ކާފަ ދަރިއަކާއި ބެހުނު ކައުންސިލް އިދާރާއެއްގެ ޒިންމާދާރު ވެރިޔަކު ހައްޔަރު ކޮށްފިއެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 16 ވަރަކަށް އަހަރުގެ އަންހެން ކުއްޖަކާއި ބެހުނު އެކުއްޖާގެ ކާފަ ހައްޔަރު ކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ.
މިކަން ހިނގާފައި ވަނީ ދެކުނުގެ ރަށެއްގައެވެ.
އެރަށުން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ އޮފިޝަލުން އެރަށަށް ގޮސް މިދިޔަ ބުދަ ދުވަހު ވަނީ އެކުއްޖާގެ ބަޔާން ނަގާފައެވެ.
ޒިންމާދާރުވެރިޔާގެ ބަޔާން ރޭ ނެގުމަށް ފަހު އޭނާ ހައްޔަރު ކުރީ ކަމަށް ވެސް އެރަށުން މައުލޫމާތު ދިން މީހަކު ބުންޏެވެ.
ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާ އަކީ ކައުންސިލް އިދާރާގައި ހުންނަވާ ސިވިލް ސާވިސްގެ އެންމެ އިސް މުވައްޒަފެވެ.
ފަހަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެގެން ދިއުމަށް ފަހު އެފަދަ މައްސަލަތައް ރިޕޯޓް ކުރާ މިންވަރު ފާއިތުވި މަހެއްހާ ދުވަހު ވަނީ އަނެއްކާ ވެސް މަދުވެފައެވެ.
ވަހުޝީ ޖަނަވާރު ގިނައީ
ތިބާވަތުގެ ހަޑިމުޑުދާރު އަމަލު ކުރާ މުސްކުޅިންނާހެދި ކާފަމެންނަށް ކުރެވޭ އިހުތިރާމު ދަނީ ދަށަށް! ފިސާރި ތެދެއް މި ބުނީ އަޅުގަނޑު މިހާރު މިސްކުޅި ބޭބެމެން ދެކެ ވ ބިރުގަނޭ! މީ އަންޒަމާނުއްސުރެ ބައެއް ދިވެހިންގެ މުޑުދާރުއާދައެއް މިކަން ހުއްޓުވަން ދަރިންނަށް އިސްލާމީ ތަރިބިއްތު ދޭން އެބަޖެހޭ! މިކަމަށް ކޮންމެ ސަރުކާރަކުންނާ ކަމާބެހޭ މުއައްސަސާތަކުން މަސައްކަތް ކުރަން އެބަޖެހޭ! ދީނީ ތަޢުލީމުން އެކަންޏެއް ނުފުދޭ! މިރާއްޖެ މިހަލާކުވަނީ ދަތިންނަށް އިސްލާމީ ތަރުބިޔަތު ނުދެވުމުގެ ސަބަބުން.
ކުޑަކުއްޖަކާ ބެހިގެން ޖަލައްލިއަސް ޖަލުން މިނިވަން ވާނެކަން މިސަރުކާރުން ވަނީ ހާމަކޮއްދީފަ ހޯރައިއްބެ ޖަލުން މިނިވަން ކުރީ މިކަމައް މީހުންގެ ބިރު ފަހަނަޅާ ދިއުމަށް މިސަރުކާރުން ހުޅުވާދިން މަގެއް ވީމާ ކުޑަކުދިންނާ ބެހޭ ވާހަކަ ނުދައްކަމާ.......
ސާބަހޭ. ތިޔައީތަ ފުރިހަމަ ޒިންމާދާރުވެރިން ކުރަންހަވާލުކޮށްފަ އޮންނަކަމަކީ. މިފަދަ ޢަމަލުތައް ތަކުރާރުވަމުން ދާއިރު މިފަދަ މައްސަލަތައް ބެލި އަވަސް ގޮތަކުން ވަރުގަދަ އަދަބެއް ދެވޭގޮތް ނުވާހާ ހިނދަކު މިކަހަލަ ޢަމަލުތައް މަދެއްނުވާނެ. ކޮންމެ ވެރިކަމެއްގަވެސް އެބަޔަކާދެކޮޅު ސިޔާސީމީހަކު ކަމެއްކޮށްފިއްޔާ ހޭލާތިބެގެންވެސް އެކަންބަލައި ޖަލަށްލެވޭތޯ ބަލާނެ.
އޭތި ކޮޅު އެއްކޮއް ކަނޑާލާ
އަހަރެމެން އެބަޖެހޭ މިކަން ދިމާވާ ސަބަބު ދިރާސާ ކުރން
1- މައިގަނޑު ސަބަބކީ ދިރިއުޅުމުގެ ޙާލަތު ހުންނަގޮތުން މަންމައާއި ބައްޕަ ގިނަވަގުތު ދަރިންނާއި ދުރުގައި އުޅެންޖެހުން
2- މަންމަ ވަޒީފާގައި އުޅޭވަގުތު އަނހެންދަރިން ފެންވަރުވާ ފާހާނަކުރުވާ ސާފު ކުރުވަން ބައްޕައަށް ޖެހުން
3- ޢާއިލީ ދިރިއުޅުނ
އައްޗީ ހާދަ ލަދު ހަޔާތް ނެތް ކާފައެއް ކުށްޖަ ކަށް ލިބިފަ އެހެރީ ދޯ........??
މިހާރަ ކަށް އައަސް ދިވެހިން ވެސް މިދަނީ ގޮތް ކުޑަ ކަންތައްތައް ކުރަމުން ދޯ...... މަ ހާދަ ބިރުގަނެއޭ މުސް ކުޅިން ދެ ކެ.......މިއީ 100%އިންސއްތަ މުސްލިމުންނޭ ބުނާނެ އެ ކަމު ކުރާނީ އެންމެ ހަޑި މުޑުދާރު މީހުން ކުރާ ކަންތައްތައް.......އެމީހުނައް ނުލިބޭނެ މި ދެދުނިޔޭގެ ޘަވާބާއި ދަރުމައެއް.........ހާދަ ދެރަވެއޭ ދިވެހިން މިއުޅޭ ގޮތަ ކުން ހާދަ ލަދުވެސް ގަނެއޭ ބުނަން "ދިވެއްސަ ކަށް ވީތީ ފަހުރު ވެރި ވަމޭ"????..........
އަދަބު ތަންފީޒު ކުރުމުގެ މަރްޙަލާގައި ކުށްވެރިޔާއަށް އިޞްލާޙުވުމަށް މަގު ދެއްކެވުން ރަނގަޅެވެ. ނަމަވެސް، ކުށުގެވެށިން އަތުލެވޭ މީހުންގެ މައްސަލަތައް ތަޙްޤީޤުކޮށް، ޢުޤޫބާތް ކަނޑައެޅުމުގައި ތަފާތުކުރުން ރަނގަޅެއް ނޫނެވެ.