ވަކި މީހަކަށް ވަކި ގޮތެއް ނުހައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވިއިރު އެމްއެމްޕީއާރްސީ މައްސަލައިގައި އަދީބާއި ޒިޔަތަށް އިއްވާފައިވާ ހުކުމް ގޭގައި ތަންފީޒް ކުރަމުން ނުގެންދޭތޯ ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ނުރުހުން ފާޅުކުރައްވައިފިއެވެ.
ކޮވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި ކުރީގެ ރައީސް ޔާމީން ދޫކޮށްލުމާއި ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިހް ވިދާޅުވީ ޖަލުގައި ހުރި ވަކި މީހަކާއި މެދު ވަކި ގޮތަކަށް ކަންތައްތައް ކުރެއްވުމެއް ވިސްނުންފުޅެއް ނެތް ކަމަށެވެ.
ރައީސްގެ ވާހަކަފުޅަށް ރައްދު ދެއްވާ ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ވަކި މީހަކަށް ވަކި ގޮތެއް ނުހައްދަވާނެ ކަމަށް ރައީސް ވިދާޅުވިއިރު އެމްއެމްޕީއާރްސީ މައްސަލައިގައި އަދީބު އާއި ޒިޔަތަށް އިއްވާފައިވާ ހުކުމް ގޭގައި ތަންފީޒް ކުރަމުން ނުގެންދޭތޯ؟ ރައީސް ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް. އަދީބު ފިލަންދިޔައީވެސް ގޭގައި ހުއްޓާ." ކަމަށެވެ.
ވަކި މީހަކަށް ވަކި ގޮތެއް ނުހައްދަވާނެ ކަމަށް ރައީސް ވިދާޅުވިއިރު އެމްއެމްޕީއާރްސީ މައްސަލައިގައި އަދީބު އާއި ޒިޔަތަށް އިއްވާފައިވާ ހުކުމް ގޭގައި ތަންފީޒް ކުރަމުން ނުގެންދޭތޯ؟ ރައީސް ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް. އަދީބު ފިލަންދިޔައީވެސް ގޭގައި ހުއްޓާ
— Mohamed Jameel Ahmed (@MJameelAhmed) March 25, 2020
އެމްއެމްޕީއާރްސީގެ މައްސަލައިގައި އަދީބުގެ މައްޗަށް އިއްވި ހުރިހާ ޙުކުމެއް މިހާރު ވަނީ ބާތިލް ކޮށްފައެވެ. ނަމަވެސް އޭނާގެ މައްޗަށް ދައުލަތުން ވަނީ ފަހުން ދައުވާތަކެއް އުފުލާފައެވެ. އެދައުވާތައް އުފުލިތާ މިހާރު މަސްތަކެއް ފާއިތުވެގެން ގޮސްފައި ވާއިރު އަދިވެސް މައްސަލައިގެ ޝަރީޢަތް ކުރިއަކަށް ނުގެންދެއެވެ. ޒިޔަތުގެ މައްޗަށް ވެސް ދައުވާތަކެއް އުފުލާފައި ވާއިރު އެމައްސަލައިގެ ޝަރީޢަތްތައް ވެސް ކުރިއަކަށް ނުދެއެވެ.
އަދީބާއި ޒިޔަތަކީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ބައިވެރިން ކަމަށް އެބޭފުޅުން ވަނީ އަމިއްލަފުޅަށް އިއުތިރާފް ވެސް ވެފައެވެ. ނަމަވެސް 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އެބޭފުޅުން ތިއްބަވަނީ ގޭ ބަންދުގައެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތައް ލިބެން ޖެހުނު އެއްމިލިއަން ޑޮލަރެއް ރައީސް ޔާމީން އެކައުންޓަށް ޖަމާކޮށް އެއިން މަންފާ ހޯދިކަމަށް ބުނެ އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލާފައި ވާއިރު، އެމްއެމްޕީއާރްސީގެ އެހެން ހުރިހާ މައްސަލައެއްގައި ވެސް ރައީސް ޔާމީންގެ ބައިވެރިވުން އޮތް ކަމަށް ބުނެ ފުލުހުން މިހާރު ތަޙްޤީޤެއް ކުރިއަށް އެބަގެންދެއެވެ.
ބަލަ ޖަމީލު ކުއްލިއަކަށް ރާސް ޔާމިން މާހެޔޮ އެދެން ފެށީ ކީއްވެބާ!!!. މިއީ ގައުމަސް ޣައްދާރު ވުމަކީ. އަޑީގައި އެތަށް އެއްޗެއް ފޮރުވާފައި އަމިއްލަ ފައިދާ އަށް ނުކުމެ ރައްޔިތުންނަށް އޮޅޭ ގޮތްގޮތަށް ވާހަކަ ދެއްކުން.
ކުނި ބޮނޑިބަތް
ހިންނަވަރު އިބުރާހީމަކީ ދެއުޅި އެންނުވާ މީހެއް ދެއްކެވާހަކައެއް ނުދެއްކޭވާހަކައެއްނޭގޭ ރޯނުއެދުރެއް މިއީހަމަ ގަމާރެއް؟؟
އަދުލު އިންސާގު ގާއިމު ނުކުރެވޭ ގައުމެއްގަ ކޮންސަރުކާރެއް ކޮން ރައީސެއްތޯ؟؟ ތިމަންނަ ވެރިކަމަށް ސަވާރުމިވީ އިންސާފު ގާއިމުކޮށް ޒީރޯޓޮލަރެންސް ހައި ސްޕީޑްގަ ކޮރަޕްޝަންގެ ޝަރީއަތް ހިންގާށޯ؟؟ ރ.މައުމޫނުގެ ވެރިކަމުގަ އެމަނިކުފާނުގެ ޅިޔަނު އިލްޔާސު ހިންގި އެފްޕީއައިޑީގެ ޚިޔާނާތް ފަދައިން ހިންގާފައިވާ އެއްމެބޮޑު ކޮރަޕްޝަނަކީ އެމްއެމްޕީއާރސީގެ ކޮރަޕްޝަން، އެކޮރަޕްޝަން 200އަށްވުރެގިނަ ކުރީސަރުކާރާއި މިސަރުކާރުގެ އިސްބޭފުޅުން (ރ.އިބޫ ސާލިޙާއި އެމްޑީޕީގެ މަޖިލިސް މެމްބަރުން) ހިމެނޭގޮތަށް ވާއިރު މިހުރިހާމީހުން ސާފު ތެދުވެރިންނަށްވެ އެހުރިހާ ޚިޔާނާތް އެވަނީ ކުރީގެ ރ.ޔާމީން ބޮލުގައަޅުވާ، ޒީރޯ ޓޮލަރެންސްގަ ޝަރީއަތް ނިންމާފަ ހުކުމްކޮށްކޮށް ޖަލަށްލާފައި، އެހުރިހާ ޚިޔާނާތުގެ މައި ޢައްދާރުން އަދި ރ.ޔާމީނު މަރަން ބޮންގޮށްވި ޖަރީމާ ހިންގިމީހުންނަށް ކުރާނެ ޝަރީއަތެއް ދޭނެ އަދަބެއްވެސްނެތް، މިއީތޯ ރ.އިބޫ އެވިދާޅުވާ ވަކިމީހަކަށް ވަކިގޮތެއް ނަހަދާ ގާނޫނުގެ ތެރެއިން ޖަލަށްލެވޭ މީހުންނާއީ ހިންގާ ޝަރީއަތްތައް ކުރިއަށް ގެންދަންޖެހޭ ގޮތަކީ؟؟؟މިފަދަ އިންސާފުވެރި ޝަރީއަތް ހިންގާ ޙުކުމްއިއްވި ފަނޑިއާރާއި ޝަރީއަތް ހިންގުވި ސަރުކާރުގެ އިސްވެރިންނަށް ﷲ ހަނދުމަވެ ހަމަަނިދި ނިދޭބާއޭ ހިތަށްއަރާ؟؟؟
ޖިނާއީ އިޖުރާތުގެ މައްސަލަ ތަކަށް އަލި އަޅުވާ އިރު ރައީސު ޔާމިނު އާއި އެ 2 މީހުންނާއި އަޅުވާ ނުކިޔޭނެ
ހުރިހާ ކަމެއްކުރި މީހާ ގޭގަ.. ކަމެއް ނުކޮށް ހުރި މީހާ ގޮޅީގަ . .
ވަކިމީހަކަށް ވީތީ ތަފާތު ނުކުރާނެމޭ މިހާރުވެސް ދުލުން ބުނަތީ އަޑުއިވޭ .ބަލަ ރޯމާދުވާލުގަވެސް ހަދާދޮގު
އެމްއެމްޕީއާރުސީ ގެ މައްސަލައިގެ މާސްޓަރ މައިންޑް އަދި ހުރިހައި ފައިސާއެއް އުނގަށް އެޅީމާ ހުންނަން ވާނީ އެތާގަ. ދެންތިބީ ޔާމީން އެކަން ކުރުވި މީހުން.
މިއީ އަންނި އަގަމަތީ ޓޭޕް އަޅައިގެން ރައީސް މީިިހާ ޗައިނާ އަށް ކުޑަސިޓީ ލިޔެގެން ޑަމީ ޖައްސާ ގަޑިއޭ. ޔާމީން ނިކުތީމަ ފަނިކޮށްލާނެ. ޓޭޕް ނަގަނީ ރޭގަނޑު ޕާޓީ ޓައިމް އެކަނި މިހާރު
ޖަމީލުގެ ހިޔާލަށް އިހުތިރާމްކުރަން ، ނަމަވެސް ރައީސުލްޖުމްހޫރިއްޔާއަށް އޮންނަ ބާރުގެ ދަށުން ބައެއްމީހުންނަކީ ގޭގައި ތިއްބަންޖެހޭބައެއް.
ޖަމީލްބެ މިއުޅެނީ މޮޔަވެގެންތަ.... މީގެ އަހަރުތަކެއް ކުރިން ހާދަވަރަކަށް ތި ސަލާމަތްކުރަން އުޅޭ ޤައުމަށް ހިޔާނާތްތެރިވެފައިވާ މީހާ އަށް ހާދަވަރަކަށޭ ޖަމީލްބެ ހުތުރު އެއްޗެހި ގޮވީ، ދެން ޖަމީލްބެ ޕޮލިޓިކްސް އިން ދުރުވަން އުޅެ.... ހިޔެއް ނުވޭ މީހުން އަޑު އަހާހެން ޖަމީލްބެގެ ވާހަކަ...
މމޕރސ ފައިސާއިން މޑޕ ކެންޕޭނަށް ވަރަށް ބޮޑަށް
ބޭނުންކުރެވިފައިވަނީ އަދީބުގެ އެހީތެރިކަން ލިބިގެންކަމަށް ވާ
ނަމަ އަދީބު ޖަލުގައި ބެހެއްޓުމުގެ ބޭނުމެއް ނެތެވެ އަދި
ރާއްޖޭގައި ހުރި އެންމެބޮޑު މުޖުރިމް ހުދު ފޮތިކޮޅަކަށް ހެދުމުގައިވެސް އެފައިސާ ބޭނުންކުރިއިރު އޭނާ ޖަލުގައި
އޮންނަންޖެހޭ ސަބަބެއްނެތެވެ.
ރައީސް މަޢުމޫނުގެ ހަޔާތުގަ ހެދުނު ދެގޯސް ތެރެއިން އެއްގޯސް އެއީ މީނައަށް ނައިބުރައީސްކަން ދެވުނުކަން!
އަދީބަކީ ގަންޖާބޯ ޔާމީން ސަރުކާރުގައި އެޅުވި ފަންޏެއް . ވީމާ އޭނާހުންނާނީ ގޭގައި ނޫންތޯ ؟
ބަލަ ނަޝީދު ބުންޏެއްނު އެސަރުކާރު ގައި ވާ ތިމަންނަ އެޅުވި ފަންޏެކޭ އަދީބަކީ
ބަލަ ނަޝީދު ބުންޏެއްނު އެސަރުކާރު ގައި ތިމަންނަ އެޅުވި ފަންޏެކޭ އަދީބަކީ. ކޮމެންޓް ކުރައްވާ ބޭފުޅުން ޖަމީލަށް އެއްޗެހި ކިއުއްވުމުގެ ޖާގައެއްނެތް. ޖަމީލު ގެ ކުށެއްނެތް އެއީ އިޚްލާޞްތެރިއެއް. ނޫންނަމަ މިއަދުވެސް ރ. ޔާމީންގެ ދިފާއުގައި ވާހަކަ ފުޅު ނުދައްކަވާނެ. ބަދަލު ހިފުމުގެ ރޫޙެއްނެތި ރ. ޔާމީން އާއި މިފަސްގަނޑުގެ މިނިވަންކަން ސަލާމަތް ކުރުމަށް ކުރައްވާ މަސައްކަތަށް ޕުޅަށް ހިފެހެއްޓުމެއްނެތް ލޯތްބާއި ޝުކުރިއްޔާ. ޙަޤީޤަތް ވަނީ ޙަޤީޤަތަށް. އެއްވެސް ބޭފުޅަކު ޙަޤީޤަތާއި ދެކޮޅު ނަހައްދަވާ. ރ.ޔާމީން ހޮވުމަށް އެމަނިކުފާނު ކުރެއްވި ކޭމްޕޭން ލޮލޮން ދުށިން. ސީދާ އަމިއްލަ ފުޅަށް ފޯއްމުލަކު ގައިވެސް ގޭގެއަށް ވަޑައިގެން ހާދަފޯރީގައޭ ކެމްޕޭން ކުރެއްވީ. ރ. ޔާމިން އަށް މިއަދު މިހާލު ޖެހުނީވެސް އެމަނިކުފާނު ދުރައްލައިފައި އަދީބު ކައިރިކުރި ކުރީނުން
ޤާނޫނު އަސާސީއަކީ އެމްޑިޕީން ފައިދަށުލާފަވާ އެއްޗެއް މަޖިލީހުގެ ނައިބުރައީސް އީވާއާއި ޑިފެންސް މިނިސްޓަރާ ދެ ބޭފުޅުން ތިޔަ ފައިދަށުލާ ވީދާލިތާ އެތައް ދުވަހެއްވެއްޖެ އެމްޑީޕީއަކަށް ޤާނޫނު އަސާސީއެއް މުހިންމެއްނޫން އެމްޑިޕީ ބޭނުންވާ ގޮތަކަށްކަންކަން ނިންމާނީ އިންސާފަކީ އެމްޑީޕީ މަޖިލީހުގެ މެމްބަރުގެ ހިތުގަވާއެއްޗެއް އަދީބާ ޒިއަތު ޖަލުހުކުމުގަ ތިއްބާ ގެއަށް ބަދަލްކުރީ ސިއްރު އެޖެންޑާ 19 ގެ ދަށުން ޔާމީނާ ދެކޮޅަށް ޝަރީޢަތުގަ ހެކިބަސް ހޯދަންވެގެން އެހެންވީމާ އަދީބު ހަމަ ގޭގަ ހުންނަވާނީ ޔާމީނު ޖަލުގަ އެއީ ޕްލޭނަކީ އެއީ އެޖެންޑާ19 ގައި ކަނޑައެޅިފަވާ ގޮތަކީ
އަދީބަކީ ހުކުމެއްގަ ހުރި މީހެއް ނޫން. ބަދަލު ހިފަން ބަހައްޓާފަހުރީ
ތަފާތު ނުކުރަމޭ ބުނާއިރު ކޮބާ ކުޑަކުއްޖެއްގެ މައްސަލައިގައި ޖަލު ޙުކުމެއްގައިހުރި އަންނިގެ އައުވާނު ހޯރައިއިއްބެ މިހާރު ކޮބާ؟ އެއީވެސް ވަކިމީހެއްނޫންބާ؟؟؟ އެމްޑިޕީ ބޭނުން މީހަކު ދޫކުރަނީ ބޭނުން މީހަކު ގޭބަންދަށް ބަދަލްކުރަނީ ސަގަރު ލުތުފީވެސް އެމްޑިޕީ ވެރިކަމުގަ ފިއްލެވި އިންސާފޭ ހަމަހަމަކަމޭ ނުކިޔަ
ވެރިކަން ލިބުނަސް ވެރިކަން ހަވާލު ނުކުރާނަމޭ ކަލޭ ބުނިހަދާން އެބަހުރިތަ ؟ ކަލޭބުނާހާގޮތަކަށް ކަންކަން ކުރެވޭހާ ބާރު ކަލޭގެ އަތުގާ އޮތްނަމަ އެކަންކަން ކަލޭބޭނުންވާގޮތަށް ކުރެވޭނެ ! އެކަމަކު މިއަދު މިވަނީ ހުރިހާ ކަމެއް ބަދަލުވެފަ ! މިއަދު ކަން ކުރާނެ ގޮތް ނިންމާނީ މިހާރުގެ ސަރުކާރުން ! ކަލެއެއް ނޫން !
އަދީބުއާއި އަންނި އަދި ސޯލިހު ޑީލް ހެދީ ޔާމީނުއާއި ދެކޮޅަށް ހެކިބަސް ދީފިނަމަ ގޭބަންދަށް ބަދަލުކުރަން އެގޮތަށް އެކަން ތަންފީޒު އެކުރަނީ ނޫންނަމަ އަދީބު ހުރިހާކަމެއް ފަޅާއަރުވާނެ .
މިޤައުމުގެ ހަޒާނާދަވާލި ދެ ވަގު ގޭގަ
ޤައުމުގެ ތަރައްޤީ ގެ ބާނީޖަލުގަ
މީހަކިއްގޮތެށް ނެހެދިޔެއްނޫން