ރާއްޖޭގެ ރިސޯޓުތަކުގައި މިވަގުތު ތިބި މުވައްޒަފުންނަށް އެ ރަށްތަކުން ފޭބޭނީ އެއިން ކޮންމެ ރިސޯޓެއްގައި ވެސް ހުންނަ އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ފަހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވިއިރު ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ވަނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. އެއާއެކު ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން
ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ މި މަހުގެ 14 ވަނަ ދުވަހުގެ 18:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓުތަކަށް މީހުން ދިއުން ވަނީ މަނާކޮށްފައެވެ. އަދި އެ އެންގުމާއި ހިލާފުވާ ފަރާތްތަކަށް މިހާރުވެސް ވަނީ ފިޔަވަޅު އަޅާފައެވެ.
ދަރުބާރުގޭގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި މަހުގެ 27 އިން ފެށިގެން ރާއްޖެއިން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މި މަހުގެ 27 އިން ފެށިގެން ރާއްޖެއަށް ފަތުރުވެރިން އައުން މަނާވެގެން ދާނެއެވެ. މީގެއިތުރުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ހަފްތާ ދެ ހަފްތާ ތެރޭ، ހުރިހާ ރިސޯޓެއް ބަންދުވާނެ ކަމަށް ބެލެވޭ ކަމަށާއި މިހާތަނަށް 50 ރިސޯޓު ބަންދު ކޮށްފައިވާ ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ރައީސް ވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ގެއްލުންތައް ވަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ ފޮރިން ކަރަންސީ ޝޯޓޭޖު ރާއްޖޭގައި އެބަހުރި ކަމަށާއި މިވަގުތު ރާއްޖޭގެ ވިސްނުން ހުރީ ލޯނު ނެގުމަށް ކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތައް އަޅަމުން ގެންދަނީ އެވަގުތަކާއި ހާލަތަކަށް ބެލުމަށްފަހު ކަމަށެވެ.
ބޯގޯސް ރައީސް ކަލޭ އާދެބަލަ ބަންދުވެގެން 2 ދުވަހު މިތާ އިންނަން އަދިވެސް ރިސޯޓުކުދިންނަށްތަ ޖެއްސުން ކުރެވޭތޯ ތިބަލަނީ ބަލަ ކަލޭގެ ސަބަބުންނޭ އަހަރުމެން މިތާ ޖަލުވަލުގަ ތިބެން މިޖެހެނީ.
ރައީސް މީހާ އަހަރުމެންގެ ރިސޯޓުން އެންމެފަހުމީހާ ފުރަނީ ރޯދަމަހު ފުރަތަމަ ދުވަހު މާނައަކީ އޭގެފަހުންނޭ އަހަރުމެން މިނިވަންވާނީ މިގޮތަށް ތިކަން ނުކުރުމަށް ރައީސައް ގޮވާލަން.
14 މައްޗަށް 14 ޖަހާޖަހާއަހަރުމެން ހަފުސް!!! ހައްގު ތައް ފައިދަށުން ފައިބައިފި ރިސޯޓު މުއަޒަފުން ވާ ގުރުބާނީއަށް މަހަކު5000ރުފިޔާއިން ކުލިދައްކާފަ ކަރަންޓުފީ ފެންބިލް ދަރިން ހަރަދު ތައްކޮށްގެން އެކަކަށްވެސް އުޅެވޭނެބާ...؟
ފަތުރުވެރިން ތިބެނީ ދުވަސް އިތުރު ކޮށް ކޮށް. އަހަރީ ޗުއްޓީ ނަގާގެން ހުންނަން ޖެހެނީ ރިސޯޓުގަ. މިއީ ދެން ބޮޑުވަރު. އިންތިހާބަށް ވަރަށް ސަލާމް.
ތި ގޮތަށް ކިހިނެއް އަނބިދަރިންނާއި ދުރުގަ ހުރެވޭނީ. ރާއްޖޭގަ ނަން މަޝްހޫރު ރިސޯޓެއްގަ ސީނިއާރ މެނޭޖަރެއްގެ މާގާމު ފުރަމުންދާ މީހެއްގެ ހައިސިއްޔަތުން ބުނެލަން އޮތީ ތިގޮތަށް އޮން އެރައިވަލް ވިސާ ނުދިނުމަ ކުން ފަރިއެއް ނުޖެހެއޭ. ކޮބާހޭ ރެޒިޑެންސް ވިސާގަ އުޅޭ ބޭރުގެ އިންވެސްޓަރުން، ޕްރައިވެޓް ޖެޓްގަ އެއިންވެސްޓަރުން އެބަައާދޭ، ކުރިއަތް އޮތް ތަނުގަވެސް އަންނަން ތިބީ އާއިލާ ގޮވައިގެން! މި ކަންތައް އިންގޭތީ މިބުނަނީ!! ސަރު ކާރުން ވިސްނަވަން ޖެހޭ ކަމެއް މިއީ
ތި ގޮތަށް ކިހިނެއް އަނބިދަރިންނާއި ދުރުގަ ހުރެވޭނީ. ރާއްޖޭގަ ނަން މަޝްހޫރު ރިސޯޓެއްގަ ސީނިއާރ މެނޭޖަރެއްގެ މާގާމު ފުރަމުންދާ މީހެއްގެ ހައިސިއްޔަތުން ބުނެލަން އޮތީ ތިގޮތަށް އޮން އެރައިވަލް ވިސާ ނުދިނުމަ ކުން ފަރިއެއް ނުޖެހެއޭ. ކޮބާހޭ ރެޒިޑެންސް ވިސާގަ އުޅޭ ބޭރުގެ އިންވެސްޓަރުން، ޕްރައިވެޓް ޖެޓްގަ އެއިންވެސްޓަރުން އެބަައާދޭ، ކުރިއަތް އޮތް ތަނުގަވެސް އަންނަން ތިބީ އާއިލާ ގޮވައިގެން! މި ކަންތައް އިންގޭތީ މިބުނަނީ!! ސަރު ކާރުން ވިސްނަވަން ޖެހޭ ކަމެއް މިއީ
ޗުއްޓީހަމަވީމަ ނޯޕޭ ނަގައިގެން ރިސޯޓުގައި ހުންނާށޯ. މިއީ ކޮންކަހަލަ އިންސާފެއް. މިއީ އަހަރުމެންނަށް ދޭ އަނިޔާއެއް. އެންމެފަހު ގެސްޓުން ފުރަނީ އޭޕްރިލް 15ގަ.
ރިސޯޓު ކުދިންނަށް އަދި ކިރިއާދޯ ތިޔާ ރޭކާލީ މިމީހާއަކީ މިފެން ވަރުމީހެއްކަން،،،،،،، ތިކުދިންކާރި ތިމަންނަވެރިކަމަށް ހޮވާދީފިނަމަ މުސާރަ10000 ދޭން ބުނީ މިމީހާ ކަން މިހާރު ތިކުދިން ހަނދާން ބަލިވީމަ ނޭގުނީދޯ،، 2018 ވޯޓު ދުވަސްވަރު ރިސޯޓުކުދިން ޖެއްސި ހުތުރު ވައްތަރާ ކީއެއްޗެހި އަހަރުމެން ހަނދާން ނުނެތޭ. އަދިވެސް އަތްޖަހާ.....
ރާއްޖެއަށް ކޮރޯނާ ވައިރަސް އައުން ކޮންޓްރޯލް ކުރަން އެބަޖެހޭ، އެކަމަށް އެކަމަކާއި ދެބަހެއް ނުވަން. އެހެނޭ ކިޔާފައި ފިނިކުރި ކޮޓަރީގައި ތިބެފައި އަމާބުނީތީ ފަރަށްދާއުސޫލުން ކަންކަން ކުރީމައި ކަމަކުނުދާނެ.
ރިސޯޓުތަކުގައި ތިބި މުވައްޒިފުން އެރިސޯޓުން ގެސްޓުންފައިބާތާ 14 ދުވަހަށް އެތަނުގައި ކަރަންޓީނުކުރުމުގެ ބޭނުމަކީކޮބާ؟ ގެސްޓުންނާއި ގުޅޭކަންކަމުގައި އުޅޭ ހުރިހާ އެންމެން ކަރަންޓީނުކުރަންޏާމު މާލޭ އެއާޕޯޓުގައި ގެސްޓުން ރިސީވްކޮށް ފުރުވާ އެއާޕޯޓް ރެޕުންނާއި، އިމިގްރޭޝަން ކައުންޓަރު ތަކުގައި ތިބޭ މުވައްޒިފުންނާއި އެއާޕޯޓްސްކޮމްޕެނީގެ ސެކިއުރިޓީ އާއި ޗެކިންސްޓާފުންނާއި ދެންވެސް ގެސްޓުންނާއި ކޮންޓެކްޓްވާ ހުރިހާ ސްޓާފުން ވެސް ތި އެއަރޕޯޓުން ނުފޭބޭގޮތަށް، އެންމެ ފަހު ގެސްޓްމީހާ ފުރައިގެންދާތާ 14 ދުވަސް ދުވަސްވަންދެން ކަރަންޓީނު ކުރަންވީނު.
ބަލަ ތޮއްޑޫ ވަހީދު ނުވަތަ ރައީސްމީހާ އާދެބަލަ މިރިސޯޓުތަކުގައި ތިބި މުވައްޒިފުންނަށް ދިމާވެފައިވާ ދަތިތަކާއި އެމީހުންގެ އުދާސްތަށް އަޑުއަހަން. 250 ޑޮލަރު މުސާރަ ލިބޭ މީހާއަށް މިހާރު މިލިބެނީ 125 ޑޮލަރު. މިއަށްވުރެން ތާހިރެއްނު މަސް ވަޅުލާފައިވާ ރަށަށް ގޮސް އަތިރިމަތީ ކޮރަކައްޔެއްބޭނޭތޯ އުޅުނަސް.
ގިނަ ރިސޯޓްތަކުން މިބުނަނީ ހުރިހާ މުވައްޒިފުންނަށްވެސް ލިބޭނީ މުސާރައިގެ ދެބައިކޮށްފައި އެއްބައިކަމަށް 6-5 މަސް ވަންދެން. އެކަމާއި ގުޅިގެން އެއްވެސް ލިޔުމެއް ނުލިބޭ. އެ ލިޔުމެއް ހޯދަން އުޅެގެންފިނަމަ ވަޒީފާ ގެއްލުމުގެ ބިރު އެބައޮތް. ސަރުކާރުން އިކޮނޮމިކް ފައްޔާޒު ބުނަނީ މުސާރަ ދަށްކުރިކަމަށް ސަރުކާރުން ބަލަނީ އެލިޔުން އޮތީމައި ކަަމަށް. މިއީ މިރިސޯޓް ބޯއިސް އާއި ގާލްސް އާއި މެދު ރިސޯޓް އޯނަރުންނާއި ސަރުކާރުން ކަންކުރާގޮތް.
މުވައްޒިފުންނަށް ދެރަގޮތެއްނަހަދާނެކަމަށް ބުނެ ހުވާކުރުމަށް ފަހު ނަގާލޯނުން ރިސޯޓް މަރާމާތުކޮށް އަޕްގްރޭޑްކޮށްލަނީ، މުވައްޒިފުން ތިބީ ހަމަ ފަނަރަ ދުވަހުގެ މުސާރަ ނަގައިގެން އަނެއް ފަނަރަ ދުވަހު އޮރިޔާމުން.
މިހާ ދަތިކޮށް ތިއްބާ އެބުނީ ގެސްޓުން ފައިބާތާ 14 ދުވަހުންނޭ ރިސޯޓުން ފޭބޭނީ. ތޮއްޑޫ ވަހީދާއި ރައީސް މީހާވެސް އައިސް 150 ޑޮލަރު މުސާރަ ހޯދައިގެން މިއިން ރަށެއްގައި ހަމީހުންގެ ކޮޓަރިއެއްގައި ނިދައިގެން ދިން އެއްޗެއްކައިގެން ބުނި މަސައްކަތެއް ކޮށްގެން 14 ދުވަސް ހަމަކޮށްލަބަލަ، ކުރާ އަސަރާއި އަނބިދަރިންގެ ވޭނީ އަޑު އިވޭނެ.
މިމީހުންނަށް ހީވަނީ މިބައްޔަކީ ރިސޯޓްތަކުގައި މަތިޖަހާ ރައްކާކޮށްފައި ހުރިއެއްޗެއްހެން. ރިސޯޓް މުވައްޒިފުންނަށް ޖެއްސުންކުރަނީ ތިބެގެން.
ތިހުރިހާ ޖެކެ ނުކިޔާ ރިސޯޓު މުވައްޒިފުންގެ މުސާރައިން ޕެންޝަނަށް ނަގާފައިވާ އެމީހުންގެ %7 ފައިސާ އެމީހުނަށް މަހުން މަހަށް ލިބޭނޭ ގޮތްހަދާ. ގާނޫނު އިސްލާހުކޮށްގެން ނަމަވެސް، ރައްޔިތުންނަށް ބޭނުންވާކޮންމެކަމެއް ކޮށްދިނުމަށް ގާނޫނު ހަދައި އެ އިސްލާހު ކުރުމަށް ފަސޭހައަކަށް ކަލޭމެންނަށް މަޖިލީހުގެ ސުޕަ މެޖޯރިޓީދީފައި ތިއޮތީ. މިރޭ ދަންވަރު މަޖިލިސް ހުޅުވައިގެން އިސްލާކުރަންވީނު. ނޫނީ ގޭގައި އަނބިދަރިން ގާތު ތިބެގެން އޮންލައިންކޮށް މަޖިލިސް ބާއްވައިގެން އިސްލާހުކުރަންވީނު.
ބަލަ ކަލޭމެން ތިއަރާމުގައި ތިއުޅެނީ އަހަރުމެން ރިސޯޓްބޯއިސް ގާލްސް ގެ ބުރަ މަސައްކަތުން ހޯދައިދޭ ފައިސާއިންނޭ، މިއަދު ގެސްޓުންނައިސް ރަންބިސް އަޅާކުކުޅު ބަލިވީމައި އެކުކުޅާއި އެ ބަލަހައްޓަން ތިބި މީހުން ވާނެ އެއްޗެއް ވާންދޫކޮށްލައިގެން ތިބެން ކަލޭމެން ލަދެއްނުގަނޭދޯ. ލަދުނެއްބަޔަކު ކޮން ލަދެއްގަންނާނީދޯ.
ރަންބިސް އަޅާކުކުޅު ބަލަހައްޓަން ތިބޭ މުވައްޒިފުންނަށް
ރައީސްމީހާ ހަމަ ތިގޮތަށް މާލޭ އެއާޕޯޓުގައި ގެސްޓުންގެ ކަންތަށްތަށް ބަލަހައްޓަން އެތިބަ ހުރިހާ މުވައްޒިފުންވެސް މާލެނޭރޭގޮތަށް އެއާޕޯޓުގައި ބަންދުކުރަންވީނު. އެމީހުންވިއްޔާ ގެސްޓުންނާއި ކޮންޓެކްޓް ވެފައިވެސް މާލެގޮސް އަނބިދަރިންގާތު ގޭގައި އެތިބެނީ، އަދި ނުވިތާކަށް މާލެތެރޭގައި އާއި ހުޅުމާލެ ވިލިމާލެއަށްވެސް އެދަނީ. އެހެންވީމައި ރައްޔިތުންގެ ސަލާމަތަށް މިބަލި އަޔަނުދިނުމަށް މާލޭ އެއާޕޯޓުގައި ގެސްޓުންނާއި ސީދާ ކޮންޓެކްޓް ވާ ހުރިހާ ދާއިރާއެއްގައި ތިބި ހުރިހާ މުވައްޒިފުންނަށް މާލެ ނުގޮސް އެއާޕޯޓުގައި ތިބެވޭނޭ އިންތިޒާމް ހަމަޖެއްސުމަށްފެނޭ.
ހަމަ އެކަނި ރިސޯޓް މުވައްޒިފުން ރިސޯޓުގައި ބަންދުކުރުމަކުން އެއީ ރައްކާތެރި ވެވުނީއެއްނޫން.
މިކަލޭގެޔާ ހެދި އަހަރުމެން ރެސޯޓުބޯއިން ބޯހަލާކުވެއްޖެ ކަޅުއިސްތަށި ނުރަޔަށްވެއްޖެ އަދިވެސް 14 މައްޗަށް14.
އަހަރުން އުޅޭ ރިސޯޓްއިން އެންމެ ފަހު ގެސްޓް މީހާ ފުރަނީ އޭޕްރީލް 7 ގަ އެދުވަހުން ފެށިގެން 14 ދުވަސް ވަނީ އޭޕްރީލް 21 އަށް. ރިސޯޓް އިން އަންގާފަ އޮތީ އޭޕްރީލް 1 ފެށިގެން ނޯޕޭގަ އޭ ހުންނާނީ. މީ ކިހާބޮޑު އަނިޔާއެއް ތޯ ރޯދަމަސް މިހާ ކައިރިވެފަ އޮއްވަ.