މަގާމަކަށް ވަޑައިގަންނަވަނީ ވަކި ނަމެއް ބޭނުންފުޅުވެގެން ނޫން ކަމަށާއި މުހިންމީ ނުވެފައި ހުރި ކަންކުރުން ކަމަށާއި މާލޭގެ މޭޔަރު ކަމަށް ކުރިމަތިވެއްވީ މާލެއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން ކަމަށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ ރޭ "ޗެނަލް-13" ގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސިޓީތަކުގެ މޭޔަރު ކަމަށް އިންތިޚާބު ކުރާ ފަރާތްތަކަށް މޭޔަރު ކިޔުން ހުއްޓާލަން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އިސްލާހާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ އެމްޑީޕީން ނުވަތަ ސަރުކާރުން އެއިސްލާހް ހުށަހެޅީ ކޮން މަޤުޞަދެއްގައި ކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"މާލޭގެ މޭޔަރު ކިޔަން ބޭނުން ނޫންނަމަ މާލޭގެ މަސައްކަތު މީހާ ކިޔަސް އެެންމެ ރަނގަޅޭ. އަޅުގަނޑު މިހުރީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ވަރުގަދަ އަޒުމެއްގައޭ ނިކުމެ، އަޅުގަނޑަށް މި މަގާމު، މި ފުރުސަތު ރައްޔިތުން އިތުބާރު ކުރައްވާފައި ދެއްވައިފިނަމަ ރައްޔިތުން އަޅުގަނޑަށް ކުރާ އިތުބާރު ފުރިހަމައަށް އަދާ ކޮށްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެމޭ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އޭނާ އަކީ ވަރަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާއިއެކު، ވަރުބަލިކަމެއް އަދި ފަސްޖެހުމެއް ނެތި، މާލެ އަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރަން މަސައްކަތް ކުރައްވާ، އެމައްސަލަތައް ހައްލު ކޮށްދެއްވާނެ ބޭފުޅެއް ކަމަށެވެ.

މޭޔަރުކަމަށް ރައްޔިތުން އޭނާ އިންތިޚާބު ކޮށްފިނަމަ ސަރުކާރަށް އެއްބާރުލުން ދީގެން "ސަރުކާރުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހައިގެން." މައްސަލަތައް ހައްލުކޮށް، ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑަކީ އެއްވެސް މީހަކަށް ޖެއްސުން ކުރާނެ މީހެއް ނޫން. އެއްވެސް ބޭފުޅަކު ހީކޮށްގެން ނުވާނެ އަޅުގަނޑަކީ ނުރައްކަލެއް ކަމަށް. އަޅުގަނޑަކީ މީހަކާއި ބޭއަދަބީ ބަހުން ވާހަކަ ދައްކާނެ މީހެއް ނޫން." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ރޭ ވެސް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ކޮށްފައިވާ ޙުކުމާއި، އަދި ޖަލުގައި ހުރި ވަކި މީހަކާއި މެދު ވަކި ގޮތެއް ނުހައްދަވާނެ ކަމަށް ރައީސް ޞާލިހް ވިދާޅުވެފައި ވާތީ އެކަމަށް އިޝާރާތްކޮށް ވާހަކަ ދައްކަވާފައެވެ.

ކުޑަކުއްޖާކާއި އެކު ޖިންސީ އަމަލެއް ހިންގައިގެން ޖަލަށްލި އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) މިނިވަންކުރީ ރައީސް ޞާލިހްކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ މިއަދު ވަކި މީހަކާއި މެދު ވަކި ގޮތެއް ނުހައްދަވާނެ ކަމަށް ރައީސް ޞާލިހް ވިދާޅުވިއިރު ރައްޔިތުންނަކީ ވަރަށް ހޭލުންތެރި ބައެއް ކަމަށެވެ. އެހެންކަމުން ކަންތައްތައް ވެގެންދާ ގޮތާއި ވެފައިވާ ގޮތް ރައްޔިތުންނަށް އެނގޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޤަބުކުއްޖާ

    މުއިއްޒު ހަތް އަހަރު ނުކުރެވުނު ކަމެއް މިއަދު ކުރާނަމޭ ބުނީމާ ގަބޫލު ކުރާނީ ކާކު ދިވެހި ރައްޔަތުންނަކީ މޮޔައިންނެއް ނޫނޭ އެވެ.

    6
    26
  2. ތެދު ވެރިޔާ

    ޕީޕްލް ކޭން ޗޭންޖް(.)
    ވީ ނީޑް އެވްރީ ވަން. އިން ޓައި މްސް ލައިކް ދީސް (.)

  3. ......

    ގަބު ވިޔަސް ގަޅިވިޔަސް ލޮލަށް ނުފެންނަ ނަމަ ބުނާނީ ކަނޭ...
    ފަޅުވިޔަސް ފެންނަން އެހެރަ އުސް އިމާރާތްތަކާއި ތަންތަނޭ...

    9
    1
  4. އާމަން

    މަ ވަރަށް ދެކިލަން ބޭނުން ދުނިޔޭގަ ލެއްޓެވިއްޔާ މިހާރު ވެރިކަމުގަތިބި ރައްޔިތުންނަށް އަނިޔާވެރި ހަޒާނާ ފެންފޮދަކާނުލާ ދިރުވާލި ވަގުން ޖަލުގެ ތޭރިތަކުގެ ބިއްދަށު ތިބޭތަން ދެއްކެވުން ﷲގެ ރަހުމަތް ފުޅުން މާތްވެގެންވާ އިސްލާމްދިނާ މިގައުމުގެ މިނިވަންކަށްޓަކާ މިލާދީނީ މކަރުވެރި ވަގުން ވަރަށް އަވަހަށްފަލިހަތް ކޮށް ބޭޒާރު ކުރެއްވުމަށް އާމީން

    8
    2
  5. އަލްޖިބްރާ

    ކަލޭގެ ބޭނުމަކީ ރައްޔިތުންނަށް ކަންތަށް ކޮށްދިނުމެއް ނޫން ! ކަލޭގެ ބޭނުމަކީ މިސަރުކާރާއި ރައްޔިތުން ގެ މެދުގައި ރުޅިވެރިކަން އުފެއްދުމާއި ދޭތެރެ ޖެއްސުން ! އެއްފުޅަށް މަތިން ފުންމާލި ބަކަރި އަނެއް ފުޅަށްމަތިންވެސް ފުންމާލާނެ !

    2
    6
  6. މޯދީ

    މުޢިއްޒު ހަތް އަހަރުތެރޭގައި ކުރި ކަންތައްތައް ހިނދުކޮޅުން ސަލާމަތްވެ ރަނގަޅަށް ދެލޯ ހުޅުވައިގެން ގަބުކުއްޖާ ބަލާބަލަ. އޭރުންދޯ ފެންނާނީ.

  7. ދިސްވޭ

    ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރަން ލުއި ގޮތަކަށް ލޯނުތައް ލިބެންޖެހޭ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް މަމެން އެކަމެއް ގަބޫލެއް ނުކުރާނަމޭ ބަދަލުގައި ބޯ ހިޔާވައްސަށް މާލެ ސަރަހައްދުން އެދޭ ކޮންމެ މީހަކަށް މަހަކު އަކަފޫޓަކަށް 1 ރުފިޔާ ކުއްޔެއްގެ ގޮތުގައި ސަރުކާރަށް ދައްކާ ގޮތަށް ކޮންމެ މީހަކަށް 2 ހާސް އަކަފޫޓްގެ ގޯތި ދޭންވީއޭ ހުޅުމާލެއިން އެއިރުން އިންސާފުގެ މަގުން އެކަން ދާނީ ލޯން ދޭން ނުޖެހޭނެއޭ އެއިރުން ލޯން ބޭނުމެއް ވެސް ނުވާނެއޭ...