(ކޮވިޑް-19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުންދާ ގަމަށް ރޭގަނޑަށް ބަންދުކުރުމަށް ނިންމައިފިއެވެ.

އައްޑޫ އެއާޕޯޓް ހިންގަމުންދާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު އާއްމު ކުރި އެންގުމެއްގައި ބުނެފައި ވަނީ، މިއަދުން ފެށިެގން ގަމަށް އަރާ ފައިބާ އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން މާދަމާ އިން ފފެށިގެން އާންމުކޮށް ގަމަށް އަރާ ފޭބޭނެ ގަޑިއަކީ ހެނދުނު 6:00 އިން 18:00 ކަމަށް އެ އެންގުމުގައި ވެއެވެ.

ރޭގަނޑު ފުރުމަށް ފުލައިޓް ޝެޑިއުލް ކުރެވިފައިވާނަމަ ޗެކިން ފެށުމުގެ 30 މިނެޓް ކުރިން ހުޅުވުމަށްފަހު ފްލައިޓް ފުރާތާ 30 މިނެޓް ފަހުން ބަންދު ކުރެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

އަދި ގަން އެއާޕޯޓަށް ވަންނަ ސަރަހައްދުގައި ރޭގަނޑު ގަޑީ ސެކިއުރިޓީ ބަލަހައްޓަމުންދާނެ ކަމަށްވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން އެ ކުންފުނިން ވަނީ މި ދުވަސްވަރު ގަމުގައި މީހުން އެއްވެ އުޅޭ ކަހަަލަ ހަރަކާތްތްތައް ނުބޭއްވުމަށް އެދިފައެވެ.

ގަމަކީ ފޭދުއާ ކޯޒްވޭއަކުން ގުޅާލާފައި އޮންނަ ރަށެކެވެ.

އަދި އެ ރަށުގައި ގިނަބަޔަކު ވަޒީފާ އަދާކުރަމުންދާއިރު، އެ މީހުންނަށް ބަންދުގަޑިތަކުގައި ގަމަށް އެތެރެވޭވެނެ ކަމަށް އެ އެންގުމުގައި ބުނެފައި ވެއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 13 މީހެކެވެ. އޭގެ ތެރެއިން އަށް މީހަކު ވަނީ ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލިކަލޯ / ކައިދަ ގެ

    ތީ އަސްލު ސޯބެއަށް އޮޅުވާލައިގެން ސޯބެއަށް ދީފަ އިންލަނޑެއް އެހެންނުވާނީ އަބަދު ގަހުކުރީގަ އިނދެގެން ތާކުތާކުނުޖެހޭ ގަރާރުވިއްޔާ ނެރެނީ