އައްޑޫސިޓީގެ ފިހާރަތަކާއި ކެފޭ، އަދި ރެސްޓޯރެންޓް ފަދަ ތަންތަން ބަންދުކުރަން އައްޑޫސިޓީގެ ކައުންސިލުން ނިންމީ ޑައިރެކްޓަރ އޮފް ހެލްތް ސާވިސް އާ މަޝްވަރާ ކުރުމަށްފަހު ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.

ސޯބެ މިހެން ވިދާޅުވީ، އެ ފިހާރަތަކާއި ކެފޭތައް ބަންދު ކުރަން ކައުންސިލުން އަންގަފާއި ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް އެނގިގެން ނޫން ކަމަށް ސަރުކާރުން މިއަދު ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ސޯބެ ވިދާޅުވި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އައްޑޫ ސިޓީ ކައުންސިލުން ގަވާއިދު ފިޔަަވަޅު އަޅަމުންދާ ކަމަށެވެ. އަދި ފިޔަފާރި ކުރާ ތަންތަން ހަވީރު 6:00 އިން ބަންދު ކުރަން ނިންމީ ޑައިރެކްޓަރ އޮފް ހެލްތް ސާވިސް އާއި މަޝްވަރާ ކުރުމަށްފަހު އައްޑޫ ކޮވިޑް-19ގެ ޓާސްކް ފޯސްއިން ނިންމައިގެން ކަމަށެވެ.

މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ކޮވިޑް 19 އާއި ގުޅިގެން މައުލޫމާތު ދިނުމަށް ކަނޑައަޅުއްވާފައިވާ މަބްރޫކް އަޒީޒް ވިދާޅުވީ، އައްޑޫ ކައުންސިލުން އެގޮތަށް ނިންމާފައި ވަނީ އެޗްޕީއާ ވާހަކަދެކެވިގެން ނޫން ކަމަށެވެ.

" އެޗްޕިއޭއަކާއި ވާހަކަދެއްކިގެން ކުރެވުނު ކަމެއް ނޫން. ތި ލިޔުމެއްގެ ކޮޕީއެއް އަޅުގަނޑުވެސް ދެކުނިން ދެން ސޯޝަލް މީޑިއާތެރޭ އުޅޭތަން ޑިސްކަސްކުރެވިގެން ކުރެވުނު ކަމެއް ނޫން. އަދި އެލްޖީއޭއިން ދަންނަވާ ގޮތަށް ސަރުކަރު އެޗްޕީއޭ، ހެލްތް ޕްރޮފެޝަނަލުން މިކަމުގައި ކަންކުރަން ބުނާ ގޮތަށް ކުރުން އެއީ އެންމެ ރަނގަޅު ގޮތްކަމަށް ދެކިގެން ހުރިހާ ކައުންސިލަކުންވެސް މަސައްކަތް ކުރުމަށް އެލްޖީއޭއިން ވާނީ އަންގާފައި." މަބްރޫކް ވިދާޅުވިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސިއްހީ ހިދުމަތްދޭ ކްލިނިކްތަކާއި ބޭސް ފިހާރަތައް ފިޔަވައި އާންމު ހިދުމަތް ދޭ، ފިހާރަތަކާއި އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން މާދަމާ އިރުއޮއްސި 18:00 ގެ ފަހުން ހިދުމަތް ދެވޭނީ ކޮންމެ ދުވަހަކު ހެނދުނު 6:00 އިން އިރުއޮއްސި 18:00 އަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ލިލީ

    އެހެންވީމައި ސަރުކާރުތާ ދޮގުހަދަނީ. މަބްރޫކު މިކަން ސާފުކޮށްލަ ދީބަލަ.
    އެކަމަކު ގިނައިން ތިބީ ރީނދޫ މީހުން އެއްކޮޅަކުންވެސް ތެދެއް ނަހަދާނެ.

  2. Anonymous

    ކަލެމެން ނުހޮވުނިމަ އެކަމުގެ ރުޅިބަލަން ކުރަކަމެއްތި ހަމަ ދުއްޕަކްކުރަންވެގެން ކިތަންމެ ވަރެއްވިއަސް ތިހިބި ފެއިލިވެފަ

  3. Anonymous

    ރީނދޫބައިގަނޑު އަތްޖަހާ ބާރަށްއަތްޖަހާ ބޭސްއަޅާނިމެނީ

  4. Anonymous

    ތީމިހާރު މޭޔަރެއްނޫން ފެއިިލިއަރު!

  5. ހުސްނުވި ސޫދު

    ނޯ ނޯ ނޯ... ކަލޭ ތިހިރީ ފެެއިލް ވެފަ..... ކައޭ އިސްތިއުފާ ދީފަ ނައްޓާލާ... ކައޭ ދައްކާ ވާހަކަ ދެން އަޑެއް ނާހާނެމޭ... ތީ ސުމެކޭ..... ޙަމަ ސުމެކޭ.... އަހަރެމެން ބޭނުމީ އާ މ ޭޔަރެކޭ...