މާލެ ތިލަފުށި ބްރިޖު މަޝްރޫއުގެ ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަން މަސައްކަތްތަކަށް މާލެއާ ވިލިނގިލިއާ ދެމެދު ކަނޑުގެ ސަރަހައްދުގައާ ވިލިނގިލި ދެކުނު ފަރުމަތީގައި ބޯހޯލް ތޮރުފުމުގެ މަސައްކަތް ފަށައިފިއެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ ބްރިޖުގެ އިންވެސްޓިގޭޝަން މަސައްކަތްތަކަށް ބޯހޯލް ތޮރުފުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށްދާނެ ކަމަށާއި އެ މަސައްކަތް ކުރިއަށް ގެންދާއިރު ޕްލެޓްފޯމް ވަށައިގެން 100 މީޓަރު ސަރަހައްދަކީ ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ނުރައްކާތެރި ސަރަހައްދެއް ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް މިއަދުން ފެށިގެން އެ މަސައްކަތް ނިމެންދެން އެކަމަށް ސަމާލުކަން ދީގެން ދަތުރުތައް ކުރުމަށް ވަނީ އަންގާފައެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އެ ސަރަހައްދުގައި ޑައިވް ކުރުމާއި މޫދަށް އެރި އުޅުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން މަސައްކަތް ނިމެންދެން އެ ސަރަހައްދަށް ޑައިވްކުރުމާއި މޫދަށް އެރި އުޅުމަކީ މަނާކަމެއް ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ބްރިޖްގެ ސާވޭގެ މަސައްކަތް ކުރުމަށް ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފައި ވަނީ ނެދާލެންޑް ކުންފުންޏަކާއެވެ. ސާވޭގެ މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ރާއްޖެ އައިސްފައެވެ.

ޕްލޭނިންގ މިނިސްޓްރީން އެ ބްރިޖުގެ ސާވޭ މަސައްކަތް ކުރުމަށް އެ ކުންފުންޏާއި 15.994،817 މިލިއަން ޑޮލަރު (246،640،078 މިލިއަން ރުފިޔާ)އަގަކަށް، އަންނަ ޖުލައި ހަތަކަށް ސާވޭ ނިންމާ ގޮތަށެވެ.

ބުރިޖު މަޝްރޫޢުގެ އަމަލީ މަސައްކަތް މި އަހަރު ފަށަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ، އެ މަޝްރޫއުގެ މަލީ މަސައްކަތް ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ 2023 ވަނަ އަހަރަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ކިނބޫ

    އަވަހަށް ރާޅާ އަޅާ ކުދިންކޮޅު ގޮވާއިން ނިކުމޭ ކޮންމެސް ބަޔަކު ތިމާވަެްއްޓޭ ރާޅާ ބަދަލް އަންނާނެ ކިޔާއިން..ޔާމިން އޮތީ ތިމަސްކަށް ފަރަށް ފަެްސޭހަ ކޮއްދީފަ ދެން ފިލިމަތީ ފިލި އަޅާލަ

    59
    1
  2. ުއުނދުޅި

    މޭކަރާނެ އިދިކޮޅު ކުދިންގެ

    7
    84
    • ޙައްގުބަސް

      އިދިކޮޅުގައި ތިބީ އެމްޑީޕީގެ ވިސްނުން ހުންނަފަދަ ގުންޑާ ވިސްނުން، ހުޅުޖަހާ ވިސްނުން ، ތަންތަން ހަލާކުކޮށް ސުންނާފަތިކުރާ ވިސްނުން ގެންގުޅޭ ބައެއް ނޫން! މޭ ނުކުރާނެ ބުރިޖް އެޅުމަކުން! ތީގައި އޮތީ މޭކަރާ އެހެން ކަމެއް! އެއީ ރައިސް ޔާމީނު ބުރިޖް އަޅާފައި އެއޮތީ ސަރވޭއަށް ދައުލަތުގެ ބަޖެޓުން އެންމެ ލޯ ލާރި ފޮއްޗެއް ޚަރަދު ނުކޮށް! ބުރިޖް އެޅި ކުންފުނިން ހިލޭ ސަރވޭ ކުރީ! ޖުމްލަ ބުރިޖަށް ޚަރަދުކުރީ 200 މިލިއަން ޑޮލަރު! އޭގެތެރެިން ޗައިނާ ސަރުކާރުން ހިލޭ 100 މިލިއަން ޑޮލަރު ދިން! އެކަމަކު ކަލޭމެން ތިބުރިޖް ސަރވޭއަށްވެސް 246 މިލިއަން ރުފިޔާ ޚަރަދު އެކުރަނީ! މިއީ މައްސަލައަކީ! އަދި މުޅި ބުރިޖްގެ މަސައްކަތަށް 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގާ ވާހަކަ ތިދައްކަނީ!! ބުރިޖް އަޅަން މިހަވާލުކުރަނީ އިންޑިޔާއާ! މިއީ މައްސަލައަކީ! އިންޑިޔާ މީ ކޮން ބައެއް ކަނޑު މެދުގަ ބުރިޖް އަޅަން! އެވަރުގެ އިންޖިނިއަރިން އާ އެފަދަ ތަޖްރިބާއެއްވެސް ނުހުންނާނެ! ޔާމީން ކަމެއް ޙަވާލުކުރިޔަސް ކުރަނީ ދުނިޔޭގެ ނަމްބަރ ވަން ކުންފުނިތަކާ!! ބުރިޖް ޗައިނާގެ ސީސީސީ ކުންފުންޏާ! ދަރުމަވަންތަ ހޮސްޕިޓަލް ސިންގަޕޯރގެ ނަމްބަރ ވަން ކުންފުންޏަކާ! އެއަރޕޯޓު ރަންވޭއާ ޓާމިނަލް ޑިޒައިން ސިންގަޕޯރ އެއަރޕޯޓް ތަރައްގީކުރި ކުންފުންޏާ! ޢަދި ޓާމިލަން ޑިޒައިން ފްރާންސުގެ ނަމްބަރ ވަން އާކިޓެކްޗަރ އެންޑް ޑިޒައިން ކުންފުންޏަކާ! މިހެން މިކަން ނުކޮށް ހުރިހާ ކަމެއް އިންޑިޔާގެ ކަސް ކޮރަޕްޓް ކުންފުނިތަކާއި ޙަވާލުކޮށް ބައި އަޅާތީ ވަރަށް މޭކަރާ އިދިކޮޅު މީހުން!!

      62
    • ބޯހަލާކު

      ގައު މުއިނދަޖެހިފަ މިމ މީހުން ބޯހޯލްތޮރުފަނީ..!!! މިވަގުތަކައް ބޭނު މެއްނޫން ތިކަ މެއް...

  3. ތާކް

    ސާވޭއަށްވެސް ދެތިން ރަށެއްގެ ބަނދަރު ހަދާވަރު، ބުނަން ބޭނުންވަނީ މަތިމައްޗައް ބްރިޖް ހެދިޔަސް ދެން ތި ބައިގަނޑަށް ދޭނެ ވޯޓ އެއްނެތޭ. ރޔ ގެ ބްރަ ވިސްނުމުން ގެނައި ތަރައްގީގެ ބަދަލު ނުހައްގުން ޖަލައްލައިގެން ދޭ އަނިޔާގެ ބަދަލު ކަލޭމެންނަށްވެސް ލިބުމޭ އެދެނީ

    84
    5
  4. Anonymous

    ސާބަހޭ

    19
    44
  5. މިޔަރު

    ތިކަން ވާނެބާ؟

    62
    1
  6. މިޔަރު

    ތި ދޯ މިވަގުތު ކުރަން ޖެހޭ ކަމަކީ

    61
    1
  7. ފިޔަލަ

    ތި ދޯ މިވަގުތު ކުރަން ޖެހޭ ކަމަކީ

    44
    1
  8. ޓހ

    ޚޮބާތޯ އިންޖިނޭރު ކިޔާ ގޮވި ރޯނުއެދުރު

    63
    1
  9. ކޮރަޕްޓް ގެރި

    މޯދީގެ ކުންފުންޏަކުން ތިމަސައްކަތް ކުރަން ހަވާލުވީ! އެއްބިލިޔަން ޑޮލަރުގެ ލޯނުދީފަ އެފައުސާ އަމިއްލަ ގައުމުގެ އަމިއްލަ ކުންފުއްޏަކަށްދީގެން ހަމަ އެއްތާކު މިޖެހެނީ!

    37
    2
  10. ޑާޑާޑާޑާ

    ރައީސް އިބޫގެ ސަރުކާރުން މިވަގުތު މާލެ އާއި ވިލިގިލި އަދި ތިލަފުށި ދެމެދު ބްރިޖް އެޅުމުގެ މަސައްކަތް މެދު ނުކެނޑި ކުރިއަށް ގެންދާ ކަން އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން ބީ...

    1
    36
  11. ބެއްޔާ

    ސިނަމާލެ ބްރިޖް އަޅަން ކުރީ ސަރުކާރުން ކުރި ހޭދަޔާ ތިލަފުއްޓާ މާލެ ގުޅުވަން އަޅާ ބްރިޖްގެ ހުރި އަގުގެ ތަފާތު އެބަ މިނެ ކިރާލަން އެބަޖެހޭ... ކިހާވަރެއްގެ ފައިސާގެ އެހީތެރިކަމެއް ތިޔަ ބްރިޖައް އިންޑިޔާއިންވޭތޯ ރައްޔިތުންނަށް ސާފުވާންޖެހޭ.. ޔަޤީނުންވެސް ސިނަމާލެ ބްރިޖައް ޗައިނާ ސަރުކާރުން 120މިލިއަން ޑޮލަރ ގެ ދީލަތި ހިލޭ އެހީއެއްދިން. މިދައްކަނީ 1 ނުވަތަ 2 ބިލިއަން ރުފިޔާގެ ވާހަކައެއް ނޫން. 7.6 ބިލިއަން ރުފިޔާގެ ވާހަކައެއް.. ކާފަދަރިން ގެ އުމުރު ހުސްވާއިރުވެސް ތިޔަ ދަރަނި އަދާނުވާނެ. މިކަން ހިނގާގޮތް ރައްޔިތުންނަށް ސާފުކޮށްދޭނެ ކަމަށް އުންމީދުކުރަން

    33
    1
    • ބަފާގެ ދަރި

      ދަރިންގެ ދަރިންނަށް ދާނދެން ދަރުވާލާފައޭ ކިޔާފައި ގޮވާތާ ދޮޅަހަކަށް އަހަރުވެއްޖެ. ވެރިކަން ލިބޭއިރަށް މިކުރާ ކަމަކުން ދަރިންގެ ދަރިންނަށް ދާންދެން ނުދަރަނީތަ؟ މިހާރު މިވާހަކަ ނުދައްކަނީ ތިމާމެން ކުރާތީ ތޯއްޗެއް!

  12. ާއެލީނާ

    ޙަމަ މާލެ ސަރަހައްދައް މީހުން ޖަމާކުރަން ކުރާ ދެއްކުންތެރި ކަމެއް.ޖަޒީރާ ސިފަތައްގެއްލި މާަލެ ތޮއްޖެހުން ނޫކަމެއްނުވާނެ. މިވަގުތު މުހިންމީ މުވައްޒަފުން ނައް މުސާރަކޮޅު ދިނުން ތި ބުރި އެއް ހެދުމައްވުރެއް

    27
    1
  13. އެނޯ

    ރޔ ދެއްކި ރަނގަޅު މަގުތައް ޚިޔާރުކުރުމަށް ފަސްނުޖެހޭތި. ޝައްކު އުފެދޭ މީހުން ހިތަށް އަރާފާނެ، ބުރިޖު އެޅުމުގެ ޓެކްނޮލޮޖީ އާއި ފަންޑު ލިބޭނީ ކޮންތަނަކުން ކަމާމެދު. ކުރިންވެސް ބޭކަލަކު ފާހަގަ ކުރެއްވިގޮތަށް ފިލިމަތީގަ ފިލިއަޅަމުން ކުރިޔަށް ވަޑައިގަތީމާ ފުރުޞަތުގެ ދޮރުތައް ހުޅުވެން ފަށާނެ. إن شاء الله.

    10
  14. ބޮކި

    ތަމެންނަށް ފެނޭތަ ފެނޭތަ ފެނޭދޯ ފެނޭދޯ ..........

    1
    7
  15. ޙުސަަަަަަަައިނު

    ތިކަން ވާނެބާ އަނެއްކާ ކުރިންވެސް އޮތީ 2 އަހަރު ނުވަނީސް ފިލާފަ؟؟؟؟؟

    10
    1
  16. ނަސީދު

    ދަރިންގެ ދަރިން ދެން ނުދަރާނެ ބާއޭހިތަން އެބައަރާ

  17. ބޭޗާރާ

    ކޮސް އަނގަތަޅާ އަނގަގަދަ މަރުމޯލު އިންޖިނޭރު މިކަމާމެދު އެއްވެސް އެއްޗެއް ނުބުނޭތަ؟ ބޯހޯލުން ކޮރޯނާ ވައިރަހަށް ފަރުވާއެއް ފެންނާނެއޭ މަރުމޯލު ނުބުނޭ ބާ؟

  18. Anonymous

    ތިކަން ކުރަން މީކީ މާމުނާސަބު ވަގުތެއް ނޫންކަން މުޅިދުނިޔެ އަށްވެސް އެނގޭނެ. މިނުރައްކާތެރި ޙާލަތުން އަރައިގަތުމަށް ބޮޑެތި މަސައްކަތް ތަކެއް ކުރަންޖެހިފައިވާ މިދަނޑިވަޅުގައި ބޯހޯލް ތޮރުފައިގެން މިވަބާއިން ސަލާމަތް ވެވޭނޭތޭ. ބޯގަޅިބައެއް. ބަޔަކަށް ލާރިގަނޑެއް ދޭނެހާ ގޮތްގޮތަށް މިދަނޑިވަޅުގައި ރަނގަޅުވާނީ މަސައްކަތް ނުކުރުމެއްނޫންތޭ. މިސްކިތައް ބަންދުކޮށްފައި ބޯހޯލް ތޮރުފީމަ ކަމަކުނުދޭ.