ކޮވިޑް-19 އާއި ގުޅިގެން ފަރުކޮޅުފުށީގައި ޤާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއާއި އަދި ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި ޤާއިމުކުރާ އައިސޮލޭޝަން ފެސިލިޓީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސް ވަނީ މިއަދު ހެނދުނު އެ ދެ އައިސޮލޭޝަން ފެސިލިޓީއަށް ޒިޔާރަތް ކުރައްވައި އެ ތަންތަނުގެ މަސައްކަތް ކުރިއަށް ދާ ގޮތް ބައްލާވާލަވައި ވަނީ މައުލޫމާތު އޮޅުން ފިލުއްވާފައެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުމާއި އެކީ އެންމެ ފުރަތަމަ ކަރަންޓީން ފެސިލިޓީއަކަށް ބޭނުން ކޮށްފައިވަނީ ފަރުކޮޅު ފުއްޓެވެ. އެހެން ނަމަވެސް މިހާރު މަރާމާތު ކުރުމަށް އެ ރަށް ވަނީ ހުސްކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާއިރު އޭގެ ތެރެއިން 8 މީހަކަށް ފަރުވާދެވި ވަނީ ބަލިން ރަނގަޅު ވެފައެވެ. އަދި މިހާތަނަށް ކަރަންޓީން ފެސިލިޓީތަކުގައި 700 އަށްވުރެ ގިނަ މީހުން އެބަ ތިއްބެވެ.

މިވަގުތު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ބަލި ރާއްޖޭގައި ކޮންޓްރޯލް ކުރުމަށާއި މިބަލިން ރާއްޖޭގެ ރައްޔިތުން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން ވަނީ މިހާތަނަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައެވެ.

އެގޮތުން ވަކި ގޮތެއް އަންގަންދެން ރިސޯޓުތަކުން ރަށްތަކަށް މީހުން ދަތުރު ކުރުމާއި މާލެސިޓީ ގެ ކެފޭ ރެސްޓޯރެންޓު އަދި ހޮޓާ ފަދަ ތަންތަން ބަންދު ކުރުމާއި ސަރުކާރާއި ސްކޫލު ކޮލެޖު އަދި ޔުނިވާސިޓީތައް ބަންދު ކުރުންވެސް ހިމެނެއެވެ. މީގެއިތުރުން ސަރުކާރުން އަންނަނީ މީހުން އެއްވާ އެއްވެސް ހަރަކާތެއް ނުބޭއްވުމަށް އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދައުލަތް

    ބޭހޮއްކޮ! މިވަރު ތަނެއްދޮރެއްނޭގޭ ދެއްކޭ ނުދެއްކޭ ވާހަކަ ނޭނގޭ ގަމާރު ރައީސަކު ދުނިޔެތާކުން ނުދެކެން. ރައީސަކަށްވީތީ އެނގެންޖެހޭ އަސާސީ މަޢލޫމާތުވެސް ނޭނގޭ. މުޅި ދުނިޔެ ހުއްޓުމަކަށް ދިޔައީމަ ބޭންކުތަކުގަ ހުރި ފައިސާއަށަވެސް އަސަރު ކުރާނެކަމާ ލިބޭ އާމްދަނީ ދަށްވުމުން ބޭންކުތަކަށްވަންނަ ފައިސާ މަދުވެ ރިޒާވް ދަށްވެގެން ދާނެކަން އެނގެންވާނެ. އިއްޒަތްތެރި މޮޔަ ރައީސް. އުފެއްދުންތެރިކަން ދަށްވެ،ވިޔަފާރި ދަށަށްގޮސް،މުދާ ރޯލްނުވީމަ ރައްކާކޮށްފަހުރި ފައިސާ ނަގައިގެން ބޭނުންކުރަން ޖެހުނީމަ ފައިސާ މަދުވާނެ ނޫންތޯ؟ޑިމާންޑާއި އެއްވަރަށް ސަޕްލައި ނުކުރެވެންޔާ އިންފްލޭޝަންވެސް ހަމަ މަތިވާނެ ނޫންތޯ؟ ފަތުވެރިކަން އިނދަޖެހި ބޭރުފައިސާ ނުލިބުމުން ބޭރުފައިސާގެ ބޮޑު ކަޅބާޒާރެއް އުފެދި ބޮޑު އަގުގައި ބޭރުފައިސާ ގަނެގެން އެ ބޭރުފައިސާއިން މުދާ ގަންނަން ޖެހުނީމަވެސް ހަމަ މުދަލުގެ އަގު މަތިވާނެ ނޫންތޯ؟ ތިޔަ ތޫނުފިލިކަމާއި، ދުރު ވިސަނުންފުޅު ފެނި ހަމަ އުފަލުން ލޯފުރާ ރޮއިއްޖެ ޓްވީޓް ކުރި ޑޮކްޓަރު ނޫނަކަސް. ޝުކުރިއްޔާ ސަރ.

  2. އިބްރާހިމް ފުޅު

    އަދުގެ ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްއަކީ އަދި މި ޤައުމު ދުއް އެއްމެ ހިތްހެޔޮ ، ރައްޔިތުންގެ އަޑުއަހާ ފަހުގެ ތާރީޚްގައި މިޤައުމު ނުދެކޭފަދަ ، ބަތަލެއްކަމަށް އެބޭފުޅާ އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސުންސްވެސް ހާމަވެއްޖެ، އެބޭފުޅާ ހަތަރުކަށިމަތި މާލޭބޭފުޅެއްނޫންކަމުން ވެރިކަމާއި ހެދި ބޫތުނުކާނެ، ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި އެމޭރުމުންހުންނަވާތަން ، ހިނިތުންވުމުންވެސް ފެންނަނީ، ފޭކް ހިނިތުންވުމެއް ނުގެންގުޅުއްވާނެއެވެ. ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ހުރިހާ ސިފައެއް އެބަހުރި، ރައްޔިތުންނާއިގުޅޭ، އަޅާލާ، ވަކިމީހަކު ތަފާތުކުރުމެއް ނުގެންގުޅުއްވާ ލަޤަބްވަނީ މިވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯއްދަވައިފައެވެ. އަދިވެސް2023 ގަވެސް އަޅުގަނޑުމެން ބޭނުންވަނީ ފަޔަށް ހިނިއަރާގެން ނޫޅޭކަހަލަ މަޑުމައިތިރި، ކެއްތެރި ބޭފުޅެކެވެ. ޝުކުރިއްޔާ ރައީސް..