އައްޑޫ ކައުންސިލުން އެރަށު ފިހާރަތަކާއި ހޮޓާ ރެސްޓޯރެންޓްތައް ރޭގަނޑު ބަންދު ކުރަން އެންގީ ޑައިރެކްޓަރ އޮފް ހެލްތް ސާވިސް އާ މަޝްވަރާ ކުރުމަށްފަހު ކަމަށް ވިދާޅުވެ، އައްޑޫ ސިޓީ ކައުންސިލުން ދެއްކި ވާހަކަތައް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދޮގުކޮށްފިއެވެ.

އެޗްްޕީއޭއިން އެ ވާހަކަތައް ދޮގުކޮށްފައި ވަނީ، އައްޑޫސިޓީގެ ފިހާރަތަކާއި ކެފޭ، އަދި ރެސްޓޯރެންޓް ފަދަ ތަންތަން ބަންދުކުރަން އައްޑޫސިޓީގެ ކައުންސިލުން ނިންމީ ޗްޕީއޭ އަށް އެނގިގެން ނޫން ކަމަށް ސަރުކާރުން ވިދާޅުވުމާއި ގުޅިގެން، އެ ވާހަކަ ދޮގުކުރައްވައި އައްޑޫ ސިޓީ މޭޔަރު އަބްދުﷲ ސޯދިގު ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.

މިއަދު ދަރުބާރުގޭގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުގެ ކޮވިޑް-19ގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑާ ސެކެރެޓަރީ މަބްރޫކް އަޒީޒް ވިދާޅުވީ، އައްޑޫ ކައުންސިލުން އެގޮތަށް ނިންމާފައި ވަނީ އެޗްޕީއާ ވާހަކަދެކެވިގެން ނޫން ކަމަށެވެ.

އެ ވާހަކަަތަކާއި ގުޅިގެން ސޯބެ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އައްޑޫ ސިޓީ ކައުންސިލުން ގަވާއިދު ފިޔަަވަޅު އަޅަމުންދާ ކަމަށެވެ. އަދި ފިޔަފާރި ކުރާ ތަންތަން ހަވީރު 6:00 އިން ބަންދު ކުރަން ނިންމީ ޑައިރެކްޓަރ އޮފް ހެލްތް ސާވިސް އާއި މަޝްވަރާ ކުރުމަށްފަހު އައްޑޫ ކޮވިޑް-19ގެ ޓާސްކް ފޯސްއިން ނިންމައިގެން ކަމަށެވެ.

އެޗްޕީއޭއިން ދެންމެ ކުރި ޓްވީޓެއްގައި ވިދާޅުވީ، ގްރޭޓާ މާލެ ރީޖަން ނޫން އެއްވެސް ސަރަހައްދެއްގައި ހިންގާ ކެފޭ ހޮޓާ ރެސްޓޯރެންޓްތަކުގެ ހިދުމަތްތައް ހުއްޓާލަން އެއްވެސް ސިފައެއްގައި އެ އިދާރާއިން އަންގާފައި ނުވާނެ ކަމަށެވެ.

އަދި އެއްވެސް ސަރަހައްދެއްގައި ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލު ގެންނަންވެސް ލޯކަލް ކައުންސިލަކަށް އަންގާފައި ނުވަތަ އިރުޝާދެއްވެސް ދީފައިނުވާނެ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

"އެކި ސަރަދައްދުތަކުގައި ގާއިމްކޮށްފައިވާ ސިއްހަތާއި ބެހޭ ޓާސްކްފޯސްތަކުން އެޗްޕީއޭގެ އެންގުންތަކާއި އިރުޝާދުތަކަށް ބޯލެނބުމަށް މި ފުރުސަތުގައި ނަސޭހަތްތެރިވަން". އެޗްޕީއޭ އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ސޯއްބެމެންގެ އެއްވެސް އިޚްލާސްތެރިކަމެއް ނުހުންނާނެ،

  2. ލުޓޭރުންގެ ސަރުކާރު

    ދެސަރުކާރެވީމަ ތިހެންވެދާނެ.....އައްޑޫގަ ބާރުހިގާނީ ބާރަތު ޖަނަތާގެ....ބުދުބަހައްޓާފަވެސް އައްނި ބުނެފަވަނީ ބުދުބެހެއްޓީ އައްޑޫސިޓީ މޭޔަރުކަމަށް..އެތާންގަ ބުދެބެހެއްޓިކަންވެސް އެގުނީ އެއް ޗެ ތަޅާލިފަހުންކަމަށް...ދެން ސޯބެއަށްވެސް ނޭގުނުވިއްޔާ މޑޕގެ ހީލަތެ.... ޗޕއ އަކީ މިހާރު ސަރުކާރުގެ މައުތުވޮޝްފިއެއް.....ޓީވީތަކަށް އަރާ އަބަދު ފަރުދުން ޒިންމާނަގަން ގޮވާނީ..ސަރުކާރު އަރާމުގަ ފައިސާބެހުމުގަ...ބައިކުދިންނަ ..

  3. ސޯބެގެ އައްޕަ

    ތިވާނީ އައްނި ބުނާހެން ސޯބެ ހަމައިން ނެއްޓިފަ ހުރި ވަގުތަކު ނެރެފައިވާ އިއުލާނެއް ކަމަށް. ސޯބެ ނާށި ގަނޑު ޖަހަިއގެންވެސް ދިޔައިރުވެސް ނެއްވިއްޔާ ހަމައިގަ...

  4. ޙަސަނާ

    ކޮބާތޯ ލާމަރުކަޒު ކުރެވިފަ ސޯބެ ކަނއތައްކުރީ ރަގަޅައް ސީޓީކައުންސިލައްދޯ އެގޭނީ އެތާގެ ހާލަތު މާލޭސަރުކާރުން ވެސް ސިތީކައުންސިލްގެ އިތުބާރުނަގާލުމަކީ ދެރަކަމެއް ދަނއނަވަންތޯ މާލޭސަރުކާރަކައްހަޖަމެއްނުވާނެ ލާމަރުލަޒީ ބާރުދީގެން ތިއިގޭނީ އިދިކޮޅައްކައުންސިލްމެޖޯރެޓީ ލިބިހްޖިއްޔާ ވާގޮތެއް ވަގުތުން ގާނޫނުބަދަލުކުރާނެ މަޖުލިހުގެ ބާރުގެދަށައްކައުންސިލްތައްނަގާނެ އެތާއެހުރީ ބޮޑުފާދިރީ...