މިވަގުތު ގައުމު އޮތީ އެންގުމާއި ހިލާފުވުމުން ލުއިކޮށް ނެގޭނެ ފަދަ ހާލަތަކު ނޫން ކަމަށާއި، އެންގުމާއި ޚިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް 19 ރާއްޖެއިންވެސް ފެނުމާއި ގުޅިގެން ރާއްޖޭގެ ރިސޯޓްތަކަށް އަރައި ފޭބުން މަނާކޮށްފައި ވަނިކޮށް އެ އެންގުމާ ހިލާފަށް އަމަލުކުރާ މައްސަލަ ފެންމަތިވެފައި ވާތީ "ވަގުތު"އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝަމީމް ވިދާޅުވީ މި ވަގުތު ކަމާއި ބެހޭ ފަރާތްތަކުން އަޅާ ފިޔަވަޅުތަކަށް ބޯލެނބުމަކީ އެންމެންގެ ރައްކާތެރިކަމަށްޓަކާ ވަރަށް މުހިންމުކަމެއް ކަމަށެވެ.

ިވަގުތު ދޫދެވޭކަށް ނެތް. އޭގެ މާނައަކީ ކޮންމެ މައްސަލަ އެއްގައި ދައުވާ ކުރާނެއެކޭ ނޫން. ގައުުމު އޮތީ މިކަން ލުއިކޮށް ނެގޭ ހާލަތަކު ނޫން. އަންގާ ކަންކަމަސް ބޯލަނބަން ޖެހޭ. އެހެންނަމަވެސް ރަނގަޅު ދިފާއެއް އޮތް މީހެއް ގޮވައިގެން ކޯޓަކަށް ނުދާނެ. އެ ފަރާތުގެ ވާހަކަވެސް އަޑު އަހާފަ ދިފާއު އަޑު އަހާފަ ގޮތެއް ނިންމާނީ. އެކަމަކު ސިނގިރެޓް ފޮށްޓެއް ގަންނަން އަނެއް ރަށަށް ދިއުން އެއީ ދިފާއެއް ނޫން." ޝަމީމް ވިދާޅުވިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރިސޯޓަށް އެރުމާއި ރިސޯޓުން ފޭބުން މަނާކޮށްފައި ވަނިކޮށް އެ އެންގުމާއި ޚިލާފުވުމަކީ، ގާނޫނު އުގޫބާތުގެ 121 ވަނަ މާއްދާ އާއި 533 ވަނަ މާއްދާގެ ދަށުން ކުށެއް ކަމަށް ޕީޖީ ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.

އަދި ފުލުހުން ދަނީ ޑައިރެކްޓަރ އޮފް ޕަބްލިކް ހެލްތް އަންގާފައިވާ އެންގުންތަކާއި ހިލާފުވާ ފަރާތްތައް ހައްޔަރުކޮށް، ތަހުގީގު ހިންގަމުންނެވެ. މިހާތަނަށްވެސް އެފަދަ މައްސަލަތަކުގައި ފަސް ވަރަަކަށް މީހުން ވަނީ ހައްޔަރުކޮށްފައެވެ.

އެންގުންތަކާއި، ޚިލާފުވާ މީހުންނަށް ފިޔަވަޅުއަޅުއްވާނެ ކަމަށް ޕީޖީ ވިދާޅުވެފައި ވާއިރު، ކުރެއްދޫ ރިސޯޓުގައި ކޮވިޑް-19 އަށް ޝައްކުކުރެވުނު މީހާގެ މަޢްލޫމާތު ކަމާބެހޭ އިދާރާތަކަށް ހާމަނުކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ޖިނާއީ އެއްވެސް ކުށެއް ހިމެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ޖިނާއީ ތަޙްޤީޤެއް ހިންގުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސަލާ

    މީނާމީ ހާދަ ފިޔަވަޅު އަޅާހިތްވާމީހެކޭދޯ. މާލެވަށައިގެން ޔާމީހުން ހަދާފައި އެއޮތް ރިނގްރޯޑުގައި ކުރާއި ދިގު ފިޔަވަޅު އަޅާލައަޅާލައި ރޭދުވާ ހޭދަކުރަންވީނު. އިޓަލީ މީހާ ފުރުވާލިގޮތް ނުހޯދިގެން އެންމެފަހުން ތިއޮތީ ކުރާނެ ކަމެއް ފެނިފައި. ކަލޭމެންނަށް ކުރެވޭނެހާވެސް ކަމަކީ ފިހާރައަކުން ލޯޝަންފުޅި ވަގަށް ނަގާމީހާ ބުރީހަންނަގައި ރައްޔިތުންގެ ބައިތުލްމާލު ދަވާލައިގެން ތިބިމީހުންނާއި ޑީލްހަދައިގެން އެމީހުން ގޭބަންދުގައި ބައިތިއްބައިގެން ތިބުން.

    21
  2. ހަމްދު

    ލާދީނީ ޝައިތާނު! މިކަހަލަމީހުން މަގާމުތަކަށްލާތީ މާތް ﷲ މިފަދަ ވަބާތައް ޖައްސަނީ. ލާދީނީ މީހުން ޖަހާ ދަންތުރައިގައި ނުޖެހި އުޅެން ދަސްވާން ޖެހޭ.

    17
    2
  3. ޓައްޕު

    ކޮންމެ ކަމެއް ބިރު ދެއްކުމަކުން ހައްލެއް ނުވާނެ އޯގާ ތެރިކަމާއެކު ވިސްނައިދީ ރިސޯޓް ބޯއިސް ވެސް އާއިލާ ކައިރި އަށް ދަާހިތްވާނެ މިފަދަ ދަނޑިވަޅެއްގައި އިންސާނުންނަށްވީތީ އިހްސާން ތެރިވޭ

  4. ވާނުވާ

    މަޝްހޫރުވެލަން ވެގެން ކޮންމެސް އެއްޗެއް މީޑިއާ މެުވެރިކޮށް އިރުކޮޅަކާ އެބަބުނޭ ކޮންމެސް މީހަކު. ފިޔަވަޅެއް އަޅާ ތަނެއް ނުފެނޭ. ބަލިމީހުންނަށް ފަރުވާ ކުރަންވީވެސް ޑޮކްޓަރުން. ރައްޔިތުން އަމަލުކުރަންވީ ގަވާއިދު ހަދަންވީ ބަޔަކީވެސް ޑޮކްޓަރުން. އަދި ހުރިހާ ކަމެއް ހުއްޓާލާފައި ގަވާއިދު ތަންފީޛު ކުރުމަށްޓަކައި މީޑިޢަތައް މެދުވެރި ކޮށާ އެކި ގޮތްގޮތަށް ރައްޔިތުން ފަހަތުން އާދޭސް ކުރަންވީވެސް ޑޮކްޓަރުން. އެންމެ ފަހުން ލަޓިބުރި ހިފައިގެން ނިކުންނަންވެސް މިޖެހެނީ ޑޮކްޓަރުން ކަންނޭގެ. ކޮބާ މިކަންކަމުގެ ޒިންމާވެރިން.

  5. މަރުމޯލް

    ފުރަތަ ކަލޭ އިސްލާހުވެބަލަ އަމުރު ކުރަން އެދޭނަމަ ކިޔަމަންވާން ދަސް ކުރޭ މިހާރުވެސް ރިސޯޓުބޯއިން ރިސޯޓުގަ 14 މަށްޗަށް 14 އަރުވަނީ ކަލޭގެ ސަބަބުން .

  6. ޙަސަނާ

    ދީނައްފުރައްސާރަކުރާބައިގަޑައް އެޅޭފިޔަވަޅެއްމީނައަކައްނޯވޭ ހަރުކަށިފިކުރޭކިއަގެން މީހުންގެ މައްޗައްނުހައްގުން އެބަދައުވާކުރެވޭ މިވަރައް ރައްޔިތުންނައްބިރުދައްކާ ސަރުކާރެއް އަދިނާދޭ މިމީހުނައް ބޮޑުމެޛޯރެޓީއެއްލިބުނީމަ ހާދަވަރެއްކޮއްލާނަމޭހިތާއޭދޯ މިތެޅެނީ 3 ބާރު މަޖުލިސްރައީސް އަތްދޮށައްލައިގެން މިގައުމުގައޮތް އިސްލާމީ އަގީދާބަލިކަށިކިއްނުލެވިގެން ތެޅިބާލަނީ ފައްޅިތަކުގަ ފިލާތިބި ލާދީނީ ދިވެހިންގެ އިންޒާރުތަކައްބިރުންނޯލަ...