ޗަންޕާ ބްރަދާސްގެ ބޮޑު ޙިއްސާ އޮވެގެން ހުޅުމާލޭގައި ހިންގާ ޓްރީޓޮޕް ހޮސްޕިޓަލް ކޮވިޑް19 އާއި ގުޅިގެން އެމަރޖެންސީ ޙާލަތުގައި ބޭނުންކުރުމަށް ދިވެހި ސަރުކާރަށް ދީފައިވަނީ ސަރުކާރުން ބަދަލުގައި އެއްވެސް ޚަރަދެއް ދޭން ނުޖެހޭގޮތަށްކަން "ވަގުތު" އަށް ކަށަވަރުވެއްޖެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގެ ބޯޑުން މިކަން ނިންމާފައިވާގޮތް އެނގޭ ފަރާތަކުން "ވަގުތު" އަށް މަޢުލޫމާތު ދީފައިވާ ގޮތުގައި މި ޙާލަތުގައި އެމަރޖެންސީގައި ޓްރީޓޮޕް ހޮސްޕިޓަލް ބޭނުންކުރަން ސަރުކާރުން އެދުމުން، ހޮސްޕިޓަލްގެ ބޯޑުން މިމަހު 25 ވަނަ ދުވަހު ނިންމާފައިވަނީ، ކޮންމެ މަހަކު ހޮސްޕިޓަލް ހިންގުމަށް މިހާރު ގާތްގަނޑަކަށް ހިނގާ ޚަރަދުކަމުގައިވާ 2.8 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 43 މިލިއަން ރުފިޔާ) ވެސް ހޮސްޕިޓަލުގެ އޯނަރުން މަހުންމަހަށް ކުރަމުންދާގޮތަށް ސަރުކާރުގެ ބޭނުންތަކަށް ހޮސްޕިޓަލް ދޫކުރާގޮތަށެވެ.

މިގޮތަށް ޓްރީޓޮޕްގެ ބޯޑުން މިކަން ހަމަޖެއްސުމުން، ސަރުކާރުން ޓްރީޓޮޕް ހޮސްޕިޓަލާ ޙަވާލުވާ ޙާލަތުގައިވެސް އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ އެކު ޖުމްލަ 400 ވަރަކަށް މުވައްޒަފުންނަށް ކުރަންޖެހޭ ޚަރަދުތައް ކުރާނީ ހޮސްޕިޓަލްގެ އޯނަރުންނެވެ. މި 400 މުވައްޒަފުންގެ ތެރޭގައި 38 ޑޮކްޓަރުންނާ، 21 މެޑިކަލް އޮފިސަރުންނާ، 121 ނަރުހުން ހިމެނެއެވެ. މީގެ އިތުރުން ދުވަހުން ދުވަހަށް ހޮސްޕިޓަލް ހިންގުމުގައި ބޭނުންވާނެ އަސާސީ ހުރިހާކަމެއްވެސް ކޮށްދޭނީ ޓްރީޓޮޕްގެ އޯނަރުންގެ ފަރާތުންނެވެ. ހޮސްޕިޓަލްގެ ބޯޑުގެ މުޅި ނިންމުމަކީ، ކޮވިޑް19 ގެ ނުރައްކާތެރި ޙާލަތުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ޓްރީޓޮޕް ހޮސްޕިޓަލް ދިވެހި ސަރުކާރާ ޙަވާލުކޮށްގެން ހިނގާ ހުރިހާ ޚަރަދެއް ހޮސްޕިޓަލްގެ އޯނަރުންގެ ފަރާތުން ކޮށްދިނުމެވެ.

ކޮރޯނާ-19 އިން ރައްޔިތުން ސަލާމަތް ކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލް ސަރުކާރަށް ދިނުން

 • ކޮވިޑް19 އާއި ގުޅިގެން އެމަރޖެންސީ ޙާލަތުގައި ބޭނުންކުރުމަށް ދިވެހި ސަރުކާރަށް ޓްރީ ޓޮޕް ދީފައިވަނީ ސަރުކާރުން ބަދަލުގައި އެއްވެސް ޚަރަދެއް ކުރަން ނުޖެހޭގޮތަށް
 • ކޮންމެ މަހަކު ހޮސްޕިޓަލް ހިންގުމަށް މިހާރު ހިނގާ ޚަރަދުކަމުގައިވާ 2.8 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 43 މިލިއަން ރުފިޔާ) ޚަރަދު ކުރާނީ ހޮސްޕިޓަލުގެ އޯނަރުން
 • ހޮސްޕިޓަލް ހަވާލު ކުރީ 400 ވަރަކަށް މުވައްޒަފުންނާއި އެކު، މުވައްޒަފުންނަށް ޚަރަދު ކުރާނީވެސް ހޮސްޕިޓަލްގެ އޯނަރުން

ކޮވިޑް-19 ގެ ވަބާއިން ސަލާމަތްވުމަށް ދުނިޔޭގެ ގިނަ ޤައުމުތަކުން ކުއްލި ޙާލަތުގައި މަސައްކަތްކުރަމުންދާ މިޙާލަތުގައި، އަމިއްލަ ބޮޑު ހަސްފަތާލެއް މުވައްޒަފުންނާ، ޕްރޮފެޝަނަލް ޑޮކްޓަރުންނާ، ހުރިހާ ވަސީލަތްތަކާ ހިންގުމުގެ ޚަރަދުތަކާވެސް އެކު ޤައުމެއްގެ ސަރުކާރާ ޙަވާލުކުރަން ނިންމުން މިއީ ރާއްޖޭގައި ހިނގި ވަރަށް ޚާއްޞަ ކަމެއްކަން ފާހަގަކުރެވެއެވެ.

ހޮސްޕިޓަލްގެ ހުރިހާ ވަސީލަތްތައް އެއްވެސް އަގެއް ނެގުމަކާނުލައި ސަރުކާރަށް ދިނުމުގެ އިތުރަށް އެމަރޖެންސީ ޙާލަތުގައި ބޭނުންކުރާ ރައްކައުތެރި 150 ހެދުން އެ ހޮސްޕިޓަލްގެ ފަރާތުން ވަނީ ސަރުކާރަށް ހަދިޔާކޮށްފައެވެ. އަދި އިތުރު 2000 ހެދުން ސަރުކާރަށް ހަދިޔާކުރުމަށްޓަކައި ވަރަށް އަވަހަށް ރާއްޖެއިން ބޭރުން ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

ޓްރީޓޮޕް ހޮސްޕިޓަލްއިން ދިވެހި ސަރުކާރަށް އެއްބާރުލުން ދިނުމަށް މި ނިންމި ދީލަތި ނިންމުމާއެކު، އެ ހޮސްޕިޓަލަށް ޞިއްހީ އެމަރޖެންސީ ޙާލަތުގެ ކަންކަން ރާއްޖޭގައި ބަލަހައްޓާ ޓާސްކް ފޯހުން ޒިޔާރަތްކޮށް، ހޮސްޕިޓަލްގެ މެނޭޖްމަންޓާ ބައްދަލުކޮށް، ސަރުކާރުން ހޮސްޕިޓަލާ ޙަވާލުވާ ޙާލަތުގައި ކަންކަން ގެންދާނެގޮތް މިހާރުވަނީ އިންތިޒާމުކޮށްފައެވެ.

ޞިއްޙީ އިމަރޖެންސީ ޙާލަތާ ގުޅިގެން ސަރުކާރުން ސިލްސިލާކޮށް ބާއްވަވާ ނޫސްވެރީންގެ ބައްދަލުވުންތަކުގައި، އަމިއްލަ ބައެއް ފަރާތްތަކުން ދޭ އެހީތެރިކަމުގެ ވާހަކަ ފާހަގަކުރެއްވި ކަމުގައި ވީނަމަވެސް، ރާއްޖޭގައި ހިނގަމުންދާ އެންމެ ބޮޑު އެއް އަމިއްލަ ހަސްފަތާލު ޓްރީޓޮޕް ހޮސްޕިޓަލް އިން، މަހަކު 43 މިލިއަން ރުފިޔާގެ ހިންގުމުގެ ޚަރަދާ، ބޭސްފަރުވާ ކުރުމުގައި ހިނގާނެ އިތުރު ޚަރަދުތައްވެސް ހޮސްޕިޓަލުގެ އޯނަރުންގެ ފަރާތުން ކޮށްދޭގޮތަށް، އެމަރޖެންސީ ޙާލަތުގައި މުޅި ހޮސްޕިޓަލް ހުރިހާ މުވައްޒަފުންނާ ވަސީލަތްތަކާއެކު ސަރުކާރާ ޙަވާލުކުރަން ނިންމިކަން މިހާތަނަށް ފާހަގަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. ހަސަދު

  ކަންނިމުނީމާ އިތުރު 10 ރަށް. ޗަންޕާ ހިލޭ.

  30
  9
 2. ،،،،

  ފަހުން ބަދަލު ދޭގޮތަށް ދޯ

  25
  8
 3. ގަބުޅި

  ތޭންކްސް ޗަމްޕާ ބްރަދަރސް

  26
  1
 4. ކޮމެންޓު

  މަހަކު 43 މިލިއަން "ހަރަދުވަނީ" ޓެކުހަށް ލާރި ފޮރޮވަންބާ އެހާވަރު ހަރަދު ވާނެ ކަމަކަށް ނުފެނޭ

  22
  10
 5. ޑައެލޯގް

  މިހިރަ ބޯބުރާންތި ކިބުލާ ކަލޭމެނަށް ފަސޭހަކަމާއެކު ތިޔަރޯގާގެ ތެރޭގައި ފީނެނީ ރައީސް ޔާމީނު ކޮށްދެއްވާފައިވާ މަސައްކަތުން، ބުރިޖުން ފަރުކޮޅުފުއްޓަށާއި ޓްރީޓޮޕަށް ފަސޭހަކަމާއެކުދެވޭ ދަރުމަވަންތަ ބިޔަހޮސްޕިޓަލް އޮތީތީ ބަލިމީހުން ބާއްވަންޖާގަލިބޭ، އެމެ.އެމްއޭ ރިޒާވް 800 މިލިޔަންޑޮލަރަށް ޔާމީނު ހެއްދެވީތީ މިޔަދު ޓުވަރިސްޓުން ނާދެވޭއިރު އެކޮނޮމީ ފޫބެއްދޭ، މިހެންގޮސް ބައިވަރު، އަދި މިވެރިން މިތަނުން އުފަންކޮށްގެން ހޯދި ފައިސާއެއްވެސް ތަނެއްވެސްނެތް އޮތީ ބޮޑިއަގައެއް

  26
  11
 6. ތިމަންނަ

  ނަގަރިޔާ ހަސަނުގެ ސާފުތެޔޮ ވިއްކުމަށް... ވިއްކާ ކިޔާ ނުވިއްކާ ކިޔާ.. އިއްޔެބުނި ނުލިބޭނެޔޭ މިހާރު އަޑުމިއިވުނީ ދޫކުރަނިއްޔޭ ކޮބައިބާ ރަގަޅު ގޮތަކީ....

  6
  2
 7. އަހުމަދު

  ތެޔޮބިޑި ހަސަން ލަތީފް އަވަހަށް ދޮގުކުރޭ!

  29
  2
 8. އާދަނު

  މިހާލަތަށް ގޮސްގެން އުޅޭ އިރު ބިލިއަނުން ހަރަދު ކުރިޔަސް ދޭން ޖެހޭނީ ފުރަތަމަ ނުދ ން ކިހާ ވަރެއް ދެއްކި

  14
 9. މަލިކާ

  ހާސްވާކައް ނުޖެހޭ އެހުރިއެއްނޫން ދަރުމަވަންތަވެސް

  14
  3
  • އަހްމަދު

   ޓްރީޓޮޕްގަތިބި ޑޮކްޓަރުންނަކީ ޕްރޮފެޝަނަލް ޑޮކްޓަރުން އެމީހުންގެމުސާރަތައް ވަރައްބޮޑުއެކަންކޮންމެވެސްވަރަކަށްއެނގޭ ސަރުކާރައްހޮސްޕިޓަލްދޭން މެމްބަރަކު ހިންހަމަނުޖެހުނުނަމަވެސް އެހެންހުރިހާމެމްބަރުން އެއްބަސްވާނަމަ އެމެމްބަރުވެސް އިޢްތިރާޒެއްނުކުރާނެ ޝުކުރިއްޔާ ކާޝާއަދިކްރޮއުން

 10. ކޮރޯނާ

  ދެންފަހެ ތަހުޤީގައް އެނގުނު ގޮތުގައި ކުރެއްދޫ ރިސޯޓު މެނޭޖްމަންޓުގެ އިހުމާލެއް އޮތް ކަމަކަށް ނުފެނުނެވެ.

  23
  2
  • ސަދސަ

   އިހްމާލުގެ ވާހަކައެއް ދައްކާކަށް ނޭގޭ. ޢެބުނާ ފަތުރުވެރިޔާ ކޮންޓެކްޓް ތްރޭސިންގައި ކިތައްމީހުން ކުތައް ތަކްލީފް އުފުލައިފި. ކިތައްމީހުން ކިތައްވިޔާފާރި ކަރަންޓީން ކުރި.
   ވަރަށް ކައިރިން ތިކަންކަން ރައްޔިތުންބަލާނެ.
   ކިހާ ބޮޑު ޚަރަދެއް ސަރުކާރުން ކުރަން މިޖެހުނީ ބައެއްގެ އިހްމާލުން

   10
   5
 11. ނިއުމަތު

  ވަރަށް ރަނގަޅު ނިންމުމެއް.

  11
 12. ސަން

  ހަރަދުވާކަމަށް ބުނެފައިވާ އަދަދަކީ ގަބޫލު ކުރެވޭ އަދަދެއް ނޫން.

  7
  8
 13. ފުޅު

  ހާދަ ހަސަދަވެރިންގިނަ ބަޔެކޭ މިދިވެހިންނަކީ

  15
  2
 14. ޙުނު

  ޕީޕީއެމް ކުދިން ނިކަން ހަޖަމު ކުރަން ދަސްކޮބަލަ

  1
  7
 15. ހަޖަމް

  ކޮންބަޔަކަށްތަ މަޑިސީލަ ހަޖަމް ނުވެގެން އުޅެނީ އަދިވެސް ހަޖަމް ނުވާވާހަކަ ދައްކަން ލަދެއްނުގަނޭތަ!

  6
  1
 16. އެނޯ

  ހެޓްސް އޯފް ޓު ޓްރީޓޮޕް ބޯރޑް.

  1
  1
 17. ޕoތެ

  މީ ޕޮރޮމޯސަން ނިއުސްއެއް

  3
  1
 18. ކާފަބޭ2020

  ތަންދިނީހިލޭ އެތަނަށްކުރަންޖެހޭހުރިހާޚަރަދެއް މުސާރަތަކާއެކު ސަރުކާރަށް ވަހްވާ! ﷲގެރަހް މަތުން ޙާލަތުގޯސްނުވެ މިކަންނި މުނީ މަޝުކުރުއަދާކުރު މުގެ ހަދިޔާއެއްގެގޮތުން ކިހާވަރެއްވާނެބާ؟؟؟؟؟

 19. ޔޯޔޯ

  ރާއްޖޭގާ މި ބަލި ފެތުރުމުގާ ކުރެއްދޫ ރިސޯޓުގެ އިހުމާލު ވަރަށްބޮޑު. އެ ރިސޯޓުގެ އިހުމާލުގެ ސަބަބުން ދިވެހި ސަރުކާރުން ކުރާންޖެހުނު ހަރަދު ވަރަށް ބޮޑު. މި ދެންނެވި ރިސޯޓުގެ އޯނަރުން ނަކީ ކޮބާކަމާ އަދި ޓުރީޓޮޕްގެ އޯނަރުންނަކީ ކޮބާކަން ދިވެހިންނަށް ރަނގަޅަށްއެނގޭ. އެހެންވީމާ، ކިތަންމެ މޮޅު ހެޑުލައިނެއް ޖެހިޔަސް ކަންވީގޮތް ސާފުނޫންތޯ؟

 20. ރަންބުއްދި

  ކިޔާއުޅޭ މުހޮނަށް ދޯނި ދޭހެން ޢެއްޗެހިދޭގޮތުގެ ވާހަކަ.ބަޔަކު ހިންގާ ރިސޯޓްތަކަކުންވި ބޮޑުއިހުމާލެއްގެސަބަބުން މިގައުމުގެ އެތައްބަޔަކާ ސިއްހީހިދުމަތްތެރިން އަދި ފަތުރުވރިކަމުގެ ދާއިރާގަ މަސައްކަތްކުރާ އެތައްބަޔަކު ކޮރޯނާގެ ނުރައްކަލަށް ހުށަހެޅިގެންދިޔައީ.ކޮރޯނާ ފެށުނު އިރު އަވައްޓެރި ފަގީރުކަމަށްބުނާ ބަންގާޅުގެ ގިނަހޮޓާތަކުގަވެސް ހުރި ކަސްޓަމަރުން ޓްރޭސްކުރަން ތާމަލް ސްކޭނަރު.މަހުޖަނުންއަންނަ ރިސޯޓްތަކުން ތާމަލްސްކޭނަރު ބޭނުން ނުކުރާތާ ހުންއައިސް ބަލީގެ އަލާމާތްތައްފެނުނު ފަތުރުވެރިންގެ ކަންތައްވެސް ސިއްރުކޮށް މާލެތެރއަށް އެފަތުރުވރިން ދޫވެވުނީ ހަމަގަމާރުކަމުންތޯ ނުވަތަ ޑޮލަރުގެދަހިވެތިކަމުގަތޯ.ދެން މިހާރުވެސް ދިވެއްސަކަށް ތިޔަރޯގާއެއްޖެހުނީކީ އެއްނޫން.ދިވެހިންނަކީ ދުނިޔޭގަ ސާފުތާހިރުކަމުގަ އެއްވަނަބައެއް.މާލޭގަ ފެނުގެ ހަރަދު ބޮޑުނަމަޥެސް ގިނަމީހުން ދުވާލުދެއިރު ފެންވަރާ އެތައްފަހަރކު ވުލޫކޮށް ސާފުތާހިރުކަންމަތީތިބެނީ.މިހާތަނަށް ޕޮޒިޓިވްވީ ފަތުރުވެރިން.ބަލި އޮތީކޮންޓރޯލުވެފަ.ތިޔަ ހޮސްޕިޓަލް ދޭވާހަކައަކީ ޕަބްލިކްސިޓީ ސްޓަންޓެއް.ރާއްޖެގެ ޖިއޯރަފީއާ އާދަކާދައޮތްގޮތުން ތިރޯގާރާއްޖޭގަ ފެތުމުގެ ޗާންސް ނިލް.މިވަރައްވެސް ބިރުވެރިކަން އުފެދުނީ ބައެއްގެ އިހުމާލުން.ތިޔަހޮސްޕިޓަލް ބޭނުންކުރާކަށްނުޖހެނެ.އެފަދަހާލަތުގަ މާލޭސަރަހައްދު އޮތްނަމަ ތިތަން ހުރިމަގުންވެސް ނުދެވުނީސް.ބައެއްގެ އިހުމާލު އޮއްބާލަން ސިންޕަތީ ހޯދަނީ