ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދޭތެރޭގައި ބޮޑެތި ތަފާތު ކުރުންތަކެއް ގެންގުޅުއްވާ ކަން ސާބިތުވެފައިވާ ކަމަށް ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ.

ދުނިޔޭގައި ހަލުއިކަމާ އެކު ފެތުރޭ ކޮވިޑް-19އާ ގުޅޭ ގޮތުން ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ )ގައި ރައީސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އަމާޒުވި އެއް ސުވާލަކީ ރައީސް ޔާމީން ގެއަށް ބަދަލުކުރައްވަން ނުނިންމަވާނަންތޯއެވެ.

އެކަމާ ބެހޭ ގޮތުން ރައީސް ވިދާޅުވީ ޖަލުން މީހުން މިނިވަންކުރަން ގާނޫނީ ގޮތުން ވަކި އުސޫލުތަކެއް އޮންނަ ކަމަށާއި އެމަނިކުފާނު އަމަލުކުރައްވާނީ އެ ގޮތަށް ކަމަށެވެެ. އަދި ޖަލުގައި ތިބި މީހުންނާ މެދު ތަފާތެއް ނުގެންގުޅުއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޗެނަލް 13 އިން ގެނެސްދިން ޕްރޮގްރާމެއްގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް އެގޮތަށް ވިދާޅުވިޔަސް، އެހެން ސިޔާސީ ބޭފުޅުން މިހާރު ވެސް ގެއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ބައިވެރިވެވަޑައިގެންނެވި ދެ ބޭފުޅުން ކަމަށްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ޒިޔަތު ގެއަށް ބަދަލުކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދައުރެއް އޮވެގެން ކަމަށެވެ.

"މިސާލަކަށް އެމްއެމްޕީއާރްސީ މައްސަލައިގައި އެންމެ ފުރަތަމަ އެކަން ސާބިތުވެގެން އަހުމަދު އަދީބާއި ޒިޔަތު އާއި ދެ ބޭފުޅުން ދެއްތޯ، މި ދެ ބޭފުޅުން ތިއްބެވީ ގެގައި. އަޅުގަނޑަކަށް ހިއެއް ނުވޭ އެ ދެ ބޭފުޅުން ގެއަށް ބަދަލުކުރުން އެއީ ހަމައެކަނި ކަރެކްޝަންސުން އިސް ނަގައިގެން ކޮށްފައި އޮތް ކަމެއްހެނެއް. ހަމަގައިމު ވެސް ރައީސުލްޖުމްހޫރިއްޔާ އާއި ހަމައިން އެކަން ހިނގާފައި އޮންނާނީ. އެހެންވީމަ، އެކަމަކު ރައީސް ޔާމީން ބާއްވަން މި ބޭނުން ވަނީ ޖަލުގައި،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ދަރުބާރުގޭގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 އާއި ގުޅިގެން، ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިއާ ވެސް ގެއަށް ބަދަލުކޮށްފައިވާތީ މިވަގުތު ޖަލުގައި ހުންނެވި ރައީސް ޔާމީން ދޫކޮށްލަން ވިސްނަވަންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ވިދާޅުވީ ޖަލުގައި ތިބޭ ފަރާތްތައް ދޫކުރެވެނީ ގާނޫނުގެ ތެރެއިން ވަކި އުސޫލުތަކަކާއި އެއްގޮތަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. Anonymous

  އަދުރޭ ބުންޏަސް ތެދު ހަގީގަތް ވާނީ ހަގީގަތައް،

  56
  18
 2. Anonymous

  ބޭއިންސާފު ޝަރީއަތް ހިންގަންޖެހުނަސް މިސަރުކާރަށްނެތް ރ.ޔާމީނަށް އެހެންގޮތެއް ހެދޭކަށް، އެއީ މިގައުމުގެ ގިނަރައްޔިތުންނަށް އެގޭނެފަދައިން ރ.ޔާމީނު ސަރުކާރު ބަދަލުކޮށް ރ.އިބޫސާލިހު ވެރިކަމަށް ގެންނަން އެއްމެބޮޑު ޚަރަދުތައްހިންގީ އެމްއެމްއާރސީގެ ފައިސާއިން، ރ.އިބޫސާލިހު އެމްއެމްޕރސީގެ ފައިސާދަބަސް ގެންދިޔަ ވީޑިއޯ އާއި މައި އައްދާރު އަދީބު މީޑިއާއަށް ހާމަކުރި ރ.އިބޫއަށް 35 މިލއަން ޑޮލަރ ދިންވާހަކަ، މިކަމުގެ ސާފު ހެއްކަކަށްފުދޭ މިހާރު ރ.ޔާމީނަށް ދެމުންދާ ލާއިންސާނީ އަނިޔާއަކީ މިސަރުކާރުން ބަޔަކަށް ވެފައިވާ ވަޢުދެއް ފުއްދަނީކަން، އެވައުދަކީ ބޮޑުވަގު އަދީބާއި އޭނަގެ ޕާޓީ ޖަލުން މިނިވަންކޮށް ހުދު ފޮތިކޮޅަކަށްހަދާފަ ރ.ޔާމީނު އުމުރަށް ޖަލަށްލާފަ އެމަނިކުފާނުގެ ބެއިތުލްމާލު މިސަރުކާގެ އިސްވެރިން ބަނޑަށްލުން. އެ ޖަރީމާ ހިންގަމުންއެދަނީ

  36
  18
 3. ގަމާރު

  މިއީ ހަމަ ނާގާބިލް ރައީސް ިމކަހަލަ ވެރިން ލިމާމިގައުމުމިވަނީ ހަލާކު؟ ދެއކޭ ވާހަކައެއް ނުދެއްކޭވާހަކައެއްނުއިގޭ؟؟

  38
  14
 4. އަލްޖިބްރާ

  މައުމޫނު ޖަލުގައި ތެޅުވިއިރު އަދުރޭގެ ކަންފަތާއި ޔާމީނުގެ ކަންފަތް ހުރީ ބީރުވެފަތަ ؟ މިހާރު ވެރިކަމުގައި ހުރީ ކަލޭ ބޭނުންވާ ގޮތަށް ކަންތަށް ނިންމާނެ މީހެއްނޫން ! ނިޔާކަޑައެޅީމަ އެނިޔާ ކަޑައެޅި ގޮތަކަށް ޖެހޭނީ ހުކުމް ތަންފީޒު ކުރަން ! މިކަމުން އިސްތިސްނާވާނެ ބަޔަކު ކަޑައަޅާނީވެސް އަދުރޭ އެއް ނޫން ! އެކަން ކަޑައަޅާނީ އެއިރެއްގެ ސާރުކާރުން ! ކަލޭ ކިތަންމެ ހަޅޭކެއްލެވިއަސް ކަލެއަށް ވާނެ ފައިދާއެއް ނެތް !

  12
  34
 5. އަހޫ

  ވެލްސެއިޑް އަދުރޭ. އޭނަ ބަހައްޓަންވީ ހަމަ ޖަލުގަ ތަފާތުގޮތަކަށް. ހީހީހީ

  7
  24
 6. ޣާލް

  އަދި އިންސާފް އަރާ ހަމަކުރާނެ، ރޔ ހުރި ނަމަ އިންޝާﷲ މއަށްވުރެ މާ ރަނގަޅަށް މިހާލަތުގައި މަސައްކަތް ކުރެވުނިސް

  34
  6
 7. ޠޔބ

  ޢަދުރޭ އައް ކޯއްޗެއް ި އިނގެނީ. ކަލޭ އަކައް ނޭގޭނެ

  7
  30
 8. ކެޔޮޅު

  ﷲ ގެ ވާގިފުޅާއި އެކު ސޯލިހާއި އަންނި ވަރަށް އަވަހަށް އިންސާފުގެ ކުރިމަށްޗަށް ހާޒިރު ކުރެވޭނެ.

  39
  8
 9. ޓިނޫ

  ބަލަ އަދީބުގެ މައްސަ އެބަ ބަލައެއްނު. މިހާރު އޭނާގެ ހުކުމެއް ނެތެއްނު. އޭނަޔަށް ހުކުމް ކުރާނީ ޔާމީނާއެކު އޭރުން 2 މީހުންނަށް އެއް ކޮޓަރީިގައި ތިބެވޭނެ.

  2
  26
 10. ބޮކި

  ކަލޭމެންގެ ވެރިކަމުގަ ވަރަށް ރަގަޅަ ދޯ ހަމަހަމަކަން ގެނެސްދިނީ........؟؟؟؟

  11
  20
 11. ނަޖީ

  ގައުމުގެ ގިނަބަޔަކައް ކަށަވަރުވެ ޔަގީންވާކަމެއް ރޔ އާދޭތެރޭ ތަފާތުކުރަމުންގެންދާކަން މުޅި ދުނިޔެއައް ހުޅުވާލާގެން ހިންގިށަރިއަތެގަ ކުރިތަހުގީގަކާ ކުރިޔައްދިޔަށަރިއަތަކާ އިއްވި ހުކުމަކާދިމާނުވާކަން ކަށަވަރުވެ ޔަގީންވޭ ދެން ކީކޭމިތިބަ ކިޔަނީ ސޯލިހުމެން އަރާތިބެ

 12. ޙަފީ

  ގަވެއް ޥީމަ ކަންނޭގެ

 13. އަދުރޭގެ

  ޔާމީނުގެ ވެރިކަމުގައި އެއްވެސް މީހަކާ މެދުގައި ތަފާތެއް ގެންގުޅެފައި ނުވާތީ އަދުރޭ ހީކުރަނީ އެހެން މީހުންވެސް ޔާމީނުހޭ އަދުލުވެރި އޯގާތެރި ވާނެކަމަށް ދޯ.

 14. ކިޔާނަން

  ރ.ޔާމީން ބޭއިންސާފުން ޖަލުގަ އޮވެވިގެން ނުވާނެ. ވެރިކަން ހިންގަން ނޭގޭ ނުކުޅެދޭ ބައިގަނޑު މުޅި ގައުމު ހަލާކުކޮށްފި

 15. Anonymous

  އަނިޔާވެރިކަމާ ޖާހިލުކަން އިސްކޮށް މުސްލިމުން ބައިބައިވެ އަމިއްލައެދުން ކުރިއަށްނެރެ ފިތުނަފަސާދަ އުފައްދާ އިސްލާމީއަދާލަތް ފުށުއަރާ ޒާތްޒާތުގެ އަމަލްތައް ގިނަކޮށް އިސްލާމްދީނުގާ އަމަލްކުރުމައް ﷲ އެނެގެވިކަންކަމުން އެއްކިބާވެ ޑިމޮކްރަސީގެ ނަމުގަ ކާފިރުން ގެނެސްދޭ ކޮންމެކަމަކަށް ރުހިލޯބިކޮށް ކުށްފާފައަށް އަރާގަތުމުގަ އެއްވެސް ޖެހިލުމެއްނެތުން އެއީ މިއަދު ދުނިޔެދެކެމުން މިދާހާ ބަލާބުސީބާތް ތަކުގެފެށުން އެއީ ދެބަސްނުވެވޭނެ ހަގީގަތެއް.
  ރ ނަޝީދުއަކީވެސް ދިވެހިރައްޔިތެއް ރ ޔާމީން އަކީވެސް ދިވެހިރައްޔިތެއް. . ތަފާތަކީ ރ ޔާމީންގެ ވިސްނުން ފުޅުގަ ދޭދޭގައުމުތަކާމެދު އޮންނަވިސްނުން ތަފާތުވުމާ އަމިއްލަގައުމުގެ މަސްލަހަތުއިސްކުރެއްވުން. ނަމަވެސް ނަށީދުގެ ވިސްނުމުގަ އަބަދު އިސްލާމްދީނާ ބީރައްޓެހި ކޮންމެވެސް ދެކޮޅުނުޖެހޭ ކަންތައްތަކެއްހުރުމުގެ އިތުރުން އަމިއްލަ ގައުމުގެ މަސްލަހަތައްތުރެ ބޭރުކޮންމެވެސް ކަރައެއްގެ މަސްލަހަތު އސްކުރާނެ. މިއަދު މިފަދަ ބިރުވެރިކަމުގަ މުޅިދުނިޔެ އޮތްްިރުވެސް ރ ނަޝީދު ހައްޔަރުކުރުމުން ކަންބޮޑުވި އެއްވެސް ޖަމިއްޔާ ޖަމާއަތަކަށް ރ ޔާމީން ހައްޔަރުކޮށް ޖަލުގެގަ ބޭއްވުން މައްސަލައަކަށް ނުވީ. ސިއްރަކީ ކޮބާކަން ނުދެންނެވިނަމަވެސް މިވަނީ ރޯބަރަހަނާ ހާލުގަ މިވނީ ފެންނާކަށްނޫންތޯ؟ މިއަދުވެސް މިދަނީ ހަމައާއި އިންސާފު އޮޅުވާލާ ނަހަމައާއި ބޭއިންސާފު އިސްކޮށް ހީރޯހައްޔަރުކޮށް ހޯރަދޫކޮށްފަ. އެކަމަމަކު ރައީސް މީހާ ފާޅުގަ މިވަނީ ރައްޔިތުންނައް އެކަންއޮޅުވާލާފަ. ވީމާ ދުނިޔޭގަ ފެތުރެމުން މިދާހާ ނުބައި ކަންކަމާ އިންސާނުން ނާ އޮތީ ގުޅިލާމެހިފާ ކަމާމެދަކު ސުވާލެއްވެސްނެތް. އިސްލާހުގެނަމުގަ އޮޅުވާލާ އިސްކުރި ކޮންމެ ކަމަކީ މިއަދު ދުނިޔެ ދެކެންމުން މިދާ ކޮންމެބަލާމުސީބާތް ތަކާ އާފާތްތަކުގެ ތަޅުދަނޑިކަން އެނގިތިބެވެސް ލަފާގޮތުގަ ކަމެއްކޮށް ވަފާތެރިވާން ބޭނުންނުވި ނަމަ ނަފާވާނެ އޮތީކޮންގޮތެއްތޯ؟؟؟؟

 16. ބްރޯ

  އަދުރޭ ތިޔަ ބުނީ ތެދެއް ތަފަތުގެންގުޅޭ އަދިމައްސަލަޔަކީވެސް ޔާމީނަށް ދައުވަކުރަންޖެހޭ މައްސަލައެއް ނޫން .ނަމަވެސް މިހުރިހާކަމެއް ޔާމީނުގެ މައްޗަށް މަގުފަހިކުރުވީ އަދުރެއާ ފަާތުމަ ދޯ.