ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އައްޑޫ ސިޓީގެ ފިހާރަތަކާއި ކެފޭތައް ރޭގަނޑު ހުޅުވުން އައްޑޫ ސިޓީ ކައުންސިލުން މަނާ ކުރުމުން ވިޔަފާރިވެރިންނާއި އާއްމުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ނިންމާފައި ވަނީ ސިއްހީ ހިދުމަތްދޭ ކްލިނިކްތަކާއި ބޭސްފިހާރަތައް ފިޔަވައި، އާންމު ހިދުމަތް ދޭ ތަންތަން ކަމުގައިވާ ފިހާރަތަކާއި އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ހިދުމަތް ދޭންވާނީ ކޮންމެ ދުވަހަކު ހެނދުނު 6:00 އިން ހަވީރު 6:00 އަށް ކަމަށެވެ.
މިނިންމުމާއި ގުޅިގެން "ވަގުތު" އަށް މައުލޫމާތު ދިން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ގިނަ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮވިޑް-19 އާއި ގުޅިގެން ވަކިވަކި ކައުންސިލްތަކުން ނިންމުންތައް ނުނިންމަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ލޯކަލް ގަވަރްމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގާފައި ވަނިކޮށް އައްޑޫ ސިޓީ ކައުންސިލުން ވަކި ގޮތަކަށް ނިންމުންތައް ނިންމަމުން ދާތީއެވެ.
"ކޮވިޑް-19 އާއި ގުޅިގެން އެންމެ ގިނަ ފިޔަވަޅުތައް އަޅާފައި މިއޮތީ މާލޭގައި. ނަމަވެސް މާލޭގައި ވެސް ކާބޯތަކެތި ވިއްކާ ފިހާރަތައް ހުޅުވާފައި އެބަހުރި. އެފަދަ ފިހާރަތައް ހުޅުވުމަށް އެއްވެސް ހުރަހެއް ނެތް. ނަމަވެސް އައްޑޫގައި މިފަދަ ފިޔަވަޅެއް އެޅުމުން އެތައް ބަޔަކަށް ބޮޑެތި ގެއްލުންތައް ލިބޭނެ." އައްޑޫއިން "ވަގުތު" އަށް މައުލޫމާތު ދިން ވިޔަފާރިވެރިޔަކު ބުންޏެވެ.
އެހެން ވިޔަފާރިވެރިޔަކު ބުނީ ކޮވިޑް-19 އާއި ގުޅިގެން ފުރަބަންދު (ލޮކްޑައުން) ކޮށްފައިވާ ގިނަ ގައުމުތަކުގައި ވެސް ކާބޯތަކެތި ވިއްކާ ފިހާރަތައް ބަންދު ނުކުރާ ކަމަށެވެ.
"ވަރަށް ބޮޑުވަރު ވެގެން ގޮސް ކޮންޓްރޯލް ނުވާ ހިސާބަށް ދިއުމުން ފިހާރަތައް ބަންދު މިކުރަނީ. ނަމަވެސް އައްޑޫ ސިޓީ ކައުންސިލުން މިއުޅެނީ އެހެން ލެވަލްއެއްގައި. އަޅުގަނޑުމެންނަކީ ވަރަށް ކުޑަ މާޖިންއެއްގައި މުދާ ވިއްކާ ބައެއް. މިފަދަ ފިޔަވަޅެއް އެޅުމުން މިހާރުވެސް ދަށްވެފައި މިއޮތް ވިޔަފާރި އިތުރަށް ދަށްވެގެން ދާނެ. މިއީ ވަރަށް ޒިންމާދާރުކަން ކުޑަ ނިންމުމެއް." އޭނާ ބުންޏެވެ.
އައްޑޫގައި ކެފޭއެއް ހިންގާ މީހަކު ބުނީ ދުވާލު ކެފޭތައް ހުޅުވާފައި ހުރެގެން ނުލިބޭ ގެއްލުމެއް ރޭގަނޑު ހުޅުވުމުން ލިބޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
"މިއީ މިހާރު ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ކުރަން ޖެހޭނެ މަސައްކަތް އެތައް ގުނައެއް އިތުރުވާނެ ކަމެއް. ތަން ބަންދު ކޮށްފައި ހުއްޓަސް ކުލި ދައްކަން ޖެހޭނެ. މުވައްޒަފުންނަށް މުސާރަ ދޭން ޖެހޭނެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އަޅުގަނޑުމެން ވެސް ތާއިދު. ނަމަވެސް ނެތް ބިރުވެރިކަމެއް އުފައްދައިގެން ބައެއްގެ ވިޔަފާރި ހަލާކު ކޮށްލަން ކައުންސިލުން ކުރަމުން މިގެންދާ ކަންތައްތައް ކުށްވެރިކުރަން." އޭނާ ބުންޏެވެ.
އައްޑޫ ސިޓީން "ވަގުތު" އާއި ވާހަކަދެއްކި އާއްމުންގެ މީހަކު ބުނީ ދުވާލު ވަޒީފާގައި އުޅެފައި ވިޔަފާރި ކޮށްލަން ވަގުތެއް ވަނީ ރޭގަނޑު ކަމަށާއި އެހެންވެ ކައުންސިލްގެ ނިންމުމުގެ ސަބަބުން ގިނަ ބަޔަކަށް ދަތިތައް ކުރިމަތިވާނެ ކަމަށެވެ.
"ގަމުގައި ވަޒީފާ އަދާކޮށްފައި ރަށަށް މިއާދެވެނީ އިރުއޮއްސޭއިރު. ވަރަށް ޒިންމާދާރު ކުޑަ ނިންމުމެއް ކައުންސިލުން ނިންމާފައި މިއޮތީ." އޭނާ ބުންޏެވެ.
އާއްމުންގެ އިތުރު މީހަކު ބުނީ ކާތަކެތި ޑެލިވަރީ ކުރަން ވެސް އިތުރު ހުއްދައެއް ހޯދަން ޖެހޭ ގޮތައް ސިޓީ ކައުންސިލުން ނިންމާފައި އޮތުމަކީ ވެސް ގިނަ ވިޔަފާރިވެރިންނާއި، އާއްމުންނަށް ބޮޑެތި ދަތިތައް ދިމާވާނެ ކަމެއް ކަމަށެވެ.
ސިޓީ ކައުންސިލްގެ ނިންމުންތަކާއި ދެކޮޅަށް އައްޑޫގެ ވަރަށް ގިނަ އާއްމު ރައްޔިތުން ގެންދަނީ މީސް މީޑިއާގައި އަޑުއުފުލަމުންނެވެ.
ނޭވާހޮޅިއަށް އެޅުނަސް ފިހާރަ ހުޅުވައިގެން ތިބޭ 24 ގަޑިއިރު.
ބައެއް މީހުންގެ ވަޒީފާ ގެއްލެނީ. މާލޭގެ މަސްހޫރު ފޮޓޯނަގާ އެފް.ޑީ.އައި ގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ވަރަށް ބޮޑު، ޑިއުޓީ ޝެޑިއުލްހަދާ ހަފުތާއަކު 02 ދުވަހު މަސައްކަތްތައް ނުކުންނަންޖެހެނީ. އެނެތް 05 ދުވަހަކީ ނޯޕޭކަމަށް ވަނީ ނިންމާފައި. އެ ދުވަސްތަކަށް މުސާރައެއް ނުލިބޭ. އެހެންކަމަށްވާނަމަ އެ މުވައްޒަފުންނަށް މުސާރަ ލިބޭނީ މަހަކު 08 ދުވަހު އަނެތް 22 ދުވަހު މުސާރައެއް ނުލިބޭ. ދެން ކިހިނެތް ކުލި/ކަރަންޓް/ފެން ބިލް ދައްކަނީ؟ މި ކަހަލަ މުވައްޒަފުންނަށް ސަރުކާރުގެ ޕެކޭޖުގެ ތެރެއިން ހަމަޖެހިދާނެކަމަށް ނޫސްވެރިޔަކު ކޯވިޑް19 ގެ ޕްރެސްގައި ސުވާލުކޮށްލަދީބަލާ؟
ޢަޖައިބެއް. ޢައްޑޫ ރައްޔިތުން ދުނުދޭތި.
ޢަސްލަމް މެން ކަހަލަ މީހުން ނަށް ވޯޓް އެޅީ ފައިސާ އާ ރިޓަން ޓިކެޓް ދީގެން ގެންގޮސް. ޢެމްޑީޕީ މީހުން އެންމެ ހޭރޭނީ. ދެންވެސް ވިސްނަން ވެއްޖޭ ދޯ..
މިކަންތައްވެސް މިވަނީ އައްޑޫގެ އެހެން ރަށްރަށާއި ހުޅުދޫ/މީދޫ މިދެރަށް ވަރަށް ތަފާތުކޮށްފައި، ހުޅުދޫ/ މީދޫ ފައި ހިންގާ ކާބޯތަކެއްޗާއި ޒަރޫރީބޭނުންހިފޭ ތަކެތި ވިއްކާ ފިހާރަތަކަށް ފުލުހުން މެދުވެރިކޮށް ކައުންސެލުން މިއަދު އެންގީ އެފަދަ ފިހާރަތައްވެސް އެއްގޮތަކަށްވެސް ނުހުޅުވާ މުޅިދުވަހު ބަންދުކޮށްފަ ބަހައްޓާށޭ ހެދުންފަހާތަންތަން ނޫނިއްޔާ، މިއީ ކޮންކަހަލަ އިންސާފެއްބާއޭ ހިތަށްއަރާ؟؟؟
ޒިންމާދާރުކަން ކުޑަ ފެއިލްވެފައިވާ ކައުން ސިލަކުން މަސައްކަތް ކުރަމުންދަނީ ކުދިވިޔަފާރިތައް އިނދަޖައްސާލާށެވެ. އަޑޫސިޓީގެ ކައުންސިލް ފެއިލްވެ ރައްޔިތުންގެ އތުބާރުގެއްލި ޕުރައިމރީން ފެއިލް ވުމަކީ ކުދިވިޔަފާރިތައް ބާރުގެބޭނުން ނަހަމަގޮތުގައި ހިފައި ފުނޑާލަންޖެހޭކަމެއްނޫނެވެ.
ކައުންސިލަރުން ހަމަހޭޖެހެން ވެއްޖެ،އިންޑިޔާއިން ޑައިރެކުޓުކޮ އަންނަ ބޯޓުފަހަރު ކަރަންޓީނު ކުރުމެއްނެތި އައްޑޫމީހުންނާއެކު މިހާރުވެސް އައްޑޫ ޕޯޓުގަ މަސައްކަތްކުރަމުން އެބަދެއެވެ.
ތީފޭލްވެފަ އޮތް އެމްޑީފީ ކައިންސިލެއް އޮތްތަނެއް.
ޔަސްރިފާ މެން ތޭދެން ކޮންބާކިޔެ ބަލަފެއިޔެސް އެންގެއި ބޮލެ ރޮދި ކެންޑިފެއިކަން
އައްޑޫސިޓީކައުންސިލްއުފެދުނީއްސުރެ
މިއަދާހަމަޔަށް ޒިއްމާދާރުއެއްވެސްކަމެއް
ކޮއްފައެއްނެތް
އައްޑޫގެ ފިހާރަތައް ރޭގަނޑު ބަންދު ކުރަން އެނގުމުން އެއަކީ ކަންބޮޑުވާން ޖެހޭ ކަމެއްނޫން. މިއީ މުޅި ރާއްޖޭގައުވެސް ކުރަން ޖެހިފައި އޮތްކަމެއް. ކޮންމެހެން ކޮވިޑް އަކާއި ޖެހިގެނެއްނޫން. ތާއަބަދުވެސް މިކަން މިގޮތަށް ބާއްވަންވީ. މިއަދުގެ ދިވެހި މުޖުތަމައު ހަލާކުވެ ނެތިގެން މިދަނީ ދުވާލުގެ ވަގުތަށްވުރެން ބޮޑަށް ރޭނގަޑުގެ ވަގުތުގައި ދިރިއުޅުމުގެ ކަންކަން ފުރިހަމަކުރުމަށް ދޮންމީހުން އެގެންގުޅޭ ސިޔާސަތު މިތާގައިވެސް ބޮޑުވެގެން. ކޮންމެ މީހަކުވެސް ރޭގަނޑު އިރު އޮއްސުނީމައި ގެއަށްވަދެ ގޭމީހުންނާއި އެކު، އަނބި ދަރިންނާއި އެކު ވަގުތު ހޭދަކޮށްބަލަ. އާއިލީ ގުޅުން ވަރުގަދަވެގެންދާނެ. ރޭގަނޑު ހަތަރު ހަތަރު ދަމު އަނިބިމީހާ އާއި ދަރިން މަތިން ހަނދާންނައްތާލާފައި ގޮސް ރައްޓެހިންނާއި އެކު ކޮފީއަކަށް ދިއުމުގެ ބަދަލުގައި. އަނެއްކޮޅުން ގޮސް އިރުއަރަންދެން ރާޒުވާކުޅެން އަނެއްކަމެއްކުރަން ތިބުމުގެ ބަދަލުގައި އިޝާނަމާދުން ފައިބައިގެން ގޮސް އަވަހަށް ނިދާފައި ފަތިހު ފަތިސްނަމާދަށް ހޭލައިގެން ޖަމާއަތަށް މިސްކިތަށް ދެވޭތޯބަލާބަލަ. ކޮންމެ ދުވަހެއްވެސް ފަތިހުގެ ބަރަކާތްތެރި ނަމާދުން ފަށައިގަނެވޭތޯ ބަލާބަލަ. މިހިރީ ރޭގަނޑު ޝޮޕިންގ އަށް ދިއުމަށްވުރެން ތިމާމެންނަށް ރަނގަޅު ކަންތަކޭ.
ދެން މިބުނަނީ ވަޒީފާގަޑި ނިމޭއިރު ފިހާރަތަށް ބަންދުކުރެޔޭ. ވަޒީފާ ގަޑީގައި ކޮފީބޯން، މެންދު ގަޑީގައި ނިދާލަން ވަގުތުލިބޭ.
ބަލަ ކޮންމެ ހަފުތާއަކު ސަރުކާރު މުވައްޒިފުންނަށް ބަންދަށް ދެދުވަސް އެބަލިބޭ، އަނެއްކާ ސަރުކާރު މުވައްޒިފުން ވަޒީފާ އަދާކުރަނީ މެންދުރުފަހު 3 ޖަހަންދެން ލަސްވެގެން. އަމިއްލަ ވަޒީފާތަށް އޮތީ ޑިއުޓީ ބަހާލައިގެންނާއި، ހަފްތާއަކި އެއްދުވަސް ބަންދު ލިބޭގޮތަށް. އެވަރުންވެސް އަނބިދަރިންނަށް ގަނެދޭންޖެހޭ ކާއެތިކޮޅު ގަންނަންވީމައި ވަގުތެއްނެއް. އެވަގުތު ބިޓަކާއި އެކު ކޮފީއަކަށް ދާންވަގުތުލިބޭ. ކީކޭ ދެން ބުނާނީ.
ލަފާކުރެވެނީ އައްޑޫ އިން މީހަކު ޕޮސިޓިވް ޥެއްޖެ ކަމަށް. މިކަން ފޮރުވަން އުޅުނަސް އެޅި ފިޔަވަޅުން މިކަން ވަރަށް ސާފް
ވަރަށް ގިނަ ތައްޔާރުގައި އަމަލުކުރަމުން ދަނީ އެ ޗްޕީއޭއިން ނާންގާގޮތަށް، އެކަން ކަން ސަމާލުކަމަށް ގެނަޔަސް އެ ޗްޕީއޭއިން އަޅައެއްނުލާ މުޅި ރަށުގައި ފިތުނަ އުފައްދާ ބިރުވެރިކަން އުފައްދާފައި މާލެއިން ނުވަތަ އެހެން ރަށަކުން މީހަކު އަޔަސް ފޯކައިދޫގައި ކަރަންޓުން ކުރަނީ ފާޑެއްގެ ލިޔުމެއްވެސް ދީފައި މީ ދެރަކަމެއް ސަރުކާރުން ނާންގާ ކަންކަން ޓާސްފޯސް ހަދައިގެން ކުރުން
މިއީ ކޮންކަހަލަ ބަޔެއް؟
ސޯބެ ބުއްދި ގޯސްވީ ކަމަށް ބެލެވޭ ! ކޮވިޑްގެ އެންމެ ނުރައްކާ ބޮޑު އަދި ރައްކާތެރިކަމުގެ އެންމެ ގިނަ ފިޔަވަޅު އަޅާފައިވާ މާލެ އަށްވުރެންވެސް މައްޗަށް ސޯބެގެ ބިރު ބޮޑުވީމާ ދައުރު ހަމަ ނުވަނީސް ސޯބެ ގޭގައި މަޑުކުރުވަން އެބަޖެހޭ. އެހެންނޫނަސް ސޯބެގެ އެއެންގުމަށް އަމަލު ކުރާކަށް ނުޖެހޭނެކަން އެޗް.ޕީ.އޭ އާއި އެލް.ޖީ.އޭ ގެ ބަހުން ސާފު. އައްޑޫގެ ރައްޔިތުން ދާންވީ ހަމަ ބާރަށް ކުރިއަށް ! ސޯބެ ގޭގައި ކަރަންޓީނު ކުރޭ ! މިއަށް ދިވެހި ބަހުން ކިޔަނީ "ބޮޑުވަރު".
އަހާނ މަވެސްޖެހޭނެއެއްނުން މޮޅުކަމެއްކޮށްލަން އެގޮތުން ކޮށްލިކަމަކާ ވައްތަރީ
ޒިންމާދާރުކަންކުޑަ ނިންމުން ނިންމާ ތަނެއްކަން އެނގުނީ މިއަދުތަ؟
މިވަގުންގެ ސަރުކާރު އައިފަހުން ހުރިހާ ކަމަކުންވެސް ރަށްޔަތުންނަށް ބަލާވެރިކަން ޔާﷲ އެމްޑީޕީ ގެ ބަލާވެރިކަމުން އެންމެހައި ދިވެހި ރަށްޔަތުން ސަލާމަތް ކުރަށްވާށި އާމީން