ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެ ގައުމުން ރާއްޖެއަށް ފޮނުވި ފުރަތަމަ މެޑިކަލް ސަޕްލައިތައް ލިބިއްޖެއެވެ.

އެ ތަކެތި ލިބިފައިވާކަން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޖަންގް ލިޖޮންގް ވަނީ ކަށަވަރުކޮށްދީފައެވެ.

މި ބޭސްތައް ކްލިއާ ކުރުމުގައި އެމްއެންޑީއެފް އިން މިއަދު ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ސަފީރު މީގެ ކުރިންވެސް ވަނީ ރާއްޖެއަށް ޗައިނާގެ ފަރާތުން ތަކެތި ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި އެކަމުގެ ލިސްޓެއް ތައްޔާރުކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަފީރު ދާދި ފަހުން ކުރި ޓްވީޓެއްގައި ވިދާޅުވީ، ޗައިނާއިން އެހީ ބޭނުންވި ވަގުތު ރާއްޖެއިން އެ އެހީ ޗައިނާއަށް ފޯރުކޮށްދީފައިވާ ކަމަށާއި އެހެން ކަމުން ދިވެހިންނަށް އެހީވުމަށް ޗައިނާ އޮތީ ތައްޔާރަށް ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން ސަރުކާރުން ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އޭގެ ތެރޭގައި ރާއްޖެއަށް ބޭރު މީހުން އެތެރެވުން ވަނީ މަނާކޮށްފައެވެ. އަދި ސްކޫލްތަކާއި ކޮލެޖް އަދި ސަރުކާރު އޮފީސްތަކާއި، ރެސްޓޯރެންޓް ކެފޭތައް ވަނީ ބަންދުކޮށްފައެވެ.

ރާއްޖެއިން ކޮވިޑް-19 ގެ 13ކޭސް ފެނިފައިވާއިރު، މީގެ ތެރެއިން ނުވަ މީހަކު ވަނީ ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގެރި

    އިންޑިއާއިން ފޮނުވިއެއްޗެއް ފެންނަން ނެތަސް ޗައިނާއިން ފޮނުވި ސާމާނު އެބަފެނޭ

    49
    1
  2. Anonymous

    ޝުކުރިއްޔާ ޗައިނާ
    ޝުކުރިއްޔާ ރ. ޔާމީން ޗައިނާއާއި އެކުވެރިވެ ގުޅުން ޤާއިމު ކޮށްދެއްވީތީ. ދުޢާއަކީ ﷲގެ ރަޙްމަތްފުޅުން މިނުރައްކާތެރި ބަލިން އަޅަމެން އެންމެން ސަލާމަތް ކޮށްދެއްވުން. އާމީން

    57
    3
  3. ޣފފ

    ޓެންކިޔު ޗައިނަ

    37
  4. އައްޔު

    އެކުވެރިންނަކީ މިފަދަ ވަގުތު ތަކުގައި އެހީތެރިވާމީހުން އަދި އެ އެހީތެރިކަމުގައި ފޮރުވިފައިވާ އެޖެންޑާއެއް ހިމެނިފައި ނުވާ އެހީތެރިން މީ ލައްކަވާހަކަ

    27
    1
  5. ބޮޑުތަކުރުފާނު

    19އިގެކުދީންނަކަށްހަޖަމެއްނުވާނެ

  6. ޝުކުރިއްޔާ ޗައިނާ

    ޗައިނާ އަކީ އިސްތިއުމާރު ކުރާނެ ، ފޮރުވިފައިވާ އެޖެންޑާ އަކާ އެކު ސިފައިން ފޮނުވާނެ ބައެއްނޫން. އެއީ ގައުމުތަކަށް އެހީތެރިވުމުގައި ލާމަސީލު ބައެއް!