ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން – ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން – ފޮޓޯ: ރައީސް އޮފީސް

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ބައެއް ޤާނޫނުތަކުން "އަޅުވާފައި ހުރި ދަތިތަކުން" ސަލާމަތްވާން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ގެނެސްދެއްވާފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ މައުލޫމާތު އެކުލެވޭ ފޮތެއް ނެރުއްވަން ބާއްވަމުންދާ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ އެހެން ގައުމުތަކުގައި ކަންތައްވާ ގޮތައް ނުރައްކާ ވެގެން ނޫންކަމަށާއި ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ނުކުރި ނަމަ ހާލަތު އިތުރަށް ގޯސްވެގެން ދިޔައީސް ކަމަށެވެ.

ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދެވި ގޮތައް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ކޮންމެ ދުވަހަކު ވެސް ކަންތައްތައް ޕްލޭން ކުރަމުން ގެންދިޔަ ކަމަށެވެ.

"ސަރުކާރުން އަންނަން ޖެހޭނީ ތަސައްވަރެއް އޮވެގެން. އަޅުގަނޑުމެން ސަރުކާރާއި ހަވާލުވީ ތަސައްވަރެއް އޮވެގެން." ރައީސް ވިދާޅުވިއެވެ.

ރައީސް މިއަދު ވެސް ވިދާޅުވީ މާލެ އަކީ ހުރިހާ ރައްޔިތުންނަށް މަރުޙަބާ ކިޔާ ރަށެއް ކަމަށާއި މާލެ އަކީ ހުރިހާ ދިވެހިންގެ ރަށެއް ކަމަށެވެ.

"މާލެ އަށް އަންނަމުންދާ ބަދަލުތަކަކީ އަންނަން ޖެހޭ ބަދަލެއް. މާލެ އަކީ ދިރުމެއް ނެތި އޮތް ރަށެއް. އާބާދީ އިތުރުވުމުގެ ސަބަބުން ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދަން ޖެހޭ. އެކަން ކުރިއަށް މިދަނީ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދު ގިނަ މައްސަަލަތަކެއް ހައްލު ކުރެވިފައި ވީނަމަވެސް ނިއުމަތެއް ލިބުމުން ކުރިން އުޅުނު އުނދަގޫ ގޮތް ބައެއް ފަރާތްތަކަށް ހަނދާން ނެތޭ ކަމަށެވެ.

ރައީސް ވިދާޅުވީ މާލެ އަކީ ފުރިބާރުވެފައި އޮތް ތަނެއްކަން މިއަދު ގަބޫލު ނުކުރައްވާ ކަމަށާއި މިއަދު މާލެ އިން ހުސް ބިންތައް ހޯދޭ ކަމަށެވެ. މާލޭގެ ޓްރެފިކް މައްސަލަ ހައްލު ކުރަން ރާވަން ޖެހޭ ކަންތައް ކުރެވިއްޖެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މަހަށްދޭބަލަ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ހުންނާނެ މިހާރު ރަނގަޅަށް ރާކަނި މަސްކެވިފައި. ތަމެން މަަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ...

  2. ކުއްލި ހާލަތު އިއުލާން ކުރީ ބަޣާވާތްކުރަން

  3. މާލެ އޮތީ ތޮއްޖެހިފައެއް ނޫން، 25 ބުރީގެ އެތައް އިމާރާތެއް ފެންނާނެ ކަމަށް މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން ވިދާޅުވުމުން ޖަޕާނުގެ ޓޯކިޔޯ ގައި ހުންނަ ގޮތަށް ސަރުކާރުގެ ހުރިހާ ބިމެއްގައި 150 ބުރީގެ އިމާރާތް ތައް ކުރަންވީއޭ. އެގޮތުން ހެންވޭރު ބޯޅަ ދަނޑު އޮތް ތަނުގައި ހުރި ސިޑިބަރިވެސް ތަޅާލާ ފުނޑާލާ އެތަން ވެސް ނަގާ އެއްލާލާ އެތަނުގައި 150 ބުރީގެ އިމާރާތެއް އަޅަންވީ އެންމެ މަތީގައި ފުޓް ބޯޅަ ދަނޑެއް ހެދުމަށް ފަހު. ވަށައިގެން ހަމަ ވަރުގަދަ އަށް ނެޓް ޖަހާލެވިދާނެ ނޫންތޭ. މަމެން މާލެ ހަދާނަމޭ ލިޓިލް ޓޯކިޔޯ އަށް ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ތެޅި ތެޅި ތިބެން ޖެހޭނީ ކުރެވޭނެ ކުރާނެ އެއް ކަމެއްވެސް ނޯންނާނެއޭ. ވެން އިޓް ކަމްސް ޓު މާލެ ލާރޖް ކޮށްނޭ ޖައްސަން ޖެހޭނީ ބަލާބަލަ އެފެންނަނީ ލިޓިލް ޓޯކިޔޯ މާލެ މަލަމަތިން އެފެންނަނީ އޭ އެފެންނަނީއޭ އޯއް ޔޭއް ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ. ވޮންޓް ޔޫ އެކްސެޕްޓް އިޓް ވޮންޓް ޔޫ ޑާންސް ޑާންސް ޑާންސް ޑާންސް..

  4. މާލޭގެ މަގުތަކުގައި ހުރި ވެހިކަލްސް ތަކުން ޓްރެފިކް ހައްލު ގެނައުމަށް ޓަކައި މާލެ އާއި ވިލިގިލި އާއި ދެމެދު އޮތް ކަނޑުއޮޅި ޗައިނާގެ އެހީގައި ހިއްކާލަންވީއޭ މާލެ ސައިޒުގެ ދެ މާލެ ވަރު. ދެން އެތަނުގައި ވެހިކަލްސް ތައް ޕާރކް ކުރާނެ އިމާރާތް ތައް ހަދަންވީ 25 ބުރިއަށް. އެއިރުން މާލޭގެ މަގުތަކުގައި ނުހުންނާނެ އެއްވެސް ވެހިކަލް އެއް ދޯ.

  5. ރައީސުލްޖުމްހޫރިއްޔާ އަށް ޤާނޫނީގޮތުން ލިބިދެއްވާފައިވާ ބާރެއް އެފަދަޙާލަތުގައި ބޭނުން ކުރެއްވުމަކީ، ޤާނޫނަށް ޙުރުމަތްތެރިކޮށް ހިއްތެވުން. އެއީ ޤާނޫނާ ޚިލާފުވުމެއްނޫން.

  6. އެއީ ލާހޫރޭ ތަ

  7. އިދިކޮޅުންވެސް އަވަހަށް ނެރެންވީ ފޮތެއް ،، ކޮންމެހެވެސް ލިޔަންވާނެ ހުޅުޖެހިވާހަކަ ...

  8. ކުއްލި ހާލަތުން އަރައިގަނެ ރާއްޖެ ލިޓިލް ސިންގަޕޯރ އަށް ހަދަން ގަސްތު ކުރާއިރު އެބަޖެހޭ ތިލަފުށި އެއްކޮށް ހިއްކާލަން އެމްޓީސީސީ އަށް ހަމަ ޖެހޭ ޓާރމްސް ތަކެއް ގެ ދަށުން ދީގެން ނަމަވެސް. ހިއްކާ ބިމުގެ ދެބައި ކުޅަ އެއްބައި ދެވިދާނެ ނޫންތޭ އެމްޓީސީސީ އަށް އަނެއް ބައި ތިލަފުއްޓަށް. އެހެން ހަދައިގެން ނަމަވެސް މިދިޔަ 30 އަހަރު ނުހިއްކި އޮތް ތިލަފުށި އެއް ކޮށް ހިއްކާލާ ހަމަ އެޓާރމްސްގެ ދަށުން ގުޅި ފަޅުވެސް އެއްކޮށް އެމްޓީސީސީ އަށް ދީގެން ހިއްކާލާ މާލޭގައި ހުރި އަމިއްލަ ވިޔަފާރި ކުރާ ކުންފުނި ތަކަށް ދޭންވީ އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ބިން ތައް. އެއިރުން މާލޭގައި މިހާރު މިއޮތް ބާރު ގަނޑު ކުޑަވާނެއެވެ. އަދި ތަންތަނުގެ ކުލި ވެސް ދަށް ވާނެއެވެ. އެއިރުން ކޮންމެ އަމިއްލަ ކުންފުންނަކަށް ހިން ދެމިލެވޭނެ ވިޔަފާރީ ގެ ގޮތުން އެފަދަ ބިމެއްގައި އިންވެސްޓް ކޮށް ގެން އިންޑަސްޓްރިއަލް މަސައްކަތް ތަކެއް ކޮށްގެން.

  9. ށ. ގާކޮށީ ބީ ރިސޯރޓް ހަދާ ހުޅުވި އިރު ތިޔާ ރިސޯރޓްގައި މެދު ފަންތި އާއި އަދި މަތީ ފަންތީގައި ތިބީ މުޅިން ވެސް ބޭރު މީހުން ދޯ. މަސައްކަތު މީހުންނަށް އެކަނި ދޯ ދިވެހިން އުޅެނީ. މިފަދަ ކަންކަން ޓޫރިޒަމް މިނިސްޓްރީ އަށް ނުބެލެނީ ކީއްވެތޭ. ރާއްޖޭގައި ހަދާ ހުރިހާ ރިސޯރޓްސް ތަކެއް ހަދަނީ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ގޮވައިގެން ނެވެ. ތިޔާ ގާކޮށި ބީ ހެދީ %90 އެއީ ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބަންގްލާދޭޝް މީހުން ލައްވާ ދިވެހި ބަޔަކު އަޑީގައި ތިބެގެން ނެވެ. ކަން މިހެން ހުރުމުން މިފަދަ ކަންކަން ހިނގާ ކަން ޓޫރިޒަމް މިނިސްޓްރީ އަށް އެނގި ހުރެ އިމިގްރޭޝަނަށް އެނގި ހުރެ މިފަދަ ކަންކަމާއި އަޅާ ނުލަނީ ކީއްވެތޭ. ހަދާ ކޮންމެ ރިސޯރޓެއްގައި އިމިގްރޭޝަން ގެ އެކަކު ފުލުހުންގެ އެކަކު އަދި ސިފައިންގެ އެކަކު އެބަހުންނަން ޖެހޭ ނޫންތޭ. މިފަދަ ކަންކަން އިސްލާހު ނުވެ ދަނީ ގޯހުން ގޯހަށް ގަވާއިދުން ކަން ކުރަން އުޅޭ ކުންފުނި ވަނީ ބޭންކް ރަޕްޓް އެވެ. ސަރުކާރުގެ އިކޮނޮމިކް ކައުންސިލް ވަނީ ނިދާފައި ދޯ މިކަމުގައި.

  10. "ފެއާމޮންޓް މޯލްޑިވްސް ސިއްރު ފެންފުށި"ގެ ނަމުގައި ގާކޮށިބީ ހުޅުވައިފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން އުއްމީދު ކުރަމޭ ތިޔާ ރިސޯރޓް އިން ވަޒީފާ ދޭއިރު ރިސޯރޓްގެ %50 އަށް ވުރެން މައްޗަށް ދިވެހިންނަށް ވަޒީފާ ދޭނެ ކަމަށް މިހާރު ވެސް ރިސޯރޓް ތަކުގައި އަދިވެސް %90 އަކީ އެއީ ބޭރު މީހުންނޭ އެކަން ބަލާނެ ފަރާތެއް ނޯވެއޭ އަދި މިހާރު ޓޫރިޒަމް މިނިސްޓްރީން އެކަން ބަލާ ގޮތް އެއީ އަމާ ބުނީ ތީ ފަރަށް ދާ އުސޫލުން ކުރާ ކަމެކޭ އެކަން ރަނގަޅު ކުރާށޭ ވެންޓް އިޓް ކަމްްްސް ޓު ޔޫ ޔޫއާރ ކެއަރލެސް ވޮންޓް ޔޫ ނޯ އިޓް ވޮންޓް ޔޫ ވޮންޓް ޔޫ ވޮންޓް ޔޫ ޑާންސް ޑާންސް ޑާންސް ޑާންސް...

  11. އިއުތިރާފު ވެވުނީތާ ތިމަންނަ ކުއްލިނުރައްކަލުގެ ހާލަތު އިއުލާނުކުރީ ޤާނޫނުއަސާސީއާ ޚިލާފަށްކަން. ޝަރީއަތްކުރެވޭދުވަހު ހެކިބަހަކަށް އަމިއްލަ ނަފްސުފުދޭ.
    އަޅުގަނޑަށް ހީވަނީ ރައީސް ނަންބަރު އައިނެއް ތުރުކުރަންވެއްޖެހެން. މާލޭގައި ރައްޔިތުން ދިރިއުޅޭ ހާލަތު ނުފެންނާތީ. ޙާލަތުއްޟަރޫރާގެ ދަށުން ރައީސަށް މިކަހަލަ ހިނިއަންނަޒާތުގެ ވާހަކަ ދެކެވެންޖެހޭނެ.

  12. ސަރުކާރާ ދެކޮޅު ކޮމެންޓްތައް ޕޯސްޓްކޮށްދޭކަށް ނުކެރޭނެ ނަވާޒުއަކަށް. އެއީ ގިނަވާނީ ސަރުކާރާ ދެކޮޅު ކޮމެންޓްކަމަށްވާތީ. އޭގެ ހެއްކެއް ލައިކް ޑިސްލައިކް ނުކުރެވޭ ގޮތައް އޮތުންވެސް.

  13. ޔަމީން ދަ ގުރޭޓު