ. ކަލޭ ރައްޔިތުން ހޮވީ ކުލީ ސިފައިން ގެންނާކަށް ނޫން. ކަލޭވެސް އިސްތިއުފާ ދީފަ ނަރަކައަށް ވަދޭ. ތިޔަ ކެވޭނީ ހަރާން ފައިސާ. ޓޭކްސް އަކީ ރައްޔިތުންނަށް ދައްކަންޖެހޭ އެއްޗެއް.

 11. ކޮމެންޓްކުރާމީހާ

  ކަލޭތަ ނަރަކައާ ހަވާލުވެހުރީ މީސްމީހުން ކައިރީ ނަރަކައަށް ދާން ބުނަން!!!!!!!!!!!!

 12. ޢިބޫ

  މުސަތަފާ ނޫންތޯ ދާންވީ

 13. ޝުކުރީ

  މިސްތޮފާގެ ނުބައިކަން ތިހުރީ ހައްދު ފަހަނަ އަޅައި ގޮސް. ކިޔަެ ނުކިޔޭ އެއް ނޭނގޭ. ާނޫނީ އަންނި ގޮތަަށް އުޅެނީތޯ. މީނާ ވަންނަނީ ކޮންތާކަށްބާ ހާދަ ހީވެޔޭ ޖަލުކޮއްތު މީރުވާހެން. ބޯޑުފައްތާލައި އިންޝުއަރެންސް ލަަރި ކޮބާ. ލަދު ކޮބާ ވެރިކަން ހޯދަން

 14. އަހުމަދު

  ނަރަކަ އާއި ސުވަރުގެ އަކީ އިންސާނުން އަމިއްލަ އަށް ގޮސް ވަދެވޭނެ ތަންތަނެއްނޫން

 15. ބޭރުމީހާ

  ގައުމުގެ ޚާއިނުންނަަށް ޤާނޫނުން ދެވެން އޮޔް އެންމެ ބޮޑު އަދަބު ނަޝީދަށް ދިނުމަށް ގޮވާލަން. އެ އަދަބަކީ.މަރުކަމަށް ވިއަސް

 16. ޒީ

  މިވަގު ކަލޭގެ އެންމެފުރަތަމަ ނަރަކަށް ވައްދާ. ރިމަރަފުށިން އައިސް ހުރި މުއްލާ ވަގެއް

 17. ާބޫސުފުޔާން

  ކަލެއައް މިހާރުވާނުވާ ނޭންގެނީތަ ހޭބައްޔާ ނަރަކައެއީ ތިމަރަ ފުށީގާ އޮންނަ ތަނެއްތަ ބުރާންޗާ ދެންމޮޔަވޭ

 18. ޢަހްމަ

  ތިއަވިދާޅުވި ތަނައް އެންމެހައްގީ ތިމަރަފުށީ ރީލޯޑުބެ...

  • ހާލިދު

   ހަމަތެދުފުޅެއް

 19. ސޫން

  އިޓްސް ދަ ކާމް ބިފޯރ ދަ ސްޓޯމް. ޔާމިން ނީޑްސް ޓުބީ ޑެޑް

 20. ހަސަން

  މީ އަނެއްކާ ކިހާ ފެންވަރެއްގެ މީހެއް.

 21. ނަފާ

  މީނަތަ މިހާރު މީހުން ނަރަކަޔައް ފޮނުވަނީ

 22. ައަންބަރާ

  އޭ ތީތި ސަޅި ބުރޯ!!

 23. ގޮއްފުޅަނގި

  ެެުެެުެެުެެުެެެުެެުެެުެެުެެެެުެެުެެުެެުެެެުެެުެެުެެުެެެެުެެުެެުެެުެެެުެެުެެުެެުެެެެުެެުެެުެެުެެެުެެުެެުެެުެެެެުެެުެެުެެުެެެުެެުެެުެެުެެެެުެެުެެުެެުެެެުެެުެެުެެުެެމިހިރަ އުޑެއް ބުޑެއް ނުދަންނަ ނުލަފާ ޖާހިލަށް ދުލުން ކިޔޭ ނުކިޔޭ އެއްޗެއް ނޭގި ފެލިއަރުވަމުންގޮސް މިހާރު ތިހުރީ މުރުތައްދުވެފައި. ﷲގެ މަގަށް އެނބުރި އައިސް ތައުބާވުމަށް ނުބައި މަލްޢޫނަށް ގޮވާލަން.

 24. ޙުކުމް

  ޙެޔޮނުވާނެ މުސްތަފާ ޔޫ ތިހުރީ ހަމަހޭގަތަ؟ މޮޅުވާހަކަ ތިދައްކަނީ !ވިސްނާފިކުރުކުރާ ބަޔަކައް ޢެގޭނީވާނުވާ

 25. ހުސޭނުބެ

  މުސްޠަފާ، ސުވަރުގެއާއި ނަރަކަ ވާކަން އިނގޭތަ؟ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާން ވާން އިނގޭތަ؟ތިމާއަށް ދެއްކޭ ނުދެއްކޭ ވާހަކަ ނޭނގޭ ހިސާބަށް ކަންތަށް ތިއޮތީ ގޮއްސަ، ހުރި ހިތާމައެއްގެ ބޮޑުކަމާއެ.

 26. މުސްތޮފާ

  އިސްލާމިކް މިނިސްޓްރީއައް ގޮވާލަން މުސްތޮފާ އަކީ މުރްތައްދު

  ވެފަވާ މީހެއްގޮތުގަ ކަނޑައަޅާ ހަވަރައް ދިނުމައް. ފުލުހުންނާ ސިފަިންނައް

  ގޮވާލަން މުސްތޮފާ ހިފާ ހައްޔަރުކޮއް ތަހްގީގު ކުރުމައް

 27. ރީތި މޫސަ

  މާތްކަލާކޯ މޮޔަވީތަ ތިހިރަގެން މޮޔަގޮވަނީ އެއްދުވަހު ޔާނިނަށްސަނާ އަނެއްދުވަހު ޔާމިނަށްހަނާ މުސްތޮފާ މިދުނިޔޭގަ މީހުންގެ ދޫރަށްކާތެރިކޮށްގެން ތިބެންޖެހޭ ސަބަބަކީ އެންފަހުން ކިޔޭނުކިޔޭ ތިހިރަގެންމޮޔަވީ

 28. ދިވެއްސެއް

  ޖާހިލުވިޔަސް ތީބޮޑުވަރު. ތިމާއަނެކުންނާމެދުތިޔަފަދަ ބަސްބުނެ ހަދާނަމަ ޚުދްތިމާގެނިމުން މާތްﷲ މިންވަރުކުރައްވާނީކޮންފަދަ ނިކަމެތިކޮށްކަން އެނގޭނަމަ ޔަގީންކަށަވަރު ތިޔަހެން ބުނާކަށް ހަމަހިލާނުކެރުނީސް ފިރުއައުނުގެ އަނބިކަނބަލުން ސިންހޫތުގެ އަރިހުގާ ވިދާޅުވީ ކީކޭތޯބަލާލުން ވަރަށްރަންގަޅުވާނެ . ވިސްނާފިކުރުކުރޭ !! އަދިތައުބާވޭ

 29. މިލިޓަރީ

  މަހީކުރީ މުސްތަފާއަކީ އިހުލާސްތެރިއެއްކަމަ މީހަމަ ލާރިފަހަތުން ދުވާ މީހެއް.

 30. އަލީ ހަމީދު

  މީމާ ރަނގަޅު މީހެއްދޯ ހެސްކިޔާފަ މީހުންގެ ލާރިކާފަ ހުރި ގޮލައެއް

 31. އައިޝަތު

  މިއީ މިޤައުމަށްޖެހިފައިއޮތް ވަބާއެއް.. މިވަބާއިން ސަލާމަތްކޮށްދެއްވާދޭވެ.

 32. ކޮޔާ

  ތިމަރަމުސްތަފާ މިއަދުގެ ފަތިސްނަމާދުކުރިންތަ؟ ޖަވާބު ދީބަލަ.

 33. ޢަނާރު ކަލީ

  ލަނޑާބޭ ނަރަކައައް ވަންނަމީހުންގެއަތުން ކުލި ނަގާނަންތޯ ކުލި ނަގާނަމަ ނަގާނީ ކެހާވަރެއްތޯ

 34. ނަޝީތު

  މުސްތަފާ. ކަލޭ ނަރަކައިގެ ވާހަކަ ދައްކަން ބިރުވެތިވެބަލަ. ކިތައް މީހުންނަށް މަކަރާ ހީލަތް ހަދާފަ ހުރި މީހެއްތިޔައީ. ކިތައް މީހުންގެ ހައްގަށް އަރައިގެންފަ ހުރި މީހެއް ތަ ތިޔައީ. ނަރަކައިގެ އަހުލުވެރިންގެ ތެރޭގައި ހިމެނޭނެ އެކަކަށް ވާނެ މަމެން ކިެޔެވި ފޮތް ފޮތުގައި ހުންނަނީ ތެދުކަމަށް ވާނަމަ ކަލޭ ހަމަ ގައިމުވެސް.

 35. ކޮސް

  ބަލަ ނުތެޅެގަ.... ތިހެން ހަމަ ތެޅި ތެޅި ހުންނަން ޖެހޭނީ.....

 36. ޙަބޭސް

  ޟުސްތަފާ ބުދީފާނުތަ ނަރަކަ ހުރިތަނެހް ތިމަރަފުށީ ރައިއްޔަތުންގެ ފަރަަތުން އިއްޒަތް ލިބިގަނެގެން ހުރިނަމަވެސް ކުފުރުގެ ބަސް ނުބުނޭ މިފަދަ ޖާހިލަކު ތިމަރަފުށީ ރަޢިއްޔަތުން މެމްބަރަކައް ހޮވީތީ ދެރަވަން އިންޝާ ﷲ ދެން ދުވަހަކުވެސް ނުހޮވޭނެ

 37. ޙަބޭސް

  ޟުސްތަފާ ބުނެދީފާނުތަ ނަރަކަ ހުރިތަނެހް ތިމަރަފުށީ ރައިއްޔަތުންގެ ފަރަަތުން އިއްޒަތް ލިބިގަނެގެން ހުރިނަމަވެސް ކުފުރުގެ ބަސް ނުބުނޭ މިފަދަ ޖާހިލަކު ތިމަރަފުށީ ރަޢިއްޔަތުން މެމްބަރަކައް ހޮވީތީ ދެރަވަން އިންޝާ ﷲ ދެން ދުވަހަކުވެސް ނުހޮވޭނެ

 38. ހުމުދު

  މުސްތޮފާ ނަރަކަ ކަލެޔާ މާކައިހެން މަށައްހީވަނީ ކަލޭވަނީ ބައެއްމީހުންގެ ގެދޮރުފޭރިގެންފަ މިސްޓަރ ޗީކޯ ހިިންގިއިރު އެތަނުގެ އެތައްމުވައްޒަފުންނައް މުސާރަނުދޭ އަދިވެސް ، އެތަނަކީވެސް ބޭރު ފަރަންޖީއެއްގެ އަތުން ފޭރިގަތް ތަނެއް ފޭރޭ މީހުން ނަރަކަޔައް ދިޔުން މާ ސަހަލު .....

 39. ޥަގުބެ

  އައްލޮކައިރި ބުނީމަ ވައްދާނެ