ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަމަށް، ހެންވޭރު ފޮއްދޫގެ މުޙައްމަދު ނަޝީދު (ކާނަލް) ޢައްޔަން ކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވައިފިއެވެ.

ކާނަލް ނަޝީދަށް މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.

ތައިލެންޑްގައި ހުންނަވާ ސަފީރު ކަމަށް ކާނަލް އައްޔަން ކުރަން މަޖިލީހުން ރުހުން ދިނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. ނަމަވެސް އޭނާ އަށް ފަތްކޮޅު އެރުވުން މިހައި ބޮޑަށް ލަސްވެގެން ދިޔައީ ކީއްވެ ކަމެއް އެއްވެސް ފަރާތަކުން ހާމަކުރައްވާފައެއް ނުވެއެވެ.

ކާނަލް އަށް ރައީސް ފަތްކޮޅު އެރުވި ނަމަވެސް އޭނާގެ ރަސްމީ މަސައްކަތްތައް ފެށޭނީ ތައިލެންޑްގެ ރަސްގެފާނަށް ސަފީރު ކަމުގެ ފަތްކޮޅު އެރުވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސިކު

    މިއީ ކޮންް ކާނަލް އެއް؟ ބަލަ ކާނަލް އެއީ އަސްކަރިއްޔާގެ މަގާމެއް. މީ ކޮންކާނަލް އެއް؟

  2. ސިކުމީ

    މިއީ ކޮންް ކާނަލް އެއް؟ ބަލަ ކާނަލް އެއީ އަސްކަރިއްޔާގެ މަގާމެއް. މީ ކޮންކާނަލް އެއް؟