ކޮވިޑް-19 އާއި ގުޅިގެން ހީނަރުވެފައިވާ ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން އެކުލަވާލާފައިވާ އިކޮނޮމިކް ސަޕޯޓު ޕްރޮގްރާމް އޮތީ ދެފުށް ފެންނަ ގޮތަކަށް ނޫން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޗެނަލް 13ގެ "ނުހައްގުން ޖަލުގައި" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސައީދު ވަނީ ސަރުކާރުގެ އިކޮނޮމިކް ސަޕޯޓް ޕްރޮގްރާމްގައި އޮޅުން ނުފިލާ ގިނަ ކަންތައްތަކެއް ހުރި ކަމަށް ފާހަގަކުރައްވާފައެވެ. އަދި އެ ޕްރޮގްރާމުން ރައްޔިތުންނަށް ކުރާނެ އަސަރު ސާފު ނުވާތީ އެކަމާއި މެދު ވެސް ސައީދު ވަނީ ސުވާލު އުފައްދަވާފައެވެ.

"ސަރުކާރުގެ އިކޮނޮމިކް ޕްރޮގްރާމްގެ ދެ ފުށް ނުފެންނަ ތާނގައި އޭގެއިން އާއްމު ރައްޔިތުންނަށް ކުރާނެ މަންފާއެއް ސީދާ އެނގޭކަށް ނެތޭ. މި އުޅެނީ ދިވެހިރާއްޖެ އިގްތިސާދީ އަނދަވަޅަކަށް ވެއްޓިގެން. އަދި މި ބަލީގެ ނުރައްކަލާއި އެކު އަޅުގަނޑުމެން މިރޭ ނުވަތަ މާދަމާ، އަޑުއިވިގެން މިދިޔައީ މުޅި ގައުމުގެ ބޯޑަރު އެއްކޮށް ކްލޯޒްކޮށްލާ ވާހަކަ. ރާއްޖޭގައި 50 އެތައް ރިސޯޓެއް ބަންދުކޮށްފައި މިހިރީ." އޭނާ ވިދާޅުވިއވެެ.

ސައީދު ވަނީ ރާއްޖެއަށް ކުރިއަށް އޮތް ފަސް މަހަށް ބޭނުންވާ ވަރަށް ކާޑާއި ބޭހުގެ ބާވަތްތައް ލިބޭނެ މަގު ހޯއްދަވާ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، އެކަން ކަށަވަރުވެފައި ނުވާ ކަމަށް ވިދާޅުވެ ކަންބޮޑުވުންފާޅު ކުރައްވާފައެވެ. ގެސްޓް ހައުސް އާއި ސަފާރީ އާއި ރިސޯޓްތައް ބަންދުކޮށް، ވިޔަފާރިތައް ބަނގުރޫޓުވެގެން ދާއިރު، އެއިން ކޮންމެ ކަމެއްވެސް ގޮސް ގުޅެނީ ފައިސާ އާއި ކަމަށާއި ރާއްޖެ އަށް ބޭނުންވާ ފައިސާ ލިބިގެން ނޫނީ އެއްވެސް އެއްޗެއް ނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނުރައްކާތެރި ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް އަންނަމުންދާ ހީނަރުކަން ކުޑަ ކުރުމަށްޓަކައި ސަރުކާރުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކާއި އެ ފިޔަވަޅުތައް އެޅުމަށް ނިންމި ސަބަބުތައް ސާފު ކުރުމަށް ސަރުކާރުގެ އިގްތިސޯދީ އަދި މާލީ ކަންކަމާއި ބެހޭ އިސް ފަރާތްތައް މަޖިލީހުގެ އިގްތިސޯދީ ކޮމެޓީއަށް ހާޒިރު ކޮށްދިނުމަށް ވެސް ސައީދު ވަނީ އެދިވަޑައިގަންނަވާފައެވެ.

އެކަން އެގޮތަށް ކުރަން އެދުނީ ބޭރުގެ ޤައުމުތަކުގައި ވެސް މާލީ ކަންކަން ނިންމާއިރު ސަރުކާރު ޖަވާބުދާރީ ކުރަން މަޖިލީހުން އަދާކުރާ ދައުރު ބޮޑުވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމެރިކާ، ޔޫކެ ފަދަ ޤައުމުތަކުގައި އަދި ޔޫރަޕްގެ ބޮޑެތި ޤައުމުތަކުގައި ވެސް މިކަން ކުރާ ގޮތަކީ، މަޖިލީހުން ވަރަށް ބޮޑު ރޯލެއް މީގައި އަދާކުރެއޭ ސަރުކާރުން މިފަދަ ޕްރޮގްރާމްތައް މާލީ ކަންކަމުގައި ޚާއްސަކޮށް ޖަވާބުދާރީ ކުރުމަށްޓަކާ. އެއީ ޤާނޫނު އަސާސީގެ ވެސް ރޫހަކީ. އަދި ޤާނޫނުތަކުގެ ޖުމްލަ މަހުފޫމް މި އޮންނަނީ މިގޮތަށް އެތުރިގެން ގޮސްފައި،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ސަރުކާރުގެ އިގްތިސޯދީ އަދި މާލީ ކަންކަމާއި ބެހޭ އިސް ފަރާތްތައް ކޮމެޓީއަށް ހާޒިރު ކުރަން ބޭނުންވާ ސަބަބަކީ ސަރުކާރުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރި ކުރާ ފަރާތްތަކާއި މާލީ ދާއިރާތަކާއި މުޅި އިގްތިސޯދަށް ކުރާނެ އަސަރު ދެނެގަތުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލްޖިބްރާ

    ޔާމީނުގެ ވެރިކަމުގަ ޤައުމު ދަވާލިއިރު ކަލެއަށް ދެފުށް ނުފެނުނީ ކަލޭގެ ހިއްސުތަކުގައި ހުރި މައްސަލައަކުން ކަމަށް ކަލޭ ޤަބޫލު ކުރަންތަ ؟އަގަގަޅާތި !

    2
    2
  2. ނަދާ

    ސަބަހޭ ފިނިފެންމާ، މިފަދަ ހާލަތެއްގައި ވެސް ތިޔަ މާ ފޮޅުވޭތޯ ބަލަތި ފިތުނަ އުފައްދަށްވިޔަސް، މިއުޅެނި ދެފުށް ނުފެނިގެންތަ؟

    1
    2
  3. ރިސޯޓްބޯއި

    ރާއްޖެއަށް ބޭނުންވާ ކާޑާއި ބޭސް ގެނައުމަކީ ރައީސް ކުރަންޖެހޭ ކަމެއްނޫން. އިންޑިއާ ހައިކޮމިޝަނުން އެކަމުގެ ޔަގީންކަން ދިނީމައި ރައީސް އެއޮތީ އެވާހަ ބުނެލާފައި.
    ވަޒީފާ އަދާކުރާ މީހުންގެ ހައްގުގައި އެކުލަވާލި ބިލިޔަންރުފިޔާ ސީދާ ވަންނަނީ ރިސޯޓު އޯނަރުންނާއި ވިޔަފާރި އޯނަރުގެ ޖީބަށް. ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒިފުންގެ މުސާރަ ދެބައިކޮށްފައި އެއްބަޔަށް ކުޑަ ކޮށްފި، ބައެއް މުވައްޒިފުން ނަށް ނޯޕޭދީފައި ފޮނުވައިފި، ތޮއްޑޫ ވަހީދާއި ރައީސް އިބްރާހީމް ބުނަނީ އެހެން ނެހެދޭނެކަމަށް، އެހެން ހަދައިގެން ނުވާނެކަމަށް. އަނެއްކޮޅުން ރިސޯޓު އޯނަރުން ގާތު ސިއްރުން ބުނާއެއްޗެއް ނޭގޭ. އެކަމަކު އެހެން ހަދައިފި، ޓުއަރިޒަމް ގައި މަސައްކަތް ކުރާ އެތަކެއް އެތަކެއް ދިވެހި ދަރިންނެއް ބިކަވެއްޖެ.
    ބައެއް ރިސޯޓުތަކުން %25 ޕަސެންޓް މުސާރަ ކުޑަކޮށް، އެއުނިކުރިބައި އަންނަ އަހަރު ޖެނުއަރީންފެށިގެން ލިބޭނެކަމަށް އެބަބުނޭ. އެވެސް އެންމެ ރަގަޅުގޮތެއް.
    ބައެއް ރިސޯޓުތަކުން ބުނަނީ ކުރިޔަށް އޮތް ހަމަސް ދުވަހަށް ލިބޭނީ މުސާރައިގެ %50 ކަމަށް، ތިންމަސް ދުވަހަށް ރަށްދިއަޔަސް އެންމެ ރަނގަޅުކަށް، އަނެއް ތިންމަސް ދުވަހު ރިސޯޓުގެ ކޮންސްޓްރަކްޝަން މަސައްކަތުގައި ބައިވެރިވާނެ ޖެހޭނެކަމަށް، އެމަސައްކަތުގައި ބައިވެރި ނުވާކަމަށްވަންޏާމު ވަޒީފާއިން ވަކިވާނެކަމަށް. މިއީ ހަމަ އިންސާފުތޯ؟
    އެމްޑީޕީގެ ސުޕަމެޖޯރިޓީ މަޖިލީހުންނާއި، އިންސާފުވެރި ފަނޑިޔާރުގެއިންނާއި، އަދުލުވެރި ރައީސް މި ޓުއަރިޒަމްގައި ވަޒީފާ އަދާކުރާ ދިވެހި ދަރިންނަށް ކަލޭމެންނަށް ކޮށްދެވޭނެ ކަމެއް އެބައޮތްތަ؟ ނެތިއްޔާމު ނެތްވާހަކަވެސް ބުނެލީމައި މަމެންނަށް އެނގޭނެތާ މަމެންނާއި އަޅާލާނެ ބަޔަކު މިގައުމުގައިނެތްކަމަށް.

  4. ރެކިހުތާ

    ކަލޭމެންގެ ރީނދޫ މާ އެއޮތީ ލަންޑަނުގައި ފިލާފައި. ބޯހުދުމާ އިންޑިޔާ އެމްބަސީ ބުނާގޮތަށް ގައުމު އެބަދުއްވާ.

  5. އަހްމަދު

    އަޅެމިކަލޭގެ ހިއްސުމަދީތަ؟

    1
    2