އޮޓިޑް ރިޕޯޓް ހުށައެޅުމުން އެމްޑީޕީއަށް ފައިސާ ދޫކުރަން މިތިބ ތައްޔާރަށް ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު އަދި އެ ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމުގައި ތަފާތު ތަކެއް ނުގެންގުޅޭ ކަމަށެވެ.

"ސިޔާސީ ޕާޓީތަކުގެ ގާނޫގައި އޮންނާނެ އެޕާޓީ ތަކަށް ފައިސާ ދޫކުރުމުގައި ބަލާނެ ކަންތަށްތަކެއް, 90 ދުވަސް ތެރޭގައި އަހަރީ ރިޕޯޓާއި އޮޑިޓް ހުށައަޅަން ޖެހޭކަމަށް އެބައޮވޭ, އެދެރިޕޯޓް ހުށައެޅީމަ ނޫނީ ފައިސާ ދޫނުކުރެވޭނެ ވާހަކަ އެބައޮތް ގާނޫނުގައި" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ތިބީ މިއަދުވެސް އެމްޑީޕީ އަށް ފައިސާ ދޫކުރަން ކަމަށާއި އޮޑިޓް ރިޕޯޓް ހުށައެޅިހާ އަވަހަކަށް އެމްޑީޕީއަށް ފައިސާ ދޫކުރަން ފިނޭންސް މިނިސްޓްރީގައި އެދޭނެ ކަމަށެވެ.

ސިޔާސީ ޕާޓީތަކާބެހޭ ގާނޫނުގައިވާ ގޮތުން، 10،000 މެންބަރުން ހަަމަވާ ކޮންމެ ސިޔާސީ ޕާޓީތަކަށް ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް އަހަރުގެ ފުރަތަމަ ތިން މަސް ތެރޭގައި ފައިސާ ދޫކުރަން ޖެހެއެވެ.

އަކްރަމް ވިދާޅުވީ، ގާނޫނުގައި ބުނާ މުއްދަތުކަމުގައިވާ މެއި އަށެއްގެ ކުރިން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކޮށް ނިންމާލެވޭނެ ކަމަށެވެ. އަދި އެމްޑީޕީއަށްވެސް މެއި މަހުގެ އަށް ވަނަ ދުވަހާއި ހަމައަށް އޮޑިޓް ރިޕޯޓް ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަމަށް އަކްރަމް ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަނުން ފައިސާ ދޭން ނިންމާފައި ވަނީ ޕީޕީއެމް، އެމްޑީއޭ އަދި ޖޭޕީ އަށެވެ. މި ތިން ޕާޓީއަށް ފައިސާ ދޭން އިލެކްޝަން ކޮމިޝަނުން ނިންމީ މި ތިން ޕާޓީވެސް އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓް ހުށަހަޅާފައިވާތީއެވެ.

އިލެކްޝަނުން ސިޔާސީ ޕާޓީތަކަށް މިއަހަރު 24 މިލިއަންއަށް ވުރެ ގިނަ ފައިސާ ދޫކުރުމަށް ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު