ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ވައިރަސް އާއި ގުޅިގެން ގއ. އަތޮޅުގައި ހިންގަމުން އަންނަ "ދަ ރެޒިޑެންސް މޯލްޑިވްސް" ރިސޯޓުގެ ބައެއް މުވައްޒަފުންނަށް، ފަހުން ބޯނަސް އެއްގެ ގޮތުގައި މުސާރައެއް ދޭގޮތަށް ފޮނުވާލަން ނިންމައިފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ދަ ރެޒިޑެންސް މޯލްޑިވްސް އިން ބައެއް ފިޔަވަޅުތައް އަޅަން ފަށާފައިވާއިރު، ރިސޯޓުން ނިންމާފައި ވަނީ، ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުން ދެ ބެޗަކަށް ބަހާލުމަށްފަހު ތިން މަސް ދުވަހުގެ މުއްދަތަކަށް އެއިން ބައެއް މުވައްޒަފުންގެ މުސާރަ ކަނޑާލުމަށްފަހު ކުޑަ ބޯނަހެއް ދޭގޮތަށް ރިސޯޓުން "ނޯ ޕޭ" ގައި ފޮނުވާލުމަށެވެ.

ދަ ރެޒިޑެންސް މޯލްޑިވްސް ރިސޯޓުން ކޮވިޑް-19 އާއި ގުޅޭގޮތުން އަޅާ ބައެއް ފިޔަވަޅުތައް އަންގައިދޭ ނޯޓިސް އެއް އެ ރިސޯޓުގެ ބައެއް މުވައްޒަފުންނަށް މިހާރު ފޮނުވާފައިވާއިރު، އެ ނޯޓިސްގައި ބުނެފައި ވަނީ މި ފިޔަވަޅުތައް އަޅަން މެނޭޖްމަންޓުން ނިންމާފައިވަނީ ކޮވިޑް-19 ގެ ސަބަބުން ރިސޯޓަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިވުމުން ކަމަށެވެ.

އެހެންކަމުން ރިސޯޓުން ފޮނުވާލަން ހަމަޖެހުނު ފުރަތަމަ ބެޗްގެ މުވައްޒަފުންގެ މުސާރައިގެ 25 އަށް ވާވަރުގެ ބޯނަސް އެއް، ތިން މަސް ފަހުން އެ މުވައްޒަފުން އެނބުރި ވަޒީފާއަށް ނިކުތުމުން ދޭނެ ކަމަށް ރިސޯޓުން ފޮނުވި ނޯޓިސްގައި ބުނެފައި ވެއެވެ. މި ނޯޓިސްގައި ބުނެފައި ވަނީ، ފުރަތަމަ ބެޗް ރިސޯޓުން ފޮނުވާލާއިރު ރިސޯޓުގައި ބޭތިއްބުމަށް ހަމަޖެހުނު މުވައްޒަފުންގެ މުސާރަ ހިނގާނެ ކަމަށެވެ. ނަމަވެސް ދެވަނަ ބެޗްގެ މުވައްޒަފުން އަލުން ވަޒީފާއަށް ނިކުތުމުން، ކުރިން ރިސޯޓުގައި މަސައްކަތްކުރި ބެޗްގެ މުވައްޒަފުން ވެސް ހަމަ މިގޮތުގެ މަތީން މުސާރައިގެ 25 އިންސައްތަ އަށް ވާވަރުގެ ބޯނަސް އެއް ދޭގޮތަށް ތިން މަސް ދުވަހުގެ މުއްދަތަކަށް ފޮނުވާލަން ހަމަޖެހިފައިވާ ކަމަށް ނޯޓިސްގައި ބުނެފައިވެއެވެ.

ރިސޯޓުން ނެރެފައިވާ ނޯޓިސްގައި، މުވައްޒަފުންގެ މުސާރަ ކަނޑާލުމަށްފަހު 25 އިންސައްތަ ބޯނަސްއެއް ދޭން ނިންމާފައިވާއިރު، މެޖޭންމަންޓް ލެވެލް އިން ފަށައިގެން އެންމެ ދަށް މުސާރަ ލިބޭ ފަރާތްތަކަށްވެސް މި ބޯނަސް ދޭން ހަމަޖެހިފައި ވަނީ 25 އިންސައްތަ މުސާރައަށް ބަލައިގެންނެވެ. އެހެންކަމުން، ކުޑަ މުސާރަ ލިބޭ ފަރާތްތަކަށް 25 އިންސައްތަ އަކީ މަދު އަދަދެއް ކަމަށް ވާތީ، މި ނިންމުން އިންސާފުވެރި ނޫން ކަމަށް ބުނެ ރިސޯޓުގެ ބައެއް މުވައްޒަފުން ދަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.

ދަ ރެޒިޑެންސް މޯލްޑިވްސް ރިސޯޓުން "ވަގުތު" އަށް މަޢުލޫމާތު ދިން މުވައްޒަފަކު ބުނީ "ބޮޑު މުސާރަ ލިބޭ ފަރާތްތަކާއި ކުޑަ މުސާރަ ލިބޭ މީހުންނަށް ވެސް އެއް އިންސައްތަ އަކުން މުސާރަ ކުޑަކުރުމަކީ ކަންބޮޑުވުމެއް" ކަމަށާއި އަދި "އެބައި ވެސް ފަހުން ދިނުމަކީ ބަލައިގަނެވޭ ނިންމުމެއް ނޫން" ކަމަށެވެ.

ޗުއްޓީ ހިނގަމުންދާ ބައެއް މުވައްޒަފުންވެސް މިވަގުތު ރެޒިޑެންސް މޯލްޑިވްސްގައި އެބަތިއްބެވެ. އެ މުވައްޒަފުންނާއި، ރިސޯޓުން ފޮނުވާލުމަށް ހަމަޖެހިފައިވާ ބެޗުގެ މުވައްޒަފުންނަށް ވެސް ރަށަށް އަނބުރާ ދެވޭނެ ގޮތެއް އަދި ހަމަޖެހިފައި ނެތްއިރު، އެކަމާއި ގުޅިގެންވެސް ބައެއް މުވައްޒަފުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން ސަރުކާރުން މީގެ ކުރިން ވަނީ ރިސޯޓުން ރަށަށްރަށަށް މީހުން އަރައިފޭބުން މަނާކޮށްފައެވެ.

"ޗުއްޓީ ނަގައިގެން ތިބި މުވައްޒަފުންވެސް އެބަތިބި. އެ މީހުންނަށް ރަށަށް ދެވެނީ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ފަހުން. އެހެންވީމަ އާއިލާ އާއި އަނބިދަރިންގެ ގާތަށް ނުދެވި މިތަނުގައި ތާށިވެފައި ގިނަ ބަޔަކު މިވަގުތު ތިބީ. އަޅުގަނޑުމެން ވެސް މިތިބީ މި ދަނޑިވަޅުގައި އަޅާ ފިޔަވަޅުތަކަށް ބޯލަނބައިގެން. އެކަމަކު މި ކަންބޮޑުވުންތަކަށް ހައްލެއް ލިބިގެން ދިއުމަކީ އަޅުގަނޑުމެންގެ އެދުމެއް،" ދަ ރެޒިޑެންސް މޯލްޑިވްސް އިން ވަގުތު އަށް މަޢުލޫމާތު ދިން މުވައްޒަފަކު ބުންޏެވެ.

ކޮވިޑް-19 ފެތުރެމުންދާތީ ރާއްޖޭގެ އެހެން ބައެއް ރިސޯޓުތަކުގައި ވެސް ފިޔަވަޅުތަކެއް އަޅާފައި ވެއެވެ. އޭގެތެރެއިން ބައެއް ރިސޯޓުތައް ހިންގުން ވަގުތީ ގޮތުން ހުއްޓާލައި ބަންދު ވެސް ކޮށްފައި ވެއެވެ. ނަމަވެސް ދަ ރެޒިޑެންސް މޯލްޑިވްސް ރިސޯޓުގެ އިތުރުން ފިޔަވަޅު އަޅާފައިވާ އިތުރު ރިސޯޓަކުން، މުވައްޒަފުންނަށް ތިންމަސް ފަހުން މުސާރަ ދޭގޮތަށް ފޮނުވާލަން ނިންމި ކަމެއް އެނގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. Anonymous

  މުޙައްމަދު ޢަލީ ޖަނާހް ސިންގަޕޫރު މިލިޔަނަރުންގެ ބޮލަށް އެރި އިންވެސްޓްކޮށް މިހާރު އެ ރިސޯޓް ހިނގައިރު މުވައްޒަފުން ނަށް ވަރަށް އިހާނެތިކޮށް ހިތާ އަބަދުވެސް

 2. ރިސޯޓްބޯއި

  ރެސިޑެންސް މެނޭޖްމަންޓް އިން ރަނގަޅުތާ. މުސާރައިގެ 25 އިންސައްތަ ވިއްޔާ އުނިކުރީ. ރާއްޖޭގެ ނަންމަޝްހޫރު ބޮޑެތި ގިނަ ރިސޯޓުތަކުން އުނިކުރީ 25 އިންސައްތަ. އެވެސް ފަހުން އިއާދަކުރާގޮތަކަށްނޫން.
  ރަނގަޅުވާހަކައެއް އިންސައްތަ އުނިކުރާއިރު ހުރިހާ މުވައްޒިފުންނަށް ހަމަހަމަކޮށް އެކަން ކުރުމަކީ އިންސާފެއްނޫން.
  މިސާލަކަށް ޑިޕާޓްމަންޓް މެނޭޖަރަކަށް 3000ޑޮަލަރު ރޫމްބޯއިއަކަށް 250ޑޮލަރު ލިބޭ އިރު 25 އިން ސައްތަ ހެދީމައި މިވަނީ ކިހިނެއްތޯ؟ ބުރަ މަސައްކަތް ކުރަން ތިބެނީ މަދު މުސާރަ ލިބޭމީހުން. ރިސޯޓްތަކުގެ މަސައްކަތުމީހުން، ވެއިޓަރުން، ރޫމްބޯއި، ލައުންޑަރީ، ބޯޓް ސެކްޝަން ގައި ތިބި އާދައިގެ މުވައްޒިފުން އަތުން އެއްޗެއް ނުކަނޑައި، ރިސޯޓުގައި ތިބޭ އެގްޒެކެޓިވް ޓީމާއި ޑިޕާޓްމަންޓް މެނޭޖަރުން ނާއި އެސިސްޓަންޓް މެނޭޖަރުން އަތުން އެއްޗެއްކެނޑުން ރަނގަޅުކަމަށްދެކެން. އެވެސް ބިޒްނަސް ރަނގަޅުވީމައި އެބައި ލިބޭގޮތަށް.

  5
  3
  • ..އެމް ޕުލޯއި 0021

   ޓިގޮތަށް ލިބުނީމަ ދޭގޮތަށް މަވެސް ހާލުގަ ހަމަ ޖެއްސީ ތި ރެސިދެންސް މެނޭޖާ ސުންދަރަމް ހަމަ އަޑީގަ ހުރެގެން ވިސްނާ އެންމެން ( ކުރިޔަޔައް އަދި ތަފްސީލް އޮތީ )

 3. Anonymous

  ދަ ރެސިޑެންސް މޯލްޑިވެސް ގެ މެނޭޖްމެންޓް ތީ ވަރަށް މަކަރުވެރި ބައެއް ތިބި ތަނެއް. ސަބަބަކީ އެ މީހުންނަށް އޮޅުވާލާފަ ކުރި ހޯދަން މަސައްކަތް ކުރާތީ. ތިކަމުގައި ވެސް އަދައިގެ ސްޓާފުން އަށް ނޯޕޭ ދީފަ ރަށައް ފޮނުވާލާ އިރުގަ މެނޭޖުމެންޓު ގެ ބޮޑު މުސާރަ ވެރިން ރެސިޑެންސްގަ ކަމެއް ނެތިފަ ވެސް މުސާރަ ލިބި ލިބި އޮޅުވާ ލުމުގެ ތެރެއިން ރެސިޑެންސް ގެ ދިގު ރަށައްވެސް ބަޔެއް މެނޭޖްމެންޓް ގެ މީ ހުން ވަޒީފާ އަށް ނުކުންނަ ގޮތައް ފޮނު ވާލީ. އަދި ހަމަ ފާހަގަ ކޮއްލަން ބޭނުން މިކަހަލަ ކޮންމެ ކަމެއްގަ ވެސް ދިވެހި ކުދިން ހަމަ ނިކަމެތި ކޮއް ލަނީ.... ( ސުންދަރަމް ވިސްނާތި ތި މަކަރުވެރި ކަން މަތީ ގަ ނުހުރެވޭނެ)