ދުނިޔޭގެ ހުރިހައި ޤައުމުތައް ގުޅިގެން އަލުން ފަތުރުވެރިކަން ދިރުވާ އާލާ ކުރުމަށްޓަކައި ދަތުރުކުރަން އެންމެ ރައްކާތެރި މާދަމާއެއް ހޯދަންޖެހޭ ކަމަށް UNWTO ގެ ސައުތު އޭޝިޔާ ރީޖަނަލް ކޮމިޝަންގެ ޗެއަރ އަދި ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމާބެހޭ އ.ދ ގެ މައި ޖަމިއްޔާ UNWTO އިން އެކުލަވާލި ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި ސައުތު އޭޝިއާ އަދި ދިވެހިރާއްޖެ ތަމްސީލުކޮށް މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

ދުނިޔެ އަބަދު ލޮކްޑައުންކޮށްގެން ނުތިބެވޭނެކަމަށާއި ކޮވިޑް-19 ބަލިން ރައްކާތެރިވެ ސަލާމަތްތެރިކަން ހޯދުމުގައި ދުނިޔޭގެ ހުރިހައި ޤައުމުތަކެއް ގުޅިގެން WHO ގެ އެންގުންތަކާ އެއްގޮތަށް އަވަސް ހަރުދަނާ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމުގެ މައްޗަށް މިނިސްޓަރގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

މާދަމާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ހަޔާތުގައި ވަރަށްވެސް ހިތާމަވެރި ދުވަހެއްކަމަށާއި، މާދަމާއިން ފެށިގެން މިވަގުތަށް ދިވެހިރާއްޖެއަށް އޮން އަރައިވަލް ވިސާ ދިނުން މި ހުއްޓާލަނީ ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަދި ރާއްޖޭގައި ކޮވިޑް-19 ޖެހުނު ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތައް އެބަލިން ރަނގަޅުވެފައިވާ ކަމަށާއި، ރާއްޖެއާއި މުޅި ދުނިޔެއަށް މިކަމުން އަރައިގަނެވެންއޮތީ ހުރިހައި ޤައުމުތަކެއްވެސް ގުޅިގެން ކުރާ މަސައްކަތްތަކެއްގެ ތެރެއިން ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި "ސަޕޯޓިންގ ޖޮބްސް އެންޑް އިކޮނޮމީސް ތްރޫ ޓޫރިޒަމް" ގެ ދަށުން މިޓިގޭޓިންގ ދަ ސޯޝިއޯ އިކޮނޮމިކް އިމްޕެކްޓް އޮފް ކޮވިޑް-19 އެންޑް އެކްސެލެރޭޓިންގ ރިކަވަރީ ކަރުދާހުގެ މައްޗަށް ކޮމެޓީގެ މެންބަރުން ބަހުސް ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކަޅުބެ

    އަދިވެސް ބޮއްކަޓު ކުރެތޯ ބަލާތި.

    16
  2. އިބްރާ

    ފޭހުނު އިލޮށިގަނޑު އަމިއްލަ ލޮލަށް ހެރިގެންގޮސް ނިމިގެން މިދަނީ.

    14
  3. ހަސަންކޮއި

    އިންސާނުންގެތެރޭނުބައިކަންބޮޑުވީމަ
    އެބައެއްގެތެރެއަށް ބަލިމަޑުކަމާއި
    ތަދުމަޑުކަންއަންނާނެ

    12
  4. ޙަބީބު.

    ތިކަހަލަ މިހުންގެ ވާހަކަ ކުރިންބުނި މިއީ އެއްވެސްކމެއް ނޫނޭ ރައްޔިތުން ބިރުން ތެޅިފޮޅި ނުހަދާށޭ ރަޖާލައިގެން ގޭގަތިބޭށޭ މިއަދު ރާގު ބަދަލުވެއްޖެ ރަޖާލައިގެން މީހުންނައް ނުފެނި ގޭގަ އޮންނަން ޖެހިއްޖެ

    15
  5. ޮކޮވިޑު-19

    ކަލޯ ބުނެދީފާންންތަ ކޮންމެ ނުރަށްކަލަކާ 19 މިގުނީކީއްވެތަ؟

  6. ނަސޭހަތް

    ބަލަ އިންސާނާ ބޭނުންވާހާ ގޮތަކަށް ކަންކަންނުވާނެ ކަން ނުދަންނަ މީހުންނަށް ބޮޑެތި މަޤާމުތަށް ފުރަން ހަވާލުކުރާކަށް ނުވާނެއެވެ.

  7. ޝާހް ރ.ވާދޫ

    ކަލޭ ނުބުންޏަސް ތީ އެންމެންވެސް ގަބޫލުކުރާކަމެއް.

  8. އަފޭ

    ރާއްޖޭގައި ތިބި މަދު މީސް ކޮޅާއި މެދު ވިސް ނީތީވެ ޝުކުރު ދަންނަވަން ފައިސާ ތިއްބަކަސް އިންސާނެއްގެ ފުރާނަ އެއް ނުގަނެ ވޭނެ ރައްކާވެ ތިބިއް ޔާ ދަތުރު ދިރިތިބިއްޔާ ފައިސާ