ބުދަ ދުވަހުގެ ރޭ ލ.އަތޮޅު ކައްދޫގައި ޖެއްސި މޯލްޑިވިއަންގެ ފްލައިޓެއް ނުރައްކާތެރި ހާދިސާ އަކުން ހަނި ގޮތަކަށް ސަލާމަތް ވެއްޖެއެވެ.
"އޭވިއޭޝަން މޯލްޑިވްސް" އިން އާންމު ކޮށްފައިވާ ވީޑިއޯ އަކުން ފެންނަ ގޮތުގައި މޫސުން ގޯސްވެފައި ވަނިކޮށް ކައްދޫގައި ޖައްސަން އުޅުނު މޯލްޑިވިއަންގެ ފްލައިޓް ވަނީ ވަރަށް ބޮޑަށް އަރިއަޅާލާފައެވެ. ފްލައިޓް ޖައްސަން އައި ވަގުތު "ކްރޮސްވިންޑް" ގެ ސަބަބުން ފްލައިޓްގެ އެ ފުރޮޅު ރަންވޭ މަތީގައި ޖެހި ފްލައިޓް ވަރަށް ބޮޑަށް އަރިވިއެވެ. އެވަގުތު ފްލައިޓްގެ އެއް ފިޔަ ރަންވޭ މަތީގައި ނުޖެހުނީ ކިރިޔާއެވެ. ރަންވޭ މަތީގައި ފްލައިޓްގެ ފިޔަ ޖެހުނު ނަމަ ވަރަށް ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު އޮންނާނެއެވެ.
ފްލައިޓް ޖައްސަން ދިޔަ ވަގުތު ބެލެންސް ކެޓުމުން ފްލައިޓް ނުޖައްސާ ޕައިލެޓުން ވަނީ ވަރަށް ހުޝިޔާރުކަމާއި އެކު ފްލައިޓް އަނެއްކާ އުދުއްސާލާފައެވެ.
އޭގެ އިރުކޮޅެއް ފަހުން އެފްލައިޓް ވަނީ އަނެއްކާވެސް ރައްކާތެރިކަމާއި އެކު ކައްދޫގައި ޖައްސާފައެވެ.
https://www.facebook.com/FlyingIn8Q/videos/1654138234676574/
މޯލްޑިވިއަންގެ ފްލައިޓަށް ދިމާވި ހާދިސާ ގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. މިހާދިސާ އާއި ގުޅޭ ގޮތުން މޯލްޑިވިއަން އިން ވެސް އޭވިއޭޝަން އޮތޯރިޓީ އިން ވެސް އެއްޗެކޭ ބުނެފައެއް ނުވެއެވެ.
މޫސުން ގޯސް ދުވަަސްދުވަހު ކްރޮސްވިންޑްގެ ސަބަބުން ފްލައިޓްތައް ޖެއްސުމުގައި ޕައިލެޓުން ބައެއް ފަހަރު ބޮޑެތި ދަތިތަކެއް ދިމާވެއެވެ. ނަމަވެސް ގިނަ ފަހަރު ޕައިލެޓުން މިފަދަ ހާލަތްތަކުގައި ވެސް ފްލައިޓް ޖައްސައެވެ.
ހަމަކިރިޔާ ދޯ! އަޅޭ!
އެއްކަމެއްވެސް ނުވެ
"ޢެއްކަމެއްވެސް ނުވެ" މިފަދަ ބަސްތައް ﷲ ހަމްދު ކުރުމަކާނުލާ ބުނެ ހަަމަ އެކަނި ނުނިންމަން ނަސޭހަތްތެރިވަން.ސަބަބަކީ ހަނި ގޮތަކުން ބޯޓު ސަލާމަތް ކުރައްވަން އިރާދަކުރައްވައި އެ ކުޑަކުޑަ ހިނދުކޮޅު ތެރޭބޯޓު ކޮންޓްރޯލް ކުރުމުގެ ވިސްނުމާއި ހުށީޔާރުކަން ޕައިލެޓަށް ދެއްވީ ﷲ ކަމުގައި ވާތީ.މިއީ ހަމްދުކޮށް ޝުކުރުގެ ސަޖިދަކުރަންވާ ވަރު ކަމެއް. ކިތައް ހުށިޔާރު މޮޅު ތަޖުރީބާ ހުރި ޕައިލެޓުންތިއްބައިތޯ އެފަދަ ހާދިސާތައް ހިނގައި އެންމެން މަރުވެދަނީ.އެކަމަކު އެދުވަހު އެފަދަ ހާދިސާއެއް ނުހިނގައި އެކަމުން އަޅުގަނޑުމެން ދިވެހީން ސަލާމަތްކުރައްވަން ﷲ އިރާދަ ކުރެއްވީ. އެހެންކަމުން މި ފަދަ ކޮންމެ ކަމެއް ނުވަތަ އެނޫންވެސް ކަމެއް ދިމާވުމުން އެހެން ބަޔެއްގެ މޮޅު ކަމުގެ ވާހަކަ ބުނުމުގެ ކުރިން އެންމެ ފުރަތަމަވެސް ﷲގެ ބާރުވެރިކަމާއި ކުޅަދުންވަންތަކަމާއި އެކަލާނގެ އޯގާވަންތަކަން ހިތްމައްޗަށްގެނެސް މިފަދަ ކަންކަމުން ސަލާމަތް ކުރެއްވީތީ އެކަލާނގެއަށް ހަމްދު ކޮށްލުން ކީއްތޯއެވެ.ﷲ އަޅަމެން އެންމެހާ ދިވެހިންނާ މުސްލިމް އުންމަތް މިފަދަ ހާދިސާތަކުން ރައްކާތެރި ކުރައްވާންފާންދޭވެ.އާމީން.
އަލްހަމްދު ލިﷲ ، ތިނުރައްކާތެރި ހާދިސާ މެދުވެރިނުވެ ސަލާމަތްވީތީ ﷲ ކިބއަށް ހަމްދުހުރި
އަދިވެސް ކުރު ކުރު ރަންވޭ އަޅާ!
ކަމެއް ގޯސް ވީ މަ ޕައިލެޓް!
އެ ސަވާރީ ކިޔަމަންތެރި ކުރެއްވި ގަދަ ކީރިތި ވަންތަ ﷲ އަށް ހަމްދުކުރަން!
ޕައިލެޓައް ސާބަހޭ ބުނާނީ! އަލްހަމްދުލިއަލާހި ސަލާމަތްވީތީ
الحمد لله
???????♀️?♀️
ހަމަކިރިޔާ މިއޮއްބޮޑު ދުނިޔެވެސް މިއޮތީ
ބުރޯ މަވެސް މީ ޕައިލެޓެއް. އެ ވަގުތު އެ ހުރީ ކްރޮސް ވިންޑެއް. ޖައްސަން އަންނާނީ ވިންގް ލޯ ކޮށް. ރަނގަޅައް ލޭންޑް ނުކުރެވޭނެ ކަން ޔަގީންވުމުން ހަދާނީ ގޯ އެރައުންޑެއް. އެއީކީ މައްސަލަ އެއްނޫން. ޕައިލެޓަށް ސާބަސް.
ކިރިޔާ
ފެނުނު ވީޑިއޯއިން ކައްޕިގެމައްސަލައެއްކަމައް ފެންނަނީ. ޢެހާ ތިރިކޮއްފަ ކްރޮސްވިންޑްގަ ޖައްސަން އަޔަސް ބެލެންސް ނުކޮށް ނުބައިކޮށް ޓާރން ނަގަންއުޅެފަ އެހެރީ.ސައިޑް ވިންގް ތްރޫކޮށް ޓާރންނެގިފަ އެހެރީ. ޓެއިލް ވިންގުން ނަގަންޖެހޭ ޓާރން އެއް އެއީ.
ހަހަހހަ. އެލެރޯންސް އެންޑަ ރަޑަރ
ޝުކުރިއްޔާ ރައީސް ޔާމީން
އަލްހަމްދު ލިﷲ ، ތިނުރައްކާތެރި ހާދިސާ މެދުވެރިނުވެ ސަލާމަތްވީތީ ﷲ ކިބއަށް ހަމްދުހުރި
މި ކޮމެޓްތަކުގަ އެބައުޅޭ ޖައްވީ ޕައިލެޓުންވެސް ކޮމެންޓްކޮށްފަ. އެކަކު ކައްޕި ރަނގަޅު އަނެކަކު ކައްޕި ގޯސް. އެކަކު އަނެކަކު ކިޔާ އެއްޗެއް ދިމަލެއްނުވޭ. ގައިމު އެންމެން ކިޔެވީ އެއްފޮތަކުންނޯ. ދެން އަހަރުމެން ގްރައުންޑް ޕައިލެޓުން ކާކުގެ ވާހަކައެއް ގަބޫލުކުރަންވީ.