އައްޑޫ ޓާސްކް ފޯހުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުންތަކަށް ބޯލަނބަން ނަސޭހަތްތެރިވެއްޖެއެވެ.

އެޗްޕީއޭ އިން މިގޮތަށް ވިދާޅުވެފައި ވަނީ، އައްޑޫ ސިޓި ކައުންސިލުން އެ ސިޓީގެ ފިޔަފާރި ކުރާ ތަންތަން ހަވީރު 6:00 އިން ބަންދު ކުރަން ނިންމީ ޑައިރެކްޓަރ އޮފް ހެލްތް ސާވިސް އާއި މަޝްވަރާ ކުރުމަށްފަހު އައްޑޫ ކޮވިޑް-19ގެ ޓާސްކް ފޯސްއިން ނިންމައިގެން ކަމަށް ވިދާޅުވެ އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.

"އެކި ސަރަދައްދުތަކުގައި ގާއިމްކޮށްފައިވާ ސިއްހަތާއި ބެހޭ ޓާސްކްފޯސްތަކުން އެޗްޕީއޭގެ އެންގުންތަކާއި އިރުޝާދުތަކަށް ބޯލެނބުމަށް މި ފުރުސަތުގައި ނަސޭހަތްތެރިވަން". އެޗްޕީއޭ އިން ވިދާޅުވިއެވެ.

އެޗްޕީއޭއިން ވަނީ ސޯބެ ދެއްކި ވާހަކަތައް ދޮގުކޮށްފައެވެ.

އެގޮތުން އެޗްޕީއޭއިން ވިދާޅުވީ. ގްރޭޓާ މާލެ ރީޖަން ނޫން އެއްވެސް ސަރަހައްދެއްގައި ހިންގާ ކެފޭ ހޮޓާ ރެސްޓޯރެންޓްތަކުގެ ހިދުމަތްތައް ހުއްޓާލަން އެއްވެސް ސިފައެއްގައި އެ އިދާރާއިން އަންގާފައި ނުވާނެ ކަމަށެވެ.

އަދި އެއްވެސް ސަރަހައްދެއްގައި ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލު ގެންނަންވެސް ލޯކަލް ކައުންސިލަކަށް އަންގާފައި ނުވަތަ އިރުޝާދެއްވެސް ދީފައިނުވާނެ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބަބުރު

    އަދިވެސް މިކަހަލަ އުޑެއް ބުޑެއް ނޭންގޭ މީހުނަށް ބާރުތަށް ނުދެވިގެން އުޅޭ މީހުނަށް ރަނގަޅު ފިލާވަޅެއް ލިއްބައިދޭންޖެހޭ

    16
    1
  2. ދީދީ

    މި އައްޑޫ މީހުން މީ ހާދަހާވާ ކަންތަށް ބޮޑުބައެކޭދޯ. މިމީހުންނަށް ކިރިޔާ ބާރެއްދޭއިރަށް މަގޫދަނޑި ސަރުކާރު ހަދައިގަންނާން ފޫގަޅާފާނެ.
    ތިސިޓީގެ ވެލިމަގުތަށް ޑިސްއިންފެކްޓް ކޮށްބަލަ ކަމެއްނެތިއްޔާމު. ހިތުން ލަންޑަން އޮސްޓްރޭލިއާ އުޅުމުން ކަންނެއް ވަޅޯ މީހުން.

    14
    4
    • ލޮލް

      ޖޭ ވިއަސް ބޮޑު ވަރު. ހަހަހަހަ

      10
      3
    • މޯދީ

      ދީދީ . ޙަސަދަވެރިވއިަސް ބޮޑުވަރު. ލާމަރުކަޒީ އުސޫލުން ހިންގަންޏާ ސިޓީގެ ފިހާރަތަކާއި ކެފޭތައް ހުޅުވާނެ ގަޑިތައް ސިޓީ ކައުންސިލަށް ކަޑަނޭޅެންޏާ ދެން ކީއްކުރާ ލާމަރުކަޒީއެއް. އައްޑޫ މީހުންނަކީ ހީވާގި މުރާކި ކެރޭ ބައެއް ވީމަ ނިސްބަތުން ވިޔަފާރިވެރިން ވެސް ގިނައީ. ކަންނެތް ވެފަ ގޭގަ ތިބިނަމަ މިއަރުތަ ހޯދޭނެތަ؟ ދެން ވެސް ކޮސް ނުގޮވާތި. މީ ނަސޭހަތެއް.

  3. ހުވާ

    ސޯބެ އަތްދޮވެގެން ގޭގަ އޮވެބަލަ! މިކަންނިމި އިންތިޚާބު ނިމެންދެން. ޓާސްކް ފޯސް އަލުން އުފައްދާ. ކުރުންވެސް އޮތީ ލިޔުމެއް ލީކުކޮށްލާފަ!