ކޮވިޑް-19 އާ ގުޅިގެން، ހޮސްޕިޓަލުތަކަށާއި ބޭރަށް ނުދާން އަންގާފައިވާއިރު، ދޭތެރެ ދުރުކުރުމާއި ގުޅޭ މައުލޫމާތުތައް ގޭގައި މަޑުކޮށްގެން ހޯދޭނެ ގޮތްތައް ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ)ން ހަމަޖައްސައިފިއެވެ.

ޝީ އިން މިކަންތައް ހަމަޖައްސާފައިވާކަން ހާމަކޮށްފައި ވަނީ އައިޖީއެމްއެޗްގެ ޑޮކްޓަރު މުހައްމަދު އަލީއެވެ.

މީސް މީޑިއާ މެދުވެރިކޮށް އާއްމު މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. މުހައްމަދު އަލީ ވިދާޅުވީ، މިއީ ގޭގައި ތިބޭ ދަނޑިވަޅުގައި ދިމާވާ މައްސަލައަކަށް ވުމުން ޝީގެ ސީއީއޯއާއި ވާހަކަދެއްކި ކަމަށެވެ.

"އޭނާގެ ވާހަކަތައް އުންމިދީ. އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް، ކޮންމެ ދުވަހެއްގެ 11:00 އިން 13:00 އަށް ޝީ ހުންނާނެ ހުޅުވާފައި، ފެމިލީ ޕްލޭނިންގެ ޚިދުމަތް ލިބޭނެ". ޑރ، މުހައްމަދު އަލީ ވިދާޅުވިއެވެ.

އިތުރަށް މުހައްމަދު އަލީ ވިދާޅުވީ، ދޭތެރެދުރުކުރުމަށް ވަގުތީ ގޮތުން ކުރެވޭނެ ކަންކަން ބުނެދިނުމުގެ ޚިދުމަތް ޝީއިން ހިލޭ ލިބޭނެ ކަމަށެވެ.

"ފެމިލީ ޕްލޭނިންގެ އަށް ކޮންމެ ދުވަހަކު 11 އިން 13:00 އަށް މި ހަފްތާގައި ތިބޭނެ، އިތުރު މައުލޫމާތު ހޯއްދެވުމަށާއި، ޖިންސީ އަދި ދަރިމައިވުމުގެ ސިއްހަތާއި ގުޅޭ ޚިދުމަތް މައުލޫމާތު ހޯދުމަށް 7976326އަށް ގުޅުއްވާ". މުހައްމަދު އަލީ ވިދާޅުވިއެވެ.

ޝީ އިން ބުނީ، ދޭތެރެ ދުރުކުރާ ތަކެތި އެތަނަށް ދިއުމުން ލިބޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަލީ

    އާން. ތިބައި ވަރަށް ރަނގަޅަށް ޖައްސަންވާނެ.

  2. ބުއްޅަ

    ގޭގައި މަޑުކޮށްގެން މިވެރިކަން ސައިޒުވެސް ކުރެވިދާނެ

    4
    2
  3. ހިސްޓޮރީ

    ކުރީ ޒަމާނުގެ ގޮތަކީ ކޮބާ؟