އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އެސްއެމްއީ ފައިނޭންސް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރާ އެސްއެމްއީ ލޯނަށް ކުރިމަތިލެވޭނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިހެން ވިދާޅުވީ، މިއަދު މެންދުރު ކުރެއްވި ޓްވީޓެއްގައެވެ.
ފައްޔާޒް ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީން ވަރަށް އަވަހަށް ޖޮބް ސެންޓަރު ޕޯޓަލް އަމިއްލަ މަސައްކަތް ކުރާ މީހުންނަށް ކުރިމަތިލެވޭ ގޮތަށް އިސްލާހު ކުރާނެ ކަމަށެވެ.
"އެސްޑީއެފްސީން ކުރެވޭ ކަންކަން މިވަގުތު ވަނީ ލިމިޓް ވެފައި، ވީހާވެސް ގިނަބަޔަކަަށް ފުރުސަތު ދޭނަން. އެސްޑީއެފްސީން އިންޓްރެސްޓް ކެޕިޓަލައިޒްއެއް ނުކުރާނެ". ފައްޔާޒް ވިދާޅުވިއެވެ.
އެސްޑީއެފްސީއަކީ މި ސަރުކާރުން ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަށް އިތުރަށް ފުޅާކޮށް ކުރިއެރުވުމުގެ ގޮތުން ލޯނު ދޫކުރުމަށް ގާއިމްކޮށްފައިވާ ބޭންކެކެވެ.
އެސްޑީއެފްސީން ވަނީ ކޮވިޑް-19 އާ ގުޅިގެން އެ ބޭންކުން ދޫކޮށްފައިވާ ލޯނުތަކާއި އޭގެ އިންޓްރެސްޓް އަނބުރާ ދެއްކުން 6 މަސްދުވަހަށް ފަސްކުރަން ނިންމާފައެވެ.
އެ ބޭންކުން ވަނީ ފުރަތަމަ އަހަރުގެ ތެރޭގައި 450 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ.
އެސްޑީއެފްސީ އިން ކޮންބަޔަކައް ތިލޯން ދެނީ ތިޔަ ލޯން ހޯދަން ކާކައް ސަނާ ކިޔަން ޖެހެނީ މިހެން މިބުނީ ދެފަހަރަ ތިޔަ ބުނާ އެސްއެމްއީ ލޯން ހޯދަން ހުށހަޅައިފިން ހުރިހާ ށަރުތެއް ފުރިހަމަވޭ ކަލޭމެން ނައަންނާތި މަގޭކާރިޔައް ވޯޓް ހޯދަން ކުޅި ދައްކާލާނަން . ހާއްސަކޮށް ރިޔާސީ އިންތިހާބުގަ ނައަންނާތި
ތިޔައީ މަޖިލީސް މެންބަރުންނާއި ޕާޓީގެ ބޮޑުން ބުނާ ބަޔަކައް ބަހާ ލޯނެއް ދޯ. މަވެސް އެސްއެމްއީ ލޯނައް އެދި ހުށަހެޅިން
ފައްޔާޒް ތި ލޯން ކަލޭމެން ތި ދެނީ އަމާބުނީތީ ފަރައް ދާ އުސޫލުން
ލޯނުހޯދަން ދާންޖެހެނީ ފަޔާޒު ގެއައްތޯ
ތީ ހުސަ ވަލުދޮރާށިން ދޭ ލޯނެއް.. ތިޔައީ އަހަރެމެން ނުދަންނަ ލޯނެއްނޫން.. އެހީވާށޭ ކިޔާފަ ޕާލިމަންޓު މެމްބަރުންނާއި މިނިސްޓަރުންގެ ފައިދާއައް ވަލުދޮރާށިން ލޯނު އެޕްރޫވު ކުރަނީ. މި ސަދޫމުގަ ރަނގަޅައް ކަމެއްކުރާ ސަރުކާރެއް އޮވޭތަ.
ތި ލޯނު ކައިބަލަ.. އަހަރުމެން މިއުޅެނީ އަދިވެސް ކުރާނެ ކަންތައް ނެތިގެންވިއްޔާ
މިސަރުކާރުން އެކަނިތަ؟؟ ޏިމިދިޔަ ސަރުކާރުންވެސް ކަން ކުރީ ހަމަ ތިޔަ ހުނާހެން.... ނިމިދިޔަ ސަރުކާރުގަ މެޑަމް ރުހުންދޭ މީހަކަށް ކަންކަންވެފަ ހުރީ.... އަދި ތިޔަ ބުނާ ސަނާ އަކާ ދެންވެސް ހުރި އެއްޗެއް ކިޔަިގެން ބަޔަކަށް ކަމެއް ވެފަހުރީ... ވ ވެދުން