ފުލުހުން ތަޙްޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަން ފުލުހުން މިއަދު އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުންގެ ވެބްސައިޓްގައި ވިދާޅުވެފައި ވަނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙްޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ކ.މާލެ، ދަފްތަރު ނަންބަރު 1475، އަޙްމަދު ރިޒާމް (28އ) އެވެ.

އަޙްމަދު ރިޒާމް އާއި ގުޅުން އޮތް މައްސަލައިގެ ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

ފުލުހުން ވިދާޅުވީ އަޙްމަދު ރިޒާމް އާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި ޙިއްސާކުރެއްވުން އެދޭކަމަށެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ވެސް ފުލުހުންގެ ވެބްސައިޓްގައި ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސިކުމީ

    ދަފްތަރުގައެއްނު އޭނަ އުޅޭނީ. އެއީ މާލޭގައި އޮންނަތަނެއްނު. ކޮން ރަށެއްކަން ކޮން ގެއެއްކަން އެބަ އެނގެއެއްނު. ދެން ދަފްތަރުގައި އުަޅޭ އޭނަގެ އެޔޮއްބައިވަރު އާއިލީ މީހުން ގާތު އަހާބަލަ.

  2. ވާނުވާ

    ޓެގް އަޅުވާފަ ހުރި މީހަކު ހޯދަން އުޅުން ތިދެން ޖޯކެއްނު. އިންޓަލިޖެންސް ރިޕޯރޓަށް ބަލާފަ މައްސަލަ ކުރިއަށް ގެންދިއުން ރަގަޅުވާނެ.