ކޮވިޑް-19 އާ ގުޅިގެން މާލޭގެ ގެތަކުގެ ކުލި ކުޑަކުރުމާ މެދު ވިސްނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖެ އިން ފެނިފައިވާތީ އެ ބަލިން ރައްޔިތުން ސަލާމަތް ކުރުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތައް ހާމަކުރެއްވުމަށް ދަރުބާރުގޭގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މާލޭގެ ކުލިތައް ބޮޑު ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. މާލޭގައި ދިރިއުޅުމަށް ދޭ ތަންތަނުގެ ކުލި ރެގިއުލޭޓް ކުރުމާ މެދު އަދި ސަރުކާރުގެ ވަކި ވިސްނުމެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެކަމަކު، ކުލި ކުޑަކުރުމުގެ ވިސްނުން ގަބޫލުފުޅު ކުރައްވާ ކަމަށާއި އެކަމާ މެދު ވިސްނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ނޫސްވެރިންގެ ފަރާތުން ސުވާލު އަމާޒުވި އެއް ކަމަކީ، މާލޭގެ ކުއްޔާ ގުޅޭ ގޮތުންނެވެ. ކޮވިޑް-19 އާ ގުޅިގެން ބައެއް ގެތަކުގެ ވެރިން، ކުލި ބޮޑު ކުރަމުން އަންނަ އިރު، އެހެން ބައެއް ގެތަކުގެ ވެރިން ވަނީ ކުލި އަށް ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ.

ނޫސްވެރިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެ ސުވާލު އަމާޒު ކުރެއްވީ އެކި ފަރާތްތަކުން ބޭންކުތަކުން ނަގާފައިވާ ލޯނުތައް ދެއްކުމުގެ މުއްދަތު ހަ މަހަށް ފަސްކޮށް އަދި ބޮޑެތި ލުއިތަކެއް ދޭން ނިންމާފައިވާ ކަން އެމަނިކުފާނު އިއުލާން ކުރެއްވުމާ ގުޅިގެންނެވެ.

"މާލޭގައި ކުލިތަކުގެ އަގު ބޮޑު ދުނިޔޭގެ ނިސްބަތު ބަލާއިރުވެސް، އެންމެ އަގު ބޮޑު ސިޓީތަކެކޭ އެއްވަރު. ސަރުކާރުން އަދިއެއް ރެގިއުލޭޓްއެއް ނުކުރަން. ނަމަވެސް ތި ހުށަހެޅުން އަޅުގަނޑު ގަބޫލުކުރަން. އިރާދަ ކުރެއްވިއްޔާ ތިކަމާ ދޭތެރޭ ވިސްނާނަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ސަރުކާރުން އިއުލާން ކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖުގެ ތެރެއިން ކުލި ދެއްކުމުގެ މަގުފަހިވާނެ ކަމަށެވެ.

މީގެއިތުރުން ރައްޔިތުން ނަގާފައިވާ ހުރިހާ ލޯނެއް ދެއްކުން ހަ މަސް ދުވަހަށް ލަސްކުރަން ބީއެމްއެލް އިން ނިންމިކަން ރައީސް ވަނީ އިއުލާން ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. އިބްރާހިމް ފުޅު

  ކިހިނެއްތޯ ކުލި ކުޑަކުރާނީ މާލޭގައި ތަންކޮޅު ހަދާލަން ދާންޖެހެނީ ބޭންކް އަށް ލޯނުނަގަން ދިޔާމަ އިންޓަރރެސްޓް އަރާ ލޯނުގެ 30% މިދެންނެވީ 3 ލައްކަ ނަގާނަމަ 1 ލައްކަ އިންޓަރ ރެސްޓް ދެން އެތަންހަދާފައި މިޖެހެނީ އެތަން ކުއްޔަށް ދީފަ ލިބޭއެއްޗެއް ލޯނަށް ދައްކަމުން ގެންދަން ނުވިތާކަށް 1 މަހުންމަހަށް ދައްކާންޖެހޭ ކުލިވެސް ކުއްޔަށް ހިފާ ފަރާތުން ޤަވާއިދުން ނުދައްކާ މިހެން ހުރެފައި ދުވަސްކޮޅަކުން ތަން ހަރާބުކޮށްލާފައި ނުކުމެދާނެ އޭރު ގެ އޮނާނީ އަލުން ލޯނުނަގައިގެން މަރާމަތުކޮށް ހަދަންޖެހިފައި، ބިލްތައް ނުދައްކާ އޮންނާނީ، މީ މިރާއްޖޭގެ ހާލަތު، ރާއްޖޭން ބޭރުގައި މީހުން ހޭލުންތެރިވާނެ ގޭގެ ކުލި ޤަވާއިދުން ދައްކާނެ، ގެ ސާފު ތާހިރުކޮށް ހަދާނެ ، ބޭންކް ލޯންގެ އިންޓަރރެސްޓް ކުޑަވާނެ އެހެންކަމަށް ވުމުން ފުރަތަމަ ރާއްޖޭގެ މީހުން މިކަމަށް ހޭލުންތެރިކޮށް ބޭންކް ލޯންތައްވެސް މިހާރަށްވުރެން އިންޓަރރެސްޓް ކުޑަކޮށްދެއްވަނިކޮށް އަގުތައްވެސް ތިރިވާނެދޯ..

  38
  15
 2. ހާލުފޮޅި

  މީ ދެން އަޖާއިބެއް.. އެތަންމިތަނުން ލޯނުނަގާ ދަރާ ވިކިގެން ގެ ހަދާފަ ނުއަގުގައި ނޫނީ ހިލޭ ސާބަހަށް ދޫކޮށްލަން މިޖެހެނީ ގެ ސުންނާފަތު ކުރަން.. ވެރިމީހާއަށް ނޯވޭތަ އެއްވެސް ބާރެއް؟ ކުއްޔޭ ކިޔައިގެން ހަޅޭއްލަވާ ބައިގަނޑު އެމީހުންގެ ރަށުން ބޮލަށް ވެއްޓޭވަރުވެފަ ހުންނަ އެންމެ ކޮޓަރިގަނޑެއްވެސް ދެނީ 5000/- އަށް .. މިވަރު މީހުން ކުއްޔޭ ކިޔާ ހަޅެއްލަވަން ލަދެއް ނުގަނޭބާ . . ކުލި ބޮޑީޔާ ރަށުގަ ބޮޑު ގޯތިތައް ފަޅަށް ނުބާއްވާ ރަށަށް ދޭބަލަ . . މިދެން މިހާރު ބޮޑުވެއްޖެ ކަމެއް . . ބާރަށް ކިނބިއްސެއް އެޅުނަސް އެބަޖެހޭ ކުލި ކުޑަކުރަން..

  30
  36
  • ކެކެކެ

   އަމިއްލައަށް މަސައްކަތް ކޮށްގެން ދިރިއުޅެން ގެހަދާބަލަ. ވިޔަފާރިއަށް ގެހެދީ ކާކު ބުނެގެން؟

   15
   17
   • ހާލުފޮޅި

    ރާއްޖެތެރޭ މީހުން އެއްކަލަ ބޮޑު ގޯތި ފަޅަށް ބާއްވާފަ މާލެއައިސް ހަޅޭއްލަވަނީ ކާކު ބުނެގެން . . ރަށުގަ ތިބެބަލަ . . އޭރުން ނުޖެހޭނެ ކުލި ދޭކަށް . .

    17
    11
    • ދޮގެއް؟

     ރާއްޖެތެރޭ މީހުންގެ ޓެކްސް ފައިސާ މާލެއަށް ހަދިޔާ ކޮށްފަ ދަރިންނަށް ތައުލީމު ނުދީ ބޭސްފަރުވާ ނުކުރެވި ތިބެން ޖެހޭ ސަބަބެއް ނެތް. ރާއްޖެތެރޭ މީހުންގެ ޓެކްސް ފައިސާ މާލެއަށް ޚަރަދު ކުރަނީ ކާކު ބުނެގެން؟

     17
 3. ކުލިބޮޑޭ

  ކުލި ކުޑަކުރާވާހަކަ ދައްކާއިރަށްހާދަވަރެއް ތިރުވާކަނީ ބަލަ ރާއްޖެތެރޭޭ މީހުންތިތަންތަން ހިފައިގެން ތިބޭތީދޯމާލޭބޭފުޅުން ނައް ގޮސްގައުމުން ބޭރުގަތިއުޅެވެމީ ތިތަންހިފާނެބަޔަކުނެތިއް ޔާބޮޑުގެއެއްހުއްޓަކަސްލާރިއެއް ނުލިބޭނެދޯ

  20
  6
  • އެމްޑީޕީ ބުރޯ

   ބަލަގަ މާލޭމީހުން ލޯނުނަގައިގެން ގެހަދާތީދޯ ރާއްޖެތެރޭމީހުނަށް މާލެއައިސް ތިހާ އަރާމުގަ ތި އުޅެވެނީ !

   7
   9
 4. ..........

  ދޮގު. ސަރުކާރު ފްލެޓްތަކުގެ ކުއްޔާމެދު ވިސްނާނަމޭ ބުނީ. އަލުން ސުވާލާއި ޖަވާބު ނިކަން އަޑުއަހާލަބަލަ މަ ބުނީތީވެސް.

  19
 5. ރާވެރިބެ

  ދިރިއުޅުން ބިނާވެފައިވަނީ މަހުން މަހަށް ލިބޭ ކުއްޔަށްކަމުގައި ވާނަަމަ ކުލި ކުޑަކުރުމުން އޭގެ ގެއްލުން ކުއްޔަށް ބަރޯސާވެގެން ދިރިއުޅޭ މީހުންނަށް ކުރާނެކަން ގަބޫލުކުރަންޖެހޭނެ. މީކީ ހަމައެކަނި ކުއްޔަށް އުޅޭ މީހުންނަށް އޮތް ދައްޗެއްކަމަށް ބަލައިގެން ނުވާނެ

  23
  7
  • ބާރީ

   އަމިއްލައަށް މަސައްކަތް ކޮށްގެން ދިރިއުޅެން ދަސް ކޮށްބަލަ....

   7
   3
 6. ހަޖަމް

  ބަލަ ކޮން މާލެ ، ރާއްޖެތެރެއެއް ކިޔާކަށް. ތި ބުނާ މާލެ ވެސް އޮތީ ހަމަ ރާއްޖެ ތެރޭގައި. މުޅި ދިވެހިރާއްޖޭގެ ވެސް ކުއްޔަށް ދޭ ރޭޓްތައް ކޮންޓޮރޯލް ކުރަންވީ.

  2
  1
 7. ބާއްޖަވެރި

  ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބެންކުެ ލޯނު ނަގައިގެން ގެހަދަނީ ކުލި ކޮންޓްރޯލް ރާއްޖޭގެ ނުވަނީ ކީއްވެ

 8. ނަމަ

  ކުލި ބޮޑުވާނެދޯ އެކަކައްވުރެ ބޮޑު ވާނެ އަނެކަކު ދޭންބުނާ ކުލި ކާަކުބާ ގިނަފައިސާ ބޭނުންނުވާނީ

 9. ސާބަސް

  ކުލިވެސް ރައްޔިތުމީހާގެ އަތްފޯރާ ފަށަށް ތިރިވާން ޖެހޭނެ.ކޮންޓްރޯލް ކުރަންޖެހޭނެ

  4
  2
 10. ޝަމޫ

  އަދިވެސް ވިސްނަނީ ދޯ.. ތިޔެއް ނުވިސްނޭނެ ދުވަހަކުވެސް.. އިލެކްޝަން ލައިގަތީމަ އަބަދުވެސް ކިޔާނީ މިހެން ހަދާނަމޭ.. އެކަމަކު ވެރިކަން ލިބުނީމަ ބުނާނީ ވިސްނާނަމޭ. ކަލޭމެންނައް އިނގޭތަ މިފަހަރު ކުލީގެ ކަންކަން ހައްލު ނުކުރެވިއްޖެއިޔާ މިތާގަ ސިވިލްވޯއެއް އުފެދިގެން ހިނގައިދާނެކަން.

 11. ކޮވިޑް

  ލޯންފަސްވެއްޖެ ބުނެފަ ކުލި ކުޑަކޮށްދީ ބުނީމަ ހަމަ ނުޖެހޭ، ލޯން ފަސްވެއްޖެ ދެން ކުލި ނުވަތަ ކުލިން ބައެއްވިޔަށް ފަސްކޮށްދީ މިހެން ބުނުން މާރަނގަޅެވެ. ސަބަބަކީ ގިނަމީހުން ކުއްޔަށް އުޅޭތަންތަނަކީ ގޭވެރިފަރާތް ނޫން ފަރާތަކުން ފައިސާ ހަރަދު ކޮށްގެން ދިގުމުއްދަތަކަށް ހަދައިގެން ކުއްޔަށް ދީފައިވާ ތަންނަށް ވާއިރު، ސަރުކާރުގެ ހައުސިން ލޯން ފަސްކޮށްދިނަސް އަމިލައަށް އިންވެސްޓުކޮށް ގެ ހެދިފަރާތަށް ލުޔެއް ނުލިބެނީސް ކުލި ކުޑަކޮށްދެވޭނީ ކިހިނެއްތޯ؟