ރާއްޖޭގެ އިގްތިސާދު މިވަގުތު ވެންޓިލޭޓަރަކަށް ނުލާ މި އޮތީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރުގެ 5 އަހަރު ހިންގެވި މުހިއްމު މަޝްރޫއުތަކުގެ ސަބަބުންކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

"ޗެނަލް-13" ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ދަށް ނުވެ އޮތީ ރައީސް ޔާމީންގެ ދުރުވިސްނުމާއި، އިގްތިސާދީ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ.

ރައީސް ޔާމީން އުފެއްދެވި ސޮވަރިން ފަންޑަކީ ގުދުރަތީ ކާރިސާއެއް ރާއްޖެއަށް ދިމާވެއްޖެ ނަމަ އެކަމުން އަރައިގަތުމަށް އެކުލަވާލި ފަންޑެއް ކަމަށާ، އެފަދަ ދުރުވިސްނުމެއް ރައީސް ޔާމީންގެ ހުރީތީ ހަމްދުކުރައްވާ ކަމަށް ސައީދު ވިދާޅުވިއެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސާލިހު އިއްޔެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ވެސް ސޮވަރިން ފަންޑުގެ ވިސްނުމަކީ ރަނގަޅު ވިސްނުންފުޅެއްކަން ފާހަގަކުރައްވާފައިވާކަމަށް ސައީދު ވިދާޅުވިއެވެ.

އެހެންނަމަވެސް 10 އިންސައްތަ އިންޓަރެސްޓްގައި ރައީސް ޔާމީން ނަގާފައިވާ ނަގާފައިވާ ލޯނެއް އޮތްކަަމަށާ، ސޮވަރިން ފަންޑަކީ އެ ލޯނު 2022 އަށް އަނބުރާ ދައްކަން ޖެހޭތީ އެ ފައިސާ ހޯދުމަށް އުފެއްދި ފަންޑެއް ކަމަށް ރައީސް ސާލިހު ވިދާޅުވި ނަމަވެސް، އެއީ އިތުރުފުޅެއްކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ސާލިހު އިޝާރާތް ކުރެއްވި ލޯނަކީ 07 އިންސައްތައިގެ ލޯނެއް ކަމަށާ، ސޮވަަރިން ފަންޑަކީ ލޯނެއް އަނބުރާ ދައްކަން ޖެހޭނެ ކަމަށް ވިސްނައިގެން އުފެއްދި ފަންޑެއް ނޫން ކަމަށް ވެސް ސައީދު ވިދާޅުވިއެެވެ.

އަދި އެއާޕޯޓަށް އަންނަ މީހުންނާއި ފުރާ މީހުންގެ ފީ ސޮވަރިން ފަންޑަށްލާފައިވަތީ، އެ ގޮތަށް ކަންކަން ކުރީ ކީއްވެގެންކަން ވެސް ސައީދު ވަނީ ތަފްސީލްކޮށްދެއްވާފައެެވެ.

"ދިވެހި ސަރުކާރުން ރައސް ޔާމީންގެ 5 އަހަރު އެމްއޭސީއެލްގެ މައި ދޮރާށި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމަށްޓަކާ ސަރުކާރުން ނިންމި ނިންމުމާ އަދި އެއާޕޯޓް ތަރައްޤީކުރުމަށްޓަކާ 1.2 މިލިއަން ގާތްގަނޑަކަށް ޑޮލަރު، އެކި ބޭންކްތަކުން އަޅުގަނޑުމެން ބޮރޯކޮށްގެން ރާއްޖޭގެ މައި ދޮރާށި އެއޮތީ ތަރައްޤީކޮށްފައި. މިއަދު އެ ޓާމިނަލް ހެދެމުން އެދަނީވެސް މި ފައިސާއިން" ސައީދު ވިދާޅުވިއެވެ.

އެ ޕްރޮގްރާމްގައ ވާހަކަދައްކަވަމުން ރައްޔިތުންގެ ހެވާއި ލާބައަށް ކުރާ މަސައްކަތްތަކަށް އިދިކޮޅު ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ސައީދު ވަނީ ފާހަގަކުރައްވާފައެވެ.

އެހެންނަމަވެސް ސަރުކާރުން ސިޔާސީ ބަދަލު ހިފުމުގެ ރޫހު ދޫކޮށް އެއްބައިވަންތަކަމުގެ ސަރުކާރެއް ޤާއިމް ކުރަން ޖެހޭ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

2004 ގައި ރާއްޖެއަށް ސުނާމީ ކާރިސާކުރިމަތިވި އިރު، އޭރު ޖަލުގައި ތިއްބެވި އިދިކޮޅު ފަރާތްތަކަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ޤައްޔޫމްވެސް ލުއިދެއްވި ކަން ސައީދުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

"ރައީސް ޔަމީން އެއްވެސް ހާލެއްގައި އެދިވަޑައެއްނުގަންނަވާ، އެމަނިކުފާނުގެ ޝަރީއަތް ކުރިއަށް ނުގެންދާކަށް. އެމަނިކުފާނު އެދިވަޑައިގަންނަވަނީ އިންސާފު ޤާއިމްކޮށްދެއްވާ، އިހުސާންތެރިކަން އިސްކުރެއްވުމަށް، އިނގޭތޯ. އަދި އަޅުގަނޑުމެން ޕާޓީއިންވެސް އެ ވާހަކަ މި ދައްކަނީ." ސައީދު ވިދާޅުވިއެވެ.

ސައީދު ވަނީ ކުރިގެ ރައީސް ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ ތަރައްޤީގެ މަޝްރޫއުތަކުގެ ވާހަކަ މި ސަރުކާރުން ދައްކަވަނީ ވަރަށް އާދައިގެ ކޮށްކަމަށާ، އެކަން ކުށްވެރިކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ުއުނދުޅި

    އިގްތިސޯދު ސަލާމަތްވީ ޔާމީނު ޖަލުގަ އޮތުމުން

    31
    33
    • ށ

      އެނގިފައި އޮތް ގޮތުގައި ބޮޑާކަމުގެ މާނައަކީ
      ޢެހެންމީހުން ތިމާއަށްވުރެ ދަށްކަމަށް ދެކުމާއި ހަގީގަތް ފޮރުވަން މަސައްކަތް ކުރުން

  2. ޅަދުވަސް

    ތެދެ އްތިބުނީ..މި އޮތީ އަތަ އްގޮވާފަ...ދެން ލަލަލަ

    13
    9
  3. ސޫޒަ

    މިރާއްޖޭގެ އެންމެނަށް ރިޒުގު ދެއްވަނީ ﷲ ، އެއްވެސް މީހަކަށް ބަރޯސާވާވަހަކައަކީ އެއްގޮތަކައްވެސް ްަބޫލް ކުރެވޭނެ ކަމެއްނޫން ވެރިކަން ދެއްވަނީ ވެސް ﷲ ، ވެރިކަން ނިގުޅައިގަންނަނީވެސް ﷲ ޔާމީނު ނެތިއްޔާ އެހެންފަރާތެއް ﷲ އަހުރެމެންނަށް ދައްކަވާނެ އިބްރާހިމް މުޙައްނަދު ޞާލިހު ނެތަސް އަދި ޖަލުގައި އޮތަސް ﷲ އެކަލާންގެ ހެއްދެވި ކޮންމެފަރާތަކަށްވެސް ރިޒުގު ދެއްވާނެ އިގުތިޞާދުވެދް ހިފެހެއްޓޭނެ ގޮތް މެދުވެރި ކުރައްވާނެ ﷲ އުފައްދަވާފައިވަނީ ހުސްވެސް މަހުލޫގުން އެތަކެއްޗަށް ކާންލިބޭނެގޮތާ ބޯންލިބޭނެ ގޮތް މިންވަރު ކުރައްވަނީ ﷲ

    20
    1
  4. އަލްޖިބްރާ

    ދެން ވެންޓިލޭޓަރަށް ލާނީ ކަލޭ !

    8
    6
  5. ވައިރަސް

    އަހަ ރެމެންނަށް ދި ރި މިތިބެވެނީ ވެސް ޔާމިނު ދި ރިހު ރިމަ އޭ ވެސް ބުނެބަލަ....

    8
    3
  6. ވައިރަސް

    އާ.......... . . . ޔާމިނު ޖަލަށް ލިފަހުން ވާރެވެސް ނުވެހެ... . . . . .ހަހަހާހަހާ. . . .

    6
    4
  7. ސލ

    ރ ޔާމީންގެ ހިންގުންތެރި 5އަހަރުގައި ރާއްޖޭގެ އިގްތިސާދު
    ވަރުގަދަ ކުރެވިފައި އޮތުމުން މިފަދައަނދަވަޅަކުން ސަލާމަތް ވާން ފަސޭހަވާނެއެވެ ދައުލަތުގެ ހަރުމުދާތައް ވިއްކައިގެން
    ރާއްޖެ ވެއްޓފައިވާ އިގްތިސާދީ ވަޅުގަނޑުން ގައުމު ނަގާ ކޮޅައްޖެހީ ރ ޔާމީނެވެ. އަނެއްކާވެސް މިހާރު މިސްރާބު
    ހިފާފައި މިހުރީ އިގްތިސާދީ އަނދަވަޅަކާ ދިމާއަށެވެ.

  8. ކޮސްމީހާ

    ބުނަގަ ދިވެހި ޤައުމު ފެނުމަތީ ވެސް މި އޮތީ ވަކި މީހަކަށްޓަކައޭ. ސާބަސް ބުރޯ!

  9. ތަކުރު

    މިގައުމުގެ އިގްތިސާދު ހަލާކުކޮއްލި މީހަކީ ޔާމިން އެއްގޮތަކައްވެސް ނެރޭނެ ކަމެއް ނެތް އަބަދު ޖަލުގަ ބާއްވާ

    • ސައްޔު

      ދެން އަދީބް އާއި ޒިޔަތު ހަމަ އެވރެއް ނެތް ދޯ