އައްޑޫސިޓީގެ ފިހާރަތަކާއި ކެފޭ، އަދި ރެސްޓޯރެންޓް ފަދަ ތަންތަން ބަންދުކުރަން އައްޑޫސިޓީގެ ކައުންސިލުން ނިންމީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް އެނގިގެން ނޫން ކަމަށް ސަރުކާރުން ކޮވިޑް 19 އާއި ގުޅިގެން މައުލޫމާތު ދިނުމަށް ކަނޑައަޅުއްވާފައިވާ މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި ފެތުރިފައިވާ ކޮވިޑް-19 ރާއްޖެއިން ފެނިފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އައްޑޫގެ ފިހާރަތަކާއި ކެފޭތައް އިރުއޮއްސި 6 ޖަހާއިރު ބަންދު ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އަންގާފައިވާތީ "ވަގުތު"އިން ކުރި ސުވާލަށް ޖަވާބުދެއްވަމުން މަބްރޫކް ވިދާޅުވީ، އެއީ އެޗްޕީއާ ވާހަކަދެކެވިގެން ކުރެވުނު ކަމެއް ނޫން ކަމަށެވެ.

" އެޗްޕިއޭއަކާއި ވާހަކަދެއްކިގެން ކުރެވުނު ކަމެއް ނޫން. ތި ލިޔުމެއްގެ ކޮޕީއެއް އަޅުގަނޑުވެސް ދެކުނިން ދެން ސޯޝަލް މީޑިއާތެރޭ އުޅޭތަން ޑިސްކަސްކުރެވިގެން ކުރެވުނު ކަމެއް ނޫން. އަދި އެލްޖީއޭއިން ދަންނަވާ ގޮތަށް ސަރުކަރު އެޗްޕީއޭ، ހެލްތް ޕްރޮފެޝަނަލުން މިކަމުގައި ކަންކުރަން ބުނާ ގޮތަށް ކުރުން އެއީ އެންމެ ރަނގަޅު ގޮތްކަމަށް ދެކިގެން ހުރިހާ ކައުންސިލަކުންވެސް މަސައްކަތް ކުރުމަށް އެލްޖީއޭއިން ވާނީ އަންގާފައި." މަބްރޫކް ވިދާޅުވިއެވެ.

އެހެންނަމަވެސް އެފަދަ އެންގުމެއް ޤާނޫނީ ގޮތުން އެންގިދާނެތޯ ކުރި ސުވާލަށް މަބްރޫކް ޖަވާބެއް ނުދެއްވައެވެ.

ފިހާރަތަށް ހުޅުވާފަ ބަހައްޓާ ގަޑި އާއި ވިޔަފާރިތަކާއި ގުޅުން ހުރި ނިންމުންތައް އާއްމުކޮށް ނިންމަނީ އިކޮނޮމިކް މިނިސްޓްރީން ކަމަށް ވުމާއި އެކު ޤާނޫނީގޮތުން ކައުންސިލަށް ފިހާރަތަށް ވަކި ގަޑިއަކު ބަންދުކުރަން އެންގިދާނެ ކަމާއި މެދު ބައެއް ޤާނޫނީ ބޭފުޅުންނާއި ވިޔަފާރިވެރިން ވަނީ ސުވާލު އުފައްދާފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސިއްހީ ހިދުމަތްދޭ ކްލިނިކްތަކާއި ބޭސް ފިހާރަތައް ފިޔަވައި އާންމު ހިދުމަތް ދޭ، ފިހާރަތަކާއި އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން މާދަމާ އިރުއޮއްސި 18:00 ގެ ފަހުން ހިދުމަތް ދެވޭނީ ކޮންމެ ދުވަހަކު ހެނދުނު 6:00 އިން އިރުއޮއްސި 18:00 އަށް ކަމަށެވެ.

އަދި ގާޑިޔާތަކުގެ ހިދުމަތް ދެވޭނީ ހުއްދަ ދެވޭ ފެންވަރަށް އަތް ދޮވުމުގެ އިންތިޒާމު ހަމަޖެއްސުމުން ކަމަށާއި އެތަނުން ހެދިކާ، މަސް ކާށި، ކޮފީ ފަދަ ތަކެތި ވިއްކުން މަނާ ވާނެ ކަމަށް ވެސް އެ ކައުންސިލުން އެންގިއެވެ. މީގެ އިތުރުން ގޮނޑި، ޖޯލި ފަދަ ތަކެތި ބަހައްޓައިގެން ގާޑިޔާ ނުހިންގޭނެ ކަމަށް ކައުންސިލްގެ އިއުލާންގައިވެއެވެ.

އިތުރަށް ސިޓީ ކައުންސިލުން ބުނީ ކެފޭތަކާއި ރެސްޓޯރަންޓު އަދި ގާޑިޔާތަކުގައި ދުފާ ތަކެތި ވިއްކަން ވާނީ ޕެކް ކުރެވިގެން ކަމަށާއި ކެފޭ އަދި ރެސްޓޯރެންޓް ތަކުން ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދޭނެ ބޭނުންވާނަމަ، އަވަށު އޮފީހުން ހުއްދަ ހޯދުމަށްފަހު ހަވީރު 6 އިން ރޭގަނޑު 10 އަށް ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދެވިދާނެ ކަމަށެވެ.

މީގެ އިތުރުން، އައްޑޫގައި 24 ގަޑިއިރު ހިދުމަތްދޭ ތަންތަނުން އިއުލާނުގައި ކަނޑައެޅިފައިވާ ގަޑީގެ އިރުތަށް ހިދުމަތް ދޭން ބޭނުންވާ ނަމަ އަވަށު އޮފީހުން ހާއްްސަ ހުއްދަ ހޯދަންވާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވަނީ މި ކަންކަމާއި ހިލާފުވާ ފަރާތްތަކަށް ގާނޫނުގައި ކަނޑައެޅިފައިވާ ފިޔަވަޅު އަޅާނެ ކަމަށެވެ. މިކަމާއި ގުޅިގެން ވިޔަފާރިވެރިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. މުންޑު ހަސަންބެ

  އައްޑޫސިޓީގެ ފިހާރަތަކާއި ކެފޭ މިއަދުން ފެށިގެން Hp އަށް ގުޅާ

  2
  1
 2. ހުސޭނުބޭ

  ރާއްޖޭގެ ރައްޔިތުންނަށް އެކަން އެނގޭއިރު އަދިވެސް އެޗްޕީއޭ އަށް ނޭގޭދޯ! ވަރެއްގެ އެޗްޕީއޭ އެއް ތިއީ އެހެންވިއްޔާ!

 3. ޝަމްސުލް މާލިކު

  ދިވެހިދައުލަތާ ހިލާފައް ކުދި ވިޔަފާރިތަށް ފުނޑާލުމުގެ މަގުސަދުގައި ފެއިލް ވެފައިވާ އައްޑަުުސިޓީ ކައުންސިލުން ރާވައިގެން ހިންގާ ސިލްސިލާ ޖަރީމާއެކެވެ، ކައުންސިލުން ޕުރައިމަރީގަ ފެއިލް ކޮލީ ކުދުވިޔަފާރިވެރިން ކަމަށްވާތީ މިފިލުވަނީ ޒާތީ ހަސަދައެކެވެ

 4. މުހަންމަދު

  ތިޔަކައުންސިލުން މުޅިންވެސް ކުރާނީ ތިޔަބާވަތުގެ ކަންކަން. މޭޔަރު ހުންނަނީ ނިދިން ނުހޭލެވި ދެން ވާނުވާ ނޭގޭނެތާ ދޯ.

  9
  1
 5. ކޮރަލް

  އެއީ އެޗްޕީއާ ވާހަކަދެކެވިގެން ކުރެވުނު ކަމެއް ނޫން ކަމަށެވެ. ފިޔަވަޅު އަޅާ ބަލަާށެވެ.

 6. ސަލާ

  ތިއެޗްޕީއޭ ގަބޫލުކުރާ ގޮތުގައި މިރާއްޖެއަށް ކޮވިޑް ވައިރަސް އަޔަނުދިނުމަށް ކުރަންޖެހޭ ކަމަކީ ރިސޯޓު ތަަކަށް އަރާ ފައިބާ މީހުން ބަލައި އެރިސޯޓުތަކުގައި ތިބި މުވައްޒިފުން އެރަށްރަށުގައި ކަރަންޓީނުކޮށް ހިފެހެއްޓުން އެއީ ކަމަށް ކުރަންޖެހޭ ކަމަކީ. މާލެ އާއި އައްޑޫ ގަމުގައި އެއާޕޯޓުގައި ގެސްޓުންގެ ހިދުމަތުގައި، އިމިގްރޭޝަނާއި އެރައިވަލް ޑިޕާޗާ ޗެކިން ޗެކްއައުޓް ގައި ގެސްޓުންނާއި ކޮންޓެކްޓް ވާގޮތަށް އެތިބޭ މުވައްޒިފުން ވަރިހަމަ ބޭނުންކޮންމެ ގޮތަކަށް އުޅުނަކަސް. އެންމެ ފަހުން ދުނިޔޭގެ ހުރިހާ އެއާލައިނެއް ކަހަލަ ގޮތަކަށް ދަތުރު ފަތުރު ހުއްޓާލައި، ރާއްޖެއަސްވެސް އަންނަ ފްލައިޓްތަށް އައުން ހުއްޓުނީމައި އިއްޔެ ހަވީރު އިބުރާހީމް އެބުނީއެއްނު މީގެ ފަހުން މުއްދަތެއްނެއްގޮތަށް ރާއްޖެއަށް އެއްވެސް އެއާލައިނަކަށް ނާދެވޭނެޔޭ. ހަގީގަތަކީ އަންނާށޭ ބުންޏަސް އަންނާނެ ބަޔަކުނެތް ހުރިހާ މީހުން އެތިބީ ގްރައުންޑް ކޮށްގެން.
  މޮޅު ސަރުކާރުގެ ޕޮލިސީވެސް ހުންނާނީ މޮޅުކޮށް.

 7. ރެކިދީދީ

  ތި އައްޑޫ ކައުންސިލުން ކޮށްފާނެ ކޮންމެ ފަދަކަމެއްވެސް. ތިއީ އިނގިރޭސި ސަފީރުކަމަށް ގެސްޓަކު ވީވީއައިޕީ ލައްުންޖުން މަރުހަބާ ދެންނެވި މީހުންނެއްނު.
  މިހާރަކަށް އައިސް ދޭތެރެއަކުން މީސްމީހުންނަށް ގުޅައިގެން ލަކީޑްރޯ އޭ ކްރެޑިޓްކާޑޭ ބޭންކޭ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ފައިސާހޯދަން މިއުޅޭ ބާވަތުގެ ސޮރަކު ތިޔަ ކައުންސިލަށް ގުޅާފައި މިއީ އެޗްޕީއޭ އިންނޭ މާދަމާއިން ފެށިގެން ހެނދުނު ހަޔަކުން ހަވީރު ހަޔަކަށް ވިޔަފާރި ބަންދުކުރަން އަންގަން ގުޅީކަމަށް ބުންޏަސް ތިޔަ ކައުންސިލުން އެކަން ގަބޫލުކުރާނެ. ސަބަބަކީ ތިޔަތަނަކީ އެއްވެސް ކަހަލަ އިންތިޒާމެއް އެޑްމިނިސްޓްރޭޓިވް ރަނގަޅު ސިސްޓަމެއްނެތްތަނެއް. މޭޔަރު ހުންނަނީ ތާއަބަދު ނިދިއައިސްފައި، ދެންތިބި މީހުން އުޅެނީ އަމިއްލަ ވިޔާފާރިއާއިގެން.