އަންނަ އޭޕްރީލް މަސް ނިމޭއިރު ރާއްޖެ ޗައިނާ އާއި ސައުތު އީސްޓް (ދެކުނު އިރުމަތީ) އޭޝިއާގެ ގައުމުތަކަށް ރާއްޖެ ހުޅުވާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާ އާއި އެ ސަރަހައްދުގެ އެހެން ގައުމުތަކުގައި ބަލީގެ ހާލަތު ކޮންޓްރޯލު ވަމުން އަންނަ ކަމަށެވެ. "ރާއްޖޭގައި ކޮވިޑް ނެތް ކަމަށް ވަންޏާ، އަޅުގަނޑު މި ބަލަނީ މި މަސް ނިމެންވާއިރަށް، އިރާދަކުރެއްވިއްޔާ ކޮވިޑް ޖެހިފައި ހުރި އެއްވެސް ޕޮޒިޓިވް މީހެއް ރާއްޖޭގައި ނުހުރެ ވޭތޯ. އެހެންވެއްޖެނަމަ، އަޅުގަނޑުމެން ޗައިނާއަށް، ސައުތު އީސްޓް އޭޝިއާ އަށް ރާއްޖެ ހުޅުވާލެވޭނެ އޭޕްރިލް މަސް ނިމެންވާއިރަށް. އެއީ ޗަައިނާ، ޖަޕާން، ކޮރެއާ. އެހެންވީމާ މި މާކެޓުތައް ހުޅުވިގެންދާނެ ކަމަށް މި ބަލަނީ،" ރައީސް ވިދާޅުވިއެވެ.

ނަމަވެސް ރައީސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ހަމައަކަށް އެޅެން އަހަރެއް ހައިދުވަސް ނަގައިފާނެ ކަމަށެވެ. ރައީސް ވިދާޅުވީ ޖަރުމަންވިލާތުގެ ފަތުރުވެރިން ރާއްޖެ އައުމަށް ބުކިން ހަދަން އެދެމުންދާ ކަމަށާއި މީގެ ތިން މަސް ފަހަށް ބުކިން ހެދުމަށް ޖަރުމަނުގެ ޓުއަ އޮޕަރޭޓަރުން ރާއްޖޭގެ ޓުއަ އޮޕަރޭޓަރުންގެ ފަރާތުން އެދެމުންދާކަމަށެވެ.

މިހާރުވެސް 20000 އަށް ވުރެ ގިނަ ބުކިންގްސް ޖަރުމަންވިލާތުން ލިބިފައިވާ ކަމަށާއި އެއީ އުއްމީދެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިހާރު ކުރިމަތިވެފައިވަނީ އިގްތިސޯދީ ކްރައިސިސްއެއް ނޫން ކަމަށާއި ފައިނޭންޝަލް ކްރައިސިސް އެއް ނޫން ކަމަށެވެ.

ޚަރަދު ކުރުމުގެ ވިސްނުން ވެސް މީހުންގެ ކިބައި ގައި އެބަހުރިކަން ފާހަގަ ކުރައްވާ ރައީސް ޞާލިހު ވިދާޅުވީ ބޭންކުތަކާއި އާންމުންގެ އަތުގައިވެސް ފައިސާ އެބަހުރި ކަމަށެވެ. "މިކަން ނިމުމާއެކު މިއަހަރުގެ ފަހު ކުއާޓަރާއި އަންނަ އަހަރުގެ ފުރަތަމަ ކުއާޓާރުގައި ބޮޑު ބޫމް އެއް ޓޫރިޒަމް އިންޑަސްޓްރީ އަށް އަންނާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް މިއަދު ވަނީ ކޮވިޑް-19 އާއި ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އެހީތެރިވެދޭ، ރާއްޖޭގެ ވިޔަފާރިވެރިންނަށާއި، ރިސޯޓް އޯނަރުންނަށާއި، ހިލޭ ސާބަހަށް މަސައްކަތްކޮށްދެއްވާ ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކުދުވާނޑި މުހުންމާ

    ތިއޮތީ ކޮންޓްރޯލްވެފައި، ތިއުޅެނީ ތިބަލި މިރާއްޖޭގެ މީހަކަށް ނުޖެހިގެން ހިފިނުހުރެވިގެން.

    22
    5
  2. އަލީ ބަލީ

    އަލީ ބަލީ ބަޑައްބަލީ ، ޗައިނާއަށް ހުޅުވާނުލައި އުންޑިއާއަށް އެ ކަނި ބަރޯސާވުމުން އެގިއްޖެތާ ރަގަޅުނޫން ކަން

  3. ދަގަނޑު

    ބެއްޔާ އެއްޗެއް ބުނާއިރު ﷲ ގެ އިރާދަފުޅު މިބަސް ބޭނުން ކޮށްބަލަ ބުނަންޖެހޭނީ ﷲ އިރާދަފުޅުން އެޕުރީލް ނިމޭއިރު އިރުމަތީ އޭސިޔާގެ ގައުމުތަކަށް ރާއްޖެ ހުޅުވާލެވޭނެ ލާދީނޭ ބެއްޔާއަށް ރައްޔަތުން ކިޔަނީ ކިޔަންޖެހޭތީ.

  4. Anonymous

    ޜ.އިބޫ ސާލިހު ތިއުޅުއްވަނީ ތިމެންނަ އާކަމެއް ކޮށްދޭން އުޅެނީކަމަށްހަދާ ރައްޔިތުން އޮޅުވާލަންތ؟؟ރ.މައުމޫނުވެސް ކޮށްފައޮތްކަމެކޭތިއީ، އިރުމަތީގެ ހުރިހާ ގައުމަކަށްވެސް އަދި މުޅިދުނިޔެއަށްވެސް ޓްއަރިޒަމާއި ހުރިހާ ވިޔަފާރިއަކަށް މިގައުމުވަނީ މާކުރީއްސުރެން ހުޅުވާލެވިފައޭ،

  5. ވައިރަސް

    ރިސޯޓް އޯނަރުންނަށް ޝު ކުރިއްޔާ... ކޮބާތޯ ރިސޯޓް މުއައްޒަފުން....

  6. Anonymous

    ދަނގަޑާ ބުނަން މިއެމްޑީޕީ މީހުންގެ ވާހަކައިގައި ނިކަން ހަނދާން ނެތޭނެ ހެއްދެވި ފަރާތާއި އިރާދަފުޅާއި. މީއާކަމެއްނޫން. ނަޝީދު ވެސް ބުންޏެއްނޫންތަ ދުނިޔެއެއް ނުހުއްޓުވޭނެއޭ ރާއްޖޭއެއް ނުހުއްޓުވޭނެއޭ މުޣްނީވެސް އިދިކޮޅަށް ޖައްސާ ފައޭ. މާގަދަފަދަ ވެގަނެގެން އުޅޭބައެއްމީ ކޮވިޑުންނާއި މިވެރިންގެ ދުލުވިހައިން މިފަސްގަނޑު ސަލާމަތް ކުރަން ވާތޯ ހުރިހާ ދިވެހިން ދުޢާ ދަންނަވަންވީ

  7. ވައިރަސް

    ހުޅުވެއިރު އަނގަޔާ އަތަކާ ދިމާނުވާނެ....

  8. އަހުމަދު

    ބޭންކް ތަކާއި މީހުންގެ އަތުގައި ފައިސާ އެބަހުރި.. ރައީސް... މީ ކޮން ވާހަކަ ފުޅެއްތޯ
    މިއީ އިގްތިސާދީ ކާރިސާ އެއް ނޫނޭ ތަކުރާރުކޮށް ވިދާޅުވި ... އިކޮނޮމިކްސްގެ ބޭރުގަނޑު ކިޔެވި މީހަކަށް ވެސް އިނގޭނެ އިގްތިސާދީ ކާރިސާ އަންނަނީ ހުސް އެކަނި ފައިސާ އިންނޫންކަން.... ތަނެއްގައި ފައިސާ ދައުރުވާން ނުލިބޭނަމަ ތަންދާނީ އިނދަޖެހެމުން މުއްސަނދިންނާއި ބޭންކް ތަކުގައި ހުންނަ ފައިސާ ދައުރު ވެގެން ނޫނީ އިގްތިސާދު ކުރިނާރާނެ... ބޭންކް ތަކުން ދައުރު ވާ ޑޮލަރު އާންމުން ނައި ހަމަ އަށް ނުކުންނަން ޖެހޭ އެކި ބޭނުންތަކުގައި ރާއްޖޭން ބޭރުގައި ތިބި މީހުންނަށް ޑޮލަރު ލިބޭނީ ބެންކަކުންނޫން ކަޅު ބާޒާރުން ކަޅު ބާޒާރަށް ޑޮލަރު ލިބެނީ ރިސޯޓް މުވައްޒަފުން މާރުކުރާ ޑޮލަރުން ކުދި ވިޔަފާރި ވެެެރިން ޑޮލަރު ހޯދަނީ ކަޅު ބާޒާރުން ... ބެންކުތަކަށް ލޯނުގެ ގޮތުގައި ފައިސާ ނުވަންނަންޏާ ބޭނުން ކުރާނެ ފައިސާ ނުހުންްނާނެ

  9. އިބްރާހިމް

    އިރުމަތީ އޭޝިޔާއިން ޓުއަރިސްޓުން ގިނައިން އަންނަނީ ޗައިނާއިން. ޗައިނާއަށް އެތިވަރު ގޮވައިގެން ހަމަޖެހިގެން އުޅެވެން އެބައޮތްތޯ؟