ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ރާއްޖެ އިން ފެނިފައިވާތީ ލިބޭ ގެއްލުންތައް ކުޑަ ކުރަން ދިވެހިންނަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުން ކުރެވިދާނެ ގޮތަކާ މެދުގައި ވަޒީރުންގެ މަޖިލިހުގައި މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލިހުގައި އިއްޔެ ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 އިން ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ދިވެހި ގިނަ ބަޔަކު މިހާރު އެދެމުންދާ އެއް ކަމަކީ ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުން ކުރެވޭނެ ގޮތެއް ވުމެވެ.
ޕެންޝަން ފަންޑުގައި މިހާރު 13 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ހުރި އިރު އެ ފަންޑުން ޕެންޝަން ފައިސާ މަހުން މަހަށް ދެނީ ވަރަށް މަދު ބަޔަކަށެވެ. އެއީ ދޮށީ އުމުރުގެ ރައްޔިތުންނަށް އަސާސީ ޕެންޝަނުގެ ގޮތުގައިދޭ ފައިސާއެވެ. ގާތްގަނޑަކަށް ހާހަކަށް ވުރެ ގިނަ މީހުންނަށް ފައިސާ ދޭއިރު، އެމީހުންނަށް ހަރަދުވަނީ އަށް މިލިޔަން ރުފިޔާއެވެ. ޕެންޝަން ފަންޑަށް މަހަކު 100 މިލިޔަން ރުފިޔާ ޖަމާވެއެވެ.
މިދަނޑިވަޅުގައި ޕެންޝަން ފަންޑުގެ ފައިސާ ރައްޔިތުންނަށް ބޭނުން ކުރެވިދާނެ ގޮތެއް އޮތްތޯ "ވަގުތު"ން ސުވާލު ކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ޕެންޝަން ގާނޫނުގައި ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުން ކުރެވޭނެ އުސޫލުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ޕެންޝަން ފަންޑުގައި ހުރި ފައިސާއާ މެދު ވަކި ގޮތެއް ނިންމާ ކަމަށްވާ ނަމަ، ފުރަތަމަ ކަމަކަށް ޕެންޝަން ގާނޫނަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެކަމަކު، ޕެންޝަން ފައިސާ ބޭނުން ކުރުމާ މެދުގައި ވަޒީރުންގެ މަޖިލިހުގައި ވެސް މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ގާނޫނަށް ބަދަލު ނުގެނެސް، ޕެންޝަން ފަންޑަކަށް އަޅުގަނޑުމެންނަށް އެހެން ގޮތެއް ނުހެދޭނެ،" ރައީސް ވިދާޅުވިއެވެ.
"އެއީ ގާނޫނެއްގެ ތެރެއިން އުސޫލުތަކެއް ކަނޑައަޅާފައި އޮތް ފަންޑެއް. އެއަށް ބަދަލުތަކެއް ގެނެވޭނީ ގާނޫނަށް ބަދަލު ގެނެސްގެން، ނަމަވެސް ވިސްނާލަން ރަނގަޅު މިގަޑީގައި،"
ރައީސް ވަނީ ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ޕެންޝަން ފަންޑުގެ ފައިސާ ބޭނުން ކުރެވޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ފާހަގަކުރައްވައިފައެވެ.
ހައްޖުގެ އަޅުކަން އަދާކުރަން ރިޓަޔާމަންޓް ޕެންޝަން ސްކީމްގެ ބައިވެރިންނަށް ފައިސާ ދޫކުރެވޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލިހުން ފާސްކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެ ބިލް ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ ކުރީކޮޅެވެ.
ހައްޖަށް ދިއުމަށް ޕެންޝަން ފަންޑުގެ ފައިސާ ބޭނުން ކުރެވޭ ގޮތް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.
ޕެންޝަން ސްކީމްގައި ބައިވެރިވެފައި ތިބި މީހުންގެ ތެރެއިން ހައްޖުގެ އަޅުކަން އަދާކުރަން ސޭވިން އެކައުންޓުން ފައިސާ ދޫކުރެވޭނީ އަލަށް ހައްޖަށް ދާ މީހުންނަށް އެކަންޏެވެ. އެކަމަކު، ބޭނުން ކުރެވޭނީ އެ އަހަރަކު ހައްޖަށް ދާން ދައްކަން ޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ އަދަދުގެ 80 ޕަސަންޓެވެ.
އެލިބެނީގިނަމުސާރަލިބޭމަހުޖަނުންނައް ނިކަމެތިމީހާކައްއެއްވެސްފައިދާއެއްނެއް
ޕެންޝަން ފަންޑާމެދު ވިސްނަން އެނގުނީ ސުވާލު ކުރީމަ. ސަރުކާރު ފްލެޓްތަކުގެ ކުއްޔާމެދު ވިސްނަން ހިތަށް އެރީ ސުވާލު ކުރީމަ. އެކަމަކު ސުވާލު ކުރި ނޫސްވެރިން ގަޅިކަމުން ކުރި ހަމަނުޖެހޭ ސުވާލަށް މިވީ. އެސުވާލުތައް ނުކުރިނަމަ އެކަމާ ވިސްނަންވެސް ނޭނގިފަ ސަރުކާރު އޮތީ.
ތި މިހާތަނަށް މިގައުމުގައި ވެރިކަން ކުރި އެންމެ ގަމާރު ރައީސް ތީހަމަ ބޮޑު ގަމާރެއް
ހަޖަމް ނުވިޔަސް މި ޤައުމު ދުށް އެންމެ އިޚްލާޞްތެރި އެންމެ ތެދުވެރި ރައީސް
ތިޔަބައިމީހުން ވަނީ ގެއްލެނިވެގެންވާ މީހުންގެތެރެއިން. ލޮލަށް ފެނުނަސް އަޑު އިވުނަސް ހަގީގަތް ގަބޫލު ނުކުރާނެ. އެންމެ އިހުލާސްތެރި ރައީސަށްވުމުން ދޯ ދީނަށް ފުރައްސާރަ ކުރީމަ މަތީމަގާމުގައި ބެއިތިއްބީ. މީ މިގައުމުދުށް އެންމެ އަންޕަޅު ގަމާރު ރައީސް. މިރުސްފެން ލޮލަށް އެޅުނަސް ބޮޑުވަރުތީ.
ތީ ބޮލެއް ވާނުވަ ނޭގޭ ބުއްޅަބެވެސް ރައްޔިތުންގެވފަންޑުގަ ހުރިލާރިކޮޅު ބައިމީހުނަށްބބަހާލީ ކީބޫވެސް އަހަރެމެންގެ މުސާރައިން ޕެންސަށް ނަގާ ލާރިކޮޅު ދަވަލަން އެއުޅެނީ އަހަރެންގެ ލާރިން އެންމެ ލާރިޔެއްގަ ޖެހުނަސް މާފެއްނެއް މަވެސް ސަރުކާރުަ މަސައްކތްކުރާތާ 27އަހަރު ވިސްނާތި ދައުވާކުރާނަން
މީ ޕެންސަން ފަންޑުގެ އެހީ އެންމެންވެސް ބޭނުންވާނެ ދަނޑިވަޅެއް. ކޮންމެވެސް ވަރެއް ދެވެންޖެހޭނެ.
ޕެންޝަންފަޑުގައިހުރިފައިސާއެއިގެހައްގު
ވެރިންނައްދޭންމަޝްވަރާކުރާކަށްނުޖެހޭނެ
ތިފައިސާގެހައްގުވެރިންތިބީވަރައްދތި
ހާލުގައި އަޅުގަޑުމެންގެހައްގުފައިސާ
ރޯދައިގެކުރިންދިނުންއެދެން
މަނިކު އެތަނުން ދުރުކުރެވިއްޖެއްޔާ ހުރިހާ ކަމެއްވެސް ވާނެ
80 ޕަސެންޓް އޭގެ ވެރިފަރާތަށް އަނބުރާ ޖަމާކުރުމަށް
ޕެންޝަންފަންޑްގެ އަހަރެންގެ އެކައުންޓްގައި 4 ލައްކަ ރުފިޔާއެބަހުރި، ނަމަވެސް ގޯތިހެދުމަށް ނެގިލޯން ނުދެއްކިގެން ހަދާފައިހުރި ތަންކޮޅު ކޯޓުން ވިއްކާލާހިސާބުގަ މިހާރުއުޅެނީ... ނަމަވެސް އަހަރެންނަށްވާ ޕެންޝަނުގެބައި ލިބިއްޖެ ނަމަ ލޯންގެ ނުދެއްކިހުރިބައި ދައްކާހަލާސްކޮށް މިނިވަން ވެވިދާނެ، އެކަމުވެސް އެބައި ލިބެން މި އަންނަނީ އަހަރެން މަރުވެގެން އަހަރެންގެ ދަރިންނަށް.... ކިހާ ހިތާމަވެރި... ދެންވީ އެބައި ހޯދަން އަމިއްލަޔަށް މަރުވާންތާ؟ މީ ކިއުންތެރިންނާ ކޮއްލި ސުވާލެއް.
ބުނަންވީނު ނޫސްވެރިންނަށް މި ސުވާލު މަބްރޫކާވެސް ކުރެވިދާނެ ނޫންހޭ! ބައެއްމީހުން އެފްބީގަ މިހެންވެސް ކިޔާތީ މިބުނީ. ކުރަންވާ ސުވާލާ ސުވާލު ކުރަންވީ މީހާ އެނގޭ މީހުން ދާންވީނު ސުވާލު ކުރަން. ކަރިކިއުލަމް ބަދަލު ކޮށްގެންނާއި މޮޑިއުލްތައް އިތުރު ކޮށްގެން ނޫސްވެރިން އުފައްދަންޖެހޭ ވާހަކަ އެކަންކަމާ ހަވާލުވެ ތިބޭ މީހުން އެފްބީގަ ނުލިޔެ އެކަން ކުރީމަ ވީނު. މީ ނިއުޒިލެންޑެއް ނޫނެއްނު. މިގައުމުގަ އުޅޭއިރުވެސް ކޮންމެ މީހަކަށް ހީވަނީ ތިމާ ކިޔަވަން ގޮސް އުޅުނު ގައުމުގައޭ މިއުޅެވެނީ. ބޮޑުވަރެއްނު.
ކުދި ވިޔަފާރިތަށް ފުނޑެނީ އަލަށް ފެއްޓި ވިޔަފާރިތަށްވެސް. އެކަން ކަން ކުރަން ފެއްޓީވެސް ލޯނު ނަގައިގެން. ދެން އަނެއްކާވެސް ފާޑު ފާޑުގެ ނަންނަމުގަ ލޯނު ތައާރަފް ތިކުރަނީ ބަރި ބަރިޔަށް ކުދި ވިޔަފާރިވެރިންގެ ކަރަށް މެހެމުންދާ ލޯނު ދަންތުރައިގެ ދަތްތަށް ވަރުގަދަ ކުރުމަށް. މާތްކަލާކޯ ކަލޭމެން ތި ފަންޑުގަ ހުރި ލާރިކޮޅު އޭގެ ހައްގުވެރީންނަށް ދީބަލަ ރަށްޔިތުން ބިކަވުގެ ކުރިން.
ދެންނުވެ އޮތީ ޕެންސަން ފަންޑު ދަވާލުން. އެވެސް ރައްޓެހިންނަށް ބަދަލުގެ ގޮތުގަދީ ހުސްކޮށްލާ.
ބޭހޮއްކޮ! މިވަރު ތަނެއްދޮރެއްނޭގޭ ދެއްކޭ ނުދެއްކޭ ވާހަކަ ނޭނގޭ ގަމާރު ރައީސަކު ދުނިޔެތާކުން ނުދެކެން. ރައީސަކަށްވީތީ އެނގެންޖެހޭ އަސާސީ މަޢލޫމާތުވެސް ނޭނގޭ. މުޅި ދުނިޔެ ހުއްޓުމަކަށް ދިޔައީމަ ބޭންކުތަކުގަ ހުރި ފައިސާއަށަވެސް އަސަރު ކުރާނެކަމާ ލިބޭ އާމްދަނީ ދަށްވުމުން ބޭންކުތަކަށްވަންނަ ފައިސާ މަދުވެ ރިޒާވް ދަށްވެގެން ދާނެކަން އެނގެންވާނެ. އިއްޒަތްތެރި މޮޔަ ރައީސް. އުފެއްދުންތެރިކަން ދަށްވެ،ވިޔަފާރި ދަށަށްގޮސް،މުދާ ރޯލްނުވީމަ ރައްކާކޮށްފަހުރި ފައިސާ ނަގައިގެން ބޭނުންކުރަން ޖެހުނީމަ ފައިސާ މަދުވާނެ ނޫންތޯ؟ޑިމާންޑާއި އެއްވަރަށް ސަޕްލައި ނުކުރެވެންޔާ އިންފްލޭޝަންވެސް ހަމަ މަތިވާނެ ނޫންތޯ؟ ފަތުވެރިކަން އިނދަޖެހި ބޭރުފައިސާ ނުލިބުމުން ބޭރުފައިސާގެ ބޮޑު ކަޅބާޒާރެއް އުފެދި ބޮޑު އަގުގައި ބޭރުފައިސާ ގަނެގެން އެ ބޭރުފައިސާއިން މުދާ ގަންނަން ޖެހުނީމަވެސް ހަމަ މުދަލުގެ އަގު މަތިވާނެ ނޫންތޯ؟ ތިޔަ ތޫނުފިލިކަމާއި، ދުރު ވިސަނުންފުޅު ފެނި ހަމަ އުފަލުން ލޯފުރާ ރޮއިއްޖެ ޓްވީޓް ކުރި ޑޮކްޓަރު ނޫނަކަސް. ޝުކުރިއްޔާ ސަރ.
މީގެ ކުރިން އެމް.ޑީ.ޕީ ވެރިކަމުގާ އޮތް އިރު ރިޔާޒު ރަޝީދު ވެސް ހުށަހެޅި މި ފަންޑުން ފަ އިސާ ލިބޭ ގޮތް ހަދަން. އެމް.ޑީ.ޕީ. އޭރު އެއ އްބަސްނުވި. ދެން ވެރިކަމަށް އަ އީ ޕީ.ޕީ. ޢެމް. މި ބުނާ ރިޔާޒު ރަޝީދުމެން. ވެރިކަން ލިބުމާ އެކު އެކަން ހަނދާންނެތި އްޖެ.
ރިސޯޓް މުވައްޒަފުންގެ ބޭސިކް ސެލަރީ އުނި ނުކުރާނެކަމައް މަނިކުފާނު ބުނި ކަމުގައިވިޔަސް ރިސޯޓް މެނޭޖްމަންޓުން ދަނީ ބޭސިކް ސެލަރީގެ 1/2 ދޭގޮތައް މަސައްކަތުގަ މަޑުކުރަން ޢަންގަމުން.ނޫނީ ރިޒައިން ލާން. ޜިސޯޓްގަ މަޑުކުރަން މަޖުބޫރުވާ މީހެކޭ ގޭގަ މަޑުކުރަންޖެހޭ މީހެކޭ ތަފާތެއްނެތް. 150 ޑޮލަަރުން އާއިލާގެ ބޭސިކް ނީޑްވެސް ނުފުދޭ. ޙެޔޮނުވާނެ ތިފަންޑުގަ ހުރި ލާރިކޮޅު ނެގޭނެ ގޮތެއްހަދައިދީ. ނިކަމެތި ރައްޔިތަކައް ހެޔޮ އެދޭނަމަ މިކަން ކޮއްދީ.
މިގައުމުދުއް އެންމެ ނާގާބިލް ތާކުންތާކު ނުޖެހޭ ގަމާރު ރައީސް އަބަދުވެސް ގޮވަނީ ކުރާނަން ގޮވާނަން ބުނާނަން ފަށާނަން ނިންމާނަން ހޯދާނަން މިފަދަ ބަސްތަކެވެ މިއީ މިފަދަ ތަހުޒީބީ ޒަމާނެއްގައި ރައީސަކު ގޮވަންޖެހޭ ގޮވެލިތަކެއްނޫނެވެ ވިސްނާށޭ ރައީސް.
ދަރިންބަލާ ދަރިންނަށް ކުރަންޖެހޭ ހުރިހާކަމެއްކޮށް އައިލާބިނާ ކުރުމުގެ އިތުރުން. ބުރަ މަސައްކަތުގަ ސަރުކާރު ވަޒީފާ އަދާ ކުރަމުންގޮސް 20 އަހަރު ނުވަތަ 40 އަހަރު ވުމުން ދަވްލަތުން ގާނޫނުއަސާސިން ކަނޑައަޅާ ލާޒިމްކުރާ ޕެންސަނާއި ،ހަމައެކަނި އާއިލާ ބިނާކުރުމުގެ މަސައްކަތުގަ ހެދަކޮށްއުމުރުން 65 އަހަރު ވުމުން 65 އަހަރުވާ ހުރިހާފަރާތްތަކަށް ދޭފައިސާ ހަމަހަމަ ވަނީ ކޮންގޮތަކުން. ގާނޫނުއަސާސީގެ 17 ގެ ށ ގެ ދަށުން ދެވޭ ފައިސާ ހިމެމެނީ މުޖަތަމައުވެ ވަކިބަޔަށް ދެވޭ އެހިއެއްގެގޮތުގަ. ވީއިރު ގާނޫނުއަސާސީގެ 38 ވަނަ މާއްދާގެ ދަށުން ސަރުކާރު މުވައްޒަފުންނަށް ދެވޭ ޕެންސަނާ 17 ގެށ ގެދަށުން މުޖްތަމައުގެ ވަކި ބަޔަކަށް ދެވޭ އެހީއާ ގުޅުންއޮތް މިންވަރު ވިސްނުމަކަށް ނާދޭ .އަދި އުމުރުން 65 އަހަރުވުމުން ތިމާ ސަރުކާރު ވަޒިފާ ގައި އަދާކުރި 20،30،40 އަހަރުގެހިދުމަތް ވަޒަންކޮށް ގާނޫނުއަސާސީން ލިބިދޭ ޕެންސަން އުނި ކުރެވިފައިވާ ގިނަބަޔަކު ދިވެހި ގައުމުގާ އެބަދިރިއުލުއްވާ.އެއީހަމަ ހައްގު ގޮތްބާ؟މިކަމުގާ ފައިސާ ދޫކުރާ ފަރާތުގެ މައްސަލައެއް އޮތްކަމަކަށް ނުބެލެވޭ ސަބަބަކީ ފާސްކުރެވިފައިވަގާނޫނެއްގާ ވަކިގޮތަކަށް އޮތުމުން .ގާނޫނުއަސަސީން ލާޒިމް ކުރާ ފެންސަނުގެ ހައްގު މަޖިލީހުން ފާސްކޮށްފައިވާ ގާނޫނެއްގެ ސަބަބުން ގިނަބަޔަކު މަހުރޫމްވެގެން ދާކަމީ ހިތާމަހުރިކަމެއް ވީމާ މިކަމުގަ ސަރުކާރުން ހައްލެއް ހޯއްދަވަ ދެްވުމުގެ އުންމީދުގާ މި ކޮމަންޓް ލިޔަން.