ފްލޮރިޑާއަށް ނިސްބަތްވާ އަންހެން ކުއްޖަކު ޕޫލެއްގެ ތެރޭގައި ސަކަރާތް ޖަހަން އުޅެނިކޮށް، އެ ޕޫލުން ފެން ބޮވުމުން ސިއްހަތައް ވަރަށް ބޮޑަށް ނުރައްކާވެއްޖެއެވެ.

އެލީނާ ގްރޭސް ނަމަކަށް ކިޔާ ހަތަރު އަހަރުގެ އެ ކުއްޖާގެ ސިއްހީ ހާލަތު ރަނގަޅުނޫން ކަމަށް ވެއެވެ. މިހާރުވެސް އެލީނާއަށް ދަނީ ސަރަސޮޓާ މެމޯރިއަލް ހޮސްޕިޓަލްގައި އޮކްސިޖަން ތެރަޕީ ދެމުންނެެވެ.

މި މަހުގެ 14 ވަނަ ދުވަހު މަންމަ އާއިއެކު ޕޫލަށް އެރި އުޅުނު އެލީނާގެ ސިއްހީ ހާލަތު ގޯސް ވާން ޖެހުނީ ކީއްވެކަމެއް ނޭނގެއެވެ. މާމަގެ ގޭގައި އޮންނަ އެ ޕޫލަކީ ގިނަ ބަޔަކު ބޭނުންކުރާ ޕޫލެއްކަމަށްވެސް ވެއެވެ. ބެލެވޭ ގޮތުގައި އޭނާގެ ހާލަތު ގޯސްވީ ޕޫލްގެ ފެން ބޮވުމުންނެވެ.

ވަގުތުން އޭނާގެ އަނގައިން ފެން ބޭރުކުރިއެވެ. ނަމަވެސް އޭގެ ދެ ދުވަސް ފަހުން އެލީނާގެ ސިއްހަތައް ނުރަނގަޅު އަސަރުތަކެއް ކުރަން ފެށިއެވެ.

އެލީނާގެ މަންމަ ކުރިން ހީކޮށްގެން ހުރީ އެއީ އާދައިގެ ކަމެއް ކަމަށެވެ. ނަމަވެސް ފަހުން ޑޮކްޓަރަށް ދެއްކުމުން ވަނީ އެލީނާއަށް އެމަޖެންސީގައި ފަރުވާދެމުން ގޮސްފައެވެ.

އެލީނާ މިހާރު ނޭވާލަމުން ދަނީ އޮކްސިޖެން މެޝިނުގެ އެހީގައިކަމަށް އޭނާގެ މަންމަ ބުންޏެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވަކަރޭ

    ޕޫލަށް ހީސްލާތީ ފެން ގަނޑު ހުންނަނީ ވިހަވެފަ